Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުކޮރަޕްޝަން

އެތައް ސަތޭކަ މިލިއަން ރުފިޔާގެ މަޝްރޫއު ގާތް މީހުންނަށް ބަހާލުމަށްފަހު ކަރަޕްޝަންގެ ތުހުމަތު އަދައިގެ މުވައްޒަފުންގެ ބޮލުގައި އެޅުވުމަކުން އަދި މިންޖުވާކަށް ނެތް!

12 ނޮވެމްބަރު 2025 | ބުދަ 15:47

ކަރަޕްޝަން ނައްތާލާނެ ކަމަށް ވީ ވަރުގަދަ ވައުދުތަކުގެ ވާހަކަ ރައީސް މުއިއްޒު ތަކުރާރު ކުރައްވާއިރު، މި ސަރުކާރު މިހާރު ވެފައި އޮތީ ކަރަޕްޝަން ލެޖިޓިމައިޒް ކޮށް، ނިޒާމީ ގޮތެއް ގައި ކަރަޕްޝަން ހިންގާ ސަރުކާރަކަށް ވެފައި، އަދި ގައުމު އޮތީ އެކަންކަން ބެލޭނެ މުއައްސަސާއެއް ވެސް ނެތް ދެރަ ހާލަތަކަށް ވައްޓާލާފައި.

ރާއްޖެ އެމްވީ | 12 ނޮވެމްބަރު 2025 | ބުދަ 15:47
ރައީސް މުއިއްޒު ވިދާޅުވީ ކަރަޕްޝަން އެންމެ ގިނައިން ހިންގަނީ އެންމެ އާދައިގެ އަދި މެދު ފަންތީގެ މުވައްޒަފުން ކަމަށް

ރައީސް މުއިއްޒު ވިދާޅުވީ ކަރަޕްޝަން އެންމެ ގިނައިން ހިންގަނީ އެންމެ އާދައިގެ އަދި މެދު ފަންތީގެ މުވައްޒަފުން ކަމަށް

ނަސަންދުރަައިގައި ބޭއްވި ކުލަގަދަ ރަސްމިއްޔާތެއްގައި އެތައް ސަތޭކަ މިލިއަން ރުފިޔާ ގެ މަޝްރޫއުތައް ބަހާލިތާ މާ ގިނަ ދުވަހެއް ނުވެ، ސަރުކާރުގެ ތެރޭގައި އެންމެ ގިނައިން ކަރަޕްޝަން ހިންގަނީ ދަށު ލެވެލްގެ ވަޒީފާ އިން ފެށިގެން މެދުފަންތިއާ ހަމައިގައި ކަމަށް ރައީސް މުއިއްޒު ވިދާޅުވުމުން ގިނަ ބައެއްގެ ފާޑު ކިޔުން ރައީސް މުއިއްޒު އަށް ވަނީ އަމާޒުވެފައެވެ.

ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި މުއިއްޒު ވަނީ ކަރަޕްޝަން ނައްތާލުމަށް މާ ވަރުގަދަ އަޒުމެއްގައި ހުންނެވި މޭރުމަކުން ވާހަކަ ދައްކަވާފައެވެ. ކަރަޕްޝަން ނައްތާލާނެ ކަމަށާއި، އެކަމަށް ވައުދުވި ވާހަކަ ވެސް ވިދާޅުވި އެވެ. އަދި އެކަމުގައި ކުރެވެން ހުރި ހުރިހާ ކަމެއް ވެސް ކުރާނެ ކަމަށް ވިދާޅުވިއެވެ.

"އާދެ، ކޮރަޕްޝަން ނައްތާލަންޖެހޭ. އަޅުގަނޑު ވަޢުދުވިން މިކަން އިރޭޑިކޭޓް ކުރަން، ނައްތާލުމަށްޓަކައި ކުރެވެން ހުރި ހުރިހާ ކަމެއް މި ސަރުކާރުން ކުރާނެ ކަމަށް،" މުއިއްޒު ވިދާޅުވިއެވެ.

އަދި އެވަރަކުން ނިންމަ އެއް ނުލައްވައެވެ. ދެފުން ފެންނަން ޖެހޭ ކަމަށް ވިދާޅުވި އެވެ. ޖަވާބުދާރީ ވެވޭ ވަރު އިތުރު ކުރަން ޖެހޭ ކަމަށް ވެސް ވިދާޅުވިއެވެ.

"އާދެ، ހިންގުމުގެ ނިޒާމު ދެ ފުށް ފެންނަގޮތް ހެދުން، ޖަވާބުދާރީ ވެވޭވަރު އިތުރުކުރުން، ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ހުރި ކަންކަން ނައްތާލުން އެއީ، ސަރުކާރު ހަރުދަނާކުރަން، ނިޒާމު ރަނގަޅުކުރަން، އަދުލުވެރި ކުރަންޏާ ކުރަންޖެހޭނެ އެންމެ މުހިންމު އެއްކަމަކީ."

މުއިއްޒު މިބާވަތުގެ ވާހަކަ މި މޭރުމުން ދެއްކެވުމުން ގިނަ ބަޔަކަށް ވަނީ މިއީ ހިނި އަންނަ ޒާތުގެ ވާހަކައަކަށެވެ.

ހަމަ އެންމެ ދެ މިސާލެއް ފާހަގަ ކޮށްލާނަމަވެ.

މުއިއްޒުގެ ދާޚިލީ ވަޒީރުގެ ކުރިމަތީގައި ހިނގި މީހުންގެ ޒާތީ މައުލޫމާތުން ވައްކަން ކުރުމުގެ ހާދިސާ އެވެ. ސަރުކާރުގެ ކަމާ ބެހޭ އޮފީހުގެ ތެރޭގައި މީހުންގެ ޒާތީ މައުލޫމާތުގެ ނަހަމަ ބޭނުން ކޮށް އަމިއްލަ ޕާޓީ އަށް މީހުން ވައްދަން ފޯމު ފުރާ، ވަގު ސޮއި ކޮށް، ވަގު ފިންގަރޕްރިންޓް ޖަހައިގެން ހިންގި ބޮޑު އޮޮޕަރޭޝަންސް އަކީ މިފަދަ ޖަރީމާތައް ތަހުގީގު ކުރުމަށް ހުރި ފުލުހުންގެ އިދާރާ އެ ފަރާތަކަށް ޖަވާބުދާރީވާން ޖެހޭ ހޯމްލޭންޑް މިނިސްޓަރުގެ ހާޒިރުގައި އޭނާގެ ބެލުމުގެ ދަށުން ހިނގައި ދިޔަ އާއްމުންނަށް ބޮޑު ސިހުމެއް ގެނައި ހާދިސާ އެކެވެ. މިކަން ފަޅާއަރާ ޝައްކެއް ނެތް މިންވަރަށް ރައްޔިތުންނާ ހަމަ އަށް ތިލަވުމުން ވެސް މިއީ ތިޔަ ވިދާޅުވާ ކަރަޕްޝަން އަކަށް ނުވިއެވެ. ޖަވާބުދާރީ ވާކަށް ވެސް ނުޖެހެއެވެ. ދެފުށް ފެންނާކަށް ވެސް ނުޖެހެއެވެ. މި ޖަރީމާ ހިންގި މީހުން އެތިބީ ސަރުކާރުގެ މަގާމުތަކުގައެވެ. އިހުނަށް ވުރެ ވެސް ގަދަ ކޮށްނެވެ.

އެއީ މިނިސްޓަރެއްގެ ބެލުމުގެ ދަށުން ހިނގި ކަމެކެވެ. ދެން އޮތީ ކަރަޕްޝަން އިރެޑިކޭޓް ކުރައްވަން ވައުދުވެ ވަޑައިގެންނެވި ރައީސުލްޖުމްހޫރިއްޔާގެ ސީދާ ބެއްލެވުމުގެ ދަށުން ވަޒީރުންގެ މަޖިލިސް ޝާމިލު ކުރައްވައިގެން ހިންގެވި ޖަރީމާ އެވެ. ސަރުކާރުގެ ޕްރޮޖެކްޓުތައް ބީލަމަށް ނުލައި، ހާމަ ކަމެއް، ވާދަ ކުރުމުގެ ފުރުސަތެއް ނެތި، ކެބިނެޓުން ބޭނުންވާ ބަޔަކަށް ބޭނުން އަގެއްގައި ދެވޭނެ ގޮތަށް ގަވާއިދުތައް ބަދަލުކުރުމަށްފަހު، 200 އަށްވުރެ ގިނަ ޕްރޮޖެކްޓް ހަވާލުކުރުމަށް އެގްރީމަންޓް ތަކެއްގައި ސޮއިކުރުމެވެ.

ޤާނޫނު ނަންބަރު3/2006 (ދައުލަތުގެ މާލިއްޔަތުގެ ޤާނޫނު) އާ ހިލާފު ގަވާއިދެއް ހަދައިގެން، މާލިއްޔަތުގެ ގާނޫނުގައި ސާފުކޮށް ބީލަމުގެ ކަންކަން ހިންގަންވާނީ، ދެފުށް ފެންނަ ވާދަވެރި އަދި ހަމަހަމަ ފުރުސަތު ދީގެން ކަމަށް ބުނެފައި ވަނިކޮށް، ގާނޫނަށް ބެލުމެއް ނެތި، އެ ގާނޫނާ ޚިލާފަށް، ހިންގި މި އަމަލުގެ ނަތީޖާ އަކީ ރައީސް މުއިއްޒުގެ އަރިސް ފަރާތްތަކަށް އެތައް ސަތޭކަ މިލިއަން ރުފިޔާގެ ނަފާ ލިބިގެން ދިއުމެވެ.

206 މަޝްރޫއު ބޭނުން ބަޔަކަށް ބަހާލި އިރު ސަރުކާރުގެ ޕްރޮޖެކްޓުތައް ބީލަމަށް ނުލައި ދެވޭނެ ގޮތަށް މާލިއްޔަތުގެ ގާނޫނަކު ނެތެވެ. މުއިއްޒު ދެފުށް ފެންނަ ވާހަކަ ދައްކަވާ އިރު، މި ޕްރޮޖެކްޓުތައް އިއުލާނުކޮށްފަ އެއް ނުވެއެވެ. ޖަވާބުދާރީ ވާ ވާހަކަ ދައްކަވާ އިރު، ސަރުކާރާ ގުޅުން ހުރި ފަރާތްތަކުގެ ކުންފުނިތައް ފިޔަވައި އެހެން އެއްވެސް ބަޔަކަށް ފުރުސަތު ދީފައެއް ނުވެއެވެ. އެންމެ ކުޑަ މިނުން ކޮންޓްރެކްޓަރުންގެ ދަފުތަރުގައި ހިމެނޭ ބައެއްތޯ ބަލާލުމެއް ވެސް ނެތި ބޮޑެތި އުމުރާނީ ތަރައްގީގެ މަސައްކަތްތައް ގާތް ރައްޓެހިންނަށް އޮތީ ދީފަ އެވެ. ޒިންމާދާރު ކަމާ އެކު ރައްޔިތުންނަށް ޚިދުމަތް ކުރުމުގެ ވާހަކަ ދައްކަވާ އިރު އެއީ އުވާލުމުގެ މަރުހަލާގައި އޮތް ކުންފުންޏެއްތޯ ވެސް ބަލާލުމެއް ވެސް ނެތެވެ.

ހަމަ ބުއްދި ހުރި ކޮންމެ މީހަކު މިއީި ކަރަޕްޝްން ކަމަށް ބުނާ އިރު މުއިއްޒު އަަކަށް މިއީ ކަރަޕްޝަން އެއް ނޫނެވެ.

ޖުމްހޫރީ ވެރިކަމަކީ ރައްޔިތުންގެ ވެރިކަމެކޭ، "ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި، ރައްޔިތުންނަށް އެންމެ މުހިންމުވާ ކަންކަމަކީ، ދެފުށް ފެންނަ ގޮތަށް، އިންސާފުވެރިކޮށް، ޢަދުލުވެރިކޮށް ޚިދުމަތް ދިނުން ކަމުގައިވާ އިރުގައި، މިކަން ކުރުމުގައި އޮތް އެންމެ ބޮޑު ވަބާ،" އަކީ ކަރަޕްޝަން ކަމަށާއި ކަރަޕްޝަން ނައްތާލާނަމޭ މުއިއްޒު ވިދާޅުވެ ވާހަކަ ދެއްކުމުގެ އެއްވެސް ސަބަބެއް މިހާރަކު ނެތެވެ. އެވާހަކަ އަޑުއަހާނެ، ގަބޫލު ކުރާނެ މީހަކު ނެތެވެ.

ކަރަޕްޝަން ނައްތާލާނެ ކަމުގެ ވައުދާ އެކު މުއިއްޒު ގެންނެވި ސަރުކާރު މިހާރު ވެފައި މި އޮތީ، ނިޒާމީ ކަރަޕްޝަން ހިންގާ ސަރުކާރަކަށެވެ. ކަރަޕްޝަން ލެޖިޓިމައިޒް ކޮށްފައިވާ ސަރުކާރަކަށް ވެ ނިމިފައެވެ. ދެރަ ކަމަކީ، މިކަންކަން ބާލާނެ ހިތްވަރެއް ހުރި، ފަންވަރެއް ހުރި މުއައްސަސާ އެއް ވެސް މިއަދު މި ގައުމުގައި ނެތުމެވެ. ރޭވިގެން އިންތިޒާމު ވެގެން އެންމެ ފުރަތަމަ ވެސް ކޮށްފައި އޮތް ކަމަކީ އެތަންތަނުގެ ބާރު ކަނޑުވާލާ ވާގި ނައްތާލުމެވެ.

ރައީސް މުއިއްޒުކޮރަޕްޝަން މާލިއްޔަތު ގާނޫނު

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

12 ޑިސެމްބަރު 2025

ގޭންގުތައް ނެތް ކަމަށް ސަރުކާރުން އިއުލާނުކުރި ގޮތަށް ޖުވާ ކުޅޭ ތަންތަނާއި މީހުން ނެތް ކަމަށް ވެސް އިއުލާނު ކުރާނެ: ޒިޔާދު

12 ޑިސެމްބަރު 2025
ގޭންގުތައް ނެތް ކަމަށް ސަރުކާރުން އިއުލާނުކުރި ގޮތަށް ޖުވާ ކުޅޭ ތަންތަނާއި މީހުން ނެތް ކަމަށް ވެސް އިއުލާނު ކުރާނެ: ޒިޔާދު
11 ޑިސެމްބަރު 2025

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ
11 ޑިސެމްބަރު 2025

މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!

11 ޑިސެމްބަރު 2025
މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!
11 ޑިސެމްބަރު 2025

މަސްވެރިން މުޒާހަރާއަށް ނުކުތީ މަސްވެރިންވި ވައުދުތަކެއް ނުފުއްދައިގެން ނޫން، މުޒާހަރާކުރަނީ ރައީސް މުއިއްޒުގެ ވައުދުތައް ނުފުއްދައިގެން: ޒިޔާދު

11 ޑިސެމްބަރު 2025
މަސްވެރިން މުޒާހަރާއަށް ނުކުތީ މަސްވެރިންވި ވައުދުތަކެއް ނުފުއްދައިގެން ނޫން، މުޒާހަރާކުރަނީ ރައީސް މުއިއްޒުގެ ވައުދުތައް ނުފުއްދައިގެން: ޒިޔާދު
10 ޑިސެމްބަރު 2025

ރައީސް މުއިއްޒު މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދުނުތާ މިފްކޯގެ ހާލަތު ވެސް ދިޔައީ ދަށަށް

10 ޑިސެމްބަރު 2025
ރައީސް މުއިއްޒު މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދުނުތާ މިފްކޯގެ ހާލަތު ވެސް ދިޔައީ ދަށަށް
10 ޑިސެމްބަރު 2025

ރައީސް މުޢިއްޒު އާއި މިނިސްޓަރު، މަސްވެރިންނާ ބައްދަލުކޮށް ޑިމާންޑް ތަކަށް ހައްލު ހޯދައިދެން ދެން މުޒާހަރާ ކުރިއަށް ގެންދަން ނިންމައިފި

10 ޑިސެމްބަރު 2025
ރައީސް މުޢިއްޒު އާއި މިނިސްޓަރު، މަސްވެރިންނާ ބައްދަލުކޮށް ޑިމާންޑް ތަކަށް ހައްލު ހޯދައިދެން ދެން މުޒާހަރާ ކުރިއަށް ގެންދަން ނިންމައިފި
08 ޑިސެމްބަރު 2025

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި
08 ޑިސެމްބަރު 2025

"ހުޅުމާލެއިން ބައެއް ވެހިކަލްތައް ޓޯވ ކުރީ ޕާކްކުރަން ދިން ހުސް ބިން އެޗްޑީސީ އިން އަތުލައި އުޅަނދުތައް މަގުތަކަށް ނެރެ އެއްލާލުމުން"

08 ޑިސެމްބަރު 2025
"ހުޅުމާލެއިން ބައެއް ވެހިކަލްތައް ޓޯވ ކުރީ ޕާކްކުރަން ދިން ހުސް ބިން އެޗްޑީސީ އިން އަތުލައި އުޅަނދުތައް މަގުތަކަށް ނެރެ އެއްލާލުމުން"
07 ޑިސެމްބަރު 2025

މި ސަރުކާރު އައުމާއެކު ފެށުނު ކޮރަޕްޝަންގެ މަޝްރޫއު އަކީ ރަސްމާލެ، ނޭނގި ނަމަވެސް އެކަމަށް އިއުތިރާފު ވެސް ވެއްޖެ: ޔާމީން

07 ޑިސެމްބަރު 2025
މި ސަރުކާރު އައުމާއެކު ފެށުނު ކޮރަޕްޝަންގެ މަޝްރޫއު އަކީ ރަސްމާލެ، ނޭނގި ނަމަވެސް އެކަމަށް އިއުތިރާފު ވެސް ވެއްޖެ: ޔާމީން
06 ޑިސެމްބަރު 2025

އިމްރާން ރައީސް މުޢިއްޒަށް: ދީނާއި ޤައުމުދެކެ ލޯބިވާންޖެހޭ ވަރާ ގާތަށްވެސް ލޯބިވާނަމަ އަޑި ނޭނގޭ ބޭރު މީހުންނަށް ސިޓިޒަންޝިޕް ދިނުމުގެ މަސައްކަތް ނުކުރެއްވީސް!

06 ޑިސެމްބަރު 2025
އިމްރާން ރައީސް މުޢިއްޒަށް: ދީނާއި ޤައުމުދެކެ ލޯބިވާންޖެހޭ ވަރާ ގާތަށްވެސް ލޯބިވާނަމަ އަޑި ނޭނގޭ ބޭރު މީހުންނަށް ސިޓިޒަންޝިޕް ދިނުމުގެ މަސައްކަތް ނުކުރެއްވީސް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް