Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ކޮރަޕްޝަން

ލައިވް ޓީވީގެ ކުރިމަތީގައި ފިތް ކަނޑައިގެންދާ ވަރުގެ ކަރަޕްޝަން ހިންގާލުމުގެ ރެކޯޑު ރައީސް މުއިއްޒު ގެ ސަރުކާރަށް!

ރާއްޖޭގެ ތާރީޚުގައި އެންމެ ފާޅުކަން ބޮޑު ގޮތުގައި އެންމެންގެ ލޯތަކުގެ ކުރިމަތީގައި ހިންގި މި ބޮޑު ޚިޔާނާތުގައި ރައީސް މުއިއްޒުގެ ސަރުކާރުން 2.7 ބިލިއަން ރުފިޔާގެ 206 މަޝްރޫއު ބިޑަކާ ނުލައި ސިއްރުން ގާތް މީހުންނާއި ޕީއެންސީ މެމްބަރުންގެ ކުންފުނިތަކަށް އެ ވަނީ ބަހާލާފައެވެ. ޖަވާބުދާރީ ކުރެވޭނެ މުއައްސަސާއެއް ނެތި، ރައްޔިތުންގެ ފައިސާ އަކީ އަމިއްލަ މުދަލުގެ ގޮތުގައި ސަރުކާރުން ކަންކަން ކުރަނީ އެއްވެސް ބިރެއް ސަރަމެއް ނެތިއެވެ.

ރާއްޖެ އެމްވީ | 7 ނޮވެމްބަރު 2025 | ހުކުރު 09:32
ލައިވް ޓީވީ ގައި އަޑިނޭނގޭ ގޮތައް ކުންފުނިތަކަކަށް 2.7 ބިލިއަން ރުފިޔާގެ މަޝްރޫއުތައް ބަހާލީ އެއްވެސް އަދުލުވެރިކަމެއް ނެތި

ލައިވް ޓީވީ ގައި އަޑިނޭނގޭ ގޮތައް ކުންފުނިތަކަކަށް 2.7 ބިލިއަން ރުފިޔާގެ މަޝްރޫއުތައް ބަހާލީ އެއްވެސް އަދުލުވެރިކަމެއް ނެތި

ރާއްޖޭގެ ތާރީޚުގައި އެންމެ ފާޅު ކަން ބޮޑު ގޮތެއްގައި ރައްޔިތުންގެ ފައިސާ އަށް ޚިޔާނާތްތެރި ވުމުގެ ރެކޯޑް ރައީސް މުއިއްޒުގެ ސަރުކާރުން އެ ހެދީ، ނޮވެމްބަރު މަހުގެ 6 ވަނަ ދުވަހު ނަސަންދުރައި ގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއް ގައި ކަމީ ތާރީޚުގައި ލިޔެވޭނެ ހަގީގަތެކެވެ.

އެ ރަސްމިއްޔާތުގައި ރައީސް މުއިއްޒު ހާޒިރުވެ އިންނަވާ 53 ކުންފުންޏަކަށް މަޝްރޫއުތައް ވަނީ ބަހާލި އިރު، އެހާ ހަމަ އަށް އެކަމުގެ ހިލަމެއް ވެސް ދިވެހި ރައްޔިތުންނަށް ވެފައެއް ނެތެވެ. މުޅި ޕްރޮސޯސެސް އެ ހިންގާލީ ސިއްރުން ވަލު ދޮރާށިން ކުންފުނިތަކާ އެކު ހެދި ޑީލެއްގެ ތެރެއިންނެވެ. އެއްވެސް ޖެހިލުމެއް ނެތެވެ. މިއީ ރައްޔިތުންގެ ފައިސާ ކަމެއް ވެސް ހަނދާނެއް ނެތެވެ. ކޮންޓްރެކްޓަރ ފައިނޭންސް ނަން އަޅުވައިގެން ގާތް މީހުންނަށާއި، ސިޔާސީ ގޮތުން މަންފާ ފޯރުކޮށްދެވޭނެ ފަރާތްތަކަށް ބިލިއަނުން ބަހާލީއެވެ. ދުނިޔެވީ ގޮތުން ބެލިއަސް ދީނީ ގޮތުން ބެލިއަސް މުއިއްޒު އިސްވެ ހުންނަވާ ހިންގި ބޮޑު ޖަރީމާ ޖަސްޓިފައި ކުރެވޭނެ އެއްވެސް ގޮތެއް ނޯންނާނެވެ.

206 މަޝްރޫއު ބަހާލި އިރު ޖުމްލަ އަގު 2.7 ބިލިއަން ރުފިޔާ އަށް އަރައެވެ.

ސީދާ އަތުން އަތައް މަޝްރޫއުތައް ހަވާލު ކުރި އިރު، އެއީ ކިހިނެއް، ކޮން ގޮތަކަށް ހޮވުނު ބައެއް ކަމެއް އެނގޭކަށް ނެތެވެ. ފަހުން ހާމަވަމުންދާ މައުލޫމާތައް ބަލާއިރު އެއްވެސް ތަޖުރިބާ އެއް ނެތް އަދި މާލީ ގާބިލު ކަމެއް ވެސް ހުރި ކަމަށް ނުބެލޭ ކުންފުނިތަކާ ވެސް މަޝްރޫއުތައް ވަނީ ހަވާލު ކޮށްފައެވެ. އެތައް މަޝްރޫއެއް ރައީސް މުއިއްޒު ވެރިކަން ކުރައްވާ ޕީއެންސީ އަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށާއި މެމްބަރުންނާ ގުޅުން ހުރި ކުންފުނިތަކަށް ވަނީ ހަވާލު ކޮށްފައެވެ.

އެންމެ ގިނަ ފައިސާ ލިބުނީ، މުއިއްޒު އަށް ޕީއެންސީގެ މަޖިލިހުގައި ތުލުސްދޫ ދާއިރާ ތަމްސީލު ކުރާ މެމްބަރު އިބްރާހިމް ނަސީމުގެ ކުންފުންޏަށެވެ. އެމަނިކުފާނުގެ އަލްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް 286 މިލިއަން ރުފިޔާ ލިބޭނެއެވެ. މީގެ އިތުރުން ވެސް ރައީސް މުއިއްޒުގެ ޕާޓީ އަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ އެތައް މެމްބަރުންނަށް އެތައް މިލިއަން ރުފިޔާގެ މަޝްރޫއު ވަނީ ބަހާލާފައެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމްގެ އަނބކަނބަލުންނާއި ދަރިކަނބަލުންގެ ނަމުގައި ހަދާފައިވާ ކުންފުނި ވައިޓް ލިންކްސް އަށް ވެސް 139 މިލިއަން ރުފިޔާ ގެ މަޝްރޫއު ވަނީ ހަވާލު ކޮށްފައެވެ. އޭގެ އިތުރުން ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީގެ ދެ ކުންފުންޏެއް ކަމުގައިވާ ސްވިފްޓު އިންޖިނިއަރިން އަދި މިމްސް ކޮންސްޓަރަކްޝަން އަށް ޖުމްލަ 228 މިލިއަން ގެ މަޝްރޫއު ލިބުނެވެ. އޭގެ އިތުރުން މަހިބަދޫ ދާއިރާގެ މެމްބަރު އަހްމަދު ތޯރިގް (ޓޮމް) ގެ ކުންފުނި މައިނާ ސްޕޯޓްސް ފީލްޑް ކުންފުންޏަށް 4.7 މިލިއަން ގެ މަސައްކަތް ވަނީ ލިބިފައެވެ. އަދި ގެމަނަފުށީ ދާއިރާގެ މެންބަރު އަސަދުﷲ ޝިހާބުގެ އެސް.އޭ.އެން.އެން އިންޓަރނޭޝަނަލް ކުންފުންޏަށް 87.3 މިލިއަން ރުފިޔާގެ މަޝްރޫއެއް ވަނީ ހަވާލު ކޮށްފައެވެ. މިއީ ބައެއް މިސާލުތަކެވެ.

ސަރުކާރުން ބޭނުންވާ ބަޔަކަށް ބޭނުންވާ އަދަދަކަށް މަޝްރޫއުތައް ބަހާލެވޭ ގޮތް ހަދާލީ މާލިއްޔަތު ގަވައިދަށް ބޭނުންވާ ބަދަލުތަކެއް ގެނެސްގެން އެކަމަށް މަގުފަހިކޮށް މާ ދުރާލާ ރާވައިގެންނެވެ. އެ ގޮތުން މާލިއްޔަތު ގަވައިދުގެ 10.22 ވަނަ މާއްދާ އަށް ހަތަރު ފަހަރެއްގެ މަތިން ބަދަލު ގެނެސް ބިޑު ކުރުމެއް ނެތި، ބޭނުން ބަޔަކަށް ސަރުކާރުގެ މަޝްރޫއުތައް ބަހާލެވޭނެ ގޮތް ތަނަވަސް ކުރިއެވެ. ބާރު އޮތީމާ ބޭނުން ގަވައިދަކަށް ބޭނުން ގާނޫނަކަށް ބަދަލު ގެނެވިދާނެއެވެ. އެހެން ނަމަވެސް ހަގީގަތް އޮޅުވައެއް ނުލެވޭނެއެވެ. ކަރަޕްޝަނަށް މަގުފަހިވާ ގޮތައް، ޚިޔާނާތް ހިންގޭ ގޮތަށް ގެންނަ ބަދަލުތަކަކީ އިސްލާހު ކަމަށް ހަމަ ބުއްދި ހުރި އެއްވެސް މީހަކު ގަބޫލެއް ނުކުރާނެއެވެ. އެއީ އުފެދުމުގައި ވެސް ބާތިލު ބަދަލުތަކެކެވެ.

ރައްޔިތުންގެ ފައިސާ ޒިންމާދާރު ކަމާއި އަމާނާތްތެރި ކަމާ އެކު ބަލަހައްޓާ ޚަރަދު ކުރުމަކީ ކޮންމެ ސަރުކާރެއްގެ ވެސް އެންމެ ބޮޑު އެއް ޒިންމާ އެވެ. އެ ޒިންމާ އަކީ މިއަދު ނެތް އެއްޗެކެވެ. ސަރުކާރުން އަމަލު ކުރަމުން ދަނީ އެއް ވެސް ޒިންމާދާރު ކަމެއް ނެތި، ރައްޔިތުންގެ ޓެކްސް ފައިސާ އަކީ އަމިއްލަ މުދަލުގެ ގޮތުގައި ހިތައިގެންނެވެ. ހަދާނީ ބޭނުން އެއްޗެއް ކަމެއް ބިރެއް ސަރަމެއް ނެތި ކަންކަން ކޮށްލަނީއެވެ.

ޒަމާނުއްސުރެ އެކިއެކި ސަރުކާރުތަކުން ރާއްޖޭގައި އަމަލު ކުރަމުން އައި އަދި ދުނިޔެ ބަލައިގަންނަ ވާދަވެރި ބީލަމުގެ ތެރެއިން ރައްޔިތުންގެ ފައިސާ އިން ޚަރަދު ކުރާ މަޝްރޫއުތަކާއި މަސައްކަތްތައް ހަވާލު ކުރާ ގޮތައް އޮތުމަކީ ނިގޯޝިއޭޓް ކުރެވޭނެ ކަމެއް ނޫނެވެ. ސަބަބަކީ އޭގެ ނަތީޖާ އެއްގެ ގޮތުން ޚަރަދުތައް ކުޑަކުރެވި، މުދަލާއި ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުވެ، އަދި ޕްރޮކިއުމަންޓްގައި ހާމަކަން ބޮޑުވެ އިންސާފުވެރިކަން އިތުރު ވެގެންދާތީ އެވެ. ގިނަ ކުންފުނިތައް ވާދަކުރުމަށް ހިތްވަރުދިނުމުގެ ސަބަބުން، އެއް ކުންފުންޏަކަށް ވުރެ ރަނގަޅަށް އަނެއް ކުންފުނިން މަސައްކަތް ކުރުމުގެ ރޫހު އުފެދި އާޚިރުގައިކުންފުނިތައް ތަރައްގީވެ ކުރިއަރާނެ މަގު ފަހިވެގެން ދާތީއެވެ.

ރާއްޖޭގައި މިހާރު ހުންނެވި ރައީސުލް ޖުމްހޫރިއްޔާ މުހައްމަދު މުއިއްޒުގެ އަތްމައްޗަށް ހުރިހާ ބާރެއް ހެޔޮވަރު ކޮށްލުމުގެ ނަތީޖާ ދިވެހިންނަށް ފެންނަމުން މިދަނީ ކުރިން މިފަދަ ކަމެއް ހިނގައިފާނޭ ހިތައް ވެސް އަރާފާނެ ގޮތަކަށް ނޫނެވެ. މިއަދު ކަންކަން ގޯހުން ގޯހަށް ގޮސް ބަންޑާރަ ކަފަ އަމިއްލަ ބާލީހަށް ލައްވަމުންދާ މަންޒަރު މިދަނީ ފެންނަމުންނެވެ. މަޝްރޫއުތައް ބަހާލި ގޮތުން މި ކުރި ކަންތަކުގެ މަގްސަދަކީ ކޮންމެހެން ތަރައްގީ ކުރުމެއް ނޫންކަން ވަރަށް ސާފެވެ. އެހެން ނޫންނަމަ މަސައްކަތް ހަވާލު ކުރާ ފަރާތަކީ އެ ކަމެއް ކުރުމުގެ ގާބިލު ކަމާއި ތަޖުރިބާ ހުރި ބައެއްތޯ އެންމެ ކުޑަ މިނުން ވަޒަން ކުރާނެތާއެވެ؟ އެއާ ޚިލާފަށް މަސައްކަތް ހަވާލު ކުރި ކުންފުންޏަކީ ހަވާލު ކުރި މަސައްކަތް ކުރެވޭނެ ބައެއްތޯ ވެސް ބަލާލުމެއް ނެތެވެ. މީގައި އޮތީ ހަމަ އެންމެ މަގްސަދެކެވެ. ބާރު އޮތީތީ ސިޔާސީ ގޮތުން ނާޖާއިޒް ފައިދާ ހޯދުމެވެ.

އެންމެ ދެރަ ކަމަކީ، ލައިވް ޓީވީގެ ކުރިމަތީގައި ފިތް ކަނޑައިގެންދާ ވަރުގެ ކަރަޕްޝަން ހިންގާލުމުގެ ރެކޯޑު ރައީސް މުއިއްޒުގެ ސަރުކާރުން ހަދަމުންދާއިރު ވެސް ޖަވާބުދާރީ ކުރެވޭނެ މުއައްސަސާ އެއް، އޮފީހެއް މިއަދު މިރާއްޖެ އަކު ނެތެވެ. ވަޒީފާގެ ދަހިވެތި ކަމުގައި އަމިއްލަ ގައުމަށް ކޮންމެ ގޮތެއް ވިޔަސް ހެޔޮ ކަމަށް މިކަންކަމަށް ކަނު ލޮލެއް ދީގެން އިއްޒަތްތެރި މަގާމުތަކުގައި ހަމަ އެ ތިއްބެވީއެވެ.

ރައްޔިތުންނަށް ފޮރުވާނެ އެއްވެސް އެއްޗެއް ނޯންނާނެ ކަމަށް ބުނެ ވެރިކަމަށް އައި މީހާ އަށް އޭނާގެ އަމިއްލަ ދުލުން ރައްޔިތުންގެ ކުރިމަތީގައި ދެއްކި ވާހަކައިގެ ވެސް އެއްވެސް އަގެއް ނެތެވެ.

ރައީސް މުއިއްޒުކޮރަޕްޝަން މުއިއްޒު ސަރުކާރު

ކޮމެންޓް

އިތުރަށް ކިޔާލަން

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!

މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!

11 ޑިސެމްބަރު 2025
މަސްވެރިން މުޒާހަރާއަށް ނުކުތީ މަސްވެރިންވި ވައުދުތަކެއް ނުފުއްދައިގެން ނޫން، މުޒާހަރާކުރަނީ ރައީސް މުއިއްޒުގެ ވައުދުތައް ނުފުއްދައިގެން: ޒިޔާދު

މަސްވެރިން މުޒާހަރާއަށް ނުކުތީ މަސްވެރިންވި ވައުދުތަކެއް ނުފުއްދައިގެން ނޫން، މުޒާހަރާކުރަނީ ރައީސް މުއިއްޒުގެ ވައުދުތައް ނުފުއްދައިގެން: ޒިޔާދު

11 ޑިސެމްބަރު 2025
ރައީސް މުއިއްޒު މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދުނުތާ މިފްކޯގެ ހާލަތު ވެސް ދިޔައީ ދަށަށް

ރައީސް މުއިއްޒު މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދުނުތާ މިފްކޯގެ ހާލަތު ވެސް ދިޔައީ ދަށަށް

10 ޑިސެމްބަރު 2025
ރައީސް މުޢިއްޒު އާއި މިނިސްޓަރު، މަސްވެރިންނާ ބައްދަލުކޮށް ޑިމާންޑް ތަކަށް ހައްލު ހޯދައިދެން ދެން މުޒާހަރާ ކުރިއަށް ގެންދަން ނިންމައިފި

ރައީސް މުޢިއްޒު އާއި މިނިސްޓަރު، މަސްވެރިންނާ ބައްދަލުކޮށް ޑިމާންޑް ތަކަށް ހައްލު ހޯދައިދެން ދެން މުޒާހަރާ ކުރިއަށް ގެންދަން ނިންމައިފި

10 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

15 ޖެނުއަރީ
ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު
20242 އަހަރު ކުރިން
ރާއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"
20233 އަހަރު ކުރިން
ރިޕޯޓު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި
20215 އަހަރު ކުރިން
ރާއްޖެ

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!
20197 އަހަރު ކުރިން
ރާއްޖެ

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ
20188 އަހަރު ކުރިން
ސިއްހަތު

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު