Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއޭސީސީ

އޭސީސީ ގެ މެމްބަރުން އަސާސުން ބޭރުން ކުރާ ކަންކަން ބަލައިދިނުމަށް އެދި މަޖިލީހަށް ހުށަހަޅަނީ

17 އޮކްޓޯބަރު 2025 | ހުކުރު 07:03

އުސޫލުން ބޭރުން އޭސީސީ ގެ މެމްބަރުން މިހާރު ވަރަށް ބައިވަރު ކަންތައްތަކެއް ހިންގަމުން އެބަގެންދޭ

ފަޒީލް އަބްދުލް ލަތީފް
ފަޒީލް އަބްދުލް ލަތީފް | 17 އޮކްޓޯބަރު 2025 | ހުކުރު 07:03
 އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހިމް ނާޒިލް

އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހިމް ނާޒިލް

އަސާސުން ބޭރުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެމްބަރުން މި ހިންގާ ކަންކަން ބަލައިދިނުމަށް އެދި މަޖިލީހުގެ މިނިވަން މުއައްސަސާ ކޮމިޓީ އަށް ހުށަހަޅުއްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހިމް ނާޒިލް ވިދާޅުވެއްޖެއެވެ.

ކުރީގެ ބަންޑާރު ނައިބު އަލްއުސްތާޛް އިބްރާހީމް ރިފްއަތު އޭސީސީ އަށް ހާޒިރުކުރުމާ ގުޅިގެން ރާއްޖެޓިވީ އަށް ދެއްވި ބަސްދީގަތުމެއްގަ ނާޒިލް ވިދާޅުވީ، އުސޫލުން ބޭރުން އޭސީސީ ގެ މެމްބަރުން މިހާރު ވަރަށް ބައިވަރު ކަންތައްތަކެއް ހިންގަމުން އެބަގެންދާކަމަށާއި، މިކަން ހުއްޓުވުމަށް މަޖްލިސް ތެރެއިން ކުރެވެންހުރި ހުރިހާ ކަމެއް ކުރައްވާނޭ ކަމުގައެވެ.

Advertisement - newsAdvertisement
އެސީސީގެ މެމްބަރުން އަސާސުން ބޭރުން މިހިންގާ ކަންކަން ބަލައިދިނުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާ ކޮމިޓީ އަށް ހުށަހަޅާނަން. މިކަމުގަ މަޖްލިސް ތެރެއިން ކުރެވެން ހުރި ހުރިހާކަމެއް ކުރާނަން. އެބޭފުޅުންގެ އިތުބާރާ ދޭތެރޭ އާއްމު ދިވެހި ރައްޔިތު މީހާއަށް ސުވާލު އުފެދޭ މިންވަރަށް މިހާރު އެކަންތައްތައް ކުރިޔަށް އެދަނީ. ސަރުކާރުގެ ސުޕަރ މެޖޯރިޓީ މަޖިލީހެއް އޮތަސް ކުރެވެން އޮންނާނެ ކިތަންމެ ކަމެއްވެސް. އެކަންތައްތައް ޔަގީން ކަށަވަރުކޮށް އަޅުގަނޑުމެން ކުރާނަން. ދިވެހި ރައްޔިތުންނަށް އެކަމުގެ ފުރިހަމަ ޔަގީންކަން އަރުވަން.
އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހިމް ނާޒިލް

މަޖިލީހުގައި ރައީސް މުއިއްޒުގެ ސުޕަރމެޖޯރިޓީ އޮތަސް އެމްޑީޕީ އިން މިކަމުގައި ކުރެވެން އޮތް ހުރިހާކަމެއް ކުރާނެ ކަމުގެ ޔަގީންކަން ނާޒިލް ވަނީ ދިވެހި ރައްޔިތުންނަށް އަރުވާފައެވެ.

ކުރީގެ ބަންޑާރު ނައިބު ރިފްއަތު، އޭސީސީ އަށް ހާޒިރު ކޮށްފައި ވަނީ އޭނާގެ މައްޗަށް ކުރާ ތުހުމަތެއް ވެސް ނެތި ކަމަށާއި އެއީ ޖިނާއީ ކުށެއް ކަމަށް ރިފްއަތުގެ ޤާނޫނީ ވަކީލް ނޫރުއްސަލާމް އަބޫބަކުރު ވެސް ވަނީ ވިދާޅުވެފައެވެ. އަދި ރިފްއަތު އޭސީސީ އަށް ހާޒިރުކުރާނެ ސަބަބުވެރި އެއްވެސް ކަމެއް އޭސީސީ އަށް ދެއްކިފައި ނުވުމާއި އެކު ރިފްއަތު އޭސީސީ އަށް ހާޒިރު ކުރީ ރަނގަޅަށް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ރިފްއަތު ހާޒިރުކުރުމަށް ފަހު ރިފްއަތާ ދެކޮޅަށް އޭސީސީ އިން ދެއްކި ބައެއް ލިޔުންތައް ހޯދަން އެދުމުން އެ ލިޔުންތައްވެސް ފޯރުކޮށްދީފައި ނުވާ ކަމަށާއި، އެއީ ވެސް ޖިނާއީ އިޖުރާތުގެ ގާނޫނުން ރިފްއަތު އަށް ލިބެންޖެހޭ ހައްގެއް ނިގުޅައިގަތުން ކަމަށް ވަކީލް ވަނީ ފާހަގަކުރައްވާފައެވެ.

އިދިކޮޅު ޕާޓީގެ ދައުރަށް ހުރަސް އަޅަން ރައީސް މުއިއްޒުގެ ސަރުކާރުން ރާވައިގެން އެމްޑީޕީގެ އިސްވެރިން އަދި އެމްޑީޕީ ސަރުކާރުގެ ވަޒީރުން އޭސީސީއަށް ހާޒިރު ކުރާ ކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ ރައީސް މުއިއްޒަށް ފާޑު ކިޔަމުންނެވެ. ޚާއްސަކޮށް މިއީ ސަރުކާރާ ދެކޮޅަށް އެމްޑީޕީ އިން ކުރިއަށް ގެންދާ ހަރަކާތްތައް ފަހަތަށް ޖައްސައި، އެމްޑީޕީގެ އިސްވެރިން އަދި މެމްބަރުންނަށް ބިރު ދެއްކުމުގެ އަމަލެއް ކަމަށް ވެސް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

އެމްޑީޕީ އިން އިސްވެ އޮކްޓޯބަރު 3 ވަނަ ދުވަހުގެރޭ ކުރި މުޒާހަރާގެ ފަހުން ސަރުކާރުން އަންނަނީ ވަކި ފަރާތްތަކަކަށް އަމާޒުކޮސް ސިޔާސީ ތަހުގީގު ތަކެއް ހިންގަމުންނެވެ. އަދި މުޒާހަރާގެ ތެރެއިން ހައްޔަރު ކުރި 6 މީހަކު ވަނީ އެއްވެސް ހައްގަކާ ނުލާ މިހާރުވެސް ދޫނިދޫ ޖަލުގަ ބަންދުކޮށްފައެވެ. އަނެއްކާވެސް ނޮވެމްބަރު 17 ވަނަ ދުވަހު އެމްޑީޕީ އިން ބޮޑު އެއްވުމެއް ބޭއްވުމަށް ތައްޔާރުވަމުން އަންނައިރު، ސަރުކާރުން ދަނީ ކެނޑިނޭޅި މިއެއްވުމަށް ހުރަސް އެޅުމުގެ ގޮތުން އެތައްކަމެއް ކުރަމުންނެވެ.

އޭސީސީއިބްރާހިމް ނާޒިލްއިބްރާހިމް ރިފްއަތުމިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީމަޖިލީސްއެމްޑީޕީ

އެންމެ ހިނގާ

1

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

2

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

5

އެމެރިކާގެ އުދުވާނުތަކާ ދެކޮޅަށް ހުރިހާ ވަސީލަތެއް ބޭނުންކުރާނަން: އީރާން

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ
09 ޑިސެމްބަރު 2025

ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

09 ޑިސެމްބަރު 2025
ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް
09 ޑިސެމްބަރު 2025

ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

09 ޑިސެމްބަރު 2025
ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް
09 ޑިސެމްބަރު 2025

އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު

09 ޑިސެމްބަރު 2025
އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު
09 ޑިސެމްބަރު 2025

އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ

09 ޑިސެމްބަރު 2025
އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ
08 ޑިސެމްބަރު 2025

އެމްޑީޕީ ގެ ވަގުތީ ޗެއަރޕާސަން އަކަށް ހޮވުނު ޣަފޫރަށް ރައީސް ޞާލިހް މަރުހަބާ ދަންނަވައިފި

08 ޑިސެމްބަރު 2025
އެމްޑީޕީ ގެ ވަގުތީ ޗެއަރޕާސަން އަކަށް ހޮވުނު ޣަފޫރަށް ރައީސް ޞާލިހް މަރުހަބާ ދަންނަވައިފި
08 ޑިސެމްބަރު 2025

އަޅުގަނޑަކީ އެއްވެސް މީހެއްގެ ނުފޫޒަށް ތަބާވެގެން ކަންކަން ކުރާނެ މީހެއް ނޫން: ވަގުތީ ޗެއަރޕަރސަން ޣަފޫރު

08 ޑިސެމްބަރު 2025
އަޅުގަނޑަކީ އެއްވެސް މީހެއްގެ ނުފޫޒަށް ތަބާވެގެން ކަންކަން ކުރާނެ މީހެއް ނޫން: ވަގުތީ ޗެއަރޕަރސަން ޣަފޫރު
08 ޑިސެމްބަރު 2025

އެމްޑީޕީގެ ވަގުތީ ޗެއަރޕަރސަނަކަށް މެންބަރު ޣަފޫރު

08 ޑިސެމްބަރު 2025
އެމްޑީޕީގެ ވަގުތީ ޗެއަރޕަރސަނަކަށް މެންބަރު ޣަފޫރު
01 ޑިސެމްބަރު 2025

ފަނޑިޔާރު ގޭގައި ޖާގަ ނެތިގެން ރައްޔިތުންނަށް އިންސާފު ނުލިބުމަކީ ހުއްޖަތެއް ނޫން: މައުރޫފް

01 ޑިސެމްބަރު 2025
ފަނޑިޔާރު ގޭގައި ޖާގަ ނެތިގެން ރައްޔިތުންނަށް އިންސާފު ނުލިބުމަކީ ހުއްޖަތެއް ނޫން: މައުރޫފް
27 ނޮވެމްބަރު 2025

އެހެނިހެން ޤާނޫނާއި ޚިލާފުވެގެން، ލައިސަންސް ބާތިލްކުރުމަކީ ކަންބޮޑުވުމެއް : ނާޒިލް

27 ނޮވެމްބަރު 2025
އެހެނިހެން ޤާނޫނާއި ޚިލާފުވެގެން، ލައިސަންސް ބާތިލްކުރުމަކީ ކަންބޮޑުވުމެއް : ނާޒިލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް