Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޕީޕީއެމް އޮފީސް ހުޅުވުން

ރައީސް ޔާމީނަކީ ޑިމޮކްރަސީގެ ނަމޫނާއެއް: މެންބަރު ނިހާނު

2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ރައީސް ޔާމިން ކާމިޔާބު ކުރާނީ އެއްބުރުން

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު | 10 ފެބުރުއަރީ 2017 | ހުކުރު 12:46
ޕީޕީއެމް އޮފީސް ހުޅުވުން

ޕީޕީއެމް އޮފީސް ހުޅުވުން

މަލްޓީ ޕާޓީގެ ޑިމޮކްރަސީއެއްގައި އަމަލުކުރަންޖެހޭ އުސޫލުތައް އެންމެ ރަނގަޅަށް ދައްކަވާފައިވާ ބޭފުޅަކީ ރައީސުލްޖުމްހުރީއްޔާ އަބްދުﷲ ޔާމީން ކަމަށް ޕީޕީއެމް ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު އަހްމަދު ނިހާން ހުސައިން މަނިކު ވިދާޅުވެއްޖެ އެވެ.

ބުރާސްފަތި ދުވަހު ޕީޕީއެމް އޮފީސް ހުޅުވަބް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނިހާން ވިދާޅުވީ ޕީޕީއެމް ކުރިއަރުވައި މިހާ ހިސާބަށް ގެނެވިފައިވަނީ ރައީސް ޔާމީންގެ މަސައްކަތްޕުޅުން ކަމަށެވެ. ޕީޕީއެމް އޮފީސް ހުޅުވިގެން ދިއުމުން މިހާރަށްވުރެ އަތޮޅުތަކުގެ މެންބަރުންނާ ގުޅުން ރަގަޅުވެގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

" މެންބަރުން އިތުރުކުރުމަށް، މެޑަމް ފާތިމަތު އިބްރާހިމް ކުރަމުންދާ މަސައްކަތަކީ ފާހަގަކޮށްލަންޖެހޭ މަސައްކަތެއް،" ނިހާން ވިދާޅުވި އެވެ.

ރައީސް ޔާމީންގެ ތާއީދެއް ނެތް ކަމަށް ބުނެ ވާހަކަ ދައްކަވާ އިރު، 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީން ހުވާކޮށްފައިވަނީ ތާއީދު އޮތުމުން ކަމަށް ނިހާނު ވިދާޅުވި އެވެ.

މި ރަސްމިއްޔާތުގައި ހޯމް މިނިސްޓަރ އަޒްލީން އަހްމަދު ވިދާޅުވީ ރައީސް ޔާމީން ނެތް ނަމަ ޕީޕީއެމް މިއަދު ހޯދާ ކުރިއެރުންތަކެއް ނުހޯދޭނެ ކަމަށެވެ.

"އޭރު ޕާޓީ އާ މެދު އުއްމީދު ނެތް ބަޔަކަށް ޕީޕީއެމް ފެނިއްޖެ، ތިން އަަހަރު ނުވަނީސް ލޯކަލް ކައުންސިލް އިންތިހާބާ، މަޖިލީސް އިންތިހާބުގެ އިތުރުން ރިޔާސީ އިންތިހާބު ކާބިޔާބު ވެފައިވުމަކީ އެހެން ޕާޓީއަށް ލިބިފައިވާ ކާމިޔާބީއެއް ނޫން،" އަޒްލީން ވިދާޅުވި އެވެ.

ޕީޕީއެމް އިން އަބަދުވެސް މަސައްކަތް ކުރައްވަނީ ގާތުން މަސައްކަތް ކުރެއްވުމަށް ކަމަށާއި ޕީޕީއެމްގެ ހަރަކާތްތައް ކުރިއަށް ގެންދިއުމުގައި ރައީސް ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް ކުރައްވަމުން ގެންދަވާ މަސައްކަތްތައް އަޒްލީން ވަނީ ފާހަގަކުރައްވާފަ އެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު