Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މާނިއު ޒަހަމްވުން

ޒަހަމްވި މާނިއުގެ މަންމަ: "ސަރުކާރުން ހަދަނީ ދޮގު، އެއްވެސް އެހީތެރިކަމެއް ނުދޭ"

މި ހާދިސާ ހިނގަން މެދުވެރިވީ މާނިއު ދުއްވި ސެސްނާ-125 މަރުކާގެ ބޯޓު ލޭންޑުކޮށްފައި ބޯޓު ނު ނިވާ އޭނާ ފޭބި ވަގުތު ކަމަށް ދަރިވަރުން ބުނޭ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 15 އެޕްރީލު 2025 | އަންގާރަ 05:29
ޕިންސްގެ ޓްރެއިނިން އުޅަނދެއްގައި ދަނިކޮށް، އެ އުޅަނދުގެ ފިޔަގަނޑު ފެންނަ ގޮތަށް ނަގާފައިވާ ފޮޓޯ އެއް

ޕިންސްގެ ޓްރެއިނިން އުޅަނދެއްގައި ދަނިކޮށް، އެ އުޅަނދުގެ ފިޔަގަނޑު ފެންނަ ގޮތަށް ނަގާފައިވާ ފޮޓޯ އެއް

ފިލިޕީންސްގައި ޕައިލެޓުކަން ކިޔަވާ ރާއްޖޭގެ ދަރިވަރެއް ކަމަށްވާ ހދ. ހަނިމާދޫ، އަބްދުލް މާނިއު، ޓްރެއިނިން މަތިންދާ ބޯޓެއްގެ ބުރަފަތީގައި ޖެހި ޒަހަމްވި ހާދިސާ އާއި ގުޅިގެން އޭނާ އަށް ސަރުކާރުގެ އެއްވެސް އެހީތެރިކަމެއް ނުލިބޭ ކަމަށާއި ސަރުކާރުން އެހީތެރިވާ ކަމަށް ބުނެ ހަދަނީ ދޮގު ކަމަށް އޭނާގެ އާއިލާ އިން ބުނެފިއެވެ.

މާނިއުގެ މަންމަ އައިޝަތު އިހުސާނާ ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމަށް ފޯނު މެދުވެރިކޮށް ދިން ބަސްތީގަތުމެއްގައި ބުނެފައި ވަނީ، އޭނާގެ "ދަރިފުޅުގެ ކަންކަން ގާތުން ބަލަމުންދާ ކަމަށް ބުނެ ސަރުކާރުން އެކަން ސިޔާސީ ނުކުރުން އެދޭ ކަމަށެވެ. އޭނާގެ މަންމަ ވަނީ ފޯނުކޯލެއް ކުރުމަކީ އެހީތެރިކަން ކަމަށް ވާނަމަ، އެއީ އެހީތެރިކަމެއް ކަމަށް ބެލިދާނެ ކަމަށާއި އޭގެ އިތުރަށް އެހީ އެއް ނުލިބޭ ކަމަށް ބުނެފައެވެ.

Advertisement - newsAdvertisement

ހާދިސާގެ ރިޕޯޓު ލިބުނު ވަގުތުން ފެށިގެން ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ލަފަޔާ އެއްގޮތަށް ސަރުކާރުން އޭނާގެ ކަންކަން ވަރަށް ކައިރިން ބަލަމުންދާ ކަމަށް ފޮރިން މިނިސްޓަރ ޑރ.އަބްދުﷲ ހަލީލް ވަނީ ވިދާޅުވެފައެވެ. އެކަމާއި ގުޅޭ ގޮތުން އޭނާ ވަނީ މީސްމީޑިއާގައި މެސެޖެއް ވެސް ހިއްސާ ކުރައްވާފައެވެ. އެގޮތުން ފޮރިން މިނިސްޓްރީ އާއި، ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީގެ އިތުރުން ސިވިލް އޭވިއޭޝަނުން ވެސް މާނިއުގެ ހާލު އޮޅުން ފިލުވާތީ އުފާކުރާ ކަމަށް މާނިއުގެ ބައްޕަ ބުނެފައިވާ ކަމަށް ޑރ.ހަލީލް ވިދާޅުވިއެވެ.

މާނިއުގެ މަންމަ ބުނެފައި ވަނީ ދަރިފުޅަށް ދިމާވި ހާދިސާ އަށް ފަހު އޭނާ އަށް ލިބުނީ ކުއްލި ސިހުމެއް ކަމަށެވެ. އެންމެ ފަހުން ސަރުކާރުގެ ފަރާތުން މީހަކު އޭނާ އަށް ގުޅާފައި ވަނީ އެޕްރިލް 13 ވަނަ ދުވަހު ހަވީރު ކަމަށް އޭނާ ވަނީ ބުނެފައެވެ. އޭގެ ފަހުން ސަރުކާރުން އެއްވެސް ވަރަކަށް އޭނާ އަށް ވެސް އާއިލާގެ އެހެން މީހަކަށް ވެސް ގުޅާފައި ނުވާ ކަމަށް އޭނާގެ މަންމަ ވަނީ ބުނެފައެވެ.

މީގެ އިތުރުން ޑރ.ހަލީލް މާނިއުގެ ބައްޕަ އަށް ގުޅިކަން ނުވަތަ ނޫންކަން ޔަޤީންކޮށް ބުނަން ނޭނގޭ ކަމަށް މާނިއުގެ މަންމަ ވަނީ ބުނެފައެވެ. މާނިއުގެ މަންމަ ބުނި ގޮތުން އޭނާ އަށް ހާދިސާގެ ޚަބަރު ލިބުނީ އޭނާގެ ރަށް ކަމަށްވާ ހަނިމާދޫގައި ހުއްޓާއެވެ. އަދި މާނިއު އާއި އެކު ކިޔަވާ ދަރިވަރުންނާއި އާއިލާ ފިޔަވާ އިތުރު މީހެއްގެ އެހީތެރިކަން ނުލިބޭ ކަމަށް އޭނާގެ މަންމަ ވަނީ ބުނެފައެވެ.

"އަޅުގަނޑު ބުނާނީ ދަރިފުޅަށް ހެޔޮ ދުއާ ކޮށްދޭށޭ އެންމެންވެސް. މިތާ ތިބި ދަރިވަރުންނަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން ބޭނުން. އެ ކުދިންގެ އެހީތެރިކަން އަޅުގަނޑަށް ވަރަށް ބޮޑަށް ލިބޭ." މާނިއުގެ މަންމަ ވަނީ ބުނެފައެވެ.

މި ވަގުތު ދަރިފުޅުގެ ހާލު ރަނގަޅުވަމުންދާ ކަމަށް އޭނާ ވަނީ ފާހަގަކޮށްފައެވެ. ނަމަވެސް ޑޮކްޓަރުން ލަފާ ދެނީ އޭނާ އަދި ވާހަކަ ނުދައްކަން ކަމަށާއި، ރިކަވަރ ވަންދެން ރަނގަޅަށް އަރާމުކުރުމަށް ކަމަށް އޭނާގެ މަންމަ ވަނީ ބުނެފައެވެ.

މި ހާދިސާ ހިނގަން މެދުވެރިވީ މާނިއު ދުއްވި ސެސްނާ-125 މަރުކާގެ ބޯޓު ލޭންޑުކޮށްފައި ބޯޓު ނު ނިވާ އޭނާ ފޭބި ވަގުތު އަނބުރައިގަނެގެން ގޮސް ބުރަފަތީގައި ޖެހުމުން ކަމަށް އޭނާ އާއި އެކުގައި ކިޔަވާ ބައެއް ދަރިވަރުންނާއި ހަވާލާދީ މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ. މާނިއުގެ މަންމަ ބުނީ ހާދިސާ ހިނގި ގޮތް މުޅިން ސާފު ނުވާ ކަމަށެވެ. އަދި ދަރިފުޅަށް ރަނގަޅަށް ވާހަކަ ދެކެވެންދެން އެ ހާދިސާ ހިނގި ގޮތުގެ ވާހަކަ ރަނގަޅަށް ސާފު ނުކޮށް އެ ވާހަކަ ނުދެއްކުމަކީ އޭނާ އެދޭ ގޮތް ކަމަށް އޭނާ ވަނީ ބުނެފައެވެ.

އަބްދުލް މާނިއުހދ. ހަނިމާދޫފިލިޕީންސްޕައިލެޓުންގެ ތަމްރީނު

ކޮމެންޓް

އިތުރަށް ކިޔާލަން

ކަރަޕްޝަން އާ ދެކޮޅަށް ފިލިޕީންސްގައި ކުރި މުޒާހަރާގައި ރައީސް މާކޯސްގެ އިސްތިއުފާ އަށް ގޮވައިފި

ކަރަޕްޝަން އާ ދެކޮޅަށް ފިލިޕީންސްގައި ކުރި މުޒާހަރާގައި ރައީސް މާކޯސްގެ އިސްތިއުފާ އަށް ގޮވައިފި

01 ޑިސެމްބަރު 2025
ހަފްތާ އެއްގެ ތެރޭގައި އައި ދެވަނަ ތޫފާނު ގައި ފިލިޕީންސް ގައި 6 މީހުން މަރުވެއްޖެ

ހަފްތާ އެއްގެ ތެރޭގައި އައި ދެވަނަ ތޫފާނު ގައި ފިލިޕީންސް ގައި 6 މީހުން މަރުވެއްޖެ

11 ނޮވެމްބަރު 2025
ބާރުގަދަ ތޫފާނެއްގެ އަސަރު ފިލިޕީންސް އަށް ކުރަން ފެށުމާއެކު މިލިއަނެއްހާ މީހުން ގެދޮރުން ނެރެފި

ބާރުގަދަ ތޫފާނެއްގެ އަސަރު ފިލިޕީންސް އަށް ކުރަން ފެށުމާއެކު މިލިއަނެއްހާ މީހުން ގެދޮރުން ނެރެފި

09 ނޮވެމްބަރު 2025
ފިލިޕީންސް އަށް ބާރުގަދަ ތޫފާނެއް އަރައި އެތައް ބަޔަކު މަރުވެއްޖެ

ފިލިޕީންސް އަށް ބާރުގަދަ ތޫފާނެއް އަރައި އެތައް ބަޔަކު މަރުވެއްޖެ

05 ނޮވެމްބަރު 2025
ފިލިޕީންސް އަށް 7.6 ގެ ބާރުގަދަ ބިންހެލުމެއް، ސުނާމީގެ އިންޒާރު ދީފި

ފިލިޕީންސް އަށް 7.6 ގެ ބާރުގަދަ ބިންހެލުމެއް، ސުނާމީގެ އިންޒާރު ދީފި

10 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

4 މެއި
މަސްވެރިކަމުގެ ސިނާއަތް 2024 ގައި 48.4 އިންސައްތަ ދަށަށް ހިނގައްޖެ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

މަސްވެރިކަމުގެ ސިނާއަތް 2024 ގައި 48.4 އިންސައްތަ ދަށަށް ހިނގައްޖެ

ރާއްޖެޓީވީއަށް ސަރުކާރުގެ ކުންފުނިތަކުން ދެމުންއައި ހުރިހާ ސްޕޮންސަރތައް ކަނޑާލައިފި
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖެޓީވީއަށް ސަރުކާރުގެ ކުންފުނިތަކުން ދެމުންއައި ހުރިހާ ސްޕޮންސަރތައް ކަނޑާލައިފި

ކެޕްޓަން ރަޝީދު: " އަޅުގަނޑުމެންނަށް ބޯޓު ނުޖައްސައި ފަރުޖެހޭކަށް ނެތް، ފިއުލްއެއްވެސް، ދާނެ ތަނެއްވެސް ނެތް"
20233 އަހަރު ކުރިން
ރިޕޯޓު

ކެޕްޓަން ރަޝީދު: " އަޅުގަނޑުމެންނަށް ބޯޓު ނުޖައްސައި ފަރުޖެހޭކަށް ނެތް، ފިއުލްއެއްވެސް، ދާނެ ތަނެއްވެސް ނެތް"

ބީޖީ ގަރާޖު ސަރަޙައްދުގައި މަރުވެފައި އޮތް މީހާއަކީ ކާކުކަން ދެނެގަނެފި
20224 އަހަރު ކުރިން
ރާއްޖެ

ބީޖީ ގަރާޖު ސަރަޙައްދުގައި މަރުވެފައި އޮތް މީހާއަކީ ކާކުކަން ދެނެގަނެފި

މަލިކު އިސްބަޣޫލު ފަނި ބުއިންތަ؟ މިއޮތީ ވަރަށް ތަފާތު ރެސިޕީއެއް
20215 އަހަރު ކުރިން
ލައިފް ސްޓައިލް

މަލިކު އިސްބަޣޫލު ފަނި ބުއިންތަ؟ މިއޮތީ ވަރަށް ތަފާތު ރެސިޕީއެއް

ހުކުރު މިސްކިތުގެ އާބާތުރަ ފިލުވުން- ވަޅުދިޔަ ހިއްކަން ފޭބީ ޑެޕިއުޓީ މިނިސްޓަރު
20197 އަހަރު ކުރިން
ރާއްޖެ

ހުކުރު މިސްކިތުގެ އާބާތުރަ ފިލުވުން- ވަޅުދިޔަ ހިއްކަން ފޭބީ ޑެޕިއުޓީ މިނިސްޓަރު

ސައުދީގައި ފައްޅި އަޅަން ވެޓިކަން އާއިއެކު އެއްބަސްވެއްޖެ
20188 އަހަރު ކުރިން
ދުނިޔެ

ސައުދީގައި ފައްޅި އަޅަން ވެޓިކަން އާއިއެކު އެއްބަސްވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު