Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ނެދަލެންޑްސް

ކުޑަ ފަރަގަކުން ނެދަލެންޑްސްގެ އިންތިޚާބު ޖެޓަން ކާމިޔާބު ކޮށްފި

އިންތިޚާބުގެ މި ނަތީޖާއާ އެކު، ނެދަލެންޑްސްގެ އެންމެ ޒުވާން ބޮޑު ވަޒީރު ކަމަށް ވެވަޑައިގެންނެވުމުގެ ފުރުސަތު ޖެޓަން އަށް ވަރަށް ބޮޑަށް ފަހިވެފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ. އެހެން ނަމަވެސް، ޖެޓަންގެ ކުރިމަތީގައި އޮތީ އުނދަގޫ މަސައްކަތެއް ކަމަށާއި، އެއީ ކޯލިޝަން ސަރުކާރެއް އެކުލަވާލުމުގެ މަސައްކަތް ކަމަށް ފާހަގަ ކޮށްފައިވެ އެވެ.

ޑަޗު އިންތިޚާބުގެ ރަސްމީ ނަތީޖާއިން ޖެޓަން ވިލްޑާސް ބަލިކޮށްފައިވަނީ 28،455 ވޯޓުގެ ވަރަށް މަދު ތަފާތަކުން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 4 ނޮވެމްބަރު 2025 | އަންގާރަ 05:27
ޑިމޮކްރަޓްސް66 (ޑީ66) ޕާޓީގެ ލީޑަރު ރޮބް ޖެޓަން މީޑިއާ ތަކާ ވާހަކަ ދައްކަވަނީ

ޑިމޮކްރަޓްސް66 (ޑީ66) ޕާޓީގެ ލީޑަރު ރޮބް ޖެޓަން މީޑިއާ ތަކާ ވާހަކަ ދައްކަވަނީ

ނެދަލެެންޑްސްގައި ކުރިއަށް ދިޔަ އިންތިޚާބު، ކުޑަ ފަރަގެއްގެ ތަފާތަކުން މެދު މިނަށް ތާއީދު ކުރާ ލީޑަރު ރޮބް ޖެޓަން ކާމިޔާބު ކުރައްވައިފި އެވެ.

ޑިމޮކްރަޓްސް66 ޕާޓީގެ ލީޑަރުކަން ކުރައްވަމުން އަންނަ ޖެޓަން ވަނީ އިންތިޚާބުގައި، ކަނާއަތު ފިޔައިގެ ލީޑަރު ގީއަޓް ވިލްޑާސްގެ މައްޗަށް ކުރި ހޯއްދަވައިފަ އެވެ. އިންތިޚާބުގެ ހުރިހާ ވޯޓެއް ގުނައި ނިމިފައިވާއިރު، ޕާޓީ ފޯ ފްރީޑަމްގެ ވިލްޑާސްގެ މައްޗަށް ޖެޓަން ކުރި ހޯއްދަވާފައި ވަނީ 28،455 ވޯޓުންނެވެ. މިއީ ނެދަލެންޑްސްގެ ތާރީޚުގައި ވެސް އެންމެ ކުޑަ ތަފާތަކުން އިންތިޚާބު ކާމިޔާބު ކުރެވުނު ފަހަރު ކަމަށް ރިޕޯޓު ކޮށްފައިވެ އެވެ.

މިދިޔަ ހުކުރު ދުވަހު ވެސް ޖެޓަން ވަނީ އޭނާ އަށް އިންތިޚާބު ކާމިޔާބު ކުރެވިފައިވާ ކަމަށް އިއުލާން ކުރައްވައިފަ އެވެ. ލޯކަލް ނިއުސް އެޖެންސީ، އޭއެންޕީ އިން އޭރު ވެސް ބުނެފައި ވަނީ، ޖެޓަން އަށް ލިބިފައި އޮތް ލީޑު ބަދަލު ކުރުމުގެ ފުރުސަތެއް ވިލްޑާސް އަށް ނެތް ކަމަށެވެ. އެހެން ނަމަވެސް، ވިލްޑާސް އޭރު ވިދާޅުވެފައި ވަނީ އިންތިޚާބުގެ ރަސްމީ ނަތީޖާ އިއުލާން ކުރުމުގެ ކުރިން، ކާމިޔާބު ހޯދިފައިވާ ކަމަށް އިއުލާން ކުރުމަކީ އަމިއްލަ އަށް ފަޚުރުވެރިވުން ކަމަށެވެ.

އެންމެ ފަހުން ގުނާފައި ވަނީ ޤައުމުން ބޭރުގައި ދިރިއުޅޭ 87،000 ނެދަލެންޑްސްގެ ރައްޔިތުންގެ ޕޯސްޓަލް ވޯޓު ތަކެެވެ. ނެދަލެންޑްސްގެ ވެރި ރަށް ދަ ހޭގްގައި މި ވޯޓުތައް ގުނާފައިވާއިރު، ކުރިން ވެސް އަންދާޒާ ކޮށްފައިވާ ގޮތަށް ޤައުމުން ބޭރުގައި ދިރިއުޅޭ ގިނަ ރައްޔިތުންގެ ތާއީދު އޮތީ ޖެޓަން އަށެވެ. އެ ރައްޔިތުންގެ ތެރެއިން ޖެޓަން އަށް ލިބިފައި ވަނީ 16،049 ވޯޓެވެ. ވިލްޑާސް އަށް ލިބިފައި ވަނީ 7،451 ވޯޓެވެ. މިއީ އިންތިޚާބުގެ ކުޑަ ފަރަގު ހޯދުމަށް ޖެޓަން އަށް ލިބުނު ފައިދާއެއް ކަމަށް ފާހަގަ ކޮށްފައިވެ އެވެ.

ނެދަލެންޑްސްގެ އިލެކްޓޯރަލް ކައުންސިލް އިން އިންތިޚާބުގެ ރަސްމީ ނަތީޖާ އިއުލާން ކުރާނީ ހުކުރު ދުވަހު ކަމަށް ރިޕޯޓު ކޮށްފައިވެ އެވެ. ރަސްމީ ނަތީޖާ އިއުލާން ކުރާއިރު، މިދިޔަ ބުދަ ދުވަހު ބޭއްވި އިންތިޚާބުގައި އެއްވެސް މައްސަލައެއް ދިމާވެފައިވާ ނަމަ، އެ ކައުންސިލް އިން އެކަމެއް ވެސް ހާމަ ކުރާނެ އެވެ. ވިލްޑާސް ވަނީ އިންތިޚާބުގެ ވޯޓު ލުމުގައި ގޯސްކޮށް ކަންތައް ހިނގާފައިވާ ކަމަށް ތުހުމަތުކޮށްފަ އެވެ. ސާބިތު އެއްވެސް ހެއްކެއް ނުދެއްކުނު ނަމަވެސް، އޭނާ ވަނީ އިންތިޚާބާ މެދު ސުވާލު އުފައްދަވައިފަ އެވެ.

އިންތިޚާބުގެ މި ނަތީޖާއާ އެކު، ނެދަލެންޑްސްގެ އެންމެ ޒުވާން ބޮޑު ވަޒީރު ކަމަށް ވެވަޑައިގެންނެވުމުގެ ފުރުސަތު ޖެޓަން އަށް ވަރަށް ބޮޑަށް ފަހިވެފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ. އެހެން ނަމަވެސް، ޖެޓަންގެ ކުރިމަތީގައި އޮތީ އުނދަގޫ މަސައްކަތެއް ކަމަށާއި، އެއީ ކޯލިޝަން ސަރުކާރެއް އެކުލަވާލުމުގެ މަސައްކަތް ކަމަށް ފާހަގަ ކޮށްފައިވެ އެވެ.

ނެދަލެންޑްސްގެ ސިޔާސީ މައިދާން ބައިބައިވެފައި ވުމުގެ ސަބަބުން، އެއްވެސް ޕާޓީ އަކަށް ޤާނޫނު ހަދާ މަޖިލީހުގެ އަޣުލަބިއްޔަތު ހޯދުމުގެ ފުރުސަތެއް ނެތެވެ. ނެދަލެންޑްސްގެ ޤާނޫނު ހަދާ މަޖިލީހުގެ މެމްބަރުންގެ އަދަދަކީ 150 އެވެ. އޭގެ ތެރެއިން ޖެޓަންގެ ޑިމޮކްރަޓްސް66 އަށް ކާމިޔާބު ކުރެވިފައި ވަނީ 26 ގޮނޑި އެވެ. ވިލްޑާސްގެ ޕާޓީ ފޯ ފްރީޑަމް އަށް ވެސް ކާމިޔާބު ކުރެވޭނެ ކަމަށް ލަފާ ކޮށްފައި ވަނީ އެ އަދަދުގެ ގޮނޑި އެވެ.

ސަރުކާރެއް އެކުލަވާލުމަށް ޖެޓަންގެ އެންމެ ފުރަރަމަ އޮޕްޝަން އަކަށް ވާނީ، ހަތަރު ޕާޓީއެއް އެކުލެވޭ ކޯލިޝަނެއް އެކުލަވާލުމެވެ. މި ކޯލިޝަންގައި ހިމެނޭނީ 18 ގޮަނޑި ކާމިޔާބު ކޮށްފައިވާ ކްރިސްޓިއަން ޑިމޮކްރަޓިކް އެޕީލް (ސީޑީއޭ) އާއި، 20 ގޮނޑި ކާމިޔާބު ކޮށްފައިވާ ގްރީން ލޭބާ ޕާޓީ އާއި، 22 ގޮަނޑި ކާމިޔާބު ކޮށްފައިވާ ޕީޕަލްސް ޕާޓީ ފޯ ފްރީޑަމް އެންޑް ޑިމޮކްރަސީ (ވީވީޑީ) އެވެ.

މި ކޯލިޝަން އަށް ޤާނޫނު ހަދާ މަޖިލީހުގެ 86 ގޮނޑި ލިބި، ބޮޑު އަޣުލަބިއްޔަތަކާ އެކު ވަރުގަދަ އިއްތިހާދެއް ހެދުމުގެ ފުރުސަތު އޮންނާނެ އެވެ. އެހެން ނަމަވެސް، މާހިރުން ފާހަގަ ކޮށްފައިވާ ގޮތުގައި ޖެޓަންގެ ކޯލިޝަންގައި ހިމެނޭ ވީވީޑީ އާއި ލޭބާ ގްރީން ޕާޓީ އެކުގައި މަސައްކަތް ކުރެވިދާނެ ކަމާ މެދު ވަނީ ގިނަ ސުވާލު ތަކެއް އުފެދިފަ އެވެ.

ސަރުކާރު އެކުލަވާލުމުގެ މަސައްކަތުގެ ތެރެއިން އަންގާރަ ދުވަހު ޖެޓަން ޚާއްސަ ކޮމެޓީއެއް އެކުލަވާލައްވާނެ އެވެ. އެ ކޮމެޓީގެ މަސައްކަތަކީ، ޖެޓަންގެ ކޯލިޝަންގައި ހިމެނިގެން މަސައްކަތް ކުރާނެ ޕާޓީތަކާ މަޝްވަރާ ކުރުމެވެ. އައު ކޯލިޝަން ސަރުކާރެއް އެކުލަވާލުމާ ހަމައަށް، މިހާރުގެ ބޮޑު ވަޒީރު ޑިކް ސްކޫފްގެ ބެލުމުގެ ދަށުން ވަގުތީ ގޮތުން ސަރުކާރު ހިންގާނެ އެވެ،

ކޯލިޝަން ސަރުކާރެއް އެކުލަވާލުމުގެ މަޝްވަރާތައް އުނދަގޫ ވާނެ ކަމަށާއި، އެ މަރުޙަލާ ދިގު ދެމިގެން ދާނެ ކަމަށް ވަނީ ލަފާ ކޮށްފަ އެވެ. މީގެ ކުރިން ވެސް ބޮޑު ވަޒީރު ސްކޫފް ވަނީ، ކްރިސްމަސް ދުވަހު ވެސް އޭނާ ބޮޑު ވަޒީރު ކަމުގެ މަގާމުގައި ހުންނަވަން ޖެހިދާނެ ކަމަށް ވިދާޅުވެފަ އެވެ.

ސިޔާސީ މައިދާނުގައި ޙަރަކާތްތެރިވާ ފަރާތްތަކުން، އަދި ސިޔާސީ މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނެފައިވާ ގޮތުގައި މި ފަހަރުގެ އިންތިޚާބުގެ ނަތީޖާ އަކީ ނެދަލެންޑްސްގެ ސިޔާސީ މަސްރަހުގައި މުހިންމު ބަދަލެއް ގެނެސްދޭނެ ނަތީޖާ އެކެވެ.

މަސްދަރު: އަލް އަރަބިއްޔާ

ރޮބް ޖެޓަންގީރޓް ވިލްޑާސްނެދަލޭންޑްސް އިންތިޚާބުޑީ66 ޕާޓީފްރީޑަމް ޕާޓީނެދަރލެންޑްްސް

ކޮމެންޓް

އިތުރަށް ކިޔާލަން

މެޗަކުން ބަލިނުވެ ނެދަލޭންޑްސް ވޯލްޑްކަޕަށް

މެޗަކުން ބަލިނުވެ ނެދަލޭންޑްސް ވޯލްޑްކަޕަށް

18 ނޮވެމްބަރު 2025
މުއިއްޒު ސަރުކާރަށް ނެދަލޭންޑުން ހިލޭ އެހީގެ ގޮތުގައި އަންނަ އަހަރު 820 ރުފިޔާ

މުއިއްޒު ސަރުކާރަށް ނެދަލޭންޑުން ހިލޭ އެހީގެ ގޮތުގައި އަންނަ އަހަރު 820 ރުފިޔާ

06 ނޮވެމްބަރު 2025
ޣައްޒާ ހަނގުރާމައިގެ ޖަރީމާތަކުގައި ނެދަލެންޑްސްގެ ބައިވެރިވުން އޮތް ކަމަށް ބުނާ މައްސަލަ އެއް

ޣައްޒާ ހަނގުރާމައިގެ ޖަރީމާތަކުގައި ނެދަލެންޑްސްގެ ބައިވެރިވުން އޮތް ކަމަށް ބުނާ މައްސަލަ އެއް

04 ޑިސެމްބަރު 2023
ޕޯޑިއަމްއަކަށް އަރައި، ސިޔާސަ ރާގަކަށް ހަޅޭއް ނުލެވިއަސް ބުނަން އުޅޭ އެއްޗެއް ބުނެވިދާނެ ނޫންތަ؟

ޕޯޑިއަމްއަކަށް އަރައި، ސިޔާސަ ރާގަކަށް ހަޅޭއް ނުލެވިއަސް ބުނަން އުޅޭ އެއްޗެއް ބުނެވިދާނެ ނޫންތަ؟

08 އޯގަސްޓު 2023
ނެދަލެންޑްސް ނިކުންނާނީ މެސީ ހުއްޓުވާނެ ހުރިހާ އުކުޅަކާއެކު

ނެދަލެންޑްސް ނިކުންނާނީ މެސީ ހުއްޓުވާނެ ހުރިހާ އުކުޅަކާއެކު

09 ޑިސެމްބަރު 2022

އަހަރުތަކުން މިއަދު

15 ޖެނުއަރީ
ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު
20242 އަހަރު ކުރިން
ރާއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"
20233 އަހަރު ކުރިން
ރިޕޯޓު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި
20215 އަހަރު ކުރިން
ރާއްޖެ

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!
20197 އަހަރު ކުރިން
ރާއްޖެ

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ
20188 އަހަރު ކުރިން
ސިއްހަތު

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު