Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެމްޑީޕީ

އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު

އެމްޑީޕީ އަކީ ފެށުނީއްސުރެ ޚިޔާލު ތަފާތުވުމާއެކު ދިރިދެމި އޮތް ޕާޓީއެއް ކަމަށް

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް, ރާއްޖެ އެމްވީ | 9 ޑިސެމްބަރު 2025 | އަންގާރަ 08:03
އެމްޑީޕީގެ ވަގުތީ ޗެއާޕަރސަން، ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ

އެމްޑީޕީގެ ވަގުތީ ޗެއާޕަރސަން، ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ވެސް ދިރި ދެމި އޮންނަ ޕާޓީ އެއް ކަމަށް އެ ޕާޓީގެ ވަގުތީ ޗެއާޕަރސަން، ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވެއްޖެ އެވެ.

އެމްޑީޕީ އިން އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޣަފޫރު ވިދާޅުވީ ޚިޔާލު ތަފާތު ވުން ހުރުމަކީ ޕާޓީ ބައިބައި ވުން ނޫން ކަމަށެވެ. އެމްޑީޕީ އަކީ އަބަދު ވެސް ފެށުނީއްސުރެ ވެސް ޚިޔާލުތަފާތު ވުމާއެކު ދިރިދެމި އޮތް ޕާޓީ އެއް ކަމަށާ އެކަން އެގޮތުގައި ދެމި އޮންނާނެ ކަމަށް ޣަފޫރު ވިދާޅުވި އެވެ.

Advertisement - newsAdvertisement

ޣަފޫރު ވިދާޅުވީ ޕާޓީގެ މެންބަރުން ޕާޓީގައި ދެމިތިބުމަކީ މުހިއްމު ކަމެއް ކަމަށެވެ. އަދި ވަކި ލީޑަރެއްގެ ފަހަތުން ޕާޓީ ދޫކޮށް ދިއުމަކީ ރަނގަޅު ކަމެއް ނޫން ކަމަށް ވެސް ޣަފޫރު ވިދާޅުވި އެވެ.

ކޮންމެ މީހަކަށް ވެސް ސިޔާސީ ގޮތުން ފުރުސަތުތައް ލިބެނީ ޕާޓީ އިން ކަމަށާ އެ ފުރުސަތުތަކަކީ ޕާޓީ ގެ މެންބަރުން ކުރާ މަސައްކަތުން ލިބޭ ފުރުސަތުތަކެއް ކަމަށް ވެސް ޣަފޫރު ވަނީ ވިދާޅުވެފަ އެވެ.

އެހެންވީމާ އެކަން އަޅުގަނޑުމެން އެންމެން ވެސް ހަނދާނުގައި ބަހައްޓަން ޖެހޭނެ. އޭރުން އަޅުގަނޑުމެންގެ ޕާޓީ އަަބަދުވެސް ގަދަކޮށް، އެންމެން އެއްކޮށް އޮންނާނީ. އެނޫން އެހެން ވިސްނުމެއްގައެއް އަޅުގަނޑުމެން މަސައްކަތެއް ނުކުރާނަން. އަޅުގަނޑުމެން މިތިބީކީއެއް ވަކި ލީޑަރެއްގެ ފަހަތުގައެއް ނޫން، އަޅުގަނޑުމެން މިތިބީ އެމްޑީޕީގައި.
އެމްޑީޕީގެ ވަގުތީ ޗެއާޕަރސަން، ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ

ޣަފޫރު ވިދާޅުވީ ޕާޓީގެ ތެރޭގައި ހުރިހާ ކަމެއް ވެސް ގެންދާނީ އިންސާފުން ކަމަށެވެ. އަދި ވިދާޅުވީ އެއްވެސް މެންބަރަކު މާޔޫސް ވާން ނުޖެހޭނެ ކަމަށާ ޚިޔާލުތަފާތުވުން ތަކަށް ވެސް ޕާޓީ ޖާގަ ދޭނެ ކަމަށެވެ.

ނަމަވެސް މިވަގުތަށް އެކަން އެއްފަރާތް ކުރުމަށް ފަހު ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ޕާޓީގެ އެންމެހާ މެންބަރުން ނިކުމެ މަސައްކަތް ކުރަން ޖެހިފައިވާ ކަމަށް ވެސް ޣަފޫރު ވިދާޅުވި އެވެ.

ސަރުކާރުން އެތައް ގޮތަކަށް ޕާޓީގެ ކަންކަމަށް ދަތި ކުރަމުންދާ ކަމަށާ މެންބަރުންނަށް ބިރު ދައްކަމުން ދާ ކަން ފާހަގަކުރައްވާ ޣަފޫރު ވިދާޅުވީ ސަރުކާރުގެ އިންޒާރުތަކަށް ބެލުމެއް ނެތި މެންބަރުން އެކުގައި މަސައްކަތް ކޮށްފިނަމަ އެ ޕާޓީ އަށް ކާމިޔާބު ވާނެ ކަމާ މެދު ޝައްކު ނުކުރައްވާ ކަމަށެވެ.

އެމްޑީޕީއަބްދުލްގަފޫރު މޫސާ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

09 ޑިސެމްބަރު 2025
ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

09 ޑިސެމްބަރު 2025
އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ

އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ

09 ޑިސެމްބަރު 2025
އެމްޑީޕީ ގެ ވަގުތީ ޗެއަރޕާސަން އަކަށް ހޮވުނު ޣަފޫރަށް ރައީސް ޞާލިހް މަރުހަބާ ދަންނަވައިފި

އެމްޑީޕީ ގެ ވަގުތީ ޗެއަރޕާސަން އަކަށް ހޮވުނު ޣަފޫރަށް ރައީސް ޞާލިހް މަރުހަބާ ދަންނަވައިފި

08 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

27 ފެބުރުއަރީ
ރައީސް ނަޝީދަށް ރަޝިއާ ސަފީރުގެ ބަހުގެ ހޫނު ހަމަލާ އެއް!
20251 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދަށް ރަޝިއާ ސަފީރުގެ ބަހުގެ ހޫނު ހަމަލާ އެއް!

ޕީޖީ ޝަމީމުގެ އަތުލިޔުއްވުން ފޮންޓަކަށް: "މަގޭ ހުސޭނު"
20242 އަހަރު ކުރިން
ރާއްޖެ

ޕީޖީ ޝަމީމުގެ އަތުލިޔުއްވުން ފޮންޓަކަށް: "މަގޭ ހުސޭނު"

އެމްޑަބްލިއުއެސްސީގެ 'މަލަސް ރެސިޑެންސް' ފްލެޓްތައް މުވައްޒަފުންނާ ހަވާލުކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

އެމްޑަބްލިއުއެސްސީގެ 'މަލަސް ރެސިޑެންސް' ފްލެޓްތައް މުވައްޒަފުންނާ ހަވާލުކޮށްފި

ބޮލްސޮނާރޯ ޔޫކްރެއިން އަށް - ތިހެންތިވީ ގައުމުގެ ހުންގާނު ހެއްވާ މަޖާ ރޯލު ކުޅޭ އެކްޓަރަކާއި ހަވާލުކުރުމުން
20224 އަހަރު ކުރިން
ދުނިޔެ

ބޮލްސޮނާރޯ ޔޫކްރެއިން އަށް - ތިހެންތިވީ ގައުމުގެ ހުންގާނު ހެއްވާ މަޖާ ރޯލު ކުޅޭ އެކްޓަރަކާއި ހަވާލުކުރުމުން

ބުރިޖު މަތިން ފުންމާލަން އުޅުނު މީހަކު އާންމުން ހިފަހައްޓައިފި
20215 އަހަރު ކުރިން
ރާއްޖެ

ބުރިޖު މަތިން ފުންމާލަން އުޅުނު މީހަކު އާންމުން ހިފަހައްޓައިފި

ދިވެހިރާއްޖޭގެ ޕްރައިމަރީ ގްރޭޑްތަކުގައި މީޑިއަމް އޮފް އިންސްޓްރަކްޝަންގެ ގޮތުގައި ބޭނުންކުރަން އެންމެ ރަނގަޅީ ދިވެހި ބަސް
20197 އަހަރު ކުރިން
ދިވެހި ބަސް

ދިވެހިރާއްޖޭގެ ޕްރައިމަރީ ގްރޭޑްތަކުގައި މީޑިއަމް އޮފް އިންސްޓްރަކްޝަންގެ ގޮތުގައި ބޭނުންކުރަން އެންމެ ރަނގަޅީ ދިވެހި ބަސް

ތާނަ ލިޔުމުގައި ސުކުން ކުރެވޭ ހަމަތައް
20188 އަހަރު ކުރިން
ދިވެހި ބަސް

ތާނަ ލިޔުމުގައި ސުކުން ކުރެވޭ ހަމަތައް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު