Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފެނަކާގެ ހިޔާނާތް

ފެނަކާއިގެ ، ކޮރަޕްޝަނާއި ފަސާދައިގެ އަމަލު ހިންގި މުވައްޒަފުންގެ ތެރޭގައި، އެކުންފުނީގެ 13 އެޗްއޯޑީން

29 އޮކްޓޯބަރު 2025 | ބުދަ 08:56

ދާއިމީ މުވައްޒަފުންނާއި، ކޮންޓްރެކްޓް މުވައްޒަފުގެ ނަން ވެސް ލިސްޓު ގައި ހިމެނޭ

އަމްނާ އިމާދު
އަމްނާ އިމާދު | 29 އޮކްޓޯބަރު 2025 | ބުދަ 08:56
ބުދަ ދުވަހު ކުރިއަށް ގެންދިޔަ މާލިއްޔަތު ކޮމެޓީގައި ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވާހަކަ ދައްކަވަނީ

ބުދަ ދުވަހު ކުރިއަށް ގެންދިޔަ މާލިއްޔަތު ކޮމެޓީގައި ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވާހަކަ ދައްކަވަނީ

ފެނަކަ ކޯޕްރޭޝަން ލިމިޓެޑް ގައި ކޮރަޕްޝަނާއި ފަސާދައިގެ އަމަލު ހިންގި މުވައްޒަފުންގެ ތެރޭގައި، އެކުންފުނީގެ 13 އިސްވެރިން ހިމެނޭކަން ހާމަވެއްޖެ އެވެ.

ބުދަ ދުވަހު ކުރިއަށް ގެންދިޔަ މާލިއްޔަތު ކޮމެޓީގައި އެ ކޮމެޓީގެ މުގައްރިރު އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވީ ފެނަކާ ގައި ކޮރަޕްޝަނާއި، ފަސާދައިގެ އަމަލު ތައް ހިންގި މުވައްޒަފުން މިހާރުން މިހާރަށް އެކަހެރި ކުރުމަށް އޮޑިޓަރ ޖެނަރަލް ފޮނުވާފައިވާ ރިޕޯޓު ގައި ބަޔާން ކޮށްފައިވާ ކަމަށެވެ. އެ މުވައްޒަފުންގެ މައުލޫމާތު ފޮނުވައި ދިނުމަށް އެދުމުން އެ މައުލޫމާތު ހިއްސާ ކޮށްފައިވާ ކަމަށް މެންބަރު ނާޒިމް ވިދާޅުވި އެވެ.

Advertisement - newsAdvertisement

އެ ލިސްޓަށް އިޝާރާތް ކުރައްވައި މެންބަރު ނާޒިމް ވިދާޅުވީ ހެޑް އޮފް ޑިމާޓްމަންޓު ގައި ހިމެނޭ 13 ބޭފުޅެއްގެ ނަން އެބައޮތް ކަމަށެވެ. އަދި ދާއިމީ މުވައްޒަފުންނާއި، ކޮންޓްރެކްޓް މުވައްޒަފުންގެ ނަން ވެސް ލިސްޓު ގައި ހިމެނޭ ކަމަށެވެ.

އިއްޔެ 12 ޖެހުމާ ހަމަ އަށް އޮތީ ސުންގަނޑި ދެވިފައި ފެނަކަ އަށް އެ މުވައްޒަފުންގެ މައުލޫމާތު އަޅުގަނޑުމެންނަށް ފޮނުވަން. މިއަދު ހެނދުނު އެ މައުލޫމާތު ތައް އެބަވޭ ފޮނުއްވާފައި. ފެނަކާގެ ޕްރޮޖެކްޓް ޑިޕާޓްމަންޓާއި، ޕްރޮކިއުމަންޓު ޑިޕާޓްމަންޓުގެ ހެޑް އޮފް ޑިޕާޓްމަންޓުގެ ގޮތުގައި ހިމެނޭ ނަންތަކާއެކު އެބަވޭ ފޮނުއްވާފައި. އެބައޮތް 13 ބޭފުޅެއްގެ ނަން އެބަވޭ ފޮނުއްވާފައި. މިކަމުގައި ޝާމިލުވާ ކަމަށް 13 ބޭފުޅުން ހެޑް އޮފް ޑިޕާޓްމަންޓުގައި ތިއްބެވި ކަމަށް. އޭގެ އިތުރުން އެ ޑިޕާމްޓްމަންޓު މައްސަލާގައި ޝާމިލުވާ ބޭފުޅުންގެ ނަންތައް ދެއްވާފައި ހުރިއިރުގައި ދާއިމީ މުވައްޒަފުންނާ ކޮންޓްރެކްޓް މުވައްޒަފުން ތިބިކަން ފާހަގަކޮށްލަން. އެހެންވީމަ ޕްރޮޖެކްޓް ސްޓާފުންގެ 19 ސްޓާފުން މިހާރު ތިބި ކަމަށް މައުލޫމާތު ދެއްވާފައި ވަނީ.
ކޮމެޓީގެ މުގައްރިރު އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް

މެންބަރު ނާޒިމް ވިދާޅުވީ މިހާތަނަށް ފެނަކައިން ވަރަށް ގިނަ މުވައްޒަފުން ވަޒީފާ އިން ވަކި ކޮށްފައިވާ ކަމަށެވެ. 2021 އާއި 2023 އާ ދޭތެރޭގައި 64 މުވައްޒަފުން ވަޒީފާ އިން ވަކި ކޮށްފައިވާ ކަމަށް މެންބަރު ނާޒިމް ވިދާޅުވި އެވެ.

މި ދިޔަ ސަރުކާރު ގައި ފެނަކާ ގައި ބޮޑެތި ހިޔާނަތްތަކެއް ހިންގާފައިވާ ކަމަށް ބުނެ، މި ސަރުކާރުން ދަނީ އެ މައްސަލަތައް ތަހުގީގު ކުރަމުންނެވެ. ދަންވަރުގެ ވަގުތު އޮޑިޓަރ ޖެނަރަލް އޮފީހުން ފެނަކާގެ އޮޑިޓް ރިޕޯޓެއް ނެރިފައިވަނީ ރަނގަޅު ނިޔަތެއް ނެތި ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

މީގެ އިތުރުން ފެނަކައިގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދުގެ މައްޗަށް ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ހިފުމުގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި 4 އަހަރަށް ޖަލަށް ލުމަށް 28 ސެޕްޓެންބަރު 2025 ގައި ހުކުމް ކޮށްފަ އެވެ. 4 އަހަރުގެ ޖަލު ހުކުމެއް އިއްވިއިރު، ދައުލަތުން އެދިފައިވަނީ 1 އަހަރާ 7 މަހުގެ ހުކުމެއް އިއްވައިދިނުމަށެވެ. އަދި މިއީ އިންސާފު ވެރިކޮށް ހިންގި ޝަރީއަތެއް ނޫން ކަމަށް ބުނެ، އެއްވުންތައް ބާއްވައި، ސައީދު އަށް އިންސާފު ހޯދައިނުމަށް ގިނަ ބަޔަކު ގޮވާލާފައިވެ އެވެ.

ފެނަކަ ކޯޕަރޭޝަންކޮރަޕްޝަން

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!

11 ޑިސެމްބަރު 2025
މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!
08 ޑިސެމްބަރު 2025

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި
07 ޑިސެމްބަރު 2025

މި ސަރުކާރު އައުމާއެކު ފެށުނު ކޮރަޕްޝަންގެ މަޝްރޫއު އަކީ ރަސްމާލެ، ނޭނގި ނަމަވެސް އެކަމަށް އިއުތިރާފު ވެސް ވެއްޖެ: ޔާމީން

07 ޑިސެމްބަރު 2025
މި ސަރުކާރު އައުމާއެކު ފެށުނު ކޮރަޕްޝަންގެ މަޝްރޫއު އަކީ ރަސްމާލެ، ނޭނގި ނަމަވެސް އެކަމަށް އިއުތިރާފު ވެސް ވެއްޖެ: ޔާމީން
03 ޑިސެމްބަރު 2025

އިމްރާން ޚާންގެ ޙާލު ކޮޅު ރަނގަޅު، ނަމަވެސް ޖަލުގައި ހުންނެވީ އެކަނިވެރި ކަމުގެ ތެރޭގައި

03 ޑިސެމްބަރު 2025
އިމްރާން ޚާންގެ ޙާލު ކޮޅު ރަނގަޅު، ނަމަވެސް ޖަލުގައި ހުންނެވީ އެކަނިވެރި ކަމުގެ ތެރޭގައި
03 ޑިސެމްބަރު 2025

އިނގިރޭސީ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރު ޓިއުލިޕް އަށް ބަންގްލަދޭޝްގެ ކޯޓަކުން ޖަލު ޙުކުމެއް އިއްވައިފި

03 ޑިސެމްބަރު 2025
އިނގިރޭސީ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރު ޓިއުލިޕް އަށް ބަންގްލަދޭޝްގެ ކޯޓަކުން ޖަލު ޙުކުމެއް އިއްވައިފި
01 ޑިސެމްބަރު 2025

ފެނަކަ ބްރާންޗު ތަކުގައި ސެކިއުރިޓީ ކެމެރާ ހަރުކުރާނެ ބަޔަކު ކަނޑައެޅުމުގައި ކޮރަޕްޝަން ހިންގާފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ދައުވާ ކުރަން ހުށަހަޅައިފި

ކަރަޕްޝަން އާ ދެކޮޅަށް ފިލިޕީންސްގައި ކުރި މުޒާހަރާގައި ރައީސް މާކޯސްގެ އިސްތިއުފާ އަށް ގޮވައިފި

01 ޑިސެމްބަރު 2025
ކަރަޕްޝަން އާ ދެކޮޅަށް ފިލިޕީންސްގައި ކުރި މުޒާހަރާގައި ރައީސް މާކޯސްގެ އިސްތިއުފާ އަށް ގޮވައިފި
29 ނޮވެމްބަރު 2025

ކޮރަޕްޝަންގެ ތުހުމަތު އަމާޒުވެފައި ވަނިކޮށް، ޒެލެންސްކީ ގެ އެންމެ ގާތް އަދި އަރިހުގައި ހުންނެވި ޔާމަކް އިސްތިއުފާ ދެއްވައިފި

29 ނޮވެމްބަރު 2025
ކޮރަޕްޝަންގެ ތުހުމަތު އަމާޒުވެފައި ވަނިކޮށް، ޒެލެންސްކީ ގެ އެންމެ ގާތް އަދި އަރިހުގައި ހުންނެވި ޔާމަކް އިސްތިއުފާ ދެއްވައިފި
28 ނޮވެމްބަރު 2025

‎ސަޢީދު އަށް ހުކުމް އިއްވިތާ ދެ މަސް، ދައުވާ ސާބިތުވި އަނެއް ފަރާތަށް ދިފާޢުވާން އިތުރު ފުރުޞަތެއް: އިންސާފުވެރިތަ؟

28 ނޮވެމްބަރު 2025
‎ސަޢީދު އަށް ހުކުމް އިއްވިތާ ދެ މަސް، ދައުވާ ސާބިތުވި އަނެއް ފަރާތަށް ދިފާޢުވާން އިތުރު ފުރުޞަތެއް: އިންސާފުވެރިތަ؟
28 ނޮވެމްބަރު 2025

އިއުލާނު ކުރުމެއް ނެތި ހުޅުމާލޭގައި ހުރި ހުސް ބިންތައް އަމިއްލަ ފަރާތްތަކަށް ވިއްކާލައިފި, އަގު ސާފެއް ނޫން

28 ނޮވެމްބަރު 2025
އިއުލާނު ކުރުމެއް ނެތި ހުޅުމާލޭގައި ހުރި ހުސް ބިންތައް އަމިއްލަ ފަރާތްތަކަށް ވިއްކާލައިފި, އަގު ސާފެއް ނޫން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް