Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޣައްޒާ ހަނގުރާމަ

ޣައްޒާ ހަނގުރާމައާ ގުޅިގެން ދުނިޔެ ހަނު އޮންނާތީ ޖޯޑަންގެ ފޮރިން މިނިސްޓަރުގެ ކަންބޮޑުވުން

ސްލޮވޭނިއާގައި ކުރިއަށް ދިޔަ ބްލެޑް ސްޓްރެޓެޖިކް ފޯރަމްގައި ވާހަކަ ދައްކަވަމުން ސަފަދީ ވިދާޅުވީ، ޣައްޒާގައި ކުރިއަށްދާ ހަމަލާތަކާ ގުޅިގެން މުޅި ދުނިޔެ ހަނު އޮތް ނަމަވެސް، އެހެން ތަނެއްގައި އެކަން ކުރިއަށް ދާ ނަމަ، މުޅި ދުނިޔެ ތެދުވެ އަޑު އުފުލާނެ ކަމށެވެ.

ޣައްޒާގައި އިސްރާއީލުން ހިންގާ އަނިޔާވެރި ޙަމަލާތަކާމެދު ދުނިޔެ ހަނުހުރުމާމެދު ޖޯޑަންގެ ފޮރިން މިނިސްޓަރ ކަންބޮޑުވުން ފާޅުކުރައްވައިފި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 4 ސެޕްޓެމްބަރު 2025 | ބުރާސްފަތި 03:27
ޖޯޑަންގެ ފޮރިން މިނިސްޓަރު އައިމަން ސަފަދީ

ޖޯޑަންގެ ފޮރިން މިނިސްޓަރު އައިމަން ސަފަދީ

އިސްރާއީލް އިން ޣައްޒާގައި ހިންގަމުން އަންނަ އަނިޔާވެރި ހަނގުރާމަ ކުރިއަށްދާއިރު ވެސް، މުޅި ދުނިޔެ އެކަމާ ހަނު އޮންނާތީ ޖޯޑަންގެ ފޮރިން މިނިސްޓަރު އައިމަން ސަފަދީ ކަންބޮޑުވުން ފާޅު ކުރައްވައިފި އެވެ.

ސްލޮވޭނިއާގައި ކުރިއަށް ދިޔަ ބްލެޑް ސްޓްރެޓެޖިކް ފޯރަމްގައި ވާހަކަ ދައްކަވަމުން ސަފަދީ ވިދާޅުވީ، ޣައްޒާގައި ކުރިއަށްދާ ހަމަލާތަކާ ގުޅިގެން މުޅި ދުނިޔެ ހަނު އޮތް ނަމަވެސް، އެހެން ތަނެއްގައި އެކަން ކުރިއަށް ދާ ނަމަ، މުޅި ދުނިޔެ ތެދުވެ އަޑު އުފުލާނެ ކަމށެވެ.

ހަނގުރާމައިގައި ކޮންމެ ދުވަހަކު ވެސް އިސްރާއީލް އިން އެތައް ބަޔަކު ޝަހީދު ކުރަމުން އަންނަ އައުމަށް އިޝާރާތް ކުރައްވައި އޭނާ ވިދާޅުވީ، 24 ގަޑިއިރުގެ ތެރޭގައި 150 އަށް ވުރެ ގިނަ މީހުން ޝަހީދު ކުރަމުން ދާއިރު ވެެސް، އެއްވެސް ފަރާތަކުން އެކަމާ ދެކޮޅަށް އަޑު އުފުލާ ކަމަކަށް ނުވާ ހިސާބަށް ދުނިޔޭގެ ނިޒާމު ގޮސްފައިވާ ކަމަށެވެ.

އެކަން ފާހަގަ ކުރައްވައި އޭނާ ވިދާޅުވެފައި ވަނީ، ފާއިތުވި 48 ގަޑި އިރުގެ ތެރޭގައި އެކަނި ވެސް، އިސްރާއީލްގެ ހަމަލާތަކުގައި 98 އަށް ވުރެ ގިނަ ފަލަސްޠީނު މީހުން ޝަހީދުވެފައިވާ ކަމަށާއި، އޭގެ ތެރޭގައި އިންސާނީ އެހީ ހޯދަން އުޅުނު އެތައް ބަޔަކާއި، ބަނޑުހައި ހޫނު ކަމުގެ ސަބަބުން ޝަހީދުވީ ނުވަ މީހަކު ވެސް ހިމެނޭ ކަމަށެވެ.

ޖޯޑަންގެ ފޮރިން މިނިސްޓަރު މިފަދައިން ވާހަކަ ދައްކަވާފައިވާއިރު، ދާދި ފަހުން އިންޓަނޭޝަނަލް އެސޯސިއޭޝަން އޮފް ޖެނޮސައިޑް ސްކޮލާސް އިން ވަނީ، އިސްރާއީލްގެ ހަމަލާތަކަކީ ނަސްލު ނައްތާލުމަށް ހިންގާ ޖަރީމާ ތަކެއް ކަމަށް ކަނޑައަޅައިފަ އެވެ.

ގާތް ގަނޑަކަށް ދެ އަހަރު ވާން ކައިރިވެފައިވާ މި ހަނގުރާމައިގައި، އިސްރާއީލް އިން ދެމުން އަންނަ ހަމަލާތަކުގައި ޣައްޒާ އިން ޝަހީދުވެފައިވާ މީހުންގެ އަދަދު ވަނީ 63،000 އަށް ވުރެ މައްޗަށް އަރައިފަ އެވެ. އަދި ހަމަލާތަކުގައި ޒަޚަމުވެފައިވާ މީހުންގެ އަދަދު ވަނީ 150،000 އަށް ވުރެ މައްޗަށް އަރައިފަ އެވެ.

ޣައްޒާގައި ބަނޑުހައި ހޫނު ކަމުގެ ޙާލަތެއް އޮތް ކަަމަށް، އދ އިން ވެސް ވަނީ މިދިޔަ މަހުގެ ފަހު ކޮޅު ރަސްމީކޮށް ކަނޑައަޅައިފަ އެވެ. އެކަން ހާމަކޮށް ނެރެފައިވާ ރިޕޯޓަކީ ޞައްޙަ ރިޕޯޓެއް ނޫން ކަަމަށް އިސްރާއީލް އިން ވަނީ ބުނެފަ އެވެ.

މަސްދަރު: އަލް އަރަބިއްޔާ

ޣައްޒާ ހަނގުރާމަ އައިމަން ސަފަދީޖޯޑަންހަމާސްނަސްލު ނައްތާލުންބަނޑުހައިހޫނުކަން

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

07 ޑިސެމްބަރު 2025
ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

06 ޑިސެމްބަރު 2025
ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނުގެ ޖަމާޢަތެއްގެ ވެރިޔާ މަރާލައިފި

ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނުގެ ޖަމާޢަތެއްގެ ވެރިޔާ މަރާލައިފި

05 ޑިސެމްބަރު 2025
ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވީ ފަހުން ވެސް ކޮންމެ ދުވަހަކު އިޒްރޭލު ސިފައިން ގެންދަނީ ފަލަސްތީނު ގެ ކުޑަކުދިން މަރަމުން: ޔުނިސެފް

ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވީ ފަހުން ވެސް ކޮންމެ ދުވަހަކު އިޒްރޭލު ސިފައިން ގެންދަނީ ފަލަސްތީނު ގެ ކުޑަކުދިން މަރަމުން: ޔުނިސެފް

22 ނޮވެމްބަރު 2025
އަންގާރަ ދުވަހު ސަލާމަތީ މަޖިލީހުން ޣައްޒާ އާ ބެހޭ ގޮތުން ފާސްކުރި ގަރާރުގައި މުހިންމު ކަންތައްތަކެއް ވަނީ ގަސްދު ގައި އުނި ކޮށްފައި: އީރާނު

އަންގާރަ ދުވަހު ސަލާމަތީ މަޖިލީހުން ޣައްޒާ އާ ބެހޭ ގޮތުން ފާސްކުރި ގަރާރުގައި މުހިންމު ކަންތައްތަކެއް ވަނީ ގަސްދު ގައި އުނި ކޮށްފައި: އީރާނު

19 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

14 މާރިޗު
ޕޮޓޭޓޯ ޕޭން ކޭކް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ޕޮޓޭޓޯ ޕޭން ކޭކް

ގަމު ފެނަކައިގެ 17 މުވައްޒަފުން ވަޒީފާއިން ވަކިކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ގަމު ފެނަކައިގެ 17 މުވައްޒަފުން ވަޒީފާއިން ވަކިކޮށްފި

ޒުވާން ފޯވަޑް އިލާން ޔޫއޭއީގެ އަލްއައިން އަށް
20233 އަހަރު ކުރިން
ކުޅިވަރު

ޒުވާން ފޯވަޑް އިލާން ޔޫއޭއީގެ އަލްއައިން އަށް

މަސްތުވާތަކެއްޗާއެކު އިންޑިއާ ފިރިހެނަކު ކަނޑުމަތިން ފުލުހުންގެ ބެލުމުގެ ދަށަށް
20224 އަހަރު ކުރިން
ރާއްޖެ

މަސްތުވާތަކެއްޗާއެކު އިންޑިއާ ފިރިހެނަކު ކަނޑުމަތިން ފުލުހުންގެ ބެލުމުގެ ދަށަށް

އަނދިރީގައި - ރާއްޖެޓީވީގެ ރަމަޟާން މަހުގެ ހާއްސަ ޕްރޮގްރާމް!
20215 އަހަރު ކުރިން
ރާއްޖެ

އަނދިރީގައި - ރާއްޖެޓީވީގެ ރަމަޟާން މަހުގެ ހާއްސަ ޕްރޮގްރާމް!

ފަހު ވަގުތު ގާސިމް ގިނިކަންޏާ، ލިބެން ހުރި ވޯޓު ވެސް ގެއްލެނީ!
20197 އަހަރު ކުރިން
ރިޕޯޓު

ފަހު ވަގުތު ގާސިމް ގިނިކަންޏާ، ލިބެން ހުރި ވޯޓު ވެސް ގެއްލެނީ!

މިފަހަރު މިރުސް ފެނަށް މާބޮޑު ސަމާލުކަމެއް ނުލިބުނު! ރައްޔިތުން ޖެހީ ހަޖޫ!
20188 އަހަރު ކުރިން
ރިޕޯޓު

މިފަހަރު މިރުސް ފެނަށް މާބޮޑު ސަމާލުކަމެއް ނުލިބުނު! ރައްޔިތުން ޖެހީ ހަޖޫ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު