Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެމްޑީޕީ

މުއިއްޒު ޖައްސަވަނީ ނުބައި ހިސާބެއް، ޤާނޫނަށް ބަދަލުގެނެސްގެން އާއްމުން ތަޅެއް ނޭޅުވޭނެ : ޔައުގޫބް

އެމްޑީޕީ އަކީ ބިރަށް ގޭގައި މަޑުން ތިބޭނެ ބައެއް ނޫންކަން މި ވެރިކަމުގައި ވެސް ސާބިތުކޮށްދީފައިވާ ކަމަށް މެމްބަރު ޔައުގޫބް ވިދާޅުވި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 24 އޮކްޓޯބަރު 2025 | ހުކުރު 08:44
ދާއިރާގެ ކުރީގެ މެމްބަރު ޔައުގޫބް އަބްދުﷲ، ލޫޓުވައިފި، ލޫޓުވައިފި މުޒާހަރާ އިން ހައްޔަރު ކުރި މީހުންނާއި އެކު ބުރާސްފަތި ދުވަހުގެ ރޭ އެމްޑީޕީ އިން ބޭއްވި ސުވާލާއި ޖަވާބު ސެޝަންގައި ވާހަކަދައްކަވަނީ - 23.10.2025

ރައީސް ޑރ.މުހައްމަދު މުއިއަޒު ޖައްސަވަނީ ނުބައި ހިސާބެއް ކަމަށާއި، ރައްޔިތުންގެ މަޖިލީސް މެދުވެރިކޮށް ޤާނޫނަށް ބަދަލުގެނެސްގެން އާއްމުން ތަޅު އެޅުވޭނެ ކަމަށް ހީކޮށްގެން އެ މަނިކުފާނު ޖައްސަބާ ހިސާބަކީ ރަނގަޅު ހިސާބެއް ނޫން ކަމަށް ދާންދޫ ދާއިރާގެ ކުރީގެ މެމްބަރު ޔައުގޫބް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ޔައުގޫބް އެފަދައިން ވިދާޅުވީ ލޫޓުވައިފި، ލޫޓުވައިފި މުޒާހަރާ އިން ހައްޔަރު ކުރި މީހުންނާއި އެކު ބުރާސްފަތި ދުވަހުގެ ރޭ އެމްޑީޕީ އިން ބޭއްވި ސުވާލާއި ޖަވާބު ސެޝަންގައި ވާހަކަދައްކަވަމުންނެވެ.

Advertisement - newsAdvertisement

ޤާނޫނުތަކަށް ބަދަލުކޮށްގެން އާއްމުންނަށް ލިބޭ ޚިޔާލުފާޅުކުރުމުގެ ހައްގުތައް ހަނިކުރުމުން އާއްމުން ފަހަތަށް ޖެހޭނެ ކަމަށް ރައީސް މުއިއްޒު އަށް ހީފުޅުވި ނަމަވެސް އެއީ ކުށް ހީއެއް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން ނޫސްވެރިކަމާއި މުޒާހަރާކުރުން ތަޅު އަޅުވަނީ ޤައުމު ލޫޓުވުމުން ވެސް އެކަމާއި ދެކޮޅަށް ބަސް ބުނެވޭނެ ހުރިހާ މަގެއް ބަންދުކުރަން ކަމަށް ޔައުގޫބް ވަނީ ތުހުމަތުކުރައްވާފައެވެ.

މަޖިލީސް މެދުވެރިކޮށް ނޫސްވެރިކަން ހިފަހައްޓަން މަސައްކަތްކޮށްފައިވާ ކަމަށް ޔައުގޫބް ވިދާޅުވިއެވެ. އަދި ނޫސްވެރިކަމުގެ ހައްގަށް އަރައިގަންނަން މި ސަރުކާރުން މަސައްކަތް ކުރުމުން އެކަން މުޅިން ކާމިޔާބު ނުވި ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އެހިސާބުން އަރައިގަތީ ރައްޔިތުންގެ އަސާސީ ހައްގަކަށް ކަމަށާއި، އެއީ މަގުމައްޗަށް ނުކުމެ މުޒާހަރާ ކުރުމުގެ ހައްގު ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ދާއިރާގެ ކުރީގެ މެމްބަރު ޔައުގޫބް އަބްދުﷲ، ލޫޓުވައިފި، ލޫޓުވައިފި މުޒާހަރާ އިން ހައްޔަރު ކުރި މީހުންނާއި އެކު ބުރާސްފަތި ދުވަހުގެ ރޭ އެމްޑީޕީ އިން ބޭއްވި ސުވާލާއި ޖަވާބު ސެޝަންގައި ވާހަކަދައްކަވަނީ - 23.10.2025
ދާއިރާގެ ކުރީގެ މެމްބަރު ޔައުގޫބް އަބްދުﷲ، ލޫޓުވައިފި، ލޫޓުވައިފި މުޒާހަރާ އިން ހައްޔަރު ކުރި މީހުންނާއި އެކު ބުރާސްފަތި ދުވަހުގެ ރޭ އެމްޑީޕީ އިން ބޭއްވި ސުވާލާއި ޖަވާބު ސެޝަންގައި ވާހަކަދައްކަވަނީ - 23.10.2025

"ޑރ.މުއިއްޒުގެ ވިސްނުމުގައި ހުރީ މަޖިލީސް ތެރެއިން ޚާއްސަކޮށް ޤާނޫނުއަސާސީގެ އެކި އެކި މާއްދާތައް ތަޅު އަޅުވާފައި، ދިވެހި ރައްޔިތުން ހުއްޓުވާފައި، ދިވެހި ރައްޔިތުން ގޭގައި ބަނދެފައި ބޭތިއްބޭނެ ކަމަށް." ޔައުގޫބް ވިދާޅުވިއެވެ.

ޔައުގޫބް ވިދާޅުވީ އެފަދަ ފިއްތުންތަކަށް އެމްޑީޕީ އިން ފަހަތަށް ނުޖެހޭނެކަން މީގެ ކުރީގެ ވެރިކަންތަކުގައި އާއި މި ވެރިކަމުގައި ވެސް އެމްޑީޕީން ވަނީ ސާބިތުކޮށްދީފައި ކަށެވެ. ރައީސް މުއިއްޒު ޖައްސަވަނީ ނުބައި ހިސާބެއް ކަމަށާއި ޖަލަށް ދާން ޖެހުނަސް އެމްޑީޕީ އިން ފަހަތަށް ނުޖެހޭނެ ކަމަށް ޔައުގޫބް ވިދާޅުވިއެވެ.

"އެހެންނަމަވެސް އަޅުގަނޑުމެން އެމްޑީޕީ އަކީ އެހެން ދައްކާ ބިރަކަށް ގޭގައި މަޑުން ތިބޭނެ ބައެއް ނޫންކަން މީގެ ކުރިން ވެރިކަން ކުރި މީހުންނަށް ވެސް އަދި މިހާރު ވެރިކަމުގައި ހުންނެވި ބޭފުޅާ އަށް ވެސް އެނގޭނެ ކަމެއް އެއީ." ޔައުގޫބް ވިދާޅުވިއެވެ.

ޔައުގޫބް ވިދާޅުވީ އޮކްޓޯބަރ 3ގެ މުޒާހަރާ ކާމިޔާބު ކަމަށާއި ކުރިއަށް އޮތްތަނުގައި އިދިކޮޅުގެ މުޒާހަރާތައް ދާނީ އިތުރަށް ވަރުގަދަ ވަމުން ކަމަށެވެ. އަދި ނޮވެމްބަރ 17 ވަނަ ދުވަހު ބާއްވާ އެމްޑީޕީގެ މުޒާހަރާ އަށް އާއްމުން ނުކުންނާނީ ކުރިއަށް ވުރެ ގަދަކޮށް ކަމަށް ވެސް ޔައުގޫބް ވަނީ ވިދާޅުވެފައެވެ.

ރައީސް ޑރ މުހައްމަދު މުއިއްޒުގެ ޚުދުމުހުތާރު ސަރުކާރު ޖަވާބުދާރީ ކުރުމަށް އަންނަ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު ބޮޑު މުޒާހަރާއެއް ބޭއްވުމަށް އެމްޑީޕީން ނިންމާފައި ވަނީ މި އޮކްޓޯބަރ މަހުއެވެ. އެގޮތަށް ނިންމާފައި ވަނީ 5 އޮކްޓޯބަރގައި ބޭއްވި އެމްޑީޕީ ޤައުމީ މަޖިލީހުގެ ޖަލްސާގައެވެ.

ޔައުގޫބް އަބްދުﷲއެމްޑީޕީމަޖިލީސް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

09 ޑިސެމްބަރު 2025
ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

09 ޑިސެމްބަރު 2025
އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު

އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު

09 ޑިސެމްބަރު 2025
އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ

އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ

09 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

24 ފެބުރުއަރީ
ވިޕް ލައިންއާ ޚިލާފު ނުވުމަށް ދެއްވި މެސެޖު ލީކު ކޮށްލުމުން ރައީސް މުއިއްޒު ކޯފާ ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ވިޕް ލައިންއާ ޚިލާފު ނުވުމަށް ދެއްވި މެސެޖު ލީކު ކޮށްލުމުން ރައީސް މުއިއްޒު ކޯފާ ވެއްޖެ

6 އަހަރަށްފަހު އަނަސްގެ މަރުގެ ޙުކުމް: އެއްވެސް މީހެއްގެ މައްޗަށް ކުށް ސާބިތެއް ނުވި!
20242 އަހަރު ކުރިން
ރާއްޖެ

6 އަހަރަށްފަހު އަނަސްގެ މަރުގެ ޙުކުމް: އެއްވެސް މީހެއްގެ މައްޗަށް ކުށް ސާބިތެއް ނުވި!

އެއްމާބަނޑު ދެ ވޮލީ ކުޅުންތެރިންނަށް ލޯބި ހުށަހެޅުމުން ނޭމާ ފަޅާ އަރުވާލައިފި
20233 އަހަރު ކުރިން
ކުޅިވަރު

އެއްމާބަނޑު ދެ ވޮލީ ކުޅުންތެރިންނަށް ލޯބި ހުށަހެޅުމުން ނޭމާ ފަޅާ އަރުވާލައިފި

ނޭޓޯގައި ބައިވެރިކޮށްދިނުމަށް ހުޅަނގުގައި އެދުމުން ފެނުނީ ބިރުން ބަސް ހުއްޓުނު ތަން – ޒެލެންސްކީ
20224 އަހަރު ކުރިން
ރިޕޯޓު

ނޭޓޯގައި ބައިވެރިކޮށްދިނުމަށް ހުޅަނގުގައި އެދުމުން ފެނުނީ ބިރުން ބަސް ހުއްޓުނު ތަން – ޒެލެންސްކީ

އާގުބޯޓަކުން ކަނޑަށް ވެއްޓުނު މީހަކު ސާދަގަޑިއިރު ފަހުން ސަލާމަތްކޮށްފި
20215 އަހަރު ކުރިން
ތަފާތު ޚަބަރު

އާގުބޯޓަކުން ކަނޑަށް ވެއްޓުނު މީހަކު ސާދަގަޑިއިރު ފަހުން ސަލާމަތްކޮށްފި

ބިޔަރު ފުޅިއެއްގައި އޮތް ފިނިހަކައެއްގެ ސަބަބުން ޤާއިމުވި ފަރުދީ ޒިންމާ!
20197 އަހަރު ކުރިން
ރިޕޯޓު

ބިޔަރު ފުޅިއެއްގައި އޮތް ފިނިހަކައެއްގެ ސަބަބުން ޤާއިމުވި ފަރުދީ ޒިންމާ!

ސިފައިންގެ ހަތް އޮފިސަރަކު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

ސިފައިންގެ ހަތް އޮފިސަރަކު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު