Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ލީގަލް އޮފިސަރުން

ބޮޑު ކުރި މުސާރައާއެކު ލީގަލް ގިނަ އޮފިސަރުން ގެ މުސާރައިން 7000 ރުފިޔާ ވީ މަދު، އަނެއްކާ ވެސް ޝަކުވާ ގެ ސިޓީއެއް ޕޭ ކޮމިޝަނަށް

ލީގަލް އޮފިސަރުންގެ 81 މުވައްޒަފުން ސޮއިކޮށް 10 އިދާރާއަކަށް ނޮވެންބަރު 9 ގައި ޕެޓިޝަނެއް ހުށަހަޅާފައިވޭ

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 30 ނޮވެމްބަރު 2025 | އާދީއްތަ 07:54
ވެލާނާގެއަކީ ސަރުކާރުގެ ގިނަ އޮފީސްތަކެއް ހިންގާ އިމާރާތެއް

ވެލާނާގެއަކީ ސަރުކާރުގެ ގިނަ އޮފީސްތަކެއް ހިންގާ އިމާރާތެއް

ރައީސް ޑރ.މުހައްމަދު މުއިއްޒު ގެ ސަރުކާރުން މުސާރައި ގެ އޮނިގަނޑަށް ގެނައި ބަދަލާ ގުޅިގެން ލީގަލް ގިނަ އޮފިސަރުން މުސާރަ ބޮޑުތަނުން ކުޑަވި މައްސަލާ ގައި ހުށަހެޅި ޕެޓިޝަނެއް ޖަވާބެއް ނުދިނުމުން ކަންބޮޑުވުންފާޅު ކޮށް ނޭޝަނަލް ޕޭ ކޮމިޝަނަށް ސިޓީއެއް ފޮނުވައިފި އެވެ.

ރައީސް މުހައްމަދު މުއިއްޒު ގެ ސަރުކާރުން ބޮޑު ކުރި މުސާރަ އާ އެކު ލީގަލް އޮފިސަރުން ގެ މުސާރަ އާއި އިނަޔާތްތައް ކުޑަވެފައިވާތީ ކަންބޮޑުވުން ފާޅުކޮށް 10 ތަނަކަށް ޕެޓިޝަނެއް ހުށަހަޅާފައިވަނީ 9 ނޮވެންބަރު 2025 ގަ އެވެ. މި ޕެޓިޝަނުގައި 81 މުވައްޒަފުން ސޮއި ކޮށްފައިވެ އެވެ.

ޕެޓިޝަން ހުށަހެޅި އިދާރާތަކުގެ ތެރޭގައި ރައީސް އޮފީސް، މަޖިލިސް، މަޖިލީހުގެ މާލިއްޔަތު ކޮމިޓީ، ޕޭ ކޮމިޝަން، ލޭބަރ ރިލޭޝަންސް އޮތޯރިޓީ، ލޯކަލް ގަވަރމަންޓް އޮތޯރިޓީ، ފިނޭންސް މިނިސްޓްރީ، ސިވިލް ސަރވިސް ކޮމިޝަން، ސިޓީސް މިނިސްޓްރީ އަދި ބާ ކައުންސިލް ހިމެނެ އެވެ.

ނަމަވެސް މިއަދާ ހަމައަށް މި ޕެޓިޝަންއާ ހުށަހެޅި އެއްވެސް ސިޓީއަކަށް ޖަވާބެއް ލިބިފައިނުވެ އެވެ. މި މައްސަލާގެ ބޮޑެތި ކަންބޮޑުވުން ތަކެއް ހުރުމާ ގުޅިގެން މިމަހުގެ 27 ވަނަ ދުވަހު ޕޭ ކޮމިޝަނަށް ވަނީ ސިޓީ އެއް ފޮނުވާފަ އެވެ. އަދި މުވައްޒަފުން ގެ ކަންބޮޑުވުން ތަކަށް އަވަސް ހައްލެއް ހޯދައިދިނުމަށް އެދިފައިވެ އެވެ.

ރާއްޖެއެމްވީ އަށް މައުލޫމާތު ދިން ލީގަލް އޮފިސަރެއް ވިދާޅުވީ މުސާރައި ގެ އޮނިގަނޑަށް ގެނައި ބަދަލާއެކު ވަރަށް ބޮޑަށް މުސާރަ ކުޑަ ވެފައިވާ ކަމަށާއި، މީގެ ކުރިން ގެއަށް ގެންދިއުމަށް ލިބޭ މުސާރަ އިން ގާތްގަނޑަކަށް 7000 ރުފިޔާ އާއި 5000 ރުފިޔާ މަދުވެފައިވާ ކަމަށެވެ. އަދި މިކަމުގެ ސަބަބުން މަސައްކަތަށް ވެސް ބުރޫ އަރާ ކަމަށާއި، ލީގަލް އޮފިސަރުން ހިމެނޭ ތިން ރޭންކުން ވެސް މުސާރަ ކުޑަ ވެފައިވާ ކަމަށެވެ.

މީގެ އިތުރުން އެ އޮފިސަރު ވިދާޅުވީ ގާނޫނުގައިވާ ގޮތުން މުސާރަ ދޭން ވާނީ މުސާރަ ދޭ ފަރާތުން ކަމަށާއި، މުސާރަ ދޭން ވާނީ ސިވިލް ސަރވިސްއިން ކަމަށެވެ. ނޭޝަނަލް ޕޭ ކޮމިޝަނުން މުސާރަ ނުދެވޭނެ ކަމަށާއި، އެއީ ގާނޫނުން ތަންދޭ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

ނަމަވެސް މިހާރު ސިވިލް ސަރވިސް ކޮމިޝަނަށް ގުޅުމުން އަބަދުވެސް ޕޭ ކޮމިޝަނުން މުސާރަގެ ކަންކަން ކުރަމުންދާ ކަމަށް އަންގާ ކަމަށާއި، މިއީ ގާނޫނީ ގޮތުން ކުރެވޭނެ ކަމެއް ނޫން ކަމަށް އޮފިސަރު ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒުލީގަލް އޮފިސަރުންނޭޝަނަލް ޕޭ ކޮމިޝަންސިވިލް ސަވިރސް ކޮމިޝަން އުޖޫރަ

ކޮމެންޓް

އިތުރަށް ކިޔާލަން

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

09 ޑިސެމްބަރު 2025
ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

09 ޑިސެމްބަރު 2025
ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

08 ޑިސެމްބަރު 2025
ހަފްތާއަކު ހަތަރު ރޭ ބޯޅަ ކުޅެން އާރަށަށް ވަޑައިގެންނެވޭ، ރައްޔިތަކާ ބައްދަލު ކުރައްވަން ވަގުތެއް ނެތް!

ހަފްތާއަކު ހަތަރު ރޭ ބޯޅަ ކުޅެން އާރަށަށް ވަޑައިގެންނެވޭ، ރައްޔިތަކާ ބައްދަލު ކުރައްވަން ވަގުތެއް ނެތް!

08 ޑިސެމްބަރު 2025
ރައީސް މުއިއްޒު ގެ މެނިފެސްޓޯ އަކީ ގައުމީ ތަރައްގީގެ ޕްލޭން ކަމަށް ވިދާޅުވެ، މެނިފެސްޓޯ ގައި ހުރި ވައުދު ތަކަކީ ޕްލޭނު ގައި ހުންނާނެ ވައުދުތައް ކަމަށް ވިދާޅުވެއްޖެ

ރައީސް މުއިއްޒު ގެ މެނިފެސްޓޯ އަކީ ގައުމީ ތަރައްގީގެ ޕްލޭން ކަމަށް ވިދާޅުވެ، މެނިފެސްޓޯ ގައި ހުރި ވައުދު ތަކަކީ ޕްލޭނު ގައި ހުންނާނެ ވައުދުތައް ކަމަށް ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

2 އެޕްރީލު
ރައީސް މުއިއްޒު މިއުޅުއްވަނީ ދުނިޔޭގެ އެންމެ ބޮޑު މަހުޖަނަށް ހެދިގެންތޯއެވެ.
20251 އަހަރު ކުރިން
ރިޕޯޓު

ރައީސް މުއިއްޒު މިއުޅުއްވަނީ ދުނިޔޭގެ އެންމެ ބޮޑު މަހުޖަނަށް ހެދިގެންތޯއެވެ.

އެސްޓްރަބަން އިން ވިއްކާ ތަކެތި ފަސޭހައިން ގަނެވޭގޮތަށް އައު ވެބްސައިޓެއް
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓްރަބަން އިން ވިއްކާ ތަކެތި ފަސޭހައިން ގަނެވޭގޮތަށް އައު ވެބްސައިޓެއް

ފައިސާ އެކައުންޓަށް ޖަމާކުރުމަށްފަހު އަނބުރާ ހޯދައިދިނުމުގެ ބާރެއް ބޭންކަކަށް ނޯވޭ: ބީއެމްއެލް
20233 އަހަރު ކުރިން
ރާއްޖެ

ފައިސާ އެކައުންޓަށް ޖަމާކުރުމަށްފަހު އަނބުރާ ހޯދައިދިނުމުގެ ބާރެއް ބޭންކަކަށް ނޯވޭ: ބީއެމްއެލް

ހިރިލަންދޫގައި "ނަޝީ ބޭކަރީ" ހުޅުވައިފި
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ހިރިލަންދޫގައި "ނަޝީ ބޭކަރީ" ހުޅުވައިފި

ތިންހާސް އަހަރު ކުރިން މަރުވެފައިވާ ރަސްރަނިންގެ ޕެރޭޑެއް
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ތިންހާސް އަހަރު ކުރިން މަރުވެފައިވާ ރަސްރަނިންގެ ޕެރޭޑެއް

ކަނޑުފޭރޭ ބަޔަކު ޖޭޕީ ފޭރިގެންފި ކަމަށް ވިދާޅުވެ އަލީ ވަހީދުގެ ފާޑުކިއުން އެ ޕާޓީއަށް!
20197 އަހަރު ކުރިން
ރާއްޖެ

ކަނޑުފޭރޭ ބަޔަކު ޖޭޕީ ފޭރިގެންފި ކަމަށް ވިދާޅުވެ އަލީ ވަހީދުގެ ފާޑުކިއުން އެ ޕާޓީއަށް!

އަތްފައި ދާ ހިތްލާތަ؟ ކަންބޮޑު ނުވޭ މި އޮތީ ހައްލު!
20188 އަހަރު ކުރިން
ސިއްހަތު

އަތްފައި ދާ ހިތްލާތަ؟ ކަންބޮޑު ނުވޭ މި އޮތީ ހައްލު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު