Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާ ހަނގުރާމަ

ޣައްޒާ ބަނޑަށް ޖެހިއްޖެ ކަމަށް ރަސްމީ ކޮށް އދ އިން އިއުލާނު ކޮށްފި

22 އޯގަސްޓު 2025 | ހުކުރު 13:43

އިސްރާއީލުގެ ނިޒާމީ ހުރަސްއެޅުމުގެ ސަބަބުން ޣައްޒާ އަށް ކާބޯތަކެތި ނުވެއްދޭތީ ކާބޯތަކެއްޗަށް ޖެހިފައިވާއިރު، މިއީ މެދުއިރުމަތީގެ ސަރަހައްދަކަށް ކުރިމަތިވި ފުރަތަމަ ހައިހޫނުކަން.

ރާއްޖެ އެމްވީ | 22 އޯގަސްޓު 2025 | ހުކުރު 13:43
ތުރުކީގެ ޗެރިޓީއަކުން ޚާން ޔޫނިސްގެ އަލްމަވާސީ ސަރަހައްދުގައި ކާއެއްޗެހި ބަހަމުން ދާއިރު ފަލަސްތީނުގެ ބަނޑުހައިވެފައިވާ ކުޑަކުދިންނާއި ބޮޑެތި މީހުން އެ ތަނަށް ތޮއްޖެހިފައި

ތުރުކީގެ ޗެރިޓީއަކުން ޚާން ޔޫނިސްގެ އަލްމަވާސީ ސަރަހައްދުގައި ކާއެއްޗެހި ބަހަމުން ދާއިރު ފަލަސްތީނުގެ ބަނޑުހައިވެފައިވާ ކުޑަކުދިންނާއި ބޮޑެތި މީހުން އެ ތަނަށް ތޮއްޖެހިފައި | ގެޓީއިމޭޖަސް

ޣައްޒާ ބަނޑަށް ޖެހިފައިވާ ކަމަށް ރަސްމީ ކޮށް އދ އިން ހުކުރު ދުވަހު އިއުލާނު ކޮށްފިއެވެ.

އދ އިން ރަސްމީކޮށް އިއުލާނު ކުރި ގޮތުގައި މިއީ މެދުއިރުމަތީގެ ސަރަހައްދަކަށް ކުރިމަތި ފުރަތަމަ ހައިހޫނުކަމެވެ. އދ ގެ މާހިރުން ބުނާ ގޮތުގައި 500،000 މީހުން ވަނީ "ނުރައްކާތެރި" ހާލަތެއްގައި ހައިހޫނު ކަމުގައެވެ.

Advertisement - worldAdvertisement

އދ ގެ އެހީގެ ވެރިޔާ ޓޮމް ފްލެޗަރ ވިދާޅުވީ ޣައްޒާ އަށް ކުރިމަތިވި ހައިހޫނު ކަމަކީ ހުއްޓުވެން އޮތް، އެހެން ނަމަވެސް "އިސްރާއީލުގެ ނިޒާމީ ހުރަސްއެޅުމުގެ ސަބަބުން" ކާބޯތަކެތި ފަލަސްތީނުގެ ސަރަހައްދަށް ވެއްދޭނެ ގޮތެއް ނެތުމުގެ ސަބަބުން ކުރިމަތިވި ހާލަތެއް ކަމުގައެވެ.

ނަމަވެސް އިސްރާއީލުގެ ޚާރިޖީ ވުޒާރާ އިން މިކަމަށް ވަގުތުން ރައްދު ދެމުން ބުނީ "ޣައްޒާގައި ބަނޑުހައިހޫނުކަމެއް ނެތް" ކަމަށެވެ.

ރޯމްގައި ހުންނަ އައިޕީސީ ޕެނަލްގެ ރިޕޯޓަށް ފާޑުކިޔައި އިސްރާއީލުން ނެރުނު ބަޔާނުގައި ބުނީ އެއީ "ހަމާސްގެ ދޮގުތަކުގެ މައްޗަށް ބިނާކޮށް، އަމިއްލަ މަސްލަހަތު އޮތް ޖަމްއިއްޔާތަކުން ހޯދާފައިވާ" މައުލޫމާތުގެ މައްޗަށް ބުނި އެއްޗެއް ކަމަށެވެ.

އދ ގެ އޭޖެންސީތަކުން ފަލަސްތީނުގެ ސަރަހައްދުގެ އިންސާނީ ހާލަތު ދަށަށް ދާކަމުގެ އިންޒާރު ދެމުން އަންނަތާ އެތަކެއް މަސްތަކެއް ވެއްޖެއެވެ.

ހުކުރު ދުވަހު އައިޕީސީ އިން ނެރުނު އެންމެ ފަހުގެ އަޕްޑޭޓްގައި ބުނެފައިވަނީ "15 އޯގަސްޓް 2025 ގެ ނިޔަލަށް، އެކަށީގެންވާ ހެކިތަކާއެކު، ޣައްޒާ ގަވަނަރޭޓް ގައި ހައިހޫނުކަން (އައިޕީސީ ފޭސް 5) ކަށަވަރު ވެފައިވާ" ކަމަށެވެ. މިއީ ޣައްޒާ ސިޓީ އަށް ނިސްބަތްވާ އަދި ޣައްޒާ ސްޓްރިޕްގެ ގާތްގަނޑަކަށް ށް 20 އިންސައްތަ ހިއްސާވާ ސަރަހައްދެކެވެ.

ހައިހޫނުކަން ސެޕްޓެމްބަރު މަހުގެ ނިޔަލަށް ދީރު އަލް-ބަލާހް އަދި ޚާން ޔޫނިސް ގަވަނަރޭޓްތަކަށް ފެތުރިގެންދާނެ ކަމަށް ލަފާ ކުރެވެއެވެ. މިއީ ފަލަސްތީނުގެ ސަރަހައްދުގެ ގާތްގަނޑަކަށް ތިންބައިކުޅަ ދެބައި ހިއްސާވާ މިންވަރެވެ.

"22 މަސްދުވަހުގެ ހަނގުރާމަ އަކަށް ފަހު، ޣައްޒާ ސްޓްރިޕްގެ އާބާދީގެ ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ މީހުން ވަނީ ހައިހޫނުކަމާއި، ނިކަމެތިކަމާއި، ކަމީނާ ކަމުގެ ސިފަތައް ހުރި ނުރައްކާތެރި ހާލަތެއްގައި" ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.

ޖުލައި 1 އިން އޯގަސްޓް 15 އާ ދެމެދު އެއްކުރެވުނު މައުލޫމާތުގެ މައްޗަށް ބިނާކޮށް ނެރުނު މި ރިޕޯޓުގައި، ސެޕްޓެމްބަރު މަހުގެ ނިޔަލަށް 641,000 މީހުންނަށް -- އާބާދީގެ ގާތްގަނޑަކަށް ތިންބައިކުޅަ އެއްބަޔަށް ފެތުރިފައިވާ ކަމަށް ލަފާ ކުރެވެއެވެ.

މާރިޗު މަހުގެ ކުރީކޮޅު، އިސްރާއީލުން ޣައްޒާ އަށް އެހީގެ ތަކެތި ފޮނުވުން މުޅިން މަނާ ކުރިއެވެ. އޭގެ ފަހުން މޭ މަހުގެ ފަހުކޮޅު ވަރަށް މަދު މިންވަރަކަށް ކާބޯތަކެތި އެތެރެ ކުރަން ހުއްދަދިނެވެ. މިކަމުގެ ސަބަބުން ކާބޯތަކެއްޗާއި، ބޭހާއި، ތެލުގެ ބޮޑު ދަތިކަމެއް ކުރިމަތިވިއެވެ.

ޖެނީވާގައި ވާހަކަ ދައްކަވަމުން، އދ ގެ ފްލެޗަރ ވިދާޅުވީ މި ހައިހޫނު ކަމަކީ "އަޅުގަނޑުމެން އެންމެންނަށް ވެސް ހިތާމަވެރި ކަމެއް" ކަމަށެވެ.

އައިޕީސީ އިން ފާހަގަ ކޮށްފައިވާ ގޮތުގައި ސަރަހައްދުގެ ކާބޯތަކެތި އުފައްދާ ނިޒާމު ވެސް ވަނީ ފުނޑުފުނޑުވެފައެވެ. ޣައްޒާ ސްޓްރިޕްގެ ދަނޑުބިންތަކުގެ ތެރެއިން ގާތްގަނޑަކަށް 98 އިންސައްތަ ބިން ވަނީ ގެއްލުން ލިބިފައި، ނުވަތަ ވަދެވެން ނެތް ހާލަތުގައި، ނުވަތަ އެ ސަރަހައްދުތަކަށް މި ދެ ހާލަތު ވެސް ވަނީ ދިމާވެފައެވެ. ޖަނަވާރުތައް ވަނީ ނެތިގެން ގޮސްފައެވެ. އަދި މަސްވެރިކަން ވަނީ މަނާކޮށްފައެވެ.

މީގެ އިތުރުން، ސިއްހީ ނިޒާމު ވަނީ ބޮޑުތަން ދަށަށް ގޮސްފައެވެ. އަދި ރައްކާތެރި ބޯފެނާއި އެކަށީގެންވާ ސާފުތާހިރުކަން ވަނީ ބޮޑުތަން މަދުވެފައެވެ.

އިންޓެގްރޭޓެޑް ފުޑް ސެކިއުރިޓީ ފޭސް ކްލެސިފިކޭޝަން އިނީޝިއޭޓިވް (އައިޕީސީ) އަކީ ކުރިމަތިވާނެ ކާރިސާތަކުގެ އިންޒާރު ދިނުމަށް އދ އިން ހަވާލުކޮށްފައިވާ މޮނިޓަރުންގެ ގްރޫޕެކެވެ.

އެ ފަރާތުން ހައިހޫނުކަން މާނަކުރުމުގައި ތިން މިންގަނޑަކުން ވަޒަން ކުރެއެވެ.

ފުރަތަމަ ކަމަކީ، ގޭބިސީ ތަކުގައި މަދުވެގެން 20 އިންސައްތަ -- ކޮންމެ ފަސް މީހެއްގެ ތެރެއިން އެކަކަށް -- ކާބޯތަކެތީގެ ބޮޑު ދަތިކަމެއް ކުރިމަތިވެފައި ވުމެވެ.

ދެވަނަ ކަމަކީ، ފަސް އަހަރުން ދަށުގެ ކުޑަކުދިންގެ ތެރެއިން މަދުވެގެން 30 އިންސައްތަ -- ކޮންމެ ތިން ކުއްޖެއްގެ ތެރެއިން އެކަކު -- ހަށިގަނޑަށް ބޭނުންވާ ކާނާ ނުލިބި ނިކަމެތި ހާލުގައި ވުމެވެ.

އަދި ތިންވަނަ ކަމަކީ، ސީދާ ހައިހޫނުކަމުގެ ސަބަބުން ނުވަތަ ކާނާ ނުލިބުމާއި ބަލިމަޑުކަމުގެ ސަބަބުން، މަދުވެގެން ކޮންމެ 10,000 މީހުންގެ ތެރެއިން ދެ މީހުން ކޮންމެ ދުވަހަކު މަރުވަމުން ދިއުމެވެ.

ޣައްޒާގެ ސިއްހަތާ ބެހޭ މިނިސްޓްރީން ހާމަ ކޮށްފައިވާ ގޮތުގައި އިސްރާއީލުގެ ހަމަލާތަކުގައި މަދުވެގެން 62,192 ފަލަސްތީނު މީހުން މިހާތަނަށް ޝަހީދުވެފައި ވެއެވެ. އޭގެ ތެރެއިން ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.

ޣައްޒާ ހަނގުރާމަ އދބަނޑުހައިހޫނުކަންޓޮމް ފްލެޗަރހަމާސްއައިޕީސީޣައްޒާ ހަނގުރާމަ

އެންމެ ހިނގާ

1

މެލޭޝިއާގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ދިވެހި އަންހެން ދަރިވަރަކު ނިޔާވެއްޖެ

2

ފެނަކަ އުވާލައި ސްޓެލްކޯއަށް ބަދަލުކުރުމަށް ނިންމި ނިންމުމާއެކު، ހެޑް އޮފީހުގެ މުވައްޒަފުންނަށް ވާންވީ ގޮތެއް ނޭނގި މުވައްޒަފުން ބޮޑު ހާސްކަމެއްގައި!

3

މުއިއްޒުގެ ހެޔޮފުޅުކަން ދައްކަން އަނެއްކާވެސް އުނބަށް

4

ޗައިނާގެ އިންޒާރުތަކަށް ބެލުމެއްނެތި އެމެރިކާއިން ޓައިވާނަށް އާ އަސްކަރީ މަތިންދާބޯޓުތައް ފޮނުވަން ފަށައިފި

5

ފެނަކަ ސްޓެލްކޯގެ ދަށަށް ބަދަލުކުުރުމުގެ ތެރޭގައި "ޕްރްކެޓިކަލް އަދަދަކަށް" މުވައްޒަފުން ނެގުމަށްފަހު ބާކީ ތިބި މުވައްޒަފުން ވަކިކުުރުމަށް ރައީސް އޮފީހުން އަންގައިފި

އިތުރަށް ކިޔާލަން

08 ސެޕްޓެމްބަރު 2026

ހަމާސް: އިސްރާއީލުން ޣައްޒާ ގަތުލުއާންމުގެ ހެކި ނައްތާލަނީ

08 ސެޕްޓެމްބަރު 2026
ހަމާސް: އިސްރާއީލުން ޣައްޒާ ގަތުލުއާންމުގެ ހެކި ނައްތާލަނީ
06 ސެޕްޓެމްބަރު 2026

ގަތަރަށް ބޮން އެޅުމަކީ ފަޚުރުވެރިވާ ކަމެއްކަން ނަތަންޔާހޫ ހާމަކޮށްފި

06 ސެޕްޓެމްބަރު 2026
ގަތަރަށް ބޮން އެޅުމަކީ ފަޚުރުވެރިވާ ކަމެއްކަން ނަތަންޔާހޫ ހާމަކޮށްފި
05 ސެޕްޓެމްބަރު 2026

ދުނިޔޭގެ އައު ޗާޓް އދ. ގެ އާންމު މަޖިލީހުން ފާސްކޮށްފި

05 ސެޕްޓެމްބަރު 2026
ދުނިޔޭގެ އައު ޗާޓް އދ. ގެ އާންމު މަޖިލީހުން ފާސްކޮށްފި
03 ސެޕްޓެމްބަރު 2026

އިސްރާއީލު ސިފައިންނާއި ވަޒަންވެރިން ހަމަލާދީ ހުޅަނގު އައްސޭރިން ދެ ޒުވާނުން ޝަހީދުކޮށްލައިފި

03 ސެޕްޓެމްބަރު 2026
އިސްރާއީލު ސިފައިންނާއި ވަޒަންވެރިން ހަމަލާދީ ހުޅަނގު އައްސޭރިން ދެ ޒުވާނުން ޝަހީދުކޮށްލައިފި
02 ސެޕްޓެމްބަރު 2026

އެއްބަސްވުމަށް އިހުތިރާމްކުރަން އިސްރާއީލަށް ބާރުއަޅަން ހަމާސުން ގޮވާލައިފި

02 ސެޕްޓެމްބަރު 2026
އެއްބަސްވުމަށް އިހުތިރާމްކުރަން އިސްރާއީލަށް ބާރުއަޅަން ހަމާސުން ގޮވާލައިފި
29 އޯގަސްޓު 2026

އިސްރާއީލުން ދިން ވައިގެ ހަމަލާއެއްގައި ހުޅަނގުއައްސޭރީގައި ތިން މީހަކު މަރުވެއްޖެ

29 އޯގަސްޓު 2026
އިސްރާއީލުން ދިން ވައިގެ ހަމަލާއެއްގައި ހުޅަނގުއައްސޭރީގައި ތިން މީހަކު މަރުވެއްޖެ
20 އޯގަސްޓު 2026

ޣައްޒާ އާރާސްތުކުރުމުގެ އެއްވެސް ކަމެއް ކުރާނީ ހަމާސްގެ ހަތިޔާރު މުޅިން އަތުލުމުން ކަމަށް އިސްރާއީލުން ބުނެފި

20 އޯގަސްޓު 2026
ޣައްޒާ އާރާސްތުކުރުމުގެ އެއްވެސް ކަމެއް ކުރާނީ ހަމާސްގެ ހަތިޔާރު މުޅިން އަތުލުމުން ކަމަށް އިސްރާއީލުން ބުނެފި
17 އޯގަސްޓު 2026

އެމެރިކާގެ މަންދޫބު ޖެރެޑް ކުޝްނަރ ހަމާސްގެ ލީޑަރުންނާ ބައްދަލުކުރެއްވުން - ޣައްޒާގެ މައްސަލައިގައި ޓްރަމްޕް ގެންގުޅުއްވާ މަގުޗާޓަށް މީގެން ކުރާނީ ކޮން އަސަރެއް؟

17 އޯގަސްޓު 2026
އެމެރިކާގެ މަންދޫބު ޖެރެޑް ކުޝްނަރ ހަމާސްގެ ލީޑަރުންނާ ބައްދަލުކުރެއްވުން - ޣައްޒާގެ މައްސަލައިގައި ޓްރަމްޕް ގެންގުޅުއްވާ މަގުޗާޓަށް މީގެން ކުރާނީ ކޮން އަސަރެއް؟
17 އޯގަސްޓު 2026

ޣައްޒާގައި "30 އާއި 40 އާ ދެމެދުގެ" ފަލަސްތީނު ރައްޔިތުން ކޮންމެ ރެއަކު މަރާލުމަށް އިސްރާއީލުގެ މިނިސްޓަރު ބެން-ގްވީރު ގޮވާލައިފި

17 އޯގަސްޓު 2026
ޣައްޒާގައި "30 އާއި 40 އާ ދެމެދުގެ" ފަލަސްތީނު ރައްޔިތުން ކޮންމެ ރެއަކު މަރާލުމަށް އިސްރާއީލުގެ މިނިސްޓަރު ބެން-ގްވީރު ގޮވާލައިފި
17 އޯގަސްޓު 2026

ޣައްޒާ ސުލްހައިގެ ރޯޑްމެޕަށް އިސްރާއީލުން ފާޅުގައި ދެކޮޅުހަދާތީ އިސްލާމީ 8 ގައުމަކުން އެކަން ކުށްވެރިކޮށްފި

17 އޯގަސްޓު 2026
ޣައްޒާ ސުލްހައިގެ ރޯޑްމެޕަށް އިސްރާއީލުން ފާޅުގައި ދެކޮޅުހަދާތީ އިސްލާމީ 8 ގައުމަކުން އެކަން ކުށްވެރިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް