Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެމްޑީޕީ

އެމްޑީޕީ ގެ ވަގުތީ ޗެއަރޕާސަން އަކަށް ހޮވުނު ޣަފޫރަށް ރައީސް ޞާލިހް މަރުހަބާ ދަންނަވައިފި

ރައީސް ޞާލިހް ވަނީ ޣަފޫރަށް ފުރިހަމަ އިތުބާރު އޮތް ކަމަށާއި މި ނާޒުކު ދަނޑިވަޅުގައި ޕާޓީ ކުރިއަށް ގެންދިއުމުގައި ޣަފޫރު ކާމިޔާބު ވާނެ ކަމަށް ޔަގީން ކުރައްވާކަން ހާމަ ކުރައްވާފަ

ފަޒީލް އަބްދުލް ލަތީފް
ފަޒީލް އަބްދުލް ލަތީފް, ރާއްޖެ އެމްވީ | 8 ޑިސެމްބަރު 2025 | ހޯމަ 18:50
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު

ރައްޔިތުން ގެ މަޖިލީހުގެ ހަނިމާދޫ ދާއިރާ ގެ މެމްބަރު އަބްދުލް ޣަފޫރު މޫސާ (ގަޕޯ) އެމްޑީޕީ ގެ ވަގުތީ ޗެއަރޕާސަން ގެ މަގާމަށް ހޮވުމާ ގުޅިގެން، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހް އެ މަނިކުފާނަށް މަރުހަބާ ދަންނަވައިފި އެވެ.

ރައީސް ޞާލިހް މިކަން ހާމަކުރެއްވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ. އެ ޕޯސްޓްގައި ރައީސް ޞާލިހް ވިދާޅުވީ މެމްބަރު އަބްދުލްޣަފޫރު މޫސާ އެމްޑީޕީގެ ވަގުތީ ޗެއަރޕާސަންގެ މަގާމަށް ހޮވުމުން، ހެޔޮ އެދުންތަކާއެކު މަރުހަބާ ދަންނަވާ ކަމަށެވެ.

ރައީސް ޞާލިހް ވަނީ ޣަފޫރަށް ފުރިހަމަ އިތުބާރު އޮތް ކަމަށާއި، މި ނާޒުކު ދަނޑިވަޅުގައި ޕާޓީ ކުރިއަށް ގެންދިއުމުގައި ޣަފޫރު ކާމިޔާބުވާނެ ކަމުގެ ޔަގީންކަން އޮތް ކަމަށްވެސް ވިދާޅުވެފަ އެވެ.

ހޯމަ ދުވަހުގެ ރޭގައި ބޭއްވި އެމްޑީޕީ ގައުމީ މަޖްލިސް ޖަލްސާގައި އިލްހާމް އަހުމަދު ޕާޓީގެ ވަގުތީ ޗެއަރޕާސަން ކަމުގެ މަގާމަށް ޣަފޫރު ގެ ނަން ހުށައެޅުއްވުމުން، ވަގުތީ ޗެއަރޕާސަން ކަމަށް ޣަފޫރު ހޮވުނީ ގައުމީ މަޖިލީހުގެ ޖަލްސާގައި ބައިވެރިވި 66 މެންބަރުންގެ ތެރެއިން 65 މެންބަރުންގެ ވޯޓާއެކު އެވެ. ޣަފޫރު ވަނީ އޭނާ އެ މަޤާމަށް ހޮވުމުން ވޯޓުދެއްވި މެމްބަރުންނަށް ޝުކުރު އަދާކުރައްވާފަ އެވެ.

ޣަފޫރު އަކީ އަކީ އެމްޑީޕީ ޕީޖީ ގްރޫޕުގެ އެންމެ ގިނަ ދުވަސްވީ މެމްބަރެވެ. އޭނާ އަކީ މަޖިލީހުގައި ވެސް ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވާ މެމްބަރެކެވެ. އެމްޑީޕީގެ ޗެއަރޕާސަންގެ މަގާމު ހުސްވީ އެ މަޤާމުގައި ހުންނެވި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މަގާމުން އިސްތިއުފާ ދެއްވުމުންނެވެ.

އަބްދުލްގަފޫރު މޫސާއިބްރާހިމް މުހައްމަދު ސާލިހުއެމްޑީޕީޗެއާޕާސަން

ކޮމެންޓް

އިތުރަށް ކިޔާލަން

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
މަސްވެރިކަމުގެ ސިނާއަތު ކުރިއެރުވުމަށް "ކުރީ ސަރުކާރުން" ފަށާފައިވާ ބޮޑެތި މަޝްރޫޢުތައް އަވަހަށް ނިންމުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް: ރައީސް ސާލިޙް

މަސްވެރިކަމުގެ ސިނާއަތު ކުރިއެރުވުމަށް "ކުރީ ސަރުކާރުން" ފަށާފައިވާ ބޮޑެތި މަޝްރޫޢުތައް އަވަހަށް ނިންމުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް: ރައީސް ސާލިޙް

10 ޑިސެމްބަރު 2025
ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

09 ޑިސެމްބަރު 2025
ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

09 ޑިސެމްބަރު 2025
އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު

އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު

09 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

9 އެޕްރީލު
އެއަރޕޯޓަށް ހަތިޔާރާއެކު 10 އަސްކަރީ އުޅަނދު ބާލައިފި، ޓްރެއިނަރުންނާއި އޮޕަރޭޓަރުންވެސް ގެނެސްފި
20251 އަހަރު ކުރިން
ރާއްޖެ

އެއަރޕޯޓަށް ހަތިޔާރާއެކު 10 އަސްކަރީ އުޅަނދު ބާލައިފި، ޓްރެއިނަރުންނާއި އޮޕަރޭޓަރުންވެސް ގެނެސްފި

ފުލުހުންގެ އޮޕަރޭޝަންތައް ވަކި ގޮތަކަށް ކުރިއަށްގެންދިއުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން: ހަމީދު
20242 އަހަރު ކުރިން
ރާއްޖެ

ފުލުހުންގެ އޮޕަރޭޝަންތައް ވަކި ގޮތަކަށް ކުރިއަށްގެންދިއުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން: ހަމީދު

ބްރިޖް ލައިޓަށް މަޑުނުކޮށް ދިޔަ ސައިކަލެއް އެކްސިޑެންޓުވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ބްރިޖް ލައިޓަށް މަޑުނުކޮށް ދިޔަ ސައިކަލެއް އެކްސިޑެންޓުވެއްޖެ

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސްގެ ދެވަނަ އެޕިސޯޑު: "ހުސްދޮގު، ތީހަމަ ހުސް ދޮގު"
20224 އަހަރު ކުރިން
ރިޕޯޓު

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސްގެ ދެވަނަ އެޕިސޯޑު: "ހުސްދޮގު، ތީހަމަ ހުސް ދޮގު"

ޖަނާޒާގައި ބައިވެރިވުމަށް ޕްރިންސް ހެރީ އިނގިރޭސިވިލާތަށް
20215 އަހަރު ކުރިން
ދުނިޔެ

ޖަނާޒާގައި ބައިވެރިވުމަށް ޕްރިންސް ހެރީ އިނގިރޭސިވިލާތަށް

ވެލާގެ އިހުތިޖާޖު، ތަރަށްގީއަށް ދެއްކި އަގަކީ މިއީ ތޯ؟
20197 އަހަރު ކުރިން
ރިޕޯޓު

ވެލާގެ އިހުތިޖާޖު، ތަރަށްގީއަށް ދެއްކި އަގަކީ މިއީ ތޯ؟

މަސް ނުކިރުވިގެން، ކަނޑަށް މަސް އަޅައިފި
20188 އަހަރު ކުރިން
ރާއްޖެ

މަސް ނުކިރުވިގެން، ކަނޑަށް މަސް އަޅައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު