Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޣައްޒާ ހަނގުރާމަ

ޣައްޒާ އަށް ސުލްހަ ބަލަހައްޓާ އދ ގެ ފައުޖެއް ފޮނުވުމަށް އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ބައިނަލް އަގްވާމީ ޖަމްއިއްޔާ ޔޫރޯ-މެޑިޓެރޭނިއަން އިން ގޮވާލައިފި

ހަނގުރާމައިގެ ސަބަބުން ޣައްޒާގެ އުތުރުގައި ނުރައްކާތެރި ބަނޑުހައިހޫނުކަމެއް އުފެދިފައިވާ މި ދަނޑިވަޅުގައި އދ އިން ސުލްހަ ބަލަހައްޓާ ފައުޖެއް ފޮނުވުމަށް ޔޫރޯ-މެޑިޓެރޭނިއަން ހިއުމަންރައިޓްސް މޮނިޓަރ އިން ޖެނެރަލް އެސެމްބްލީ އަށް ގޮވާލައިފިއެވެ.

ރާއްޖެ އެމްވީ | 23 އޯގަސްޓު 2025 | ހޮނިހިރު 02:38
ޣައްޒާ ސިޓީގައި އިސްރާއީލުގެ ބްލޮކޭޑްގެ ސަބަބުން ކާބޯތަކެތީގެ ދަތިކަން ކުރިމަތިވެފައިވާ ފަލަސްތީނުގެ ރައްޔިތުން ކާބޯތަކެތި ހޯދުމަށް އުޅެމުންދާ ދަތި ހާލު

ޣައްޒާ ސިޓީގައި އިސްރާއީލުގެ ބްލޮކޭޑްގެ ސަބަބުން ކާބޯތަކެތީގެ ދަތިކަން ކުރިމަތިވެފައިވާ ފަލަސްތީނުގެ ރައްޔިތުން ކާބޯތަކެތި ހޯދުމަށް އުޅެމުންދާ ދަތި ހާލު

ޣައްޒާ އަށް ސުލްހަ ބަލަހައްޓާ އދ ގެ ފައުޖެއް ފޮނުވުމަށް އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ބައިނަލް އަގްވާމީ ޖަމްއިއްޔާ ޔޫރޯ-މެޑިޓެރޭނިއަން ހިއުމަންރައިޓްސް މޮނިޓަރ އިން އދ އަށް ގޮވާލައިފިއެވެ.

ޖެނީވާގައި މަރުކަޒު ކޮށްފައިވާ ޔޫރޯ-މެޑިޓެރޭނިއަން ހިއުމަން ރައިޓްސް މޮނިޓަރުން މި ކަމަށް ގޮވާލީ ހުކުރު ދުވަހު، ޣައްޒާ ސްޓްރިޕްގެ އުތުރު ސަރަޙައްދުގައިވާ ޣައްޒާ ގަވަރނޭޓް ގައި ބަނޑުހައިހޫނުކަން އޮތްކަމަށް ރަސްމީ ކޮށް އދ އިން އިޢުލާނު ކޮށްފައި ވަނިކޮށްނެވެ.

އަދި މި ހައިހޫނުކަން ހަފްތާތަކެއްގެ ތެރޭގައި އެހެން ސަރަހައްދު ތަކަށް ފެތުރިގެން ހިނގައިދާނެ ކަމަށް ބުނެފައިވެއެވެ.

މި ޙާލަތު މިހެން މެދުވެރިވެފައި ވަނީ އިސްރާއީލު ސަރުކާރުން ޣައްޒާ ސްޓްރިޕް ބަނޑުހައިހޫނުކަމުގެ ތެރެއަށް ގަސްތުގައި ވައްޓާލުމަށް ގެންގުޅޭ ސިޔާސަތުގެ ސަބަބުން ކަމަށް އެ ޖަމްއިއްޔާ އިން ބުނެފައިވެއެވެ. އިސްރާއީލުގެ އިސް ފަރާތްތަކުން އަމިއްލައަށް އިޢުތިރާފު ވެފައިވާ ގޮތުގައި، އެއްވެސް ކާއެއްޗެއް ނުވަތަ ފެނެއް އެ ސަރަޙައްދަށް ވެއްދިއަކު ނުދޭނެއެވެ.

މި ޖަމްޢިއްޔާ އިން ބުނެފައި ވަނީ އިސްރާއީލުގެ މި އަމަލަކީ ހަނގުރާމައިގެ ކުށެއް ކަމަށާއި، އިންސާނިއްޔަތާ ދެކޮޅު ކުށެއް ކަމަށާއި، އަދި ނަސްލު ނައްތާލުމުގެ ޢަމަލެއް ކަމުގައެވެ.

އެހެންކަމުން، އެ ޖަމްޢިއްޔާ އިން ޖެނެރަލް އެސެމްބްލީ އަށް ގޮވާލާފައި ވަނީ "1950 ގެ ރެޒޮލިއުޝަން 377 އޭ(ވީ) ("ސުލްޙަ އަށް އެއްބައިވުން")" ތަންފީޒު ކުރުމަށެވެ.

ޔޫރޯ-މެޑް ގެ ހުށަހެޅުމުގައި ބުނެފައި ވަނީ "ކުއްލި ޚާއްޞަ ޖަލްސާ އެއް ބޭއްވުމަށާއި، ސެކިއުރިޓީ ކައުންސިލުން ވީޓޯގެ ސަބަބުން ނުވަތަ އެއްބަސްވުމެއް ނެތުމުގެ ސަބަބުން ޢަމަލު ކުރަން ނުކުޅެދޭ ހިނދު، ސުލްޙަ ބެލެހެއްޓުމުގެ ބާރެއް ޤާއިމުކުރުން ހިމެނޭ ގޮތަށް، ޖަމާޢީ ފިޔަވަޅުތައް އެޅުމަށް މި ރެޒޮލިއުޝަނުން އެސެމްބްލީ އަށް ބާރު ލިބިދޭ،" ކަމަށެވެ.

ޔޫރޯ-މެޑް އިން މި އިޝާރާތް ކުރަނީ އަނިޔާވެރި ޖަރީމާތައް ހިންގާ އިސްރާއީލު ސަރުކާރުގެ އެންމެ ބޮޑު އެކުވެރިޔާ - އެމެރިކާ އިން، ސެކިއުރިޓީ ކައުންސިލުގައި ތެލް އަވީވް އާ ދެކޮޅަށް ފާސް ކުރަން އުޅޭ ކޮންމެ ކަމަކަށް އެއްވެސް އިސްތިސްނާ އެއް ނެތި ވީޓޯގެ ބާރު ބޭނުން ކުރުމުގެ އާދައަށެވެ.

ވޮޝިންގްޓަނުން މިފަދަ ފިޔަވަޅުތައް ހިމެނޭ ހުށަހެޅުންތައް އަބަދުވެސް ބާޠިލު ކުރަމުން ދިއުމުގެ އިތުރުން، އިސްރާއީލު ސަރުކާރަށް ހުއްޓުމެއްނެތި އަދި ކުރިން ދުވަހަކު ވެސް ނުދެކޭފަދަ މިންވަރަކަށް ހަތިޔާރުގެ އެހީތެރިކަން ފޯރުކޮށްދެމުން ގޮސްފައިވެއެވެ. މީގެ ތެރޭގައި 2023 ގެ އޮކްޓޯބަރުން ފެށިގެން މިހާތަނަށް ކުރިއަށްދާ ނަސްލު ނައްތާލުމުގެ ހަނގުރާމަ ވެސް ހިމެނެއެވެ.

އެއާއެކު، ޔޫރޯ-މެޑް އިން ފާހަގަ ކޮށްފައި ވަނީ، އިސްރާއީލު ސަރުކާރުން ގަސްތުގައި ޣައްޒާގައި ބަނޑުހައިހޫނުކަން އުފެއްދިކަމަށް ލަހުން ނަމަވެސް އދ އިން ކުރި އިއުލާން އަކީ އެކަމުގެ "ސާފު" ހެއްކެއް ކަމަށެވެ. މިކަން ކޮށްފައި ވަނީ ނިޒާމީ ގޮތެއްގައި ބަނޑުހައިހޫނުކަމުގެ ސިޔާސަތުތައް ގެންގުޅެ، އިންސާނީ އެހީ އަށް ހުރަސްއަޅައި، އަދި ރަށުތެރޭގެ ކާބޯތަކެތީގެ ވަސީލަތްތައް ނައްތާލައިގެން ކަމަށެވެ.

މިއީ ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ހިންގަމުންދާ ނަސްލު ނައްތާލުމުގެ ޢަމަލުތައް ފެށުނީއްސުރެ، ބަނޑުހައިހޫނުކަން އޭގެ އެންމެ އަނިޔާވެރި ވަސީލަތެއްގެ ގޮތުގައި ބޭނުން ކޮށްފައިވާކަން ރަސްމީ ސިފައެއްގައި ދެނެގަތް ފުރަތަމަ ފަހަރު ކަން އެ ޖަމްއިއްޔާ އިން ބުނެފައިވެއެވެ.

އެއާއެކު، އިސްރާއީލު ސަރުކާރާއި އެމެރިކާ އިން 27 މެއި ގައި އުފައްދާފައިވާ "ޣައްޒާ ހިއުމެނިޓޭރިއަން ފައުންޑޭޝަން" ގެ އަމަލު ތައް މި ޖަމްޢިއްޔާ އިން ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފައި ވެއެވެ. މި ފައުންޑޭޝަނުގެ މަޤްޞަދު ކަމަށް ބުނެފައި ވަނީ ޣައްޒާގެ ރައްޔިތުންނަށް ކާބޯތަކެތި ފޯރުކޮށްދިނުން ނަމަވެސް، ޙަޤީޤަތުގައި މި ފައުންޑޭޝަނުން ކަން ކުރަމުން ގެންދާ ގޮތުން "ކާރިސާ އިތުރަށް ގޯޯސްވެފައިވެއެވެ."

މި ޖަމްޢިއްޔާއިން ފާހަގަކޮށްފައިވާ ގޮތުގައި ޖީއެޗްއެފްގެ ތަކެތި ބެހުމުގެ ސަރަަހައްދުތައް ވެފައިވަނީ "މަރުގެ ދަންތުރަ" ތަކަކަށެވެ. އެތަންތަނުގައި އިސްރާއީލުގެ ބާރުތަކުން، ބައެއް ފަހަރު އެމެރިކާގެ މާސެނަރީން ބައިވެރިވެގެން، 2,036 މީހުން މަރާލައި އަދި 15,064 މީހުން ޒަޚަމްކޮށްލާފައި ވެއެވެ. އަދި އިސްރާއީލުގެ ބާރުގެ ދަށުގައިވާ ސަރަޙައްދުތަކުގައި އެހީގެ ޓްރަކުތަކާ ހަމައަށް ވާސިލުވުމަށް މަސައްކަތްކުރަމުން އިތުރު އެތައް ހާސް މީހުން މަރުވެފައިވެއެވެ.

އަދި އެ ޖަމްޢިއްޔާއިން ފާހަގަ ކޮށްފައިވާ ގޮތުގައި "ފައުންޑޭޝަނުގެ ތަކެތި ބެހުމުގެ ނިޒާމުން ގަސްތުގައި ޣައްޒާގެ އާބާދީގެ ވަރަށް ބޮޑު ބައެއް އިސްތިސްނާ ކޮށްފައިވެއެވެ."

ޣައްޒާ ހަނގުރާމަ އެމެރިކާ-އިޒްރާއީލްއދޔޫރޯ-މެޑިޓެރޭނިއަންބަނޑުހައިހޫނުކަންއިންސާނީ އެހީ

ކޮމެންޓް

އިތުރަށް ކިޔާލަން

ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

02 ޑިސެމްބަރު 2025
އދ. ގެ ކާބޯތަކެތީ ގެ އޭޖެންސީތަކުން ހައިހޫނުކަން ނުރައްކާ މިންވަރަކަށް އޮތް 16 ގައުމެއް ހާމަ ކޮށްފި

އދ. ގެ ކާބޯތަކެތީ ގެ އޭޖެންސީތަކުން ހައިހޫނުކަން ނުރައްކާ މިންވަރަކަށް އޮތް 16 ގައުމެއް ހާމަ ކޮށްފި

13 ނޮވެމްބަރު 2025
ޣައްޒާގައި ބައިނަލްއަޤުވާމީ ބާރެއް ޤާއިމު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ރޫބިއޯ ވިދާޅުވެއްޖެ

ޣައްޒާގައި ބައިނަލްއަޤުވާމީ ބާރެއް ޤާއިމު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ރޫބިއޯ ވިދާޅުވެއްޖެ

26 އޮކްޓޯބަރު 2025
ނަސްލު ނައްތާލުމާ ދެކޮޅަށް މަސައްކަތް ނުކުރާ ކަމަށް ވިދާޅުވެ، ލޫލާގެ ނުރުހުން އދ އަށް

ނަސްލު ނައްތާލުމާ ދެކޮޅަށް މަސައްކަތް ނުކުރާ ކަމަށް ވިދާޅުވެ، ލޫލާގެ ނުރުހުން އދ އަށް

25 އޮކްޓޯބަރު 2025
ޣައްޒާ ހަނގުރާމަ ހުއްޓާލުމުގެ ފުރަތަމަ ފިޔަވަހި ނިމިއްޖެ

ޣައްޒާ ހަނގުރާމަ ހުއްޓާލުމުގެ ފުރަތަމަ ފިޔަވަހި ނިމިއްޖެ

16 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު