Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މަޖިލީސް

މެންބަރުން ހަމަ ނުވެގެން މީޑިއާ ކޮންޓްރޯލް ކުރާ ކޮމިޝަނަށް މެންބަރުން އައްޔަނުކުރުމާއި ގުޅޭ ވޯޓަށް ނޭހި

ކޮމިޓީން 3 ނަން ފާސްކުރި އިރު ކުރީގެ ބްރޯޑްކޮމްގެ ދެ މެންބަރުން ހިމެނޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 20 އޮކްޓޯބަރު 2025 | ހޯމަ 12:43
ރައްޔިތުންގެ މަޖިލީހުގެ ހޯމަ ދުވަހުގެ ޖަލްސާގެ ތެރެއިން، ޖަލްސާއަށް ހާޒިރުވީ 28 މެންބަރުން

ރައްޔިތުންގެ މަޖިލީހުގެ ހޯމަ ދުވަހުގެ ޖަލްސާގެ ތެރެއިން، ޖަލްސާއަށް ހާޒިރުވީ 28 މެންބަރުން

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ހަމަނުވެގެން މީޑިއާ ކޮންޓްރޯލް ކުރާ ކޮމިޝަނަށް މެންބަރުން އައްޔަނުކުރުމާ ގުޅޭ ވޯޓަށް ނާހައި މަޖިލިސް ނިންމާލައިފިއެވެ.

ހޯމަ ދުވަހުވެ ޖަލްސާގައި އެޖެންޑާ ކޮށްފައި އޮތީ މިނިވަން މުއައްސަސާތަކާއި ގުޅޭ ކޮމީޓީން ދިރާސާކޮށް ނިންމި ރިޕޯޓަށް ބަހުސްކޮށް އެއަށް ވޯޓަށް އެހުމެވެ. މަޖިލީހުގެ ރިޔާސަތުގައި އިންނެވި ދިއްގަރު ދާއިރާގެ މެންބަރު އަދި މަޖިލީހުގެ ނައިބު ރައީސް ނާޒިމް ވިދާޅުވީ މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ ގާނޫނުގެ ދަށުން މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނަށް 3 މެންބަރުން ރައްޔިތުންގެ މަޖިލިހުން ކަނޑައެޅުމަށްޓަކައި ފޮނުވާފައިވާ، މިނިވަން މުއައްސަސާތަކުގެ ކޮމިޓީ އިން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓުގެ މައްސަލަ ކުރިއަށް ގެންދެވެން ނެތް ކަމަށެވެ.

ސަބަބެއްގެ ގޮތުގައި ނާޒިމް ވިދާޅުވީ އެ މަސައްކަތަކީ ގާނޫނެއްގެ ދަށުން ކުރާ މަސައްކަތެއް ކަމަށާއި، އެ ގާނޫނުގެ 19 ވަނަ މާއްދާގައި ބުނަނީ ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަޣުލަބިއްޔަތުން ފާސްކުރާ ފަރާތްތަކެއް ކަމަށް ކޮމިޝަނުގެ މެންބަރުން ވާންޖެހޭނެ ކަމަށެވެ. އެހެންކަމުން ވޯޓަށް އަހާއިރު 47 މެންބަރުން ހާޒިރުވެ ޖަލްސާގައި ތިބެންޖެހޭ ކަމަށެވެ.

ރައީސް މުއިއްޒުގެ ޕާޓީ ޕީއެންސީ ގެ ސުޕަރ މެޖޯރިޓީ އޮންނަ 20 ވަނަ މަޖިލީހުގެ ހޯމަ ދުވަހުގެ ޖަލްސާގެ ހާޒިރީ އަށް ބަލާއިރު 17 މެންބަރުން ރަސްމީ ދަތުރުގައި ތިބި އިރު 2 މެންބަރަކު ހުރީ ސަލާމުގައެވެ. ހޯމަ ދުވަހުގެ ޖަލްސާ ފެށި އިރު 58 މެންބަރުން ތިއްބެވި އެވެ. އެހެން ނަމަވެސް ވޯޓު ގަޑިއާ ހަމަ އަށް ދިޔަ އިރު އެ މެމްބަރުންނަށް ވީގޮތެއް ސާފުވެފައެއް ނުވެއެވެ. ގާނޫނަށް ބަލާއިރު ވޯޓަށް އެހޭނެ ފުރުސަތެއް ނެތް ކަމަށާއި، އެހެންކަމުން ވޯޓަށް ނާހާނެ ކަމަށް ރިޔާސަތުން އިއުލާނު ކުރެއްވިއެވެ.

މި މައްސަލަ އަންގާެރަ ދުވަހުގައި އޮންނަ މަޖިލީހުގެ ޖަލްސާއަށް މިހާރު ވަނީ އެޖެންޑާކޮށްފައެވެ. ނާޒިމް ވަނީ ޖަލްސާ ނިންމާލުމުގެ ކުރިން މި ކަންކަމަށް ވޯޓަށް އެހޭނެ ގޮތަކަށް ހާޒިރީ ރަނގަޅު ކޮށްދިނުމަށް ޕީޖީ ލީޑަރުންގެ އަރިހުން އެދިވަޑައިގެންފައެވެ.

މީޑިއާ ކޮންޓްރޯލް ކުރާ ކޮމިޝަނަށް 10 ފަރާތެއް ކުރިމަތިލިއެވެ. އަދި އެ ފަރާތްތަކާއި އިންޓަރވިއު ކުރުމަށް ފަހު ކޮމިޓީ އިން އާދީއްތަ ދުވަހު ވަނީ 3 ނަމެއް ފާސްކޮށްފައެވެ. އެއީ މީޑިއާ ބިލާ ދެކޮޅަށް މަޖިލީހުގެ ކޮމިޓީގައި ފާޅުކަން ބޮޑުގޮތެއްގައި ފާޑުވިދާޅުވި ކުރީގެ ބްރޯޑްކޮމްގެ ރައީސް ސަފާ ޝަފީގުގެ އިތުރުން ކުރީގެ މެންބަރުން އައިމިނަތު ސަރާހަތު އިއްޒަތު އަދި މީޑިއާ ކައުންސިލްގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ފަރުސަތުއެވެ.

މީޑިއާ ކޮންޓްރޯލް ކުރާ ގާނޫނުގައި ބުނާ ގޮތުން ބްރޯޑްކާސްޓަރުން ތަމްސީލު ކުރާ 2 މެންބަރަކާއި، އެހެނިހެން މީޑިއާ ތަމްސީލު ކުރާ 2 މެންބަރެއްގެ އިތުރުން މަޖިލީހުން އައްޔަންކުރާ 3 މެންބަރަކު ތިބެންޖެހެއެވެ. ނަމަވެސް މީޑިއާތަކާއި މަޝްވަރާ ކުރުމެއް ނެތި ފާސްކުރި މި ގާނޫނުގެ ދަށުން އުފައްދާ ކޮމިޝަނަށް ކުރިމަތިލާން ހުޅުވާލުމުން އެކަށީގެންވާ ތަރުހީބެއް ނުލިބި ވޯޓަކާއި ނުލާއި 4 މެންބަރުން ވަނީ ހޮވިފައެވެ.

މަޖިލީސްމީޑިއާ ބްރޯޑްކާސްޓިންގ ކޮމިޝަން

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ފަނޑިޔާރު ގޭގައި ޖާގަ ނެތިގެން ރައްޔިތުންނަށް އިންސާފު ނުލިބުމަކީ ހުއްޖަތެއް ނޫން: މައުރޫފް

ފަނޑިޔާރު ގޭގައި ޖާގަ ނެތިގެން ރައްޔިތުންނަށް އިންސާފު ނުލިބުމަކީ ހުއްޖަތެއް ނޫން: މައުރޫފް

01 ޑިސެމްބަރު 2025
މާލީ ޒިންމާގެ ޗާޓަރު އެކުލަވާލަން ޖެހޭ މުއްދަތު ހަމަވާން ކުޑަތަން ވެފައި ވަނިކޮށް، އެ ޗާޓަރު އެކުލަވާލުން ދެ އަހަރަށް ލަސް ކުރަނީ

މާލީ ޒިންމާގެ ޗާޓަރު އެކުލަވާލަން ޖެހޭ މުއްދަތު ހަމަވާން ކުޑަތަން ވެފައި ވަނިކޮށް، އެ ޗާޓަރު އެކުލަވާލުން ދެ އަހަރަށް ލަސް ކުރަނީ

27 ނޮވެމްބަރު 2025
64.2 ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓް ކޮމިޓީ އިން ފާސްކޮށްފި

64.2 ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓް ކޮމިޓީ އިން ފާސްކޮށްފި

19 ނޮވެމްބަރު 2025
މޮޅު ގޮތަކަށް އެ ޖެހީ، ޖެހުނު ގޮތަކުން ގޯލެއް އެވަނީ.....އެކަމަކު ބައިކޮޅަށް!

މޮޅު ގޮތަކަށް އެ ޖެހީ، ޖެހުނު ގޮތަކުން ގޯލެއް އެވަނީ.....އެކަމަކު ބައިކޮޅަށް!

29 އޮކްޓޯބަރު 2025
މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

16 މާރިޗު
ގްރިލްޑް ޕައިނެޕަލް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ގްރިލްޑް ޕައިނެޕަލް

ހަ މަހުގެ ތުއްތު ކުއްޖާ ގޮވައިގެން އައިޖީއެމްއެޗްގައި 8 ގަޑިއިރު، ޑޮކްޓަރަކާއި ދިމަލެއް ނުވި
20242 އަހަރު ކުރިން
ރިޕޯޓު

ހަ މަހުގެ ތުއްތު ކުއްޖާ ގޮވައިގެން އައިޖީއެމްއެޗްގައި 8 ގަޑިއިރު، ޑޮކްޓަރަކާއި ދިމަލެއް ނުވި

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮނުގަސް އިންދާ އާލާކުރަނީ
20233 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮނުގަސް އިންދާ އާލާކުރަނީ

12 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: ހައްޔަރުކުރި 3 މީހުން ތެރެއިން 2 މީހުން ވަރަށް ނުރައްކާތެރި
20224 އަހަރު ކުރިން
ރާއްޖެ

12 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: ހައްޔަރުކުރި 3 މީހުން ތެރެއިން 2 މީހުން ވަރަށް ނުރައްކާތެރި

އެނަމާ ބޯޓުގެ ކާރިސާ: ކޯސްޓްގާޑުގެ ޑައިވަރުން ގޮވައިގެން އައި ފްލައިޓް ކާނޑެއްދޫއަށް ޖެއްސުނީ ސައްދާމުގެ ހިތްވަރުން!
20215 އަހަރު ކުރިން
ރިޕޯޓު

އެނަމާ ބޯޓުގެ ކާރިސާ: ކޯސްޓްގާޑުގެ ޑައިވަރުން ގޮވައިގެން އައި ފްލައިޓް ކާނޑެއްދޫއަށް ޖެއްސުނީ ސައްދާމުގެ ހިތްވަރުން!

ޕާޓީގެ އެދުމުގެ މަތިން، މަހިބަދޫ އެމްޑީޕީ ކެންޑިޑޭޓް ނަން އަނބުރާ ނަންގަވައިފި
20197 އަހަރު ކުރިން
ރާއްޖެ

ޕާޓީގެ އެދުމުގެ މަތިން، މަހިބަދޫ އެމްޑީޕީ ކެންޑިޑޭޓް ނަން އަނބުރާ ނަންގަވައިފި

ސަރުކާރަށް ކޮޅު ބެދުމުގެ ފެހި ސިގްނަލް
20188 އަހަރު ކުރިން
ރިޕޯޓު

ސަރުކާރަށް ކޮޅު ބެދުމުގެ ފެހި ސިގްނަލް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު