Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ފްރީޑަމް ފްލޮޓިލާ

ޣައްޒާ އަށް އެހީ ހިފައިގެން ދަތުރު ކުރި ފްލޮޓިލާ އިސްރާއީލުން ހުއްޓުވާ އެކްޓިވިސްޓުން ހައްޔަރު ކޮށްފި

ޣައްޒާގެ ރައްޔިތުންނަށް އެހީވުމަށް އެކްޓިވިސްޓުން ކުރި މަސައްކަތާ އިސްރާއީލުގެ ސިފައިންގެ ހުރަސް އެޅުމާ ކުރިމަތިވެ ގްރެޓާ ތުންބަރގް ފަދަ މަޝްހޫރު އެކްޓިވިސްޓުން ހިމެނޭ ސުމޫދު ފްލޮޓިލާ ހުއްޓުވައި، އިންސާނިއްޔަތަށް އެހީވުމަށް ކުރި މަސައްކަތް ނާކާމިޔާބުކޮށްލައިފި.

ރާއްޖެ އެމްވީ | 2 އޮކްޓޯބަރު 2025 | ބުރާސްފަތި 02:09
ލައިވްސްޓްރީމް ކޮށްފައިވާ ފޫޓޭޖުން ފެންނަ ގޮތުގައި ޣައްޒާ އަށް ދަތުރު ކުރަމުން ދިޔަ ފްލޮޓީލާ ގައި ހިމެނޭ އަލްމާ އުޅަނދުގެ ފަޅުވެރިން ޑެކްގައި އިށީނދެގެން ތިބެއެވެ.

ލައިވްސްޓްރީމް ކޮށްފައިވާ ފޫޓޭޖުން ފެންނަ ގޮތުގައި ޣައްޒާ އަށް ދަތުރު ކުރަމުން ދިޔަ ފްލޮޓީލާ ގައި ހިމެނޭ އަލްމާ އުޅަނދުގެ ފަޅުވެރިން ޑެކްގައި އިށީނދެގެން ތިބެއެވެ.

އިސްރާއީލުގެ ކަނޑުގެ ބާރުތަކުން ޣައްޒާ އަށް އެހީ ހިފައިގެން ދިޔަ ސްމޫދު ފްލޮޓިލާ އުޅަނދުތައް ހުއްޓުވައި، އެ އުޅަނދުތަކުގައި ތިބި އެކްޓިވިސްޓުން ހައްޔަރުކޮށްފިއެވެ. މީގެ ތެރޭގައި ސުވީޑަންގެ މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ ކެމްޕެއިނަރ ގްރެޓާ ތުންބަރގް ވެސް ހިމެނެއެވެ.

އިސްރާއީލުގެ ފޮރިން މިނިސްޓްރީން ބުނެފައިވަނީ ގްލޯބަލް ސުމޫދު ފްލޮޓިލާ (ޖީއެސްއެފް) ގެ ބައެއް އުޅަނދުތައް "ރައްކާތެރިކަމާއެކު ހުއްޓުވައި" އެ އުޅަނދުތަކުގައި ތިބި މީހުން އިސްރާއީލުގެ ބަނދަރަކަށް ގެންދެވެމުންދާ ކަމަށެވެ.

އިސްރާއީލު ސަރުކާރުން އިތުރަށް ބުނެފައިވަނީ އެ އުޅަނދުތައް "ހަނގުރާމައިގެ ސަރަހައްދަކާ" ކައިރިވަމުންދާތީ، ދަތުރުގެ މަގު ބަދަލުކުރުމަށް ކަނޑުގެ ބާރުތަކުން އަންގާފައިވާ ކަމަށެވެ.

ޖީއެސްއެފް އިން މި ހުރަސްއެޅުން ސިފަކޮށްފައި ވަނީ "ޣައިރު ޤާނޫނީ" އަދި "ދިފާޢީ ޢަމަލެއް ނޫން" ކަމަށާއި، "ކަންބޮޑުވާ ފަދަ ޢަމަލެއް" ކަމަށެވެ.

މި ގްރޫޕުން ތުހުމަތުކޮށްފައި ވަނީ ފްލޮޓިލާގެ އެއް އުޅަނދުގައި "ގަސްތުގައި ޖައްސާފައިވާ" ކަމަށާއި އިތުރު އުޅަނދުތަކަށް ފެން ޖަހައިގެން ހަމަލާދީފައިވާ ކަމަށެވެ.

"މިއީ އިސްތިއުމާރީން ޣައްޒާ ބަނޑަށް ޖައްސައިގެން އެކަހެރިކުރުމަށް ކުރާނެ ހައްދުފަހަނައަޅާފައިވާ ކަންތައްތައް ސާފުކޮށް ދައްކުވައިދޭ ކަމެކެވެ،" ޖީއެސްއެފް އިން ސޯޝަލް މީޑިއާގައި ލިޔެފައިވެއެވެ.

އެމީހުން ސުލްޙަވެރި މަދަނީ މިޝަން އަށް ހަމަލާދޭނެ ކަމަށް ގަބޫލު ކުރެވޭ ކަމަށާއި، އެއީ އިންސާނީ އެހީ ކާމިޔާބުވުމަކީ އެމީހުންގެ ހިސޯރު ނާކާމިޔާބުވުން ކަމަށްވާތީ ކަމަށް ވެސް ޖީއެސްއެފް އިން ބުނެފައިވެއެވެ.

އިސްރާއީލުގެ ފޮރިން މިނިސްޓްރީން ބުނެފައިވަނީ "ޤާނޫނީ ކަނޑުގެ ހިސޯރަކަށް" ޚިލާފުވަމުންދާ ފްލޮޓިލާއަށް އެންގިފައިވާނެ ކަމަށެވެ. މި ހިސޯރު ޣައްޒާގެ ކައިރި ކަނޑުގެ ސަރަހައްދުތަކާ ހަމަ އަށް އޮންނަ ކަމަށް އިސްރާއީލުން ބުނި ނަމަވެސް އުޅަނދުތައް ހިސޯރު ކޮށްފައިވާ ސަރަހައްދަށް ވަދެފައިވާކަން ސާފެއް ނުވެއެވެ.

އިސްރާއީލުން އުޅަނދުތައް ހުއްޓުވި ވީޑިއޯއެއް ޕޯސްޓްކޮށްފައިވެއެވެއެވެ. އެ ވީޑިއޯގައި ތުންބަރގް އުޅަނދެއްގެ ޑެކުގައި އިންދާ، އިސްރާއީލުގެ ސިފައިންގެ މީހަކު އޭނާއަށް ފެނާއި ޖެކެޓެއް ދޭތަން ފެނެއެވެ.

ފްލޮޓީލާގައި 44 އުޅަނދު ހިމެނޭ އިރު އުޅަނދުތަކުން ދައްކާފައިވާ ލައިވްސްޓްރީމްތަކުން ދޭހަވާ ގޮތުގައި ހުރިހާ އުޅަނދުތަކަށް އަރައި އުޅަނދުތަކުގައި ތިބި އެންމެން ހުސްކޮށްފައެއް ނުވެއެވެ.

އިސްރާއީލު ސަރުކާރުން ޖީއެސްއެފް އިން ހަނގުރާމައިގެ ތެރޭގައިވާ ޣައްޒާ އަށް އިންސާނީ އެހީ ފޯރުކޮށްދިނުމުގެ މަސައްކަތް ސިފަކޮށްފައި ވަނީ "ޕްރޮވޮކޭޝަނެއް" ގެ ގޮތުގައެވެ. އަދި ބުނެފައިވަނީ: "ގްރެޓާ އާއި އޭނާގެ އެކުވެރިން ރައްކާތެރިކަމާއި ދުޅަހެޔޮކަމާއެކު ތިބި." ކަމުގައެވެ.

ޖީއެސްއެފް އިން ބުނެފައިވަނީ އަލްމާ، ސޫރިއުސް އަދި އަދާރާ ފަދަ މައިގަނޑު އުޅަނދުތައް ހިމެނޭ ގޮތަށް ގިނަ އުޅަނދުތަކެއް ހުއްޓުވައި، އެ އުޅަނދުތަކަށް އަރާފައިވާ ކަމަށެވެ.

މީގެ ކުރިން، އެ ގްރޫޕުން ތުހުމަތުކޮށްފައި ވަނީ އިސްރާއީލުގެ ސިފައިންގެ ފަރާތުން "ގަސްތުގައި އުޅަނދުތަކުގެ މުވާސަލާތީ ވަސީލަތްތަކަށް ގެއްލުންދީފައިވާ" ކަމަށެވެ. މިއީ "ޑިސްޓްރެސް ސިގްނަލްތައް ބްލޮކްކޮށް، އެމީހުން ޣައިރު ޤާނޫނީ ގޮތުން އުޅަނދުތަކަށް އެރުން ލައިވްސްޓްރީމް ކުރުން ހުއްޓުވުމަށް ކުރި މަސައްކަތެއް" ކަމަށް ބުނެފައިވެއެވެ.

އެ ގްރޫޕުން ބުނެފައިވަނީ އުޅަނދުތަކަށް ހުރަސް އެޅި އިރު ފްލޮޓިލާ އޮތީ ޣައްޒާގެ އައްސޭރިފަށުން 70 ނޯޓިކަލް މޭލު ދުރުގައި ކަމަށެވެ. އެ ގްރޫޕުން އުއްމީދުކޮށްފައި ވަނީ އެމީހުންގެ އުޅަނދުތައް ބުރާސްފަތި ދުވަހުގެ ހެނދުނު ޣައްޒާއަށް ވާސިލުވާނެ ކަމަށެވެ.

ގްރީސް، އިޓަލީ، ޓިއުނީޝިއާ އަދި ތުރުކީގައި މީހުން އެއްވެ، އިސްރާއީލުން ފްލޮޓިލާ ހުއްޓުވުމާ ދެކޮޅަށް އިހުތިޖާޖު ކޮށްފައި ވެއެވެ.

ކޮލަމްބިއާގެ ރައީސް ގުސްޓާވޯ ޕެޓްރޯ ވަނީ އިސްރާއީލުގެ މި އަމަލަށް ރައްދު ދިނުމުގެ ގޮތުން އެ ޤައުމުުމުގައި ތިބި އިސްރާއީލުގެ ހުރިހާ ޑިޕްލޮމެޓުން ބޭރުކޮށްލާފައެވެ. އަދި މިކަން ކޮލަމްބިއާ ގެ ރައީސް ސިފަކޮށްފައިވަނީ "ނަތަންޔާހޫގެ ބައިނަލްއަޤްވާމީ ކުށެއް" ގެ ގޮތުގައެވެ.

ޕެޓްރޯ ވަނީ 2020 އިން ފެށިގެން ޢަމަލުކުރަމުން އައި ކޮލަމްބިއާ އާާއި އިސްރާއީލު ދެމެދުގެ މިނިވަން ވިޔަފާރީގެ އެއްބަސްވުން އުވާލައްވާފައެވެ. އަދި ފްލޮޓިލާގައި ތިބި ކޮލަމްބިއާގެ ދެ ރައްޔިތުން ދޫކޮށްލުމަށް ގޮވާލާފައި ވެއެވެ.

އަޔަލެންޑުގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރ ސައިމަން ހެރިސް މި ރިޕޯޓުތައް ސިފަކޮށްފައިވަނީ "ކަންބޮޑުވާންޖެހޭ" ކަމެއްގެ ގޮތުގައެވެ. އަދި އިސްރާއީލުން ބައިނަލްއަޤްވާމީ ޤާނޫނަށް ތަބާވާނެ ކަމަށް އުއްމީދުކުރާ ކަމަށް ވިދާޅުވިއެވެ. ހައްޔަރުކުރެވުނު މީހުންގެ ތެރޭގައި މަދުވެގެން 7 އަޔަލެންޑު ރައްޔިތުން ހިމެނޭ ކަމަށް ބުނެފައިވެއެވެ.

އިސްރާއީލުން ވަނީ މީގެ ކުރިން ވެސް ޖޫން އަދި ޖުލައި މަހު އެކްޓިވިސްޓުން ޣައްޒާ އަށް އުޅަނދުތަކުގައި އެހީ ފޯރުކޮށްދިނުމަށް ކުރި ދެ މަސައްކަތެއް ހުއްޓުވާފައެވެ.

އިސްރާއީލު ސަރުކާރުން މި ފްލޮޓިލާ ސިފަކޮށްފައި ވަނީ "ސެލްފީ ޔޮޓެއް" ގެ ގޮތުގައި ކަމުގައިވީ ނަމަވެސް، ތުންބަރގް ވަނީ މި ފާޑުކިޔުމަށް ރައްދު ދީފައެވެ. އޭނާ ބީބީސީ އަށް އާދިއްތަ ދުވަހު ބުނެފައިވަނީ: "އަހަރެން ހިތުން އެއްވެސް މީހަކު ޕަބްލިސިޓީ ސްޓަންޓަކަށް އެމީހުންގެ ފުރާނަ ރިސްކު ކުރާނެ ކަމަކަށް ނުދެކެމެވެ."

ބައިނަލްއަޤްވާމީ އެހީގެ އޭޖެންސީތަކުން ވަނީ ފަލަސްތީނުގެ ސަރަހައްދަށް ކާނާ އަދި ބޭސް ފޯރުކޮށްދިނުމަށް މަސައްކަތްކޮށްފައެވެ. ނަމަވެސް އިސްރާއީލުން އެހީ ފޯރުކޮށްދިނުމަށް ހުރަސްއަޅަމުންދާ ކަމަށް އެ އޭޖެންސީތަކުން ފާހަގަކުރެއެވެ.

އދ. އާ ގުޅުންހުރި ގްރޫޕަކުން ފާއިތުވި މަހު ކަށަވަރުކޮށްދީފައި ވަނީ ޣައްޒާގައި ބަނޑުހައިހޫނުކަން އޮތް ކަމަށެވެ. އަދި އދ. ގެ އިންސާނީ އެހީގެ ވެރިޔާ ބުނެފައިވަނީ މިއީ އިސްރާއީލުން "ނިޒާމީ ގޮތެއްގައި" އެ ސަރަހައްދަށް އެހީ ވަނުމަށް ހުރަސްއެޅުމުގެ ސީދާ ނަތީޖާއެއް ކަމަށެވެ.

އިސްރާއީލް-ޣައްޒާގްރެޓާ ތުންބަރގްފްރީޑަމް ފްލޮޓިލާއިންސާނީ އެހީގުސްޓާވޯ ޕެޓްރޯޣައްޒާ ހިސޯރުޣައްޒާ ހަނގުރާމަ

ކޮމެންޓް

އިތުރަށް ކިޔާލަން

ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

06 ޑިސެމްބަރު 2025
ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނުގެ ޖަމާޢަތެއްގެ ވެރިޔާ މަރާލައިފި

ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނުގެ ޖަމާޢަތެއްގެ ވެރިޔާ މަރާލައިފި

05 ޑިސެމްބަރު 2025
ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

02 ޑިސެމްބަރު 2025
ޣައްޒާ ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވުމަށްފަހު، ފާއިތުވި 44 ދުވަހުގެ ތެރޭގައި އިޒްރޭލުން މަދުވެގެން 497 ފަހަރު އެ އެއްބަސްވުމާ ޚިލާފުވެއްޖެ

ޣައްޒާ ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވުމަށްފަހު، ފާއިތުވި 44 ދުވަހުގެ ތެރޭގައި އިޒްރޭލުން މަދުވެގެން 497 ފަހަރު އެ އެއްބަސްވުމާ ޚިލާފުވެއްޖެ

23 ނޮވެމްބަރު 2025
ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވީ ފަހުން ވެސް ކޮންމެ ދުވަހަކު އިޒްރޭލު ސިފައިން ގެންދަނީ ފަލަސްތީނު ގެ ކުޑަކުދިން މަރަމުން: ޔުނިސެފް

ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވީ ފަހުން ވެސް ކޮންމެ ދުވަހަކު އިޒްރޭލު ސިފައިން ގެންދަނީ ފަލަސްތީނު ގެ ކުޑަކުދިން މަރަމުން: ޔުނިސެފް

22 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

13 ޖެނުއަރީ
2024 ވަނަ އަހަރު 18.5 މިލިއަނަށްވުރެ ގިނަ މީހުން ޙައްޖާއި ޢުމްރާ އަދާކުރި: ސަޢޫދީ ވަޒީރު
20251 އަހަރު ކުރިން
އިސްލާމް

2024 ވަނަ އަހަރު 18.5 މިލިއަނަށްވުރެ ގިނަ މީހުން ޙައްޖާއި ޢުމްރާ އަދާކުރި: ސަޢޫދީ ވަޒީރު

ޕީޕީއެމްގެ ޖަގަހައަކަށްގޮސް، މައްސަލައެއްގެ މަޝްވަރާކުރުމަށްފަހު، ބަޔަކު ދޫކޮށްލަން އެދި ގާޒީއަށް ގުޅި ކްރިމިނަލް ކޯޓުގެ މުވައްޒަފަކު ވަކިކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ޕީޕީއެމްގެ ޖަގަހައަކަށްގޮސް، މައްސަލައެއްގެ މަޝްވަރާކުރުމަށްފަހު، ބަޔަކު ދޫކޮށްލަން އެދި ގާޒީއަށް ގުޅި ކްރިމިނަލް ކޯޓުގެ މުވައްޒަފަކު ވަކިކޮށްފި

ޓޯނިވަލްގެ ޓިކެޓް ލޯންޗުކޮށްފި
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ޓޯނިވަލްގެ ޓިކެޓް ލޯންޗުކޮށްފި

ނަގަމުންދަނީ ބަނަ ބޮޑު ވިލާގަނޑެއް، އިތުރަށް ސަމާލުވޭ
20224 އަހަރު ކުރިން
ރިޕޯޓު

ނަގަމުންދަނީ ބަނަ ބޮޑު ވިލާގަނޑެއް، އިތުރަށް ސަމާލުވޭ

ޔޫ.އޭ.އީ އަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ވެކްސިން ޖައްސަވަން ބޭނުންފުޅެއް ނުވި
20215 އަހަރު ކުރިން
ރާއްޖެ

ޔޫ.އޭ.އީ އަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ވެކްސިން ޖައްސަވަން ބޭނުންފުޅެއް ނުވި

ސްޕެނިޝް ލަލީގާ: ރެއާލް އާއި ބާސާއަށް މުހިންމު މޮޅެއް
20197 އަހަރު ކުރިން
ކުޅިވަރު

ސްޕެނިޝް ލަލީގާ: ރެއާލް އާއި ބާސާއަށް މުހިންމު މޮޅެއް

މައިމީހާގެ ބަނޑަށް މަރުވެފައި އޮތް ކުއްޖާ ހަފުތާއެއްގެ ފަހުން ނެގިއިރު ހަން ނެއްޓި ފޮއްސިވެފައި!
20188 އަހަރު ކުރިން
ރާއްޖެ

މައިމީހާގެ ބަނޑަށް މަރުވެފައި އޮތް ކުއްޖާ ހަފުތާއެއްގެ ފަހުން ނެގިއިރު ހަން ނެއްޓި ފޮއްސިވެފައި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު