Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ވޯލްޑް ކަޕް ކޮލިފިކޭޝަން

ސާބިއާ ބަލިކޮށް، އިންގްލެންޑުގެ މޮޅުވުން ކުރިއަށް

މެޗަށް ފަހު ވާހަކަ ދައްކަމުން އިންގްލެންޑުގެ ކޯޗު ތޯމަސް ޓުޗެލް ބުނެފައި ވަނީ ސާބިއާ އަކީ އިދިކޮޅަށް ކުޅެން އުނދަގޫ ޓީމެއް ކަމަށާއި، އެ ޓީމު އަތުން އިންގްލެންޑު ހޯދީ މުހިންމު މޮޅެއް ކަމަށެވެ. އޭނާ ބުނީ އެ މެޗުގައި ފެނުނީ ޓީމުގެ ކުޅުންތެރިން އެކުވެގެން ކުރި މަސައްކަތް ކަމަށާއި، އެއީ ޓީމު ވޯކެއް ކަމަށެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 10 ސެޕްޓެމްބަރު 2025 | ބުދަ 06:09
މެޗުގައި ލަނޑު ޖެހުމަށް ފަހު އިންގްލެންޑުގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށް ފަހު އިންގްލެންޑުގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

ފީފާ ވޯލްޑް ކަޕް ކޮލިފިކޭޝަންގެ ގުރޫޕް ކޭގައި އިންގްލެންޑުން ކުޅުނު ފަސް ވަނަ މެޗުގައި ސާބިއާ އަތުން ވެސް މޮޅުވެ، އެ ޓީމުގެ މޮޅުވުމުގެ ސިލްސިލާ ދަމަހައްޓައިފި އެވެ.

އަންގާރަ ދުވަހުގެ ރޭ ކުޅުނު މެޗު އިންގްލެންޑުން ކާމިޔާބު ކުރީ 5-0 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި އިންގްލެންޑުން ދެ ލަނޑު ޖެހިއިރު، ފަހު ހާފުގައި އެ ޓީމުން ވަނީ ތިން ލަނޑު ޖަހައިފަ އެވެ.

މެޗުގެ ފުރަތަމަ ހާފުގެ 33 ވަނަ މިނެޓުގައި އިންގްލެންޑަށް ލީޑު ނަގައިދިނީ އެ ޓީމުގެ ކެޕްޓަން ހެރީ ކޭން އެވެ. އޭނާ އެ ލަނޑު ޖެހީ ޑެކްލަމް ރައިސް ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ. އޭގެ ދެ މިނެޓު ފަހުން ނޯނީ މަޑުއޭކޭ ވަނީ އިންގްލެންޑުގެ ދެ ވަނަ ލަނޑު ޖަހައި ލީޑު ފުޅާ ކޮށްފަ އެވެ.

މެޗުގެ ދެ ވަނަ ހާފު ފަށައިގެން ހަތް ވަނަ މިނެޓުގައި އިންގްލެންޑުގެ ތިން ވަނަ ލަނޑު ޖަހައި އިތުރަށް ލީޑު ފުޅާ ކޮށްދިނީ އެޒްރީ ކޮންސާ އެވެ. އޭގެ ފަހުން މެޗުގެ 75 ވަނަ މިނެޓުގައި އިންގްލެންޑުގެ ހަތަރު ވަނަ ލަނޑު ޖެހީ މާކް ގުއެހީ އެވެ. އަދި މެޗުގައި އިންގްލެންޑުގެ ފަސް ވަނަ ލަނޑު 90 ވަނަ މިނެޓުގައި ޖެހީ މާކަސް ރަޝްފޯޑު އެވެ. އެއީ އެ ޓީމަށް ލިބުނު ޕެނަލްޓީ ކާމިޔާބު ކޮށްގެން އޭނާ ޖެހި ލަނޑެކެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން އިންގްލެންޑުގެ ކޯޗު ތޯމަސް ޓުޗެލް ބުނެފައި ވަނީ ސާބިއާ އަކީ އިދިކޮޅަށް ކުޅެން އުނދަގޫ ޓީމެއް ކަމަށާއި، އެ ޓީމު އަތުން އިންގްލެންޑު ހޯދީ މުހިންމު މޮޅެއް ކަމަށެވެ. އޭނާ ބުނީ އެ މެޗުގައި ފެނުނީ ޓީމުގެ ކުޅުންތެރިން އެކުވެގެން ކުރި މަސައްކަތް ކަމަށާއި، އެއީ ޓީމު ވޯކެއް ކަމަށެވެ.

މީގެ އިތުރުން އޭނާ ބުނީ މިހާތަނަށް އައިއިރު އިންގްލެންޑުން ގިނަ ކަންކަން ރަނގަޅު ކޮށްފައިވާ ކަމަށާއި، އިންގްލެންޑަށް ކުރިއަށް ދިޔުމަށް ކުރަން ޖެހޭ ކަންކަން އިނގޭ ކަމަށެވެ. ޚާއްސަކޮށް މިވަގުތު އެންމެ ބޮޑު ފޯކަސްއެއް އޮތީ ކުޅުންތެރިން ކުރިއެރުވުމަށް ކަމަށާއި، ކޮލިފިކޭޝަންގެ ފަސް މެޗުން ވެސް މޮޅުވެފައި އޮތުމުން ވަރަށް ހަމަ ޖެހިފައި ހުރި ކަމަށް ޓުޗެލް ބުންޏެވެ.

މިހާތަނަށް ކޮލިފިކޭޝަންގައި ކުޅެފައިވާ ފަސް މެޗުން ވެސް މޮޅުވެ، އިންގްލެންޑު އެއް ވަަނައިގައި އޮތީ 15 ޕޮއިންޓާ އެކު އެވެ. ކޮލިފިކޭޝަންގައި ދެން އިންގްލެންޑަށް އޮންނާނީ އޮކްޓޫބަރު މަހު ވޭލްސްއާ ދެކޮޅަށް ކުޅޭ މެޗެވެ.

ފީފާ ވޯލްޑް ކަޕް ކޮލިފިކޭޝަން 2026އިންގްލެންޑުގެ ގައުމީ ޓީމު

އިތުރަށް ކިޔާލަން

15 އޮކްޓޯބަރު 2025

ފަހު ވަގުތު ހަންގޭރީއާ އެއްވަރުވެ ޕޯޗުގަލް އަށް އިތުރު އިންތިޒާރެއް

15 އޮކްޓޯބަރު 2025
ފަހު ވަގުތު ހަންގޭރީއާ އެއްވަރުވެ ޕޯޗުގަލް އަށް އިތުރު އިންތިޒާރެއް
15 އޮކްޓޯބަރު 2025

ފުރިހަމަ ރެކޯޑަކާ އެކު އިންގްލެންޑް ވާރލްޑް ކަޕަށް ކޮލިފައިވެއްޖެ

15 އޮކްޓޯބަރު 2025
ފުރިހަމަ ރެކޯޑަކާ އެކު އިންގްލެންޑް ވާރލްޑް ކަޕަށް ކޮލިފައިވެއްޖެ
14 އޮކްޓޯބަރު 2025

އައިސްލެންޑުން ފްރާންސްއާ އެއްވަރު ކޮށްފި

14 އޮކްޓޯބަރު 2025
އައިސްލެންޑުން ފްރާންސްއާ އެއްވަރު ކޮށްފި
14 އޮކްޓޯބަރު 2025

ނޮދާން އަޔަލެންޑް އަތުން ޖަރުމަނު މޮޅުވެއްޖެ

14 އޮކްޓޯބަރު 2025
ނޮދާން އަޔަލެންޑް އަތުން ޖަރުމަނު މޮޅުވެއްޖެ
13 އޮކްޓޯބަރު 2025

ގިބްރޯލްޓާ އަތުން މޮޅުވެ ކްރޮއޭޝިއާ އެއް ވަނަ އަށް

13 އޮކްޓޯބަރު 2025
ގިބްރޯލްޓާ އަތުން މޮޅުވެ ކްރޮއޭޝިއާ އެއް ވަނަ އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު