Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެފިލިޕީންސް

އެތައް މިލިއަން ޑޮލަރަށް ޚިޔާނާތްވެފައިވާ ކަމަށް ބުނެ ފިލިޕީންސްގެ ނައިބު ރައީސްގެ އިތުބާރު ނެތް ކަމަށް ފާސް ކޮށްފި

ކުރީގެ ރައީސް ރޮޑްރީގޯ ޑުޓާޓޭ ގެ ދަރިކަނބަލުން، ސާރާ ޑުޓާޓޭ ގެ މައްޗަށް ތުހުމަތުކުރެވެނީ ސަރުކާރުގެ އެތައް މިލިއަން ޑޮލަރު ނަހަމަ ގޮތުގައި ބޭނުންކުރިކަމަށް

ރާއްޖެ އެމްވީ | 5 ފެބުރުއަރީ 2025 | ބުދަ 12:14
ފިލިޕީންސް ގެ ނައިބު ރައީސް ސާރާ ޑުޓާޓޭ - އިތުބާރު ނެތް ކަމަށް ވަނީ ފާސްކޮށްފައި

ފިލިޕީންސް ގެ ނައިބު ރައީސް ސާރާ ޑުޓާޓޭ - އިތުބާރު ނެތް ކަމަށް ވަނީ ފާސްކޮށްފައި

އެތައް މިލިއަން ޑޮލަރުގެ ކަރަޕްޝަންގެ ތުހުމަތުގައި ފިލިޕީންސްގެ ނައިބު ރައީސްގެ އިތުބާރު ނެތް ކަމަށް އެ ގައުމުގެ ޕާލިމަންޓުން ފާސްކޮށްފިއެވެ.

ސާރާ ޑުޓާޓޭ އަށް ތުހުމަތުކުރެވެނީ ސަރުކާރުގެ އެތައް މިލިއަން ޑޮލަރު ނަހަމަ ގޮތުގައި ބޭނުންކުރިކަމަށާއި، އަދި ރައީސް ފާރޑިނެންޑް "ބޮންގްބޮންގް" މާރކޯސް ޖޫނިއަރ އަވަހާރަކޮށްލާނެ ކަމަށް ބުނެ ބިރުދެއްކުމެވެ. 

އޭނާ ވަނީ މި ތުހުމަތުތައް ދޮގުކޮށް، އޭނާއަކީ ސިޔާސީ ބަދަލުހިފުމުގެ ޝިކާރައަކަށް ވެފައިވާ ފަރާތެއް ކަމަށް ބުނެފައެވެ. 

މި ކުއްލި ފިޔަވަޅަކީ ޑުޓާޓޭ އާއި މާރކޯސް އާ ދެމެދު އޮތް ދެބަސްވުންތައް އިތުރަށް ގޯސްވެގެން ދިޔުމުގެ ނަތީޖާއެއް ކަމަށް ފާހަގަ ކުރެވެއެވެ. މި ދެބޭފުޅުންގެ މެދުގައި އުފެދިފައިވާ ދެބަސްވުން ތަކުގެ ސަބަބުން ފިލިޕީންސް ނުތަނަވަސް ކަމުގެ ތެރޭގައި އޮންނަތާ އެތައް މަސްތަކެއް ވަނީ ފާއިތުވެފައެވެ.

މި ބޭފުޅުންނަކީ ވެސް ފިލިޕީންސްގެ ސިޔާސީ މައިދާނުގައި ނަގާ ކިޔާ ދެ އާއިލާ އަކަށް ނިސްބަތްވާ ދެބޭފުޅުންނެވެ. އިތުބާރު ނެތް ކަމަށް ފާސް ކުރި ނައިބު ރައީސް އަކީ ކުރީގެ ރައީސް ރޮޑްރީގޯ ޑުޓާޓޭގެ ދަރިކަނބަލެކެވެ. އަދި ރައީސް އަކީ އަވަހާރަވެފައިވާ ފިލިޕީންސްގެ ކުރީގެ ލީޑަރު ފާޑިނަންޑް މާރކޯސްގެ ދޮށީ ދަރިކަލުންނެވެ. 

މަޖިލީހުގެ 306 މެންބަރުންގެ ތެރެއިން 215 މެންބަރުން ވަނީ ނައިބު ރައީސްގެ އިތުބާރު ނެތް ކަމަށް ވޯޓުދީފައެވެ. މިއީ އިތުބާރު ނެތް ކަމަށް ފާސްކުރުމަށް ބޭނުންވާ ތިންބައިކުޅަ އެއްބައިގެ އަޣުލަބިއްޔަތަށްވުރެ މާ ބޮޑު އަދަދެކެވެ. 

އިތުބާރު ނެތް ކަމަށް ފާސްކުރި ބިލު ދެން ހުށަހެޅޭނީ 24 މެންބަރުންގެ މައްޗަށް އެކުލެވޭ ސެނެޓަށެވެ. ސެނެޓުން މި މައްސަލަ ބަލާނީ އިމްޕީޗްމަންޓް ކޯޓުގެ ހައިސިއްޔަތުންނެވެ. 

ކޯޓަށް އޭނާ ކުށް ކުރެއްވިކަން ސާބިތުވެއްޖެ ނަމަ ޑުޓާޓޭ މަޤާމުން ވަކިކުރެވޭނެއެވެ. އަދި އޭނާއަކީ ފިލިޕީންސްގެ ތާރީޚުގައި އިމްޕީޗްކުރެވޭ ފުރަތަމަ ނައިބު ރައީސް އަށް ވެގެންދާނެއެވެ. 

ސެނެޓުން ޙުކުމް އިއްވަންދެން އޭނާ މަޤާމުގައި ދެމި ހުންނަވާނެ ކަމަށް ބެލެވެއެވެ. މައްސަލަ ބަލާނެ ތާރީޚެއް އަދި ކަނޑައެޅިފައެއް ނުވެއެވެ. 

2028 ވަނަ އަހަރު ދެވަނަ ދައުރަކަށް ކުރިމަތިލުމުގެ ޝަރުޠު ހަމަނުވާ މާރކޯސްގެ ފަހުން ރައީސް ކަމަށް ވަޑައިގަންނަވާނެ ފަރާތުގެ ގޮތުގައި ޑުޓާޓޭ އާ މެދު ގިނަބަޔަކު އައީ ދެކެމުންނެވެ. 

އެހެން ނަމަވެސް އިމްޕީޗްމަންޓެއްގެ ސަބަބުން އޭނާއަށް ރައީސް ކަމަށް ކުރިމަތިލުމުގެ ފުރުޞަތު ގެއްލިގެންދާނެއެވެ. އެއީ އޭނާއަށް ދައުލަތުގެ އެއްވެސް މަޤާމެއް ފުރުމަށް ދާއިމީކޮށް މަނާވެގެން ދާނެއަތީއެވެ. 

ފިލިޕީންސް

އިތުރަށް ކިޔާލަން

01 ޑިސެމްބަރު 2025

ކަރަޕްޝަން އާ ދެކޮޅަށް ފިލިޕީންސްގައި ކުރި މުޒާހަރާގައި ރައީސް މާކޯސްގެ އިސްތިއުފާ އަށް ގޮވައިފި

01 ޑިސެމްބަރު 2025
ކަރަޕްޝަން އާ ދެކޮޅަށް ފިލިޕީންސްގައި ކުރި މުޒާހަރާގައި ރައީސް މާކޯސްގެ އިސްތިއުފާ އަށް ގޮވައިފި
11 ނޮވެމްބަރު 2025

ހަފްތާ އެއްގެ ތެރޭގައި އައި ދެވަނަ ތޫފާނު ގައި ފިލިޕީންސް ގައި 6 މީހުން މަރުވެއްޖެ

11 ނޮވެމްބަރު 2025
ހަފްތާ އެއްގެ ތެރޭގައި އައި ދެވަނަ ތޫފާނު ގައި ފިލިޕީންސް ގައި 6 މީހުން މަރުވެއްޖެ
09 ނޮވެމްބަރު 2025

ބާރުގަދަ ތޫފާނެއްގެ އަސަރު ފިލިޕީންސް އަށް ކުރަން ފެށުމާއެކު މިލިއަނެއްހާ މީހުން ގެދޮރުން ނެރެފި

09 ނޮވެމްބަރު 2025
ބާރުގަދަ ތޫފާނެއްގެ އަސަރު ފިލިޕީންސް އަށް ކުރަން ފެށުމާއެކު މިލިއަނެއްހާ މީހުން ގެދޮރުން ނެރެފި
05 ނޮވެމްބަރު 2025

ފިލިޕީންސް އަށް ބާރުގަދަ ތޫފާނެއް އަރައި އެތައް ބަޔަކު މަރުވެއްޖެ

05 ނޮވެމްބަރު 2025
ފިލިޕީންސް އަށް ބާރުގަދަ ތޫފާނެއް އަރައި އެތައް ބަޔަކު މަރުވެއްޖެ
10 އޮކްޓޯބަރު 2025

ފިލިޕީންސް އަށް 7.6 ގެ ބާރުގަދަ ބިންހެލުމެއް، ސުނާމީގެ އިންޒާރު ދީފި

10 އޮކްޓޯބަރު 2025
ފިލިޕީންސް އަށް 7.6 ގެ ބާރުގަދަ ބިންހެލުމެއް، ސުނާމީގެ އިންޒާރު ދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު