Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބްރޯޑްކޮމް

ބްރޯޑްކޮމްގެ ސޮފްވާނަށް، މެންބަރު މަޚްލޫފްގެ "ތަރުޚީބުގެ" އަތްތިލަބަޑި!

7 ސެޕްޓެމްބަރު 2017 | ބުރާސްފަތި 17:23

މަޚްލޫފް ޓްވީޓް ކުރެއްވީ ސޮފްވާން މުލިއާގެއިން ނުކުންނަވަނިކޮށް ނަގާފައިވާ ފޮޓޯއަކާ ގުޅިގެން

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު | 7 ސެޕްޓެމްބަރު 2017 | ބުރާސްފަތި 17:23
މަޚްލޫފް ޓްވީޓް ކުރެއްވި ސޮފްވާންގެ ފޮޓޯ

މަޚްލޫފް ޓްވީޓް ކުރެއްވި ސޮފްވާންގެ ފޮޓޯ

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ މެންބަރު އިސްމާއިލް ސޮފްވާންގެ މިނިވަންކަމާއި މެދު ސުވާލު އުފެދޭ ގޮތަށް، ވައްބަހުން ޖައްސަވައި، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަޙުމަދު މަޚްލޫފް، ސޮފްވާނަނަށް "ތަރުޚީބުގެ" އަތްތިލަބަޑި ޖައްސަވައިފިއެވެ.

ވެރިކަންކުރާ ޕީޕީއެމްގެ މުސްތަޝާރު ފެކްޝަނުން، ޚާއްސަކޮށް، އުއްތަމަ ކަމަނާ، ފާތުމަތު އިބްރާހިމްގެ ސިޔާސީ މަސައްކަތްތައް ކުރެއްވުމަށް މިހާރު ބޭނުންކުރައްވާ މުލިއާގެއިން ސޮފްވާން ނުކުންނަވާ މަންޒަރު ފެންނަ ފޮޓޯ އަކާއި އެކު ބުރާސްފަތި ދުވަހުގެރޭ މަޚްލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ފޮޓޯއިން ފެންނަނީ، "މިނިވަންކަމާއިއެކު މަސައްކަތް ނިންމެވުމަށްފަހު" ސޮފްވާން މުލިއާގެއިން ނުކުންނަވާ މަންޒަރު ކަމަށެވެ. އަދި މިއާއި ވިދިގެން މަޚްލޫފް ވަނީ ޕީޕީއެމްއިން ފަހަކަށް އައިސް ސޯޝަލް މީޑިއާގައި ބޭނުން ކުރަމުންދާ ހޭޝްޓެގް ބޭނުންކުރައްވާ، "ދެން އަތް ޖެހުމަށް" ވިދާޅުވެފައެވެ.

Advertisement - newsAdvertisement

މަޚްލޫފް މިފަދަ ޓްވީޓެއް ކުރައްވާފައިވާއިރު، ޚާއްސަކޮށް ނޫސްވެރިންނާއި ބްރޯޑްކާސްޓަރުން ހިމެނޭ ގޮތަށް، ގިނަ ބަޔަކު ދަނީ ބްރޯޑްކޮމްގެ މެންބަރުންގެ މިނިވަންކަމާއި މެދު ސުވާލު އުފައްދަމުންނެވެ. އެގޮތުން މި ދައުރުގައި ބްރޯޑްކޮމްގެ މެންބަރުންގެ ގޮތުގައި ތިއްބެވި ބޭފުޅުންގެ ތެރެއިން ގިނަ ބޭފުޅުންނަކީ، ކޮމިޝަނަށް އައްޔަންކުރެވުމުގެ ކުރިން، ސީދާގޮތުން ރައީސް ޔާމީން ޕްރޮމޯޓް ކުރުމަށާއި، މެޑަމް ފާތުމަތު އިބްރާހިމްގެ އޮފީހުގައި މަސައްކަތްކުރި ފަރާތްތައްކަން ފާހަގަކޮށްލެވެއެވެ.

ބްރޯޑްކޮމްގެ މެންބަރުންގެ ގޮތުގައި މިހާރު ތިއްބެވީ، އެ ކޮމިޝަންގެ މިހާރުގެ ރައީސް މުޙައްމަދު ޝަހީބު އާއި، އެ ކޮމިޝަންގެ މިހާރުގެ ނައިބު ރައީސް މުޙައްމަދު އަސްލަމާއި، މެންބަރުންގެ ގޮތުގައި ތިއްބެވި ޒީނާ ޒާހިރު އާއި ފާތިމަތު ޒައިނާ އާއި ޙަސަން ނަބާޙު އަދި އިސްމާއިލް ސޮފްވާންގެ އިތުރުން އަލްއުސްތާޛާ އާމިނަތު ސަރާޙަތު ޢިއްޒަތެވެ. މީގެ ތެރެއިން ޒީނާ ޒާހިރު އާއި ފާތިމަތު ޒައިނާ އަކީ ބްރޯޑްކޮމްއަށް އައްޔަނު ކުރެއްވުމާއި ހަމައަށް މެޑަމް ފާތުމަތު އިބްރާހިމްގެ އޮފީހުގައި މަސައްކަތްކުރެއްވި ދެ ކަނބަލުންނެވެ. އަދި ކޮމިޝަނަށް އައްޔަން ކުރެއްވުމުގެ ކުރިން ރައީސް ޔާމީން ޕްރޮމޯޓް ކުރެއްވުމުގައި ޙަސަން ނަބާޙު ހަރަކާތްތެރިވެވަޑައިގަތްއިރު، ކޮމިޝަނަށް އައްޔަން ކުރެއްވުމުގެ ކުރިން ސޮފްވާން މަސައްކަތް ކުރެއްވީ ރައީސް ޔާމީން ޕްރޮމޯޓް ކުރުމަށް ހިންގާ އަސުރުމާ މީޑިއާ ޕްލެޓްފޯމްގައެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

20 ފެބުރުއަރީ 2017

އިބްރާހީމް ޝަހީޤް ސީއެސްސީގެ މެންބަރުކަމުގެ ހުވާ ކުރައްވައިފި

20 ފެބުރުއަރީ 2017
އިބްރާހީމް ޝަހީޤް ސީއެސްސީގެ މެންބަރުކަމުގެ ހުވާ ކުރައްވައިފި
12 ފެބުރުއަރީ 2017

މަޖީދިއްޔާ ސްކޫލުގެ ސްޓޫޑަންޑް ކައުންސިލް މެންބަރުން ހުވާކޮށްފި

12 ފެބުރުއަރީ 2017
މަޖީދިއްޔާ ސްކޫލުގެ ސްޓޫޑަންޑް ކައުންސިލް މެންބަރުން ހުވާކޮށްފި
10 ފެބުރުއަރީ 2017

ރައީސް ޔާމީނަކީ ޑިމޮކްރަސީގެ ނަމޫނާއެއް: މެންބަރު ނިހާނު

10 ފެބުރުއަރީ 2017
ރައީސް ޔާމީނަކީ ޑިމޮކްރަސީގެ ނަމޫނާއެއް: މެންބަރު ނިހާނު
04 ފެބުރުއަރީ 2017

އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު ވަހީދު ޕޮލިހަށް ހާޒިރުކުރަނީ

04 ފެބުރުއަރީ 2017
އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު ވަހީދު ޕޮލިހަށް ހާޒިރުކުރަނީ
30 ޖެނުއަރީ 2017

މިނިސްޓަރު އިރުތިޝާމް އާއި މެންބަރު ޝާޑު ކައިވެނި ކުރައްވަނީ!

30 ޖެނުއަރީ 2017
މިނިސްޓަރު އިރުތިޝާމް އާއި މެންބަރު ޝާޑު ކައިވެނި ކުރައްވަނީ!
29 ޖެނުއަރީ 2017

މަޖްލިސް މެންބަރުންގެ ބޮލަށް އެއްވެސް ކަމެއް ނުކެނޑޭނެ، ހުރިހާ ގޯހެއް ހަދަނީ ރައްޔިތުން: މުސްތޮފާ

29 ޖެނުއަރީ 2017
މަޖްލިސް މެންބަރުންގެ ބޮލަށް އެއްވެސް ކަމެއް ނުކެނޑޭނެ، ހުރިހާ ގޯހެއް ހަދަނީ ރައްޔިތުން: މުސްތޮފާ
27 ޖެނުއަރީ 2017

ރައީސް ޔާމީނަކީ ޕީޕީއެމްއެއް ނޫން: މެންބަރު އަރީފު

27 ޖެނުއަރީ 2017
 ރައީސް ޔާމީނަކީ ޕީޕީއެމްއެއް ނޫން: މެންބަރު އަރީފު
21 ޖެނުއަރީ 2017

ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް

21 ޖެނުއަރީ 2017
ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް
19 ޖެނުއަރީ 2017

ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި

19 ޖެނުއަރީ 2017
ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި
18 ޖެނުއަރީ 2017

ރިޓަޔަރމެންޓް ޕެންޝަން ސްކީމުގައި 80،000 މެންބަރުން ހިމެނޭ: ޕެންޝަން އޮފީސް

18 ޖެނުއަރީ 2017
 ރިޓަޔަރމެންޓް ޕެންޝަން ސްކީމުގައި 80،000 މެންބަރުން ހިމެނޭ: ޕެންޝަން އޮފީސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް