Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އިނގިރޭސިވިލާތް

ލޯކަލް އިންތިޚާބުގައި ބަލިވެއްޖެ ނަމަ، ސްޓާމާގެ ވެރިކަން ނިމުމަކަށް އަންނާނެ ކަމަށް މެމްބަރުން ބުނަން ފަށައިފި

އެކަމާ ގުޅިގެން ވެސްޓްމިންސްޓާގައި ކަންބޮޑުވުން ފާޅު ކުރަމުން ދަނީ ވޭލްސްގައި ލޭބާ ޕާޓީ ތިން ވަނަ އަށް ވެއްޓުމުގެ ބިރު އޮތް ކަމަށާއި، އެ ފަދަ ޙާލަތެއްގައި ޕާޓީގެ ލީޑަރުގެ މަޤާމު ސްޓާމާ އަށް ސަލާމަތް ކުރެވޭނެ ގޮތެއް ނޯންނާނެ ކަމަށް ބުނެ އެވެ.

ލޭބަރ ޕާޓީގެ ބާރު އޮތް ކެއަރފިލީގައި ޕާޓީއަށް ލިބުނީ އެންމެ 11 އިންސައްތަ ވޯޓު

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 26 އޮކްޓޯބަރު 2025 | އާދީއްތަ 05:12
އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ކިއާ ސްޓާމާ

އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ކިއާ ސްޓާމާ

ވޭލްސްގައި އާންމުކޮށް ލޭބާ ޕާޓީ އަށް ތާއީދު ލިބޭ ސަރަހައްދެއް ކަމަށްވާ، ކެއާފިލީގައި އެ ޕާޓީ އަށް ލިބުނު ހިތްދަތި ބައްޔާ ގުޅިގެން، އަންނަ އަހަރުގެ މެއި މަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް އިންތިޚާބުގައި ބަލިވެއްޖެ ނަމަ، ބޮޑު ވަޒީރު ކިއާ ސްޓާމާގެ ވެރިކަން ނިމުމަކަށް އަންނާނެ ކަމަށް މެމްބަރުން ބުނަން ފަށައިފި އެވެ.

ޕްލައިޑް ސިމްރޫ ޕާޓީ އިން ވަނީ، ރިފޯމް ޔޫކޭއާ ވާދަކޮށް ސެނެޑް ގޮނޑި ކާމިޔާބު ކޮށްފަ އެވެ. ނަމަވެސް، މި ނަތީޖާ އިން ދައްކުވައި ދެނީ މިހާރު ވެރިކަން ކުރަމުން އަންނަ ލޭބާ ޕާޓީގެ ވޯޓުތައް އެއްކޮށްހެން ގެއްލިގެންދާ މަންޒަރު ކަމަށް މާހިރުން ވަނީ ފާހަގަ ކޮށްފަ އެވެ.

އެކަމާ ގުޅިގެން ވެސްޓްމިންސްޓާގައި ކަންބޮޑުވުން ފާޅު ކުރަމުން ދަނީ ވޭލްސްގައި ލޭބާ ޕާޓީ ތިން ވަނަ އަށް ވެއްޓުމުގެ ބިރު އޮތް ކަމަށާއި، އެ ފަދަ ޙާލަތެއްގައި ޕާޓީގެ ލީޑަރުގެ މަޤާމު ސްޓާމާ އަށް ސަލާމަތް ކުރެވޭނެ ގޮތެއް ނޯންނާނެ ކަމަށް ބުނެ އެވެ.

ގަރުނެއްގެ މުއްދަތަކަށް ވުރެ ދިގު މުއްދަތެއްގައި ލޭބާ ޕާޓީގެ ބާރުގެ ދަށުގައި އޮތް، އަދި މިހާރު ވެސް އެ ޕާޓީގެ މެމްބަތެއް ތަމްސީލު ކުރާ މި ސަރަހައްދުގައި އެ ޕާޓީ އަށް ލިބުނީ އެންމެ 11 އިންސައްތަ ވޯޓެވެ. މިއީ 27 އިންސައްތައިގެ ނެގެޓިވް ނަތީޖާ އެކެވެ. މި ނަތީޖާ އިން ދައްކުވައި ދެނީ އެހެން ޕްރޮގްރެސިވް ޕާޓީ ތަކާއި، ރީފޯމް ޔޫކޭއާ ވާދަކޮށް ލޭބާ ޕާޓީ ވަރަށް ބޮަޑަށް ދަށްވެފައިވާ މިންވަރެވެ.

އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ލޭބާ ޕާޓީގެ އިސް ފަރާތެއް ބުނެފައި ވަނީ، ސަރުކާރުގައި އޮންނަ ޕާޓީ އަށް ބައި އިލެކްޝަންތައް ކާމިޔާބު ކުރުމުގައި ދަތި ތަކެއް ދިމާވާކަން އަބަދު ވެސް އިނގޭ ކަމަށެވެ. އެހެން ނަމަވެސް، މިފަހަރުގެ ނަތީޖާ ދަށްވި މިންވަރަށް ދަށްވެގެން ދިޔަ އިރު، އެކަމުގެ ޒިންމާ ނަގަން ޖެހޭ ފަރާތެއް ހުންނާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.

އަންނަ އަހަރުގެ މެއި މަހު އޮންނަ އިންތިޚާބުގައި އިނގިރޭސިވިލާތުގެ 1600 އަށް ވުރެ ގިނަ ކައުންސިލް ގޮނޑި އާއި، ވޭލްސް އަދި ސްކޮޓްލެންޑުގެ ޕާލިމެންޓު ތަކަށް މެމްބަރުން އިންތިޚާބު ކުރުމަށް ވޯޓު ލެވޭނެ އެވެ. މި އިންތިޚާބަކީ ބޮޑު ވަޒީރު ސްޓާމާ އަށް ވަރަށް މުހިންމު އިންތިޚާބަކަށް ވާނެ ކަމަށް ބެލެވޭ އިންތިޚާބެކެވެ.

މަސްދަރު: ދި ގާޑިއަން

ލޭބާ ޕާޓީ - ޔޫކޭކިއަ ސްޓާމާކެއަރފިލީވޭލްސްއިނގިރޭސިވިލާތް

ކޮމެންޓް

އިތުރަށް ކިޔާލަން

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
އިސްތިއުފާ ދެއްވި ރޭނާ އެނބުރި ކެބިނެޓަށް އަންނާނެ ކަމަށް ބޮޑު ވަޒީރު ސްޓާމާ ވިދާޅުވެއްޖެ

އިސްތިއުފާ ދެއްވި ރޭނާ އެނބުރި ކެބިނެޓަށް އަންނާނެ ކަމަށް ބޮޑު ވަޒީރު ސްޓާމާ ވިދާޅުވެއްޖެ

10 ޑިސެމްބަރު 2025
ހޯމަ ދުވަހު މެކްރޮން އާއި، ޒެލެންސްކީ، ސްޓާމާ އަދި މާޒް ލަންޑަންގައި ބައްދަލު ކުރައްވަނީ

ހޯމަ ދުވަހު މެކްރޮން އާއި، ޒެލެންސްކީ، ސްޓާމާ އަދި މާޒް ލަންޑަންގައި ބައްދަލު ކުރައްވަނީ

07 ޑިސެމްބަރު 2025
އިނގިރޭސީ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރު ޓިއުލިޕް އަށް ބަންގްލަދޭޝްގެ ކޯޓަކުން ޖަލު ޙުކުމެއް އިއްވައިފި

އިނގިރޭސީ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރު ޓިއުލިޕް އަށް ބަންގްލަދޭޝްގެ ކޯޓަކުން ޖަލު ޙުކުމެއް އިއްވައިފި

03 ޑިސެމްބަރު 2025
އާންމުންނަށް ދޮގު ހެދި ކަމުގެ ތުހުމަތު ރީވްސް އަށް، ބަޖެޓާ ގުޅޭ ގޮތުން ބޮޑު ވަޒީރު ސްޓާމާ ހޯމަ ދުވަހު ވާހަކަ ދައްކަވަނީ

އާންމުންނަށް ދޮގު ހެދި ކަމުގެ ތުހުމަތު ރީވްސް އަށް، ބަޖެޓާ ގުޅޭ ގޮތުން ބޮޑު ވަޒީރު ސްޓާމާ ހޯމަ ދުވަހު ވާހަކަ ދައްކަވަނީ

30 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

29 މެއި
ކަމަދޫ އީދު އުފާ 1446 ގެ ރަސްމީ ލަވަ ރިލީސްކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ކަމަދޫ އީދު އުފާ 1446 ގެ ރަސްމީ ލަވަ ރިލީސްކޮށްފި

ހާފިޒް: ޓައީ ޑިޒައިން ކުރެއްވުމުގެ މާހިރެއް، ވެލެންސިއާ އާއި ބާސްކެޓްގެ ލެޖެންޑެއް
20242 އަހަރު ކުރިން
މީހުން

ހާފިޒް: ޓައީ ޑިޒައިން ކުރެއްވުމުގެ މާހިރެއް، ވެލެންސިއާ އާއި ބާސްކެޓްގެ ލެޖެންޑެއް

ޗުއްޓީއަށް ވެސް ދަރައި ވިކިގެން!
20233 އަހަރު ކުރިން
ރިޕޯޓު

ޗުއްޓީއަށް ވެސް ދަރައި ވިކިގެން!

ފުލުހުންގެ ތާރީޚުގައި ވަރަށް ގިނަ ކަންކަން ފުރަތަމަ ކުރެއްވި އަންހެން ފުލުސް
20224 އަހަރު ކުރިން
މީހުން

ފުލުހުންގެ ތާރީޚުގައި ވަރަށް ގިނަ ކަންކަން ފުރަތަމަ ކުރެއްވި އަންހެން ފުލުސް

ލައްކައެއްހާ ރުފިޔާއަށް އެދުމުންވެސް ރައީސް ޔާމީން ނުދެއްވި - ޑރ ޝައިނީ
20215 އަހަރު ކުރިން
ރާއްޖެ

ލައްކައެއްހާ ރުފިޔާއަށް އެދުމުންވެސް ރައީސް ޔާމީން ނުދެއްވި - ޑރ ޝައިނީ

ރައުދާގެ މަރުގެ ފައިނަލް ރިޕޯރޓް: އަހަރެން މަރާލީ ކަލޭ!
20197 އަހަރު ކުރިން
ރިޕޯޓު

ރައުދާގެ މަރުގެ ފައިނަލް ރިޕޯރޓް: އަހަރެން މަރާލީ ކަލޭ!

އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު ކުނިއުކުމުގެ މަސައްކަތަށް!
20188 އަހަރު ކުރިން
ރިޕޯޓު

އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު ކުނިއުކުމުގެ މަސައްކަތަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު