Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޅ.ހިންނަވަރު

ހިންނަވަރުގައި އާރްޑީސީއަށް މުވައްޒަފުން އިތުރު ކުރުން ނޫން ކަމެއް ނެތް، ތަރައްގީ ހުއްޓިފައި

ކުރީގެ ސަރުކާރުގައި ގިނަ މަޝްރޫއު ތަކެއް ކުރިއަށް ގެންދިޔަ ނަމަވެސް މިހާރު ގިނަ މަޝްރޫއުތައް އެއްކޮށް ވަނީ ހުއްޓިފައި

އަމްނާ އިމާދު
އަމްނާ އިމާދު | 25 އޮކްޓޯބަރު 2025 | ހޮނިހިރު 07:09
ޅ. ހިންނަވަރު

ޅ. ހިންނަވަރު

ރައީސް ޑރ.މުހައްމަދު މުއިއްޒު އެދިވަޑައިގެންނެވި ގޮތަށް ރައްޔިތުން މަޖިލީހުގެ މެޖޯރިޓީ މި ސަރުކާރަށް ދިން ނަމަވެސް ޅ.ހިންނަވަރުގެ ތަރައްގީ ގައި މާ ބޮޑު ކުލައެއް ޖެހިފައިނުވާ ކަމަށާއި، މިހާރު އުންމީދެއް ނެތް ކަމަށް އެމްޑީޕީ ގައުމީ މަޖިލީހުގެ ހިންނަވަރު ދާއިރާގެ ނައިބު ރައީސް އިބްރާހިމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ރާއްޓީވީގެ ވައުދުނާމާ ޕްރޮގްރާމްގައި އެމްޑީޕީ ގައުމީ މަޖިލީހުގެ ހިންނަވަރު ދާއިރާގެ ނައިބު ރައީސް އިބްރާހިމް ވިދާޅުވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގައި ގިނަ މަޝްރޫއުތަކެއް ހިންނަވަރުގައި ކުރިއަށް ގެންދިޔަ ކަމަށާއި، ނަމަވެސް މިހާރު ގިނަ މަޝްރޫއުތައް އެއްކޮށް ހުއްޓިފައިވާ ކަމަށެވެ.

ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫއަށް އިޝާރާތް ކުރައްވައި އިބްރާހިމް ވިދާޅުވީ އެ މަސައްކަތް ވެސް ކުރިއަށް ގެންދިއުމަށް ފަހު މަޝްރޫއު ނުނިމުނު ނަމަވެސް މަސައްކަތް ހުއްޓުވާފައިވާ ކަމަށެވެ. އަދި އެމްޓީސީސީގެ ފަރާތުން މަސައްކަތަށް ގޮސް އުޅުނު ހުރިހާ އެންމެން އެރަށުން ވެސް ފައިބާފައިވާ ކަމަށާއި، މަސައްކަތު ސައިޓު ރޫޅާލާފައިވާ ކަމަށެވެ.

އެމްޑީޕީ ގައުމީ މަޖިލީހުގެ ހިންނަވަރު ދާއިރާގެ ނައިބު ރައީސް އިބްރާހިމް އަބްދުﷲ

އެމްޑީޕީ ގައުމީ މަޖިލީހުގެ ހިންނަވަރު ދާއިރާގެ ނައިބު ރައީސް އިބްރާހިމް އަބްދުﷲ

އެންމެ ބޮޑެތި ބޯޓު ފަހަރު ކައިރި ކުރެވޭ ގޮތަށް ޓީ ޖެޓީއެއް ގޮތަށް ހައްދަވާފައި އެވަނީ. އަދި އޭގެ އިތުރުން ރަށުގެ އުރުތުގައި އޮތް ބަނދަރަނީ އެންމެ މުސްކުޅި ބަނދަރު. އެ ބަނދަރު އެއްކޮށް ހަލާކުވެގެން އަލުން ބަލުން ސަރުކާރުން އެވަނީ ބަނދަރު ހަދާފައި. ފާލަމާއި، އަރިމަތީ ފާލަމާއި، އަދި ބޭރު ތޮށިވެސް އަލުން ޖަހާ އުސްކޮށްފައި އަދި ޕޭމަންޓު ވެސް އަޅާދީފައި. އަދި ދެކުނުން އޮތް ބަނދަރުވެސް ހަލާކުވެފައި އޮތްބާ އެއްކޮށްހެން ހަދާ ނިންމާ ފުންކޮށްފައި ނުނިމި މިހާރު މިއިނީ ބޭރު ތޮށި އައުކޮށްލުން. އެތަން ކޮޅެއް ތެރިވެފައި. ދެން ފާލަން ހަދަން ފަށާފައި. އޭގެވެސް 90 ޕަސެންޓް ނިމިފައި. އެމަސައްކަތް އެއްކޮށް ހުއްޓާލާފައި އެމްޓީސީސީގެ އެންމެން ބޭލީ.
އެމްޑީޕީ ގައުމީ މަޖިލީހުގެ ހިންނަވަރު ދާއިރާގެ ނައިބު ރައީސް އިބްރާހިމް އަބްދުﷲ

މަގު ހެދުމުގެ މަޝްރޫއާ ގުޅޭ ގޮތުން އިބްރާހިމް ވިދާޅުވީ މަގު ހެދުން ފިޔަވައި ހުރިހާ މަސައްކަތެއް ހަވާލުކުރީ އާރްޑީސީގެ މުވައްޒަފުން ކަމަށެވެ.

އެގޮތުން އާރްޑީސީއަށް މުވައްޒަފުން އިތުރު ކުރާ ކަމަށާއި، މިހާރު ވެސް ކޮންމެ މަސައްކަތު މީހަކަށް 3 ސުޕަވައިޒަރުން އަދި ކޮންމެ ސުޕަވައިޒަރަކަށް 5 މެނޭޖަރުން އެބަތިބި ކަމަށް އިބްރާހިމް ވިދާޅުވިއެވެ. އަދި ކުރަނީ ކޮންކަމެއް ނޭނގޭ ކަމަށާއި، މަސައްކަތް ކުރިއަށް ނުދާ ކަމަށް އޭނާ ވިދާޅުވިއެވެ.

އާރްޑީސީއާ ހަވާލު ކުރެވިގެން ބޮޑެތި ހުރިހާ މަގެއްގައި ތާރު އެޅުމުގެ މަސައްކަތް ފަށާފައި ވަނީ. މިވަގުތު ވެރިކަން ބަދަލުވިއިރު ބޮޑެތި މަގުތަކުގެ ޕޭމަންޓުތައް ނިންމާފައި ވަނީ. ތާރު އަޅަން ތައްޔާރުވާ ހިސާބުގައި ހުރީ. އެކަމަކު މިއަދު އެމަސައްކަތް މިއަދު ވަނީ ހުއްޓީފައި. އާރްޑީސީ އެބައޮތް އެތާގައި. މީހުން އެބައޮތް ފުރާ ބޯކޮށް އެބައޮތް. އެކަމަކު މަގު ހެދުން ފިޔަވައި ހުރިހާ މަސައްކަތެއް އެމީހުން ކުރޭ. މަގެއް ނުހަދައި. އެހެން ހުރިހާ މަސައްކަތެއް ކުރޭ. އެއްކޮށް ހުއްޓިފައި.
އެމްޑީޕީ ގައުމީ މަޖިލީހުގެ ހިންނަވަރު ދާއިރާގެ ނައިބު ރައީސް އިބްރާހިމް އަބްދުﷲ

މީގެ އިތުރުން އިބްރާހިމް ވަނީ ހިންނަވަރުގައި އިމާރާތް ކުރާ ޒާމާނީ ހޮސްޕިޓަލްގެ މަޝްރޫއަށް ވެސް އަލިއަޅުވާލާފައެވެ.

އޭނާ ވިދާޅުވީ ކުރީ ސަރުކާރުގައި ހޮސްޕިޓަލް އިމާރާތް ކުރުމުގެ އަމަލީ މަސައްކަތް ފަށައި، ބާރު ސްޕީޑްގައި ކުރިއަށް ގެންދިޔަ ކަމަށެވެ. ނަމަވެސް މި ސަރުކާރުގައި އެ މަސައްކަތް ވެސް ކުރިއަށް ދަނީ ވަރަށް ލަހުން ކަމަށާއި، މަސައްކަތް ކުރާ ކުންފުންޏަށް ދޫކުރަން ޖެހޭ ފައިސާ ސަރުކާރުން ނުދޭ ކަމުގެ ޝަކުވާ ލިބިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ މި މަސައްކަތް ކުރުމުގައި ސަރުކާރުގެ ހެޔޮ ނިޔަތެއް އޮތް ނަމަ މިހާރު ހޮސްޕިޓަލްގެ ހުރިހާ މަސައްކަތެއް ނިމިދާނެ ކަމަށާއި، މިހާރު ކުރިއަށް ދަނީ ފިނިޝިންގެ މަސައްކަތް ކަމަށް އިބްރާހިމް ވިދާޅުވި އެވެ.

ރިބަން ކެނޑުމުގެ ބައެއް މަޝްރޫއުތައް ހުރިކަން ފާހަގަކުރައްވައި އިބްރާހިމް ވިދާޅުވީ ކުރީ ސަރުކާރުގައި އިމާރާތް ކުރި ފެނަކަ އޮފީސް ނިމިފައިވާ ކަމަށާއި، އެތަން ހުޅުވޭނީ ރައީސް މުއިއްޒު ރިބަން އެކެނޑުމުން ކަމަށެވެ.

ޒުވާނުން އެންމެ ބޮޑަށް އެދޭ މަޝްރޫއު ވެސް ހުއްޓިފައިވާތީ އެކަމުގެ ކަންބޮޑުވުން ވެސް އިންތިހާއަށް އޮތް ކަމަށް އޭނާ ވިދާޅުވިއެވެ. އިބްރާހިމް ވިދާޅުވީ ކުރީ ސަރުކާރުގައި ފުޓްބޯޅަ ދަނޑެއް އަޅައި، ޓާފް އަޅައި ނިންމި ނަމަވެސް މި ސަރުކާރުގައި ސިނޑިބަރި އާއި ޗޭންޖިންރޫމް އަދި އެހެނިހެން މަސައްކަތް ކުރިއަށް ގެންދިޔަ ނަމަވެސް ފައިސާގެ މައްސަލަ ކުރިމަތިވެ، ކޮންޓްރެކްޓަރު މަސައްކަތް ހުއްޓާލުމަށްފަހު އެރަށުން ފައިބާފައިވާ ކަމަށެވެ.

މީގެ އިތުރުން އިބްރާހިމް ވިދާޅުވީ ރައީސް މުއިއްޒު ހިންނަވަރަށް ވަޑައިގެންނެވީ ރިޔާސީ އިންތިޚާބުގެ ކުރިންނާއި، މަޖިލިސް އިންތިޚާބާ ގުޅިގެން ކަމަށެވެ.

ރިޔާސީ އިންތިޚާބުގެ ކެންޕޭންގެ ތެރޭގައި އެރަށަށް ތިން ވައުދެއް ވެވަޑައިގެންނެވި ނަމަވެސް މިއަދާ ހަމަައަށް ވެސް މަސައްކަތެއް ކޮށްފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެއީ ހިންނަވަރު ހިއްކި ސަރަހައްދުގައި ފެނާއި ނަރުދަމާ ކަރަންޓު ގާއިމް ކޮށްދޭނަމޭ. އޭގެ އެއްވެސް އިޝާރާތެއް ނެތް. އެއްވެސް ކަމެއް ނެތް. ދެން ވިދާޅުވީ ހޮސްޕިޓަލްގެ މަސައްކަތް ފަށާނަމޭ. އެއީ ފަށާފައި އޮތް މަސައްކަތެއް. ދެން ފެން ޕްލާންޓްގެ ކެޕޭސިޓީ އިތުރު ކޮށްދޭނަމޭ. އަޅުގަނޑަށް ނުފެނޭ ކެޕޭސިޓީ އިތުރު ކުރުމަށް އިތުރު ތާންގީއެއް ނުގެނޭ. ރައީސް ކަމަށް ވަޑައިގެންނެވުމަށްފަހު ވަޑައިގެންނެވީ އެއް ފަހަރު އެއީ މަޖިލިސް އިންތިޚާބުގެ ތެރޭގައި މިދިޔަ ސަރުކާރުގައި ފަށާފައި ހުރި ހުރިހާ މަޝްރޫއެއް ބާރު ސްޕީޑްގައި ކުރިއަށް ގެންދަވާނެ ކަމަށް. ގާތްގަނޑަކަށް ހުރި ހިސާބުގައި ހުރީ.
އެމްޑީޕީ ގައުމީ މަޖިލީހުގެ ހިންނަވަރު ދާއިރާގެ ނައިބު ރައީސް އިބްރާހިމް އަބްދުﷲ

އިބްރާހިމް ވިދާޅުވީ މި ސަރުކާރު އެއްވެސް ޕްލޭނެއް އަމާޒެއް ނެތް ކަމަށާއި، މިއަދު މި ސަރުކާރާ މެދު މާ ބޮޑު އުންމީދެއް ނެތް ކަމަށެވެ.

ރައީސް މުއިއްޒުހިންނަވަރުއިބްރާހިމް އަބްދުﷲ

އިތުރަށް ކިޔާލަން

12 ޑިސެމްބަރު 2025

ރައީސް މުޢިއްޒު ހުޅުމާލެ ރައްޔިތުންނާއި ބައްދަލު ކުރެއްވުމުގެ ކުރިން، ހުޅުމާލެ މަގުތަކުގައި ހުރި ސްޕީޑު ބްރޭކަރުތައް ނަގައިފި

12 ޑިސެމްބަރު 2025
ރައީސް މުޢިއްޒު ހުޅުމާލެ ރައްޔިތުންނާއި ބައްދަލު ކުރެއްވުމުގެ ކުރިން، ހުޅުމާލެ މަގުތަކުގައި ހުރި ސްޕީޑު ބްރޭކަރުތައް ނަގައިފި
12 ޑިސެމްބަރު 2025

ގޭންގުތައް ނެތް ކަމަށް ސަރުކާރުން އިއުލާނުކުރި ގޮތަށް ޖުވާ ކުޅޭ ތަންތަނާއި މީހުން ނެތް ކަމަށް ވެސް އިއުލާނު ކުރާނެ: ޒިޔާދު

12 ޑިސެމްބަރު 2025
ގޭންގުތައް ނެތް ކަމަށް ސަރުކާރުން އިއުލާނުކުރި ގޮތަށް ޖުވާ ކުޅޭ ތަންތަނާއި މީހުން ނެތް ކަމަށް ވެސް އިއުލާނު ކުރާނެ: ޒިޔާދު
11 ޑިސެމްބަރު 2025

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ
11 ޑިސެމްބަރު 2025

މަސްވެރިން މުޒާހަރާއަށް ނުކުތީ މަސްވެރިންވި ވައުދުތަކެއް ނުފުއްދައިގެން ނޫން، މުޒާހަރާކުރަނީ ރައީސް މުއިއްޒުގެ ވައުދުތައް ނުފުއްދައިގެން: ޒިޔާދު

11 ޑިސެމްބަރު 2025
މަސްވެރިން މުޒާހަރާއަށް ނުކުތީ މަސްވެރިންވި ވައުދުތަކެއް ނުފުއްދައިގެން ނޫން، މުޒާހަރާކުރަނީ ރައީސް މުއިއްޒުގެ ވައުދުތައް ނުފުއްދައިގެން: ޒިޔާދު
10 ޑިސެމްބަރު 2025

ރައީސް މުއިއްޒު މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދުނުތާ މިފްކޯގެ ހާލަތު ވެސް ދިޔައީ ދަށަށް

10 ޑިސެމްބަރު 2025
ރައީސް މުއިއްޒު މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދުނުތާ މިފްކޯގެ ހާލަތު ވެސް ދިޔައީ ދަށަށް
10 ޑިސެމްބަރު 2025

ރައީސް މުޢިއްޒު އާއި މިނިސްޓަރު، މަސްވެރިންނާ ބައްދަލުކޮށް ޑިމާންޑް ތަކަށް ހައްލު ހޯދައިދެން ދެން މުޒާހަރާ ކުރިއަށް ގެންދަން ނިންމައިފި

10 ޑިސެމްބަރު 2025
ރައީސް މުޢިއްޒު އާއި މިނިސްޓަރު، މަސްވެރިންނާ ބައްދަލުކޮށް ޑިމާންޑް ތަކަށް ހައްލު ހޯދައިދެން ދެން މުޒާހަރާ ކުރިއަށް ގެންދަން ނިންމައިފި
08 ޑިސެމްބަރު 2025

"ހުޅުމާލެއިން ބައެއް ވެހިކަލްތައް ޓޯވ ކުރީ ޕާކްކުރަން ދިން ހުސް ބިން އެޗްޑީސީ އިން އަތުލައި އުޅަނދުތައް މަގުތަކަށް ނެރެ އެއްލާލުމުން"

08 ޑިސެމްބަރު 2025
"ހުޅުމާލެއިން ބައެއް ވެހިކަލްތައް ޓޯވ ކުރީ ޕާކްކުރަން ދިން ހުސް ބިން އެޗްޑީސީ އިން އަތުލައި އުޅަނދުތައް މަގުތަކަށް ނެރެ އެއްލާލުމުން"
07 ޑިސެމްބަރު 2025

މި ސަރުކާރު އައުމާއެކު ފެށުނު ކޮރަޕްޝަންގެ މަޝްރޫއު އަކީ ރަސްމާލެ، ނޭނގި ނަމަވެސް އެކަމަށް އިއުތިރާފު ވެސް ވެއްޖެ: ޔާމީން

07 ޑިސެމްބަރު 2025
މި ސަރުކާރު އައުމާއެކު ފެށުނު ކޮރަޕްޝަންގެ މަޝްރޫއު އަކީ ރަސްމާލެ، ނޭނގި ނަމަވެސް އެކަމަށް އިއުތިރާފު ވެސް ވެއްޖެ: ޔާމީން
06 ޑިސެމްބަރު 2025

އިމްރާން ރައީސް މުޢިއްޒަށް: ދީނާއި ޤައުމުދެކެ ލޯބިވާންޖެހޭ ވަރާ ގާތަށްވެސް ލޯބިވާނަމަ އަޑި ނޭނގޭ ބޭރު މީހުންނަށް ސިޓިޒަންޝިޕް ދިނުމުގެ މަސައްކަތް ނުކުރެއްވީސް!

06 ޑިސެމްބަރު 2025
އިމްރާން ރައީސް މުޢިއްޒަށް: ދީނާއި ޤައުމުދެކެ ލޯބިވާންޖެހޭ ވަރާ ގާތަށްވެސް ލޯބިވާނަމަ އަޑި ނޭނގޭ ބޭރު މީހުންނަށް ސިޓިޒަންޝިޕް ދިނުމުގެ މަސައްކަތް ނުކުރެއްވީސް!
05 ޑިސެމްބަރު 2025

ވާނުވާ ބަންދު އުވާލަން ގަދަބަސް ވިދާޅުވެ ވެރިކަމަށް އަރައިވަޑައިގެން ވިދާޅުވަނީ އެހެން ލަވައެއް

05 ޑިސެމްބަރު 2025
ވާނުވާ ބަންދު އުވާލަން ގަދަބަސް ވިދާޅުވެ ވެރިކަމަށް އަރައިވަޑައިގެން ވިދާޅުވަނީ އެހެން ލަވައެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު