Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޓްރާންސްޕްލާންޓްކުރުމުގެ ބިލް

ގުނަވަނުގެ ވިޔަފާރިކުރާ ހޮސްޕިޓަލުތައް 5 ލައްކަ ރުފިޔާއިން ޖޫރިމަނާ ކުރެވޭ ގޮތަށް މަޖިލީހަށް ބިލެއް

13 އޮކްޓޯބަރު 2025 | ހޯމަ 03:42

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ މީހުންނާއި ހުކުމެއްގައި ތިބޭ މީހުންނަށް ބިލުގައި ވާގޮތުން ގުނަވަން ހަދިޔާއެއް ނުކުރެވޭނެ

ފަޒީލް އަބްދުލް ލަތީފް
ފަޒީލް އަބްދުލް ލަތީފް | 13 އޮކްޓޯބަރު 2025 | ހޯމަ 03:42
ގުނަވަން ޓްރާންސްޕްލާންޓް ކުރުމުގެ ސާޖަރީއެއްގެ ތެރެއިން

ގުނަވަން ޓްރާންސްޕްލާންޓް ކުރުމުގެ ސާޖަރީއެއްގެ ތެރެއިން

ޓްރާންސްޕްލާންޓް ކުރުމަށްޓަކައި މީހެއްގެ ގުނަވަނެއް ނުވަތަ ގުނަވަނެއްގެ ބައެއް ވިއްކުމަކީ ނުވަތަ ގަތުމަކީ، އެކަން ކުރާ ސިއްހީ ހިދުމަތްދޭ މަރުކަޒެއް 5 ލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭނެ ކުށެއްކަމަށް ކަނޑައަޅާ ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް "އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ ބިލު" ހުށަހަޅައިފިއެވެ.

ހޯމަ ދުވަހު ބާއްވާ މަޖިލީހުގެ މި އަހަރުގެ ތިން ވަނަ ދައުރުގެ 5 ވަނަ ޖަލްސާގައި މި ބިލުގެ ފުރަތަމަ ކިޔުން މަޖިލީހުގެ ތަޅުމަށް އިއްވުމަށްވަނީ އެޖެންޑާކޮށްފައެވެ.

Advertisement - newsAdvertisement

ބަންޑާރަނައިބުގެ އޮފީހުން މައުލޫމާތު ދެއްވިގޮތުގައި، މިބިލު މަޖިލީހަށް ހުށަހެޅީ ދިވެހިރާއްޖޭގައި އިންސާނުންގެ ގުނަވަނާއި ގުނަވަނުގެ ބައިތައް ޓްރާންސްޕްލާންޓު ކުރުމުގެ ހަރުދަނާ ނިޒާމެއް ގާއިމުކުރުމަށް ބޭނުންވާ ގާނޫނީ އޮނިގަނޑު އެކުލަވާލުމަށެވެ. އަދި ހިދުމަތްދޭ ފަރާތްތަކާއި ހިދުމަތް ލިބިގަންނަ ފަރާތްތަކުގެ ހައްގުތަކާއި ޒިންމާތަކާއި އެނޫންވެސް ކަމާގުޅޭ އެންމެހާ އުސޫލުތައް މި ބިލުގައި ހިމެނިފައިވާނެކަމަށް ބަންޑާރަނައިބުގެ އޮފީހުން ފާހަގަކޮށްފައިވެއެވެ.

ބިލުގައި ވާގޮތުން، ރުހުން ނެތި މީހެއްގެ ގުނަވަނެއް ނެގުމުގައި ބައިވެރިވާ ސިއްޙީ އެހީތެރިން 5 ލައްކަ ރުފިޔާއިން ޖޫރިމަނާކޮށް 2 އަހަރު ދުވަހަށް ޖަލަށްލެވޭނެއެވެ. އަދި މިފަދަ އަމަލެއް ހިންގާ ސިއްޙީ ޚިދުމަތްދޭ މަރުކަޒުތައް 1.5 މިލިއަން ރުފިޔާއިން ޖޫރިމަނާކުރެވޭނެއެވެ. އަދި ގުނަވަނުގެ ވިޔަފާރިކުރާ ސިއްޙީ އެހީތެރިންނަށް 250,000 ރުފިޔާގެ ޖޫރިމަނާއަކާއެކު 18 މަސްދުވަހުގެ ޖަލު ޙުކުމެއް ކަނޑައެޅިދާނެ ކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ.

މި ބިލުގެ ދަށުން ހުއްދަކުރެވެނީ ހަމައެކަނި ލައިވް ޑޯނާ ޓްރާންސްޕްލާންޓް ހެދުމަށެވެ. އަދި ހަދިޔާކުރެވޭނެ ގުނަވަންތަކާއި ނުކުރެވޭނެ ގުންވަންތައް މި ބިލުގައި ހިމަނާފައިވެ އެވެ. އެއީ އޯވަރީ ނުވަތަ ޓެސްޓިކަލް ފިޔަވާ، އެއްވައްތަރެއްގެ ދެ ގުނަވަނެއް ހުންނަ ގުނަވަންތަކާއި އަދި އެގުނަވަނަކުން ބައެއް ނެގުމުންވެސް ރީޖެނެރޭޓްވާ ގުނަވަންތަކެވެ.

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ މީހުންނާއި ހުކުމެއްގައި ތިބޭ މީހުންނަށް ބިލުގައި ވާގޮތުން ގުނަވަން ހަދިޔާއެއް ނުކުރެވޭނެ އެވެ. ގުނަވަން ހަދިޔާ ކުރާ މީހުންގެ ޝަރުތުތަކުގެ ތެރޭގައި 18 ވެފައިވާ، ބުއްދިސަލާމަތުންހުރި ދިވެހި ރައްޔިތަކަށްވުން ހިމެނެއެވެ. އަދި ގުނަވަން ލިބިގަންނަ ފާރަތުގެ ހަމައެކަނި ޝަރުތެއްގެ ގޮތުގައި މި ބިލުގައިވަނީ ބައްޔެއްގެ ސަބަބުން ގުނަވަނެއް ޓްރާންސްޕްލާންޓް ކުރުމުގެ ސިއްހީ އަދި ހަގީގީ ބޭނުންތެރިކަމެއް އޮތް މީހަކަށް ވުމެވެ. މި ބިލުގެ ދަށުން ގުނަވަން ލިބިގަންނަ ފަރާތަކީ ކޮންމެހެން ދިވެއްސަކަށް ވާކަށްނުޖެހެއެވެ. އެހެން ކަމުން މި ބިލު ގާނޫނަކަށްވުމުން ބިދޭސީންނަށްވެސް ރާއްޖޭގެ ޑޯނަރުން މެދުވެރިކޮށް ދިވެހިރާއްޖޭގައި ގުނަވަން ޓްރާންސްޕްލާންޓް ކުރެވޭނެއެވެ.

މި ބިލު ގާނޫނަކަށްވުމުން ބިލުގައި ހުރި ކަންކަން ތަންފީޒު ކުރުމާއި ހިދުމަތް ދިނުމުގެ ހުއްދަ ދޫކުރުމުގެ އިތުރުން ގާނޫނާ ހިލާފުވާ ފަރާތްތަކާމެދު ފިޔަވަޅު އަޅަން ނުވަ މެންބަރުންގެ "ގުނަވަން ޓްރާންސްޕްލާންޓު ކައުންސިލް" އެއް އުފައްދާނެއެވެ. ހިދުމަތްދޭ މަރުކަޒުތަކުގައި ހުންނަޖެހޭ ޝަރުތުތައް ހަމަވޭތޯ ވެސް ބަލާނީ މި ކައުންސިލުންނެވެ. އަދި ޓްރާންސްޕްލާންޓު ކުރުމުގެ ހުއްދައާ ބެހޭ ކަންކަން ކުރުމަށް މެންބަރުންގެ "ގުނަވަން ޓްރާސްޕްލާންޓު އޮތޮރައިޒޭޝަން ކޮމިޓީ"އެއް އުފައްދާނެއެވެ.

މި ބިލަށް އަމަލުކުރަން ފަށާނީ ރައީސުލްޖުމްހޫރިއްޔާ ބިލު ތަސްދީގުކުރައްވާތާ 180 ދުވަސް ހަމަވާ ތާރީޚުން ފެށިގެން ކަމަށް އޭޖީ އޮފީހުން ބުނެއެވެ.

އޯގަން ޓްރާންސްޕްލާންޓްބަންޑާރަނައިބުގެ އޮފީސްމަޖިލީސްގުނަވަން ޓްރާންސްޕްލާންޓު ކައުންސިލްސިއްޙީ ޚިދުމަތްދޭ މަރުކަޒުތައްގުނަވަނުގެ ވިޔަފާރި

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

01 ޑިސެމްބަރު 2025

ފަނޑިޔާރު ގޭގައި ޖާގަ ނެތިގެން ރައްޔިތުންނަށް އިންސާފު ނުލިބުމަކީ ހުއްޖަތެއް ނޫން: މައުރޫފް

01 ޑިސެމްބަރު 2025
ފަނޑިޔާރު ގޭގައި ޖާގަ ނެތިގެން ރައްޔިތުންނަށް އިންސާފު ނުލިބުމަކީ ހުއްޖަތެއް ނޫން: މައުރޫފް
27 ނޮވެމްބަރު 2025

މާލީ ޒިންމާގެ ޗާޓަރު އެކުލަވާލަން ޖެހޭ މުއްދަތު ހަމަވާން ކުޑަތަން ވެފައި ވަނިކޮށް، އެ ޗާޓަރު އެކުލަވާލުން ދެ އަހަރަށް ލަސް ކުރަނީ

27 ނޮވެމްބަރު 2025
މާލީ ޒިންމާގެ ޗާޓަރު އެކުލަވާލަން ޖެހޭ މުއްދަތު ހަމަވާން ކުޑަތަން ވެފައި ވަނިކޮށް، އެ ޗާޓަރު އެކުލަވާލުން ދެ އަހަރަށް ލަސް ކުރަނީ
19 ނޮވެމްބަރު 2025

64.2 ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓް ކޮމިޓީ އިން ފާސްކޮށްފި

19 ނޮވެމްބަރު 2025
64.2 ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓް ކޮމިޓީ އިން ފާސްކޮށްފި
29 އޮކްޓޯބަރު 2025

މޮޅު ގޮތަކަށް އެ ޖެހީ، ޖެހުނު ގޮތަކުން ގޯލެއް އެވަނީ.....އެކަމަކު ބައިކޮޅަށް!

29 އޮކްޓޯބަރު 2025
މޮޅު ގޮތަކަށް އެ ޖެހީ، ޖެހުނު ގޮތަކުން ގޯލެއް އެވަނީ.....އެކަމަކު ބައިކޮޅަށް!
28 އޮކްޓޯބަރު 2025

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!
27 އޮކްޓޯބަރު 2025

ޑިއުޓީ ދައްކައިގެން އެތެރެކުރާ ސިނގިރޭޓަށް ވުރެ ވަގަށް އެތެރެކުރާ ސިނގިރޭޓު ގިނަ، މަނާ ކުރި ވޭޕް ވެސް ލިބެން އެބަހުރި: މަޖިލީހުގެ ނައިބު ރައީސް ނާޒިމް

27 އޮކްޓޯބަރު 2025
ޑިއުޓީ ދައްކައިގެން އެތެރެކުރާ ސިނގިރޭޓަށް ވުރެ ވަގަށް އެތެރެކުރާ ސިނގިރޭޓު ގިނަ، މަނާ ކުރި ވޭޕް ވެސް ލިބެން އެބަހުރި: މަޖިލީހުގެ ނައިބު ރައީސް ނާޒިމް
24 އޮކްޓޯބަރު 2025

މުއިއްޒު ޖައްސަވަނީ ނުބައި ހިސާބެއް، ޤާނޫނަށް ބަދަލުގެނެސްގެން އާއްމުން ތަޅެއް ނޭޅުވޭނެ : ޔައުގޫބް

24 އޮކްޓޯބަރު 2025
މުއިއްޒު ޖައްސަވަނީ ނުބައި ހިސާބެއް، ޤާނޫނަށް ބަދަލުގެނެސްގެން އާއްމުން ތަޅެއް ނޭޅުވޭނެ : ޔައުގޫބް
21 އޮކްޓޯބަރު 2025

ރައީސް މުއިއްޒު މަޖިލީހަށް ފޮނުވާ ކޮންމެ ބިލެއް ފާސް ކުރާނަން، ފާޑު ކިޔާ ބަޔަކު ފާޑު ކިޔަންވީ: އަބްދުއްރަހީމް

21 އޮކްޓޯބަރު 2025
ރައީސް މުއިއްޒު މަޖިލީހަށް ފޮނުވާ ކޮންމެ ބިލެއް ފާސް ކުރާނަން، ފާޑު ކިޔާ ބަޔަކު ފާޑު ކިޔަންވީ: އަބްދުއްރަހީމް
20 އޮކްޓޯބަރު 2025

މެންބަރުން ހަމަ ނުވެގެން މީޑިއާ ކޮންޓްރޯލް ކުރާ ކޮމިޝަނަށް މެންބަރުން އައްޔަނުކުރުމާއި ގުޅޭ ވޯޓަށް ނޭހި

20 އޮކްޓޯބަރު 2025
މެންބަރުން ހަމަ ނުވެގެން މީޑިއާ ކޮންޓްރޯލް ކުރާ ކޮމިޝަނަށް މެންބަރުން އައްޔަނުކުރުމާއި ގުޅޭ ވޯޓަށް ނޭހި
17 އޮކްޓޯބަރު 2025

އޭސީސީ ގެ މެމްބަރުން އަސާސުން ބޭރުން ކުރާ ކަންކަން ބަލައިދިނުމަށް އެދި މަޖިލީހަށް ހުށަހަޅަނީ

17 އޮކްޓޯބަރު 2025
އޭސީސީ ގެ މެމްބަރުން އަސާސުން ބޭރުން ކުރާ ކަންކަން ބަލައިދިނުމަށް އެދި މަޖިލީހަށް ހުށަހަޅަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް