Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޣައްޒާ ހަނގުރާމަ

ރަފަހް ހުޅުވާލަން އިސްރާއީލް އިން ނިންމައިފި

ރަފަހް ސަރަހައްދު ހުޅުވާލަން އިސްރާއީލް އިން ނިންމުމާ އެކު، އދ އާއި ހުއްދަ ލިބިފައިވާ ބައިނަލްއަޤުވާމީ ޖަމިއްޔާތަކާއި، އަމިއްލަ ވިޔަފާރި ތަކާއި އަދި އެހީ ދެ ޤައުމު ތަކުން 600 ޓްރަކްގެ އިންސާހީ އެހީ ޣައްޒާ އަށް ފޮނުވުމަށް ހަމަޖެހިފައިވާ ކަމަށް ވަނީ ބުނެފައި.

އދ އާއި ހުއްދަ ލިބިފައިވާ ބައިނަލްއަޤްވާމީ ޖަމިއްޔާތަކާއި އަދި އެހީދޭ ޤައުމުތަކުން 600 ޓްރަކުގެ އިންސާނީ އެހީ ޣައްޒާއަށް ފޮނުވުމަށް ހަމަޖެހިފައިވޭ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 15 އޮކްޓޯބަރު 2025 | ބުދަ 07:02
ޣައްޒާ އަށް އިންސާނީ އެހީ ހިފައިގެން ދަތުރު ކުރިި ބައެއް އުޅަނދުތައް

ޣައްޒާ އަށް އިންސާނީ އެހީ ހިފައިގެން ދަތުރު ކުރިި ބައެއް އުޅަނދުތައް

ޣައްޒާ ގައި ހިންގަމުން އައި ހަނގުރާމަ ހުއްޓާލަން އެއްބަސްވުމާ އެކު، ޣައްޒާގެ ރަފަހް ހުޅުވާލަން އިސްރާއީލް އިން ނިންމައިފި އެވެ.

އިސްރާއީލް ސަރުކާރުގެ ބްރޯޑްކާސްޓަރު ކޭއޭއެން އިން ހާމަ ކޮށްފައިވާ ގޮތުގައި، އިންސާނީ އެހީ އެތެރެ ކުރުމުގެ ފުރުސަތު ދިނުމުގެ ގޮތުން ބުދަ ދުވަހު އިސްރާއީލް އިން ރަފަހް ހުޅުވާލާނެ އެވެ.

ރަފަހް ސަރަހައްދު ހުޅުވާލަން އިސްރާއީލް އިން ނިންމުމާ އެކު، އދ އާއި ހުއްދަ ލިބިފައިވާ ބައިނަލްއަޤުވާމީ ޖަމިއްޔާތަކާއި، އަމިއްލަ ވިޔަފާރި ތަކާއި އަދި އެހީ ދެ ޤައުމު ތަކުން 600 ޓްރަކްގެ އިންސާހީ އެހީ ޣައްޒާ އަށް ފޮނުވުމަށް ހަމަޖެހިފައިވާ ކަމަށް ވަނީ ބުނެފަ އެވެ.

މި ނިންމުން ނިންމާފައި ވަނީ، ހަމާސް އިން މަރުވެފައިވާ ރަހީނުންގެ އިތުރު ހަތަރު ހަށިގަނޑު އިސްރާއީލާ ހަވާލު ކުރުމާ ގުޅިގެންނެވެ. މިއީ ހުކުރު ދުވަހު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ދަށުން ކޮށްފައިވާ ކަމެކެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ މެދުވެރިކަމާ އެކު ހަނގުރާމަ ހުއްޓާލުމަށް ވެވުނު އެއްބަސްވުމުގެ ދަށުން، ހުކުރު ދުވަހު ހަނގުރާމަ ހުއްޓާލުމަށްފަހު 72 ގަޑިއިރުގެ ތެރޭގައި ދިރި ހުރި އަދި މަރުވެފައިވާ ހުރިހާ ރަހީނުން ދޫކޮށްލަން ވަނީ ހިމަނައިފަ އެވެ.

އެއާއެކު ހަމާސް އިން ވަނީ އެ ޖަމާއަތުގެ ބެލުމުގެ ދަށުގައި ތިބި ރަހީނުންގެ ތެރެއިން ދިރި ތިބި 20 މީހުން މިނިވަން ކޮށްފަ އެވެ. އަދި ހަމާސް އިން ވަނީ އެ މަރުވެފައިވާ ރަހީނުންގެ ތެރެއިން ބައެއް މީހުން ހަށި ގަނޑު ވެސް އިސްރާއީލްއާ ހަވާލު ކޮށްފަ އެވެ.

އިސްރާއީލުގެ ހަރުކަށި ސިޔާސަތުގެ ވަޒީރު އިޓަމާ ބެން ގްވިރް އަންގާރަ ދުވަހު ބުނެފައި ވަނީ، ހަމާސް އިން އަސީރުންގެ ހަށިގަނޑުތައް އަނބުރާ ނުދީފި ނަމަ، ޣައްޒާ އަށް ފޮނުވާ އެހީ ހުއްޓާލާނެ ކަމަށެވެ.

ކޭއޭއެން އިން ބުނާ ގޮތުގައި، ރަފަހް ހުޅުވާލުމަށް ނިންމީ، ހަމާސް އިން ބުދަ ދުވަހު އިތުރު ހަތަރު ހަށިގަނޑު އަނބުރާ ދޭން ނިންމާފައިވާކަން އެނގުމާ ގުޅިގެންނެވެ. ނަމަވެސް މިކަން ހަމާސް އިން މިހާތަނަށް ކަށަވަރު ކޮށްދީފައި ނުވެ އެވެ.

ހަނގުރާމައިގެ ސަބަބުން ޣައްޒާގައި ދިމާވެފައިވާ އިންސާނީ ބޮޑު ހާލަތާ ގުޅިގެން، އދ އާއި އެހީދޭ ޖަމިއްޔާ ތަކުން ވަނީ ރަފަހް ހުޅުވާލުމަށް މީގެ ކުރިން ވެސް ގޮވާލައިފަ އެވެ. މިއަހަރުގެ އޮގަސްޓު މަހުގެ ތެރޭގައި އދ އިން ވަނީ ޣައްޒާގައި ހައި ހޫނުކަން އޮތް ކަމަށް ކަނޑައަޅައިފަ އެވެ.

މަސްދަރު: އޭއެފްޕީ

އިސްރާއީލް-ހަމާސްޣައްޒާއިންސާނީ އެހީޣައްޒާ ހަނގުރާމަ

ކޮމެންޓް

އިތުރަށް ކިޔާލަން

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

07 ޑިސެމްބަރު 2025
ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

06 ޑިސެމްބަރު 2025
ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނުގެ ޖަމާޢަތެއްގެ ވެރިޔާ މަރާލައިފި

ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނުގެ ޖަމާޢަތެއްގެ ވެރިޔާ މަރާލައިފި

05 ޑިސެމްބަރު 2025
ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

02 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

2 ފެބުރުއަރީ
ސިފައިންގެ މީހަކު އެހެން ސިފައިންގެ ބައެއްގެ ގަޔަށް ބަޑިޖަހަން އުޅުނުކަމުގެ މައުލޫމާތު ލިބިއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ސިފައިންގެ މީހަކު އެހެން ސިފައިންގެ ބައެއްގެ ގަޔަށް ބަޑިޖަހަން އުޅުނުކަމުގެ މައުލޫމާތު ލިބިއްޖެ

އެމްޑީޕީ ޕްރައިމަރީ: ގިނަ މެމްބަރުންތަކަކަށް ޓިކެޓް ކަށަވަރުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ޕްރައިމަރީ: ގިނަ މެމްބަރުންތަކަކަށް ޓިކެޓް ކަށަވަރުވެއްޖެ

މަރުވިކަމަށް ނިންމާ އިންޑިއާގައި އަންދާލި މީހެއް 8 މަސް ފަހުން އެނބުރި ގެއަށް
20233 އަހަރު ކުރިން
ތަފާތު ޚަބަރު

މަރުވިކަމަށް ނިންމާ އިންޑިއާގައި އަންދާލި މީހެއް 8 މަސް ފަހުން އެނބުރި ގެއަށް

އިންޑިއާ އައުޓް ކެމްޕެއިނާ ދެކޮޅަށް ގާނޫނު ހަދާ މައްސަލަ ބޭރު ދުނިޔޭގެ ސަމާލުކަމަށް
20224 އަހަރު ކުރިން
ރާއްޖެ

އިންޑިއާ އައުޓް ކެމްޕެއިނާ ދެކޮޅަށް ގާނޫނު ހަދާ މައްސަލަ ބޭރު ދުނިޔޭގެ ސަމާލުކަމަށް

ކުޅި، ފާ، ޗަސްބިން - އަގުނުކުރެވޭ ފަދަ މާހައުލުތަކެއް
20215 އަހަރު ކުރިން
ރިޕޯޓު

ކުޅި، ފާ، ޗަސްބިން - އަގުނުކުރެވޭ ފަދަ މާހައުލުތަކެއް

މަޖިލީހަށް ގެންނަންވާނީ ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ ވިސްނުމާއި ޤާބިލުކަން ހުރި މެމްބަރުން: ނިޝާން
20197 އަހަރު ކުރިން
ރާއްޖެ

މަޖިލީހަށް ގެންނަންވާނީ ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ ވިސްނުމާއި ޤާބިލުކަން ހުރި މެމްބަރުން: ނިޝާން

އުއްތަމަ ފަނޑިޔާރު ދިރިއުޅުއްވާ ގެކޮޅަށް އެސްޕީޖީގެ އިސް ބައެއް ފަރާތްތަކުން ގޮސްފި
20188 އަހަރު ކުރިން
ރާއްޖެ

އުއްތަމަ ފަނޑިޔާރު ދިރިއުޅުއްވާ ގެކޮޅަށް އެސްޕީޖީގެ އިސް ބައެއް ފަރާތްތަކުން ގޮސްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު