Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މުސާރައިގެ މައްސަލަ

މުސާރަ މައްސަލާގައި ކަންބޮޑުވުން ފާޅު ކުރާ މުވައްޒަފުންނަށް ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ އަމްޖަދު ނުފޫޒު ފޯރުވައި ބިރު ދައްކަމުންދާ ކަމުގެ ތުހުމަތު

ޝަރުއީ ދާއިރާގެ އިދާރީ މުވައްޒަފުންނާއި ލީގަލް އޮފިސަރުންގެ މުސާރަ ވަރަށް ބޮޑަށް ކުޑަވެފައިވޭ

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 1 ޑިސެމްބަރު 2025 | ހޯމަ 12:39
ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ އަލްއުސްތާޛު އަމްޖަދު މުސްތަފާ

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ އަލްއުސްތާޛު އަމްޖަދު މުސްތަފާ

ޝަރުއީ ދާއިރާގެ މުސާރަ މައްސަލާގައި ކަންބޮޑުވުން ފާޅު ކުރާ މުވައްޒަފުންނަށް ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ އަލްއުސްތާޛު އަމްޖަދު މުސްތަފާ ނުފޫޒު ފޯރުވައި ބިރު ދައްކަމުންދާ ކަމަށް ތުހުމަތުކޮށްފި އެވެ.

އިތުބާރުހުރި ފަރާތަކުން ރާއްޖެއެމްވީއަށް ވިދާޅުވީ، މި ސަރުކާރުން މުސާރައިގެ އޮނިގަނޑަށް ގެނައި ބަދަލާއެކު، އިދާރީ މުވައްޒަފުންނާއި ލީގަލް އޮފިސަރުންގެ ގެ މުސާރަ ވަރަށް ބޮޑަށް ކުޑަ ވެފައިވާ ކަމަށެވެ.

އެ ކަންބޮޑުވުންތައް ހިއްސާ ކުރަމުންދާތީ އެކަން ކޮންޓްރޯލް ކުރުމަށް އަމްޖަދު އިސްވެ ހުންނަވާ ވަރަށް ބޮޑަށް ނުފޫޒު ފޯރުވަމުންދާ ކަމަށާއި، އޭނާގެ ޓީމުން ވެސް އެ ގޮތަށް މަސައްކަތް ކުރާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ އަމްޖަދަކީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ އަރިސް ބޭފުޅެއް ކަމަށް ވިދާޅުވެ، މުވައްޒަފުންނަށް ބިރު ދައްކަމުންދާ ކަމަށާއި، މުސާރައިގެ ޝަކުވާ ނުކުރަން އަންގައިވާ ކަމަށެވެ.

މުވައްޒަފުންގެ ހައްގުގައި އިސްކޮށް ތެދުވި ފަރާތްތަކަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރިކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ އޭގެތެރެއިން ބައެއް މުވައްޒަފުންނަށް ރަގަޅު އޮފަރތަކެއް ހުށަހެޅި ކަމަށާއި، މާލޭ ކޯޓްތަކުގެ ރަނގަޅު މަގާމުތައް ހުށަހެޅި ކަމަށެވެ. ޗީފް އެޑްމިނިސްޓްރޭޓަރުންނަށް ވެސް އެ ބޭފުޅުންގެ ބެލުމުގެ ދަށުގައި ތިބޭ މުވައްޒަފުން ކޮންޓްރޯލް ކުރުމަށް އަންގާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

މީގެ އިތުރުން މުސާރާގެ މައްސަލާގައި ޕެޓިޝަން ހުށަހެޅުމަށް ތައްޔާރުވަމުން ދިޔައިރު، އެކަން ހުއްޓުވުމުގެ ގޮތުން ކޯޓްތަކުގެ އިދާރީ މުވައްޒަފުންނަށް މުސާރަ ލިބޭވަރު ކަމަށް ބަޔާކޮށްފައިވާ އެކްސެލް ޝީޓެއް ކޯޓްތަކަށް ފޮނުވި ކަމަށާއި، މި ޝީޓްތަކުގައިވާ މުސާރައިގެ އަދަދު މުވައްޒަފުންނާއި ހިއްސާކުރުމަށް އެންގި ކަމަށެވެ. ނަމަވެސް އެ ޝީޓުން މުވައްޒަފުންނަށް މުސާރައިގައި ވާނުވާ ނޭނގޭ ކަމަށް އޭނާ ވިދާޅުވި އެވެ. މުސާރަ ކުޑަވި ނަމަވެސް އެއީ ބޮޑު މުސާރައެއް ކަމަށާއި، އެކަން އޮޅުވާލުމަށް ވަރަށް މަސައްކަތް ކުރާ ކަމަށް ވެސް ވިދާޅުވި އެވެ.

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ އަމްޖަދު މުވައްޒަފުންނަށް ނުފޫޒު ފޯރުވަމުންދާ ކަމަށް ކުރި ތުހުމަތާ ގުޅިގެން އޭނާގެ ބަހެއް ހޯދުމަށް ރާއްޖެއެމްވީން ގުޅައި މެސެޖް ކުރި ނަމަވެސް ޖަވާބެއް ދެއްވާފައިނުވެ އެވެ.

ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުން ބޮޑު ކުރި މުސާރައާއެކު ޝަރުއީ ދާއިރާގައި މަސައްކަތް ކުރާ އިދާރީ ގިނަ މުވައްޒަފުންގެ މުސާރަ ވަނީ ވަރަށް ބޮޑަށް ކުޑަ ވެފަ އެވެ. ޝަރުއީ ދާއިރާގެ މުސާރައިގެ އޮނިގަނޑަށް ގެނައި ބަދަލާއި ގުޅިގެން ހުރި ކަންބޮޑުވުންތައް އިތުރުވެ، 600 އަށް ވުރެ ގިނަ މުވައްޒަފުންގެ ސޮޔާއި އެކު ޕެޓިޝަން އެއް ހުށަހަޅާފަވެ އެވެ. އަދި 24 ނޮވެންބަރު ގައި މުވައްޒަފުން އޮފީހަށް ވެސް ނުކުމެވެފައިވަނީ ކަޅު ހެދުމުގަ އެވެ. މީގެ އިތުރުން ލީގަލް އޮފިސަރުން ވެސް 81 މުވައްޒަފުންގެ ސޮޔާއެކު ޕެޓިޝަނެއް ހުށަހަޅާފައިވެ އެވެ. ލީގަލް އޮފިސަރުން މީގެ ކުރިން ގެއަށް ގެންދިއުމަށް ލިބޭ މުސާރަ އިން ގާތްގަނޑަކަށް 7000 ރުފިޔާ އާއި 5000 ރުފިޔާ މަދުވެފައިވާ ކަމަށް އެ އޮފިސަރުން ބުނެ އެވެ.

އަލްއުސްތާޛު އަމްޖަދު މުސްތަފާޝަރުއީ ދާއިރާމުސާރައިގެ މައްސަލަލީގަލް އޮފިސަރުންޖުޑީޝަލް އެޑްމިނިސްޓްރޭޓަރ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ރައީސް ވިދާޅުވީ ކުށްކުރާ މީހަކު ދޫކޮށްލުމުގެ ހައްޤެއް ނޯނާނެ ކަމަށް! އަމަލު ކުރެއްވީ ކިހިނެތްބާ؟

ރައީސް ވިދާޅުވީ ކުށްކުރާ މީހަކު ދޫކޮށްލުމުގެ ހައްޤެއް ނޯނާނެ ކަމަށް! އަމަލު ކުރެއްވީ ކިހިނެތްބާ؟

05 ޑިސެމްބަރު 2025
ބޮޑު ކުރި މުސާރައާއެކު ލީގަލް ގިނަ އޮފިސަރުން ގެ މުސާރައިން 7000 ރުފިޔާ ވީ މަދު، އަނެއްކާ ވެސް ޝަކުވާ ގެ ސިޓީއެއް ޕޭ ކޮމިޝަނަށް

ބޮޑު ކުރި މުސާރައާއެކު ލީގަލް ގިނަ އޮފިސަރުން ގެ މުސާރައިން 7000 ރުފިޔާ ވީ މަދު، އަނެއްކާ ވެސް ޝަކުވާ ގެ ސިޓީއެއް ޕޭ ކޮމިޝަނަށް

30 ނޮވެމްބަރު 2025
ޝަރުއީ ދާއިރާގެ މުސާރަ: ކަންބޮޑުވުންތައް ބޮޑު، 600 އަށް ވުރެ ގިނަ މުވައްޒަފުންގެ ޕެޓިޝަނެއް

ޝަރުއީ ދާއިރާގެ މުސާރަ: ކަންބޮޑުވުންތައް ބޮޑު، 600 އަށް ވުރެ ގިނަ މުވައްޒަފުންގެ ޕެޓިޝަނެއް

24 ނޮވެމްބަރު 2025
މުއިއްޒު ސަރުކާރުން ބޮޑު ކުރި މުސާރަ އާ އެކު ލީގަލް އޮފިސަރުންގެ މުސާރަ އާއި އިނަޔާތްތައް ކުޑަވެ، 10 ތަނަކަށް ޕެޓިޝަން ހުށަހަޅައިފި

މުއިއްޒު ސަރުކާރުން ބޮޑު ކުރި މުސާރަ އާ އެކު ލީގަލް އޮފިސަރުންގެ މުސާރަ އާއި އިނަޔާތްތައް ކުޑަވެ، 10 ތަނަކަށް ޕެޓިޝަން ހުށަހަޅައިފި

10 ނޮވެމްބަރު 2025
ޝަރުއީ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުން މޫނު ބުރުގާ އެޅުން ޑީޖޭއޭއިން ހުއްދަ ކޮށްފި

ޝަރުއީ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުން މޫނު ބުރުގާ އެޅުން ޑީޖޭއޭއިން ހުއްދަ ކޮށްފި

01 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

16 މާރިޗު
ގްރިލްޑް ޕައިނެޕަލް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ގްރިލްޑް ޕައިނެޕަލް

ހަ މަހުގެ ތުއްތު ކުއްޖާ ގޮވައިގެން އައިޖީއެމްއެޗްގައި 8 ގަޑިއިރު، ޑޮކްޓަރަކާއި ދިމަލެއް ނުވި
20242 އަހަރު ކުރިން
ރިޕޯޓު

ހަ މަހުގެ ތުއްތު ކުއްޖާ ގޮވައިގެން އައިޖީއެމްއެޗްގައި 8 ގަޑިއިރު، ޑޮކްޓަރަކާއި ދިމަލެއް ނުވި

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮނުގަސް އިންދާ އާލާކުރަނީ
20233 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮނުގަސް އިންދާ އާލާކުރަނީ

12 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: ހައްޔަރުކުރި 3 މީހުން ތެރެއިން 2 މީހުން ވަރަށް ނުރައްކާތެރި
20224 އަހަރު ކުރިން
ރާއްޖެ

12 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: ހައްޔަރުކުރި 3 މީހުން ތެރެއިން 2 މީހުން ވަރަށް ނުރައްކާތެރި

އެނަމާ ބޯޓުގެ ކާރިސާ: ކޯސްޓްގާޑުގެ ޑައިވަރުން ގޮވައިގެން އައި ފްލައިޓް ކާނޑެއްދޫއަށް ޖެއްސުނީ ސައްދާމުގެ ހިތްވަރުން!
20215 އަހަރު ކުރިން
ރިޕޯޓު

އެނަމާ ބޯޓުގެ ކާރިސާ: ކޯސްޓްގާޑުގެ ޑައިވަރުން ގޮވައިގެން އައި ފްލައިޓް ކާނޑެއްދޫއަށް ޖެއްސުނީ ސައްދާމުގެ ހިތްވަރުން!

ޕާޓީގެ އެދުމުގެ މަތިން، މަހިބަދޫ އެމްޑީޕީ ކެންޑިޑޭޓް ނަން އަނބުރާ ނަންގަވައިފި
20197 އަހަރު ކުރިން
ރާއްޖެ

ޕާޓީގެ އެދުމުގެ މަތިން، މަހިބަދޫ އެމްޑީޕީ ކެންޑިޑޭޓް ނަން އަނބުރާ ނަންގަވައިފި

ސަރުކާރަށް ކޮޅު ބެދުމުގެ ފެހި ސިގްނަލް
20188 އަހަރު ކުރިން
ރިޕޯޓު

ސަރުކާރަށް ކޮޅު ބެދުމުގެ ފެހި ސިގްނަލް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު