Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
އިސްލާމް
ސައޫދީ އަރަބިއްޔާ

ސައޫދީ އަރަބިއްޔާ އިން ގްރޭންޑް މުފްތީގެ މަގާމަށް ޝައިޚް ސާލިޙް އަލް-ފައުޒާން އައްޔަން ކޮށްފި

ބޮޑުވަޒީރު މުޙައްމަދު ބިން ސަލްމާންގެ ހުށަހެޅުއްވުމަށް، އިލްމީ ގޮތުން ފާހަގަކޮށްލެވޭ ޝައިޚް ޑރ. ޞާލިޙް އަލް-ފައުޒާން ސަޢޫދީ ޢަރަބިއްޔާގެ އައު މުފްތީއަކަށް އައްޔަންކުރެވިއްޖެއެވެ. އެތައް އަހަރެއްގެ އެކަޑަމިކް ތަޖުރިބާއާއި، މަޝްހޫރު ދަރުސްތަކާއި، މުހިންމު ދީނީ މަޖިލިސްތަކުގައި ބައިވެރިވެވަޑައިގަތުމާއެކު، އައު މުފްތީ ވަޒީރެއްގެ ފެންވަރުގައި ގިނަ އިސް މަސްއޫލިއްޔަތުތަކެއް އަދާކުރައްވާނެއެވެ.

ރާއްޖެ އެމްވީ | 23 އޮކްޓޯބަރު 2025 | ބުރާސްފަތި 15:06
ސައުދީ އަރަބިއްޔާގެ ގްރޭންޑް މުފްތީގެ މަގާމަށް ޝައިޚް ޑރ.ސާލިހް ބިން ފައުޒާން ބިން އަބްދުالله އަލް ފައުޒާން ވަނީ އައްޔަންކޮށްފަ

ސައުދީ އަރަބިއްޔާގެ ގްރޭންޑް މުފްތީގެ މަގާމަށް ޝައިޚް ޑރ.ސާލިހް ބިން ފައުޒާން ބިން އަބްދުالله އަލް ފައުޒާން ވަނީ އައްޔަންކޮށްފަ

ސަޢޫދީ ޢަރަބިއްޔާ އިން ޝައިޚް ޑރ. ޞާލިޙް ބިން ފައުޒާން ބިން ޢަބްދުﷲ އަލް-ފައުޒާން އެ ގައުމުގެ ގްރޭންޑް މުފްތީ ކަމަށް އައްޔަން ކޮށްފިއެވެ.

އެ މަނިކުފާނު މި މަގާމަށް އައްޔަނު ކުރެވުނީ ބޮޑުވަޒީރު މުޙައްމަދު ބިން ސަލްމާންގެ ހުށަހެޅުއްވުމަކަށް ބިނާކޮށް ރަސްކަމުގެ ޤަރާރަކުންނެވެ. މިކަން ސަޢޫދީ ޕްރެސް އޭޖެންސީ އިން ބުދަ ދުވަހު ރިޕޯޓު ކޮށްފައި ވެއެވެ.

ރަސްކަމުގެ ޤަރާރުގެ ދަށުން، ޝައިޚް އަލް-ފައުޒާން ވަޒީރެއްގެ ދަރަޖައިގައި ސީނިއަރ ސްކޮލަރުންގެ ކައުންސިލްގެ ޗެއަރމަން ކަމާއި ޢިލްމީ ދިރާސާތަކާއި އިފްތާގެ ޢާންމު ރިޔާސަތުގެ ރައީސް ކަން ވެސް އަދާ ކުރައްވާނެ އެވެ.

އަލަށް އައްޔަންކުރެވުނު މުފްތީ ވަނީ ޝަރީޢާ ގެ ދާއިރާ އިން ޔުނިވަރސިޓީ ޑިގްރީއަކާއި، "ވާރުތަ ޢިލްމުގެ ފަންނު" އާ ބެހޭ ތީސިސްއަކާއެކު މާސްޓަރސް ޑިގްރީއަކާއި، އިސްލާމީ ޝަރީޢަތުގެ ހެކިތަކުގެ މައްޗަށް ބިނާކޮށް ހަލާލު އަދި ހަރާމް ކާނާއާ ބެހޭ ޑޮކްޓަރަލް ތީސިސް އެއް ހާސިލުކުރައްވާފައެވެ.

އަލް ޢަރަބިއްޔާގެ ރިޕޯޓެއްގައިވާ ގޮތުން، ޝައިޚް އަލް-ފައުޒާންގެ އެކަޑަމިކް ދާއިރާގެ މަސައްކަތްޕުޅު އެތައް ގިނަ އަހަރުތަކަކަށް ފެތުރިފައިވެއެވެ. އެމަނިކުފާނު ފުރަތަމަ ރިޔާޟް ގެ ސައިންޓިފިކް އިންސްޓިޓިއުޓްގައި ދެ އަހަރު ދުވަހު ކިޔަވައިދެއްވުމަށްފަހު، ޝަރީޢާ ކޮލެޖަށް އަދި އޭގެފަހުން ދީނުގެ އަސާސްތަކުގެ ކޮލެޖަށް ބަދަލުވެވަޑައިގަތެވެ. އެމަނިކުފާނު ވަނީ ހަޔަރ އިންސްޓިޓިއުޓް އޮފް ޖުޑީޝަރީގެ ޑިރެކްޓަރުކަން ކުރައްވާ، އެ މުއްދަތު ނިމުމަށްފަހު އަލުން އެތަނުގައި ކިޔަވައިދެއްވުމަށް އެނބުރި ވަޑައިގެންފައެވެ.

އެކަޑަމިކް ޚިދުމަތްތަކުގެ އިތުރުން، ޝައިޚް އަލް-ފައުޒާން މަޝްހޫރުވެފައި ވަނީ އެމަނިކުފާނުގެ ދަރުސްތަކާއި، ލިޔުއްވުންތަކާއި، ސީނިއަރ ސްކޮލަރުންގެ ކައުންސިލާއި މައްކާގެ ފިޤުހު ކައުންސިލް ފަދަ މުހިންމު ދީނީ މަޖިލިސްތަކުގައި ދިގު މުއްދަތަކަށް ކުރައްވާފައިވާ ޚިދުމަތް ތަކުންނެވެ. އަދި ހައްޖު މޫސުމުގައި ދީނީ ހޭލުންތެރިކަމުގެ ޕްރޮގްރާމްތައް ހިންގާ ފަރާތްތަކުގެ މަސައްކަތްވެސް ބަލަހައްޓަވަމުން ގެންދަވައެވެ.

ޝައިޚް އަލް-ފައުޒާންސައުދި އަރަބިއްޔާގެ ވަލީއަހުދު، މުޙައްމަދު ބިން ސަލްމާންސައޫދީ އަރަބިއްޔާ

ކޮމެންޓް

އިތުރަށް ކިޔާލަން

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
އިސްރާއީލްއާ ގުޅުން ބަދަހި ކުރުމަށް ޓްރަމްޕްގެ ހުށަހެޅުން ސައުދީގެ ވަލީ އަހުދު ބަލައި ނުގަތް

އިސްރާއީލްއާ ގުޅުން ބަދަހި ކުރުމަށް ޓްރަމްޕްގެ ހުށަހެޅުން ސައުދީގެ ވަލީ އަހުދު ބަލައި ނުގަތް

27 ނޮވެމްބަރު 2025
ސައުދީ ވަލީއަހުދުގެ އެދިވަޑައިގަތުމަށް ސޫދާނުގެ ހަނގުރާމަ ހުއްޓުވުމަށް ޓްރަމްޕް މަސައްކަތް ފަށައިފި

ސައުދީ ވަލީއަހުދުގެ އެދިވަޑައިގަތުމަށް ސޫދާނުގެ ހަނގުރާމަ ހުއްޓުވުމަށް ޓްރަމްޕް މަސައްކަތް ފަށައިފި

20 ނޮވެމްބަރު 2025
ނޫސްވެރިޔާ ޚަޝޯގީ މަރާލުމަކީ 'ގޯހެއް' ކަމަށް އެމެރިކާ ދަތުރުފުޅުގައި ސައުދީ ވަލީ އަހުދު ވިދާޅުވެއްޖެ

ނޫސްވެރިޔާ ޚަޝޯގީ މަރާލުމަކީ 'ގޯހެއް' ކަމަށް އެމެރިކާ ދަތުރުފުޅުގައި ސައުދީ ވަލީ އަހުދު ވިދާޅުވެއްޖެ

19 ނޮވެމްބަރު 2025
ހަ ސަތޭކަ ބިލިއަން ޑޮލަރުގެ ޑީލުގެ މަޝްވަރާތަކަށް ސައުދީ ވަލީއަހުދު އެމެރިކާ އަށް ވަޑައިގަތުމުން ޓްރަމްޕް ހޫނު މަރުހަބާ އެއް ދަންނަވައިފި

ހަ ސަތޭކަ ބިލިއަން ޑޮލަރުގެ ޑީލުގެ މަޝްވަރާތަކަށް ސައުދީ ވަލީއަހުދު އެމެރިކާ އަށް ވަޑައިގަތުމުން ޓްރަމްޕް ހޫނު މަރުހަބާ އެއް ދަންނަވައިފި

18 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

14 ޖެނުއަރީ
މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން
20251 އަހަރު ކުރިން
ރާއްޖެ

މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް
20242 އަހަރު ކުރިން
ރާއްޖެ

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް

ބަރަބޯ އޮށުގެ ފައިދާ
20233 އަހަރު ކުރިން
ރިޕޯޓު

ބަރަބޯ އޮށުގެ ފައިދާ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟
20197 އަހަރު ކުރިން
ރިޕޯޓު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން
20188 އަހަރު ކުރިން
ރިޕޯޓު

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު