Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެމިޔަންމާ

މަދު ދުވަސްކޮޅެއްގެ ތެރޭ 146000 ރޮހިންޖާ މުސްލިމުން ބަންގްލަދޭޝް އަށް!

މިޔަންމާގެ އަސްކަރިއްޔާއިން ދަނީ މިޔަންމާގެ ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް ލާއިންސާނީ ގިނަ އަމަލުތަކެއް ހިންގަމުން

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު | 6 ސެޕްޓެމްބަރު 2017 | ބުދަ 16:59
ގިނަ އަދަދެއްގެ ރޮހިންޖާ މުސްލިމުން އެބައިމީހުންގެ ވަޒަން ދޫކުރަންފަށައިފި

ގިނަ އަދަދެއްގެ ރޮހިންޖާ މުސްލިމުން އެބައިމީހުންގެ ވަޒަން ދޫކުރަންފަށައިފި

މިޔަންމާގެ އަސްކަރިއްޔާއިން އެގައުމުގެ ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ އަމަލުތަކުން ސަލާމަތްވުމަށް އޯގަސްޓް މަހު 25 އިން ފެށިގެން މިހާތަނަށް އަވަށްޓެރި ބަންގްލަދޭޝްއަށް 146000 ރޮހިންޖާ މުސްލިމުން އެތެރެވެފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

އދ ގެ އޮފިޝަލުން ބުދަ ދުވަހު މިކަން ހާމަކޮށްފައިވާއިރު މިދިޔަ އޮކްޓޯބަރު މަހުން ފެށިގެން ބަންގްލަދޭޝް އިން ހިމާޔަތް ހޯދި ރޮހިންޖާ މުސްލިމުންގެ އަދަދު މިހާރު ވަނީ 233000 އަށް އަރާފައެވެ.

އެހީދޭ އޮފިޝަލުންނާ ހަވާލާދީ މީޑިއާ ރިޕޯޓުތައް ބުނާގޮތުން ބަންގްލަދޭޝްގައި ރޮހިންޖާ މުސްލިމުންނަށް ދެމުންދާ އެހީގެ ތަކެއްޗާއި އަދި ކޭމްޕް ފަދަ ތަކެތި ވަނީ ޑިމާންޑާ އެއްވަރަށް ފޯރުނުކޮށްދެވިފައެވެ.

އދގެ ރެފިއުޖީންނާ ބެހޭ އެޖެންސީން ބުނާގޮތުން އެތެރެވަމުންދާ "މީހުން ވަރަށް ގިނަ ކަމަށާއި ހިތާމަ ކުރަން ޖެހޭ މިންވަރަށް މީހުން އަންނަމުންދާ ކަމަށެވެ."

މިޔަމަންމާގެ މުސްލިމުންނާއި ދެކޮޅަށް އެގައުމުގެ ސަރުކާރުން ބާރުދީގެން، އަސްކަރިއްޔާއިން ދަނީ ބާރުގެ ބޭނުންކޮށް، މުސްލިމުން ގެދޮރުން ފައްސާލައި، ބައެއް މީހުން މަރާ އަދި އަންހެން ކުދިންގެ އިއްފަަތް ފޭރިގަންނަމުންެނެވެ. މިޔަންމާ މީހުން ދެކޭ ގޮތުގައި ރޮހިންޖާ މުސްލިމުންނަކީ އެގައުމުގެ މީހުންނެއް ނޫނެވެ. އެއީ ބަންގްލަދޭޝް އިން ވަގަށް އެތެރެވެގެން އުޅޭ ބައެކެވެ. އެހެން ކަމުން އެމީހުންނަކީ އެކަހެރި ކުރެވި، އެންމެ އަސާސީ ހައްގުތަކުންވެސް މަހްރޫމް ކުރެވިފައިވާ ބައެކެވެ.

މިޔަންމާގެ އަސްކަރިއްޔާގެ އަމަލުތަކަށް ބައިނަލްއަގްވާމީ ދުނިޔޭގެ ފާޑުކިޔުން އިންތިހާއަށް އިތުރުވެފައިވާއިރު އދ. ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސް އަންގާރަ ދުވަހު ވިދާޅުވެފައި ވަނީ މިޔަންމާގެ ރޮހިންޖާ މުސްލިމުންނާ މެދު އެގައުމުގެ ސަރުކާރުން ގެންގުޅެން ޖެހޭ ސިޔާސަތު މިހާރުން މިހާރަށް ބަދަލުކުރަން ޖެހޭ ކަމަށާއި އަދި ރޮހިންޖާ މުސްލިމުންނަށް ރަށްވެހިކަން ދޭންޖެހޭ ކަމަށެވެ.

އިތުރަށް ކިޔާލަން

02 މާރިޗު 2017

މުސްލިމުންނާ ދޭތެރޭ ހިންގާ އަސްކަރީ އޮޕަރޭޝަނަކީ ހަނގުރާމަވެރިންގެ އަމަލުތައް ހުއްޓުވުމަށް ކޮންމެހެން ކުރަން ޖެހޭ ކަމެއް: މިޔަންމާ އަސްކަރިއްޔާ

02 މާރިޗު 2017
މުސްލިމުންނާ ދޭތެރޭ ހިންގާ އަސްކަރީ އޮޕަރޭޝަނަކީ ހަނގުރާމަވެރިންގެ އަމަލުތައް ހުއްޓުވުމަށް ކޮންމެހެން ކުރަން ޖެހޭ ކަމެއް: މިޔަންމާ އަސްކަރިއްޔާ
27 ފެބުރުއަރީ 2017

ކިމް ޖޮން ނަމް ގައިގައި "ވީއެކްސް ނާވް އެޖެންޓް" ހޭކުމުން 20 މިނިޓް ތެރޭ އޭނާ މަރުވެފައިވޭ: މެލޭޝިއާގެ ހެލްތު މިނިސްޓަރު

27 ފެބުރުއަރީ 2017
ކިމް ޖޮން ނަމް ގައިގައި "ވީއެކްސް ނާވް އެޖެންޓް" ހޭކުމުން 20 މިނިޓް ތެރޭ އޭނާ މަރުވެފައިވޭ: މެލޭޝިއާގެ ހެލްތު މިނިސްޓަރު
13 ފެބުރުއަރީ 2017

ސައުދީ ވަލީއަހުދު ޕްރިންސް މުހައްމަދު ބިން ނާއިފް އަށް ސީއައިއޭ އިން ހާއްސަ މެޑައްޔެއް އަރުއްވައިފި

13 ފެބުރުއަރީ 2017
ސައުދީ ވަލީއަހުދު ޕްރިންސް މުހައްމަދު ބިން ނާއިފް އަށް ސީއައިއޭ އިން ހާއްސަ މެޑައްޔެއް އަރުއްވައިފި
11 ފެބުރުއަރީ 2017

ޔަމަނުގައި އެކަށީގެންވާ ވަރަށް ކާނާ ނުލިބޭ މީހުން އަދަދު ހަތް މަސް ތެރޭގައި ތިން މިލިއަނަށް އިތުރުވެއްޖެ: އދ.

11 ފެބުރުއަރީ 2017
ޔަމަނުގައި އެކަށީގެންވާ ވަރަށް ކާނާ ނުލިބޭ މީހުން އަދަދު ހަތް މަސް ތެރޭގައި ތިން މިލިއަނަށް އިތުރުވެއްޖެ: އދ.
09 ފެބުރުއަރީ 2017

ސޯމާލިއާގެ ރައީސްކަމުގެ ހުވާ ކުރީގެ ބޮޑުވަޒީރު މުހަންމަދު އަބްދުﷲ ފަރްމަޖޯ ކުރައްވައިފި

09 ފެބުރުއަރީ 2017
ސޯމާލިއާގެ ރައީސްކަމުގެ ހުވާ ކުރީގެ ބޮޑުވަޒީރު މުހަންމަދު އަބްދުﷲ ފަރްމަޖޯ ކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު