Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސައުދީ ޕްރޯ ލީގު

އަލް ނަޞްރު ކައިރިން އަލް ޙިލާލަށް މޮޅު ނުވެވުނު

މިއީ މި ސީޒަންގެ ސައުދީ ލީގުގައި އަލް ޙިލާލް މޮޅު ނުވެ ނިންމާލަން ޖެހުނު ފުރަތަމަ މެޗެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 2 ނޮވެމްބަރު 2024 | ހޮނިހިރު 04:52
އަލް ނަޞްރު އަދި އަލް ޙިލާލް ކުޅުނު މެޗުގެ ތެރެއިން

އަލް ނަޞްރު އަދި އަލް ޙިލާލް ކުޅުނު މެޗުގެ ތެރެއިން

ސައުދީ ޕްރޯ ލީގުގައި އެންމެ ފަހުގެ ޗެމްޕިއަން އަލް ޙިލާލް އަދި ވާދަވެެރި އަލް ނަޞްރު ކުޅުނު މެޗު އެއްވަރުވެގެން ނިމިއްޖެ އެވެ.

ހުކުރު ދުވަހުގެ ރޭ ކުޅުނު މެޗު ނިމުނީ ދެ ޓީމު 1-1 އިން އެއްވަރުވެގެންނެވެ. މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ އަލް ނަޞްރުންނެވެ. ނަމަވެސް އަލް ޙިލާލް އިން ވަނީ ލަނޑު ޖަހައިގެން މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ.

މެޗު ފަށައިގެން ފުރަތަަމަ މިނެޓުގައި އަލް ނަޞްރުން ވަނީ އަލް ޙިލާލް ކޮޅަށް ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އެ ލަނޑު އެ ޓީމަށް ޖަހައިދިނީ ބްރެޒިލްގެ ޓަލިސްކާ އެވެ. އޭގެ ފަހުން ވެސް އަލް ނަޞްރަށް ވަނީ މެޗުގައި ލަނޑު ޖަހައި ލީޑު ފުޅާ ކުރާނެ ފުރުސަތު ލިބިފަ އެވެ. އެގޮތުން އެ ޓީމަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އަދި ސެނެގާލްގެ ސަޑިއޯ މާނޭ އަށް ވެސް ވަނީ ލަނޑު ޖަހަން ފުރުސަތު ލިބިފަ އެވެ.

މެޗުގެ ނަތީޖާ ހަމަހަމަ ކުރުމަށް އަލް ޙިލާލް އިން ވެސް ވަރަށް މަސައްކަތް ކުރި އެވެ. އެގޮތުން އެ ޓީމަށް ކުޅެމުން އަންނަ ސަައުދީ އަރަބިޔާގެ ސަލީމް އަލް ދައުސާރީ އަށް ލިބުނު ފުރުސަތުގެ ބޭނުން ކުރެވޭ ގޮތެއް ނުވި އެވެ. މެޗުގެ ނަތީޖާ ހަމަހަމަ ކުރުމަށް އަލް ޙިލާލް އިން ކުރި މަސައްކަތް ކާމިޔާބުވީ 77 ވަނަ މިނެޓުގަ އެވެ. އެ ލަނޑު އެ ޓީމަށް ޖަހައިދިނީ މޮޅު ކުޅުމެއް ދައްކަމުން އަންނަ ސާބިއާގެ ސާޖެޖް މިލިންކޮވިޗް ސަވިޗް އެވެ.

މިއީ މި ސީޒަންގެ ސައުދީ ލީގުގައި އަލް ޙިލާލް މޮޅު ނުވެ ނިންމާލަން ޖެހުނު ފުރަތަމަ މެޗެވެ. މެޗު އެއްވަރުވި ނަމަވެސް އަދި ވެސް އެ ޓީމު އޮތީ އެއް ވަނައިގަ އެވެ. އެއީ މިހާތަނަށް ކުޅުނު ނުވަ މެޗުން 24 ޕޮއިންޓު ހޯދައިގެންނެވެ. އަލް ޙިލާލްއާ އެއްވަރު ކުރި އަލް ނަޞްރު އޮތީ ނުވަ މެޗުން 19 ޕޮއިންޓާ އެކު ތިން ވަނައިގަ އެވެ. ދެ ވަަނައިގައި 24 ޕޮއިންޓާ އެކު އޮތީ އަލް އިއްތިހާދު އެވެ.

ސައުދީ ޕްރޯ ލީގުއައްނަސްރުއަލް ހިލާލް

އިތުރަށް ކިޔާލަން

29 އޮކްޓޯބަރު 2025

އަލް އިއްތިހާދު އަތުން ބަލިވެ، ކިންގްސް ކަޕް އިން އަލް ނަޞްރު ކަޓައިފި

29 އޮކްޓޯބަރު 2025
އަލް އިއްތިހާދު އަތުން ބަލިވެ، ކިންގްސް ކަޕް އިން އަލް ނަޞްރު ކަޓައިފި
08 އޮކްޓޯބަރު 2025

ފުޓުބޯޅަ ކުޅުމުގައި އިތުރު އަހަރު ތަކެއް ހޭދަ ކުރަން ރޮނާލްޑޯ ބޭނުންވޭ

08 އޮކްޓޯބަރު 2025
ފުޓުބޯޅަ ކުޅުމުގައި އިތުރު އަހަރު ތަކެއް ހޭދަ ކުރަން ރޮނާލްޑޯ ބޭނުންވޭ
27 ސެޕްޓެމްބަރު 2025

އަލް އިއްތިހާދު ބަލިކޮށް، އަލް ނަޞްރު އެއް ވަނަ އަށް

27 ސެޕްޓެމްބަރު 2025
އަލް އިއްތިހާދު ބަލިކޮށް، އަލް ނަޞްރު އެއް ވަނަ އަށް
20 އޯގަސްޓު 2025

ސައުދީ ސުޕަ ކަޕްގެ ފައިނަލްގެ ޖާގަ އަލް ނަޞްރު އިން ހޯދައިފި

20 އޯގަސްޓު 2025
ސައުދީ ސުޕަ ކަޕްގެ ފައިނަލްގެ ޖާގަ އަލް ނަޞްރު އިން ހޯދައިފި
06 އޯގަސްޓު 2025

ނޫނޭޒް ހޯދުމުގައި އަލް ޙިލާލް އިން ލިވަޕޫލާ އެކު އެއްބަސްވުމަކަށް

06 އޯގަސްޓު 2025
ނޫނޭޒް ހޯދުމުގައި އަލް ޙިލާލް އިން ލިވަޕޫލާ އެކު އެއްބަސްވުމަކަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު