Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައްޔިތުންގެ މަޖިލިސް

ޑިއުޓީ ދައްކައިގެން އެތެރެކުރާ ސިނގިރޭޓަށް ވުރެ ވަގަށް އެތެރެކުރާ ސިނގިރޭޓު ގިނަ، މަނާ ކުރި ވޭޕް ވެސް ލިބެން އެބަހުރި: މަޖިލީހުގެ ނައިބު ރައީސް ނާޒިމް

ސިނގިރޭޓާ އެއްގޮތަށް ވޭޕް ވަގަށް އެތެރެކުރާ މިންވަރު ވެސް އިތުރުވެފައި ވަނީ އިންތިހާއަށް ކަމަށް ނާޒިމު ވިދާޅުވި

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 27 އޮކްޓޯބަރު 2025 | ހޯމަ 09:53
މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް

މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް

ދައުލަތަށް ޑިއުޓީ ދައްކައިގެން އެތެރެކުރާ ސިނގިރޭޓަށް ވުރެ ވަގަށް އެތެރެކުރާ ސިނގިރޭޓުގެ އަދަދު ގިނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.

ހޯމަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން ނާޒިމް ވިދާޅުވީ ސިނގިރޭޓުގެ ޑިއުޓީ ބޮޑުކުރި ފަހުން ދައުލަތަށް ޑިއުޓީ ދައްކައިގެން ގާނޫނާއި ގަވާއިދާ އެއްގޮތަށް ރާއްޖެ އެތެރެކުރާ ސިނގިރޭޓަށް ވުރެ ސްމަގްލް ނުވަތަ ވަގަށް ރާއްޖެ އެތެރެކުރާ އަދަދު އިތުރު ކަމަށެވެ.

Advertisement - newsAdvertisement
ވަގަށް ސިނގިރޭޓް އެތެރެކުރެވިގެން ވަގަށް ވެއްދި ސިނގިރޭޓް ގިނަ ރަނގަޅު ގޮތުގައި ޑިއުޓީއާ އެކު އެތެރެކުރެވޭ ސިނގިރޭޓަށް ވުރެ. ވޭޕް ކަންތައް ވެސް އޮތީ އެހެން. ވޭޕް އެބަ ލިބޭ. އެ ވިއްކާ ސޯޝަލް މީޑިއާ އެކައުންޓުތައް ވެސް އެބަހުރި،
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް

ނާޒިމް އިތުރަށް ވިދާޅުވީ، ސިނގިރޭޓާ އެއްގޮތަށް ވޭޕް ވަގަށް އެތެރެކުރާ މިންވަރު ވެސް އިތުރުވެފައި ވަނީ އިންތިހާއަށް ކަމަށެވެ. ކަސްޓަމްސް އިން ވެސް ކޮންމެވެސް ގޮތަކުން މިފަދަ ބައެއް ތަކެއްޗަށް ކްލިއަރެންސް ދީފައިވާކަން ފާހަގަކޮށް ނާޒިމް ވިދާޅުވީ މިފަދަ ތަކެތި ވިއްކާ، އިޝްތިހާރު ކުރާ ޕޭޖުތައް ސޯޝަލް މީޑިއާ އިން ފެންނަން ހުންނަ ކަމަށެވެ.

އެހެންކަމުން މިކަންކަން ކޮންޓްރޯލް ކޮށް ހުއްޓުވުމަށްޓަކައި ކަސްޓަމްސްގެ ހިންގުމާއި، އެނޫންވެސް ކަމާ ގުޅޭ އިދާރާތަކަށް ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށް މެންބަރު ވިދާޅުވި އެވެ. އަދި ވިދާޅުވީ އެ މައްސަލަ ދިރާސާ ކުރުމަށް ފަހު 241 ކޮމިޓީން ދީ ފައިވާ ރިކޮމެންޑޭޝަންތަކާއެކު ގިނަ ކަންކަން އިސްލާހު ވެގެން ދާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

ސިނގިރޭޓް އަގުބޮޑު ކުރުމާއެކު އެންމެފުރަތަމަ ފަޅާއެރީ ގެއެއްގައި ފުޅާ ދާއިރާއެއްގައި ފެކްޓްރީ ހަދައިގެން ސިނގިރޭޓް އުފައްދަނިކޮށެވެ. ފުލުހުން އަތުލައިގަތީ އެކަމަށް ބޭނުންކުރި ތަކެއްޗާ ވެސް އެކު ރެޑް ހޭންޑްކޮށެވެ. އޭގެ ފަހުން ވަގު ސިނގިރޭޓް ތައް ބަހައްޓާފައި ހުރި ގުދަނެއްވެސް ހިފެހެއްޓި އެވެ. އެންމެ ފަހުން މިހާރު އެންމެ ބޮޑަށް ދެކެވެނީ އެމްޕީއެލްގެ ބެލުމުގެ ދަށުގައި ހުރި އެތައް މިލިއަން ސިނގިރޭޓު ހުރި މާސިންގާ ބޮޑު ސިނގިރޭޓް ދެ ކޮންޓޭނަރު ވަގަށް ނެގި ވާހަކައެވެ.

މަޖިލީސްސިނގިރޭޓުގެ ޑިއުޓީމަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމްވޭޕް މަނާކުރުން

އިތުރަށް ކިޔާލަން

01 ޑިސެމްބަރު 2025

ފަނޑިޔާރު ގޭގައި ޖާގަ ނެތިގެން ރައްޔިތުންނަށް އިންސާފު ނުލިބުމަކީ ހުއްޖަތެއް ނޫން: މައުރޫފް

01 ޑިސެމްބަރު 2025
ފަނޑިޔާރު ގޭގައި ޖާގަ ނެތިގެން ރައްޔިތުންނަށް އިންސާފު ނުލިބުމަކީ ހުއްޖަތެއް ނޫން: މައުރޫފް
27 ނޮވެމްބަރު 2025

މާލީ ޒިންމާގެ ޗާޓަރު އެކުލަވާލަން ޖެހޭ މުއްދަތު ހަމަވާން ކުޑަތަން ވެފައި ވަނިކޮށް، އެ ޗާޓަރު އެކުލަވާލުން ދެ އަހަރަށް ލަސް ކުރަނީ

27 ނޮވެމްބަރު 2025
މާލީ ޒިންމާގެ ޗާޓަރު އެކުލަވާލަން ޖެހޭ މުއްދަތު ހަމަވާން ކުޑަތަން ވެފައި ވަނިކޮށް، އެ ޗާޓަރު އެކުލަވާލުން ދެ އަހަރަށް ލަސް ކުރަނީ
19 ނޮވެމްބަރު 2025

64.2 ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓް ކޮމިޓީ އިން ފާސްކޮށްފި

19 ނޮވެމްބަރު 2025
64.2 ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓް ކޮމިޓީ އިން ފާސްކޮށްފި
29 އޮކްޓޯބަރު 2025

މޮޅު ގޮތަކަށް އެ ޖެހީ، ޖެހުނު ގޮތަކުން ގޯލެއް އެވަނީ.....އެކަމަކު ބައިކޮޅަށް!

29 އޮކްޓޯބަރު 2025
މޮޅު ގޮތަކަށް އެ ޖެހީ، ޖެހުނު ގޮތަކުން ގޯލެއް އެވަނީ.....އެކަމަކު ބައިކޮޅަށް!
28 އޮކްޓޯބަރު 2025

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު