Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޕޭ ފްރޭމްވާރކް

ޕޭ ފްރޭމްވާރކްގެ ބަދަލުގައި ދެކޮޅު ނުޖެހޭ ކަންކަން: އިދާރީ މުވައްޒަފުންނަށް ވުރެ މަސައްކަތު މީހުންގެ މުސާރަ ބޮޑު!

ޕޭ ފްރޭމް ވާރކަށް ބަދަލު އަންނަނީ ސިވިލް ސަރވިސް މުވައްޒަފުންނާއި ކައުންސިލްތަކުގެ މުވައްޒަފުންގެ އިތުރުން ޖުޑިޝަރީ ދާއިރާގެ މުވައްޒަފުންނަށް

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 4 ނޮވެމްބަރު 2025 | އަންގާރަ 05:34
ރައީސް ޑރ މުހައްމަދު މުއިއްޒު: މުޒާހަރާއަށް ކުޑަތަންވެފައިވަނިކޮށް ވިޔަފާރިވެރިންނަށް ފައިސާ ދޭން ވަނީ އިއުލާނު ކޮށްފަ

ރައީސް ޑރ މުހައްމަދު މުއިއްޒު: މުޒާހަރާއަށް ކުޑަތަންވެފައިވަނިކޮށް ވިޔަފާރިވެރިންނަށް ފައިސާ ދޭން ވަނީ އިއުލާނު ކޮށްފަ

ދައުލަތުގެ މުވައްޒަފުންގެ މުސާރަ އެއްހަމަ ކުރުމަށްޓަކާ ޢަމަލުކުރަން ފެއްޓި ޕޭ ފްރޭމްވަރކްގެ ދަށުން، އެ ފްރޭމްވާރކްގެ ނަތީޖާ ގެއްލޭ ގޮތަށް ބައެއް މުވައްޒަފުންގެ މުސާރަ އަށް ބަދަލު އައިސްފައިވާކަން ހާމަވެއްޖެ އެވެ.

ދައުލަތުގެ ޕޭ ފްރޭމްވާރކަށް ބަދަލު ގެނެސްފައި ވަނީ މި ހިނގާ ނޮވެމްބަރ މަހުން ފެށިގެން އަމަލުކުރާ ގޮތަށެވެ. ޕޭ ފްރޭމްވާރކް ގެ އޮނިގަނޑަށް ގެނެސްފައިވާ 8 ވަނަ އިސްލާހުގެ ތެރެއިން 3 ދާއިރާއަކުން މުސާރަ އެއް ހަމަ ކުރެވޭނެ އެވެ. އޭގެ ތެރޭގައި ހިމެނެނީ ސިވިލް ސަރވިސް މުވައްޒަފުންނާއި ކައުންސިލްތަކުގެ މުވައްޒަފުންގެ އިތުރުން ޖުޑިޝަރީ ދާއިރާ އެވެ.

Advertisement - newsAdvertisement

އެގޮތުން ބައެއް ތަންތަނުގައި އާ ބަދަލަށް އަމަލުކުރަން ފެށުމުން ބައެއް އިދާރީ މުވައްޒަފުންނަށް މުސާރަ އާއި އިނާޔަތުގެ ގޮތުގައި ލިބޭ ނިސްބަތަށް ވުރެ އެ ތަންތަނުގައި ތިބި މަސައްކަތު މީހުންގެ މުސާރަ ބޮޑުވާ ކަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ. ނަން ހާމަ ނުކުރުމަށް ޝަރުތުކޮށް ރާއްޖެއެމްވީ އާއި ވާހަކަދެއްކި މީހަކު ބުނީ މިހާރު ގެނައި ބަދަލުތައް ގެނެސްފައި ވަނީ ހައިރާކީ އަށް ބެލުމަކާއި ނުލާ ކަމަށާއި މިއީ ކަމަކަށް ކަމެއް ކުރާ އުސޫލުން ސަރުކާރުން ނިންމި ނިންމުމެއް ކަމަށެވެ.

"ހައިރާކީ އަށް ބެލުމެއް ނެތި ބަދަލުތައް ގެނައުމުން އިދާރީ ބައެއް މުވައްޒަފުންނަށް ވުރެ މަސައްކަތު މީހުންގެ މުސާރަ ބޮޑު. މަސައްކަތު މީހުންނަށް މުސާރަ ބޮޑު ވުމުން މައްސަލަ އެއް ނެތް. އެހެންނަމަވެސް އިދާރީ މަސައްކަތް ކުރާ މީހާ އާއި މެދު ނާއިންސާފުން ކަންކަން ވާގޮތަށް އޮތްކަން ރޭކާ ނުލުން އެއީ ވަރަށް ދެރަ ވަރު ކަމެއް." އޭނާ ވަނީ ބުނެފަ އެވެ.

މި ބަދަލުގެ ސަބަބުން ރަނގަޅު ތައުލީމީ ސަނަދުތަކާއި އެކު މަސައްކަތް ކުރަމުންދާ މީހުންނަށް ވުރެ ބޮޑަށް ތައުލީމީ ފެންވަރާއި ތަޖުރިބާ ވެސް ދަށް މީހުންނަށް މުސާރަ ލިބޭ ގޮތަށް މަގުފަހި ވުމަކީ ސަރުކާރުން ގެނެސްފައިވާ ބަދަލުތައް ގެނައުމުގައި ބަލަންވާ މިންވަރަށް ނުބަލާކަން ހާމަވާ ކަމެއް ކަމަށް މި ނޫހާއި ވާހަކަ ދެއްކި ފަރާތްތަކުން ވަނީ ބުނެފަ އެވެ.

ޕޭ ފްރޭމްވާރކަށް ބަދަލު ގެނެސްފައިވާ އިދާރާ އެއްގައި މަސައްކަތް ކުރާ އިތުރު މުވައްޒަފަކު ބުނި ގޮތުގައި ވަޒީފާގެ ޒިންމާގެ ގޮތުން މަސައްކަތުގެ ސްކޯޕް ބޮޑު މުވައްޒަފުންނާއި އަޅާ ކިޔާނަމަ، އެއަށް ވުރެ ކުދި ޒިންމާތައް އުފުލާ މީހުންނަށް ބޮޑު މުސާރަ ލިބޭ ހާލަތުތައް ވެސް އާ ފްރޭމްވޯރކް އާއި އެކި ދިމާވެފައިވާ ކަމަށެވެ. އަދި ކަންބޮޑުވުންތައް ފާޅުކުރި ނަމަވެސް އެކަމަށް މާ ބޮޑު އިޖާބަ އެއް ނުދޭ ކަމަށް އެ މުވައްޒަފު ވަނީ ބުނެފަ އެވެ.

ރާއްޖެ އެމްވީ އާއި ވާހަކަދެއްކި އިތުރު މީހަކު ވަނީ އިތުރު ގަޑީގެ ފައިސާ ލިބޭ އުސޫލަށް ބަދަލު ގެނައީ ވެސް ވަކި ބަޔަކަށް އެކަނި މަންފާ ވާ ގޮތަށް ކަަމަށް ފާހަގަކޮށް އެކަމާއި މެދު ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ޕޭ ފްރޭމްވާރކް އަށް އިސްލާހު ގެނެސްފައި ވަނީ މުވައްޒަފުންނަށް ލިބޭ އިތުރު ގަޑީގެ ފައިސާ ކުޑަވާ ގޮތަށް ކަމަށް ވުމުން ގިނަ މުވައްޒަފުން ދަނީ އެކަމާއި މެދު ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އިތުރު ގަޑީގެ ފައިސާ ދެމުން އަންނަ ގޮތަށް ބަދަލު ގެނައުމަށް ޕޭ ފްރޭމްވަރކްގެ މިންގަނޑުތަކަށް ބަދަލު ގެނެސްފައި ވަނީ 1 ނޮވެމްބަރުން ފެށިގެން ސިވިލް ސަރވިސް މުވައްޒަފުންގެ މުސާރަ ބޮޑުކުރަން ނިންމާ މުސާރަތައް އިއުލާންކުރުމުގެ 4 ދުވަސް ކުރިންނެވެ. އެއާއި އެކު ރަސްމީ ބަންދު ނޫން ދުވަސްތަކުގެ މަސައްކަތު ވަގުތުގައި މުވައްޒަފުންގެ އަމިއްލަ ކަންކަމުގައި އޮފީހުން ބޭރުގައި އުޅޭ ވަގުތު އުނިކުރުމަށްފަހު އަށް ގަޑިއިރު ހަމަވުމުން ނޫނީ އިތުރުގަޑީގެ އިނާޔަތް ނުލިބޭ ގޮތަށް ދައުލަތުގެ ޕޭ ފްރޭމްވާރކްގެ މިންގަނޑުތައް ވަނީ ބަދަލުކޮށްފަ އެވެ.

ޕޭ ފްރޭމްވޯރކްދައުލަތުގެ މުވައްޒަފުން

ކޮމެންޓް

އިތުރަށް ކިޔާލަން

މުއިއްޒު ސަރުކާރުން ބޮޑު ކުރި މުސާރަ އާ އެކު ލީގަލް އޮފިސަރުންގެ މުސާރަ އާއި އިނަޔާތްތައް ކުޑަވެ، 10 ތަނަކަށް ޕެޓިޝަން ހުށަހަޅައިފި

މުއިއްޒު ސަރުކާރުން ބޮޑު ކުރި މުސާރަ އާ އެކު ލީގަލް އޮފިސަރުންގެ މުސާރަ އާއި އިނަޔާތްތައް ކުޑަވެ، 10 ތަނަކަށް ޕެޓިޝަން ހުށަހަޅައިފި

10 ނޮވެމްބަރު 2025
ޕޭ ފްރޭމްވާރކް އިސްލާހުކުރީ މުވައްޒަފުންނަށް ލިބޭ އިތުރުގަޑީގެ ފައިސާ ކުޑަވާ ގޮތަށް، ފާޑުކިޔުން އިންތިހާ!

ޕޭ ފްރޭމްވާރކް އިސްލާހުކުރީ މުވައްޒަފުންނަށް ލިބޭ އިތުރުގަޑީގެ ފައިސާ ކުޑަވާ ގޮތަށް، ފާޑުކިޔުން އިންތިހާ!

02 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

8 ޖެނުއަރީ
ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ
20242 އަހަރު ކުރިން
މީހުން

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ
20233 އަހަރު ކުރިން
ރާއްޖެ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް
20224 އަހަރު ކުރިން
ރާއްޖެ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު