Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމާލޭ ސިޓީ ކައުންސިލް

ހުޅުމާލޭގެ މުނިސިޕަލް ޚިދުމަތްތައް މާލެ ސިޓީ ކައުންސިލް އާ ހަވާލު ކުރި ކަމަށް ވިދާޅުވެ މުއިއްޒު ހެއްދެވީ ބޮޑު ސިންގާ ދޮގެއް: އާޒިމް

ރައީސް މުއިއްޒު ވިދާޅުވީ ހުޅުމާލޭގެ މުނިސިޕަލް ޚިދުމަތްތައް މާލެ ސިޓީ ކައުންސިލް އާ ހަވާލު ކޮށްފައިވާނެ ކަމަށާއި މުސާރަ ދިނުމާއި ވެސީލަތްތައް ވެސް ހަމަޖައްސާފައިވާނެ ކަމަށް

ރާއްޖެ އެމްވީ | 15 ނޮވެމްބަރު 2025 | ހޮނިހިރު 13:14
މާލޭގެ ގޭގެއިން ކުނި ނަގާ ވެމްކޯގެ މުވައްޒަކު ވޭސްޓް ބިން ގައި ކުނި ގެންދަނީ

މާލޭގެ ގޭގެއިން ކުނި ނަގާ ވެމްކޯގެ މުވައްޒަކު ވޭސްޓް ބިން ގައި ކުނި ގެންދަނީ

ހުޅުމާލޭގެ މުނިސިޕަލް ޚިދުމަތްތައް މާލެ ސިޓީ ކައުންސިލް އާ ހަވާލު ކުރެއްވި ކަމަށް ވިދާޅުވެ ރައީސް މުއިއްޒު ހެއްދެވީ "ބޮޑު ސިންގާ ދޮގެއް" ކަމަށް މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.

މުއިއްޒު ވިދާޅުވެފައި ވަނީ ގާނޫނު އަސާސީ ބުނާ ގޮތުން ހުޅުމާލެ އަކީ މާލޭގެ ބައެއް ކަމަށެވެ. އެހެން ނަމަވެސް މިހުރިހާ ދުވަހު ހަވާލު ކޮށްފައި އޮތީ ކުންފުންޏަކާ ކަމަށެވެ.

Advertisement - newsAdvertisement

"އަޅުގަނޑު (މާލޭ މޭޔަރު) އިންތިޚާބުގައި ވާދަ ކުރި އިރުގައި ވަރަށް ބާރު މިނުގައި ދެއްކިން އެކަން ނިމުމަކަށް ގެންނާނެ ވާހަކަ، ނަތީޖާ ނުކުތް ގޮތަކުން އެވާހަކަ ހުއްޓުނީ، އަޅުގަނޑުމެން އޭގެ ތަފާތު މި ދެއްކީ، އިންތިޚާބަކަށް ބެލުމެއް ނެތި، އަޅުގަނޑު ވައުދުވި ގޮތައް، އެވަނީ ހުޅުމާލޭގެ މުނިސިޕަލް ޚިދުމަތް މާލެ ސިޓީ ކައުންސިލް އާ ހަވާލު ކޮށްފައި."

މުއިއްޒު އިތުރަށް ވިދާޅުވެފައި ވަނީ ހުޅުމާލޭގެ މުނިސިޕަލް ޚިދުމަތްތައް މާލެ ސިޓީ ކައުންސިލް އާ ހަވާލު ކުރެއްވި އިރު އެކަން ކުރެއްވީ ހުރިހާ ވަސީލަތްތަކާ ވެސް އެކުގައި ކަމަށެވެ.

މުއިއްޒު ވިދާޅުވީ، ސިޓީ ކައުންސިލުން މުސާރަ ވެސް ދޭން ނުޖެހޭނެ ކަމަށާއި އެކަން ވެސް ކުރާ ގޮތައް ހަމަޖައްސާފައި ވާނީ އެޗްޑީސީ އިން ކަމަށެވެ.

އަދި ވެލިހަކަލް ތަކާއި ސައިޓް ވެސް ހަމަޖައްސައިދީފައިވާނެ ކަމަށެވެ.

"ކައުންސިލުން ކުރަން ޖެހޭނެ ކަމަކީ ޒިންމާދާރު ކަމާއެކު ޚިދުމަތް ދިނުން،" ކަމަށް ވެސް މުއިއްޒު ވަނީ ވިދާޅުވެފައެވެ.

ސަރުކާރުން ދޭން ޖެހޭ ފުރިހަމަ އެއްބާރުލުން އެކަމުގައި ދޭނެ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒުގެ މިވާހަކަ އަށް ރައްދު ދެއްވައި، މޭޔަރު އާޒިމް ވިދާޅުވީ، "މިއީ ވެސް ހައްދަވާފައިވާ ބޮޑު ސިންގާ ދޮގެއް،" ކަމަށެވެ.

އާޒިމް ސާފު ކޮށްދެއްވި ގޮތުން މުއިއްޒު މިހެން ވިދާޅުވީ އެއްވެސް ކަމެއް ނުކޮށް އެއީ ވެސް ކުރެއްވި ކަމެއް ކަމަށް ހެއްދަވައިގެން ކަމުގައެވެ.

އާޒިމް އިތުރަށް ވިދާޅުވީ، އަދި ވެސް އެ ވިދާޅުވި މުނިސިޕަލް ޚިދުމަތްތައް ކައުންސިލް އާ ހަވާލު ނުކުރާ ކަމަށެވެ.

މުއިއްޒު ވެރިކަމަށް ވަޑައިގަންނަވަން ހިންގެވި ކެމްޕޭނުގައި ހުޅުމާލެ އެޗްޑީސީ ދަށުން ނަގާ މާލެ ސިޓީ ކައުންސިލް އާ ހަވާލު ކުރައްވާނެ ކަމަށް ވިދާޅުވެ، ވެރިކަމަށް 2 އަހަރު ވެގެންދާއިރު އެކަން އެ ގޮތައް ކުރައްވާފައެއް ނުވެއެވެ.

ރައީސް މުއިއްޒުއާދަމް ޢާޒިމްހުޅުމާލެމާލޭ ސިޓީ ކައުންސިލް

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

މާލޭގައި 49 މަސް ދޯނި މުޒާހަރާކުރަމުން ދަނިކޮށް، ރައީސް މުއިއްޒު ދުވާފަރަށް ގޮސް ތިރީހަކަށް މަސްވެރިންނާ ބައްދަލު ކުރުމުން ޝަކުވާތައް ބަންޑުން ކޮށްލައިފި

13 ޑިސެމްބަރު 2025
މާލޭގައި 49 މަސް ދޯނި މުޒާހަރާކުރަމުން ދަނިކޮށް، ރައީސް މުއިއްޒު ދުވާފަރަށް ގޮސް ތިރީހަކަށް މަސްވެރިންނާ ބައްދަލު ކުރުމުން ޝަކުވާތައް ބަންޑުން ކޮށްލައިފި
13 ޑިސެމްބަރު 2025

ރައީސް މުއިއްޒު، މަސްވެރިންގެ އަޑު އިވޭތޯ؟ އިވެންޏާ ވެސް އަންގާލަދެއްވާ. ނީވެންޏާ ވެސް އަންގާލަދެއްވާ!

13 ޑިސެމްބަރު 2025
ރައީސް މުއިއްޒު، މަސްވެރިންގެ އަޑު އިވޭތޯ؟ އިވެންޏާ ވެސް އަންގާލަދެއްވާ. ނީވެންޏާ ވެސް އަންގާލަދެއްވާ!
12 ޑިސެމްބަރު 2025

ރައީސް މުޢިއްޒު ހުޅުމާލެ ރައްޔިތުންނާއި ބައްދަލު ކުރެއްވުމުގެ ކުރިން، ހުޅުމާލެ މަގުތަކުގައި ހުރި ސްޕީޑު ބްރޭކަރުތައް ނަގައިފި

12 ޑިސެމްބަރު 2025
ރައީސް މުޢިއްޒު ހުޅުމާލެ ރައްޔިތުންނާއި ބައްދަލު ކުރެއްވުމުގެ ކުރިން، ހުޅުމާލެ މަގުތަކުގައި ހުރި ސްޕީޑު ބްރޭކަރުތައް ނަގައިފި
12 ޑިސެމްބަރު 2025

ގޭންގުތައް ނެތް ކަމަށް ސަރުކާރުން އިއުލާނުކުރި ގޮތަށް ޖުވާ ކުޅޭ ތަންތަނާއި މީހުން ނެތް ކަމަށް ވެސް އިއުލާނު ކުރާނެ: ޒިޔާދު

12 ޑިސެމްބަރު 2025
ގޭންގުތައް ނެތް ކަމަށް ސަރުކާރުން އިއުލާނުކުރި ގޮތަށް ޖުވާ ކުޅޭ ތަންތަނާއި މީހުން ނެތް ކަމަށް ވެސް އިއުލާނު ކުރާނެ: ޒިޔާދު
11 ޑިސެމްބަރު 2025

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު