Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ހޯމް މިނިސްޓަރުގެ ދެބަފައިންނާއި މުއިއްޒަށް ބޮޑު ނާކާމިޔާބީ އެއް

ރާއްޖޭގެ ވެރިކަމާ ހަވާލުވި މުއިއްޒު، އައްޑޫ ސިޓީއަށް ވެވަޑައިގަތް ވައުދުތަކުގެ ތެރެއިން އެންމެ ބޮޑަށް މަސައްކަތް ކުރެއްވީ އެސިޓީ ބައިބައި ކުރުމަށެވެ. ނަމަވެސް ފޭދޫ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓުން ސާބިތުވީ، ސަރުކާރުގެ ނުފޫޒާއި ބާރު ބޭނުންކުރިޔަސް، އައްޑޫ ސިޓީ ކައުންސިލުން ވަކިވާން ރައްޔިތުން ބޭނުމެއް ނޫންކަމެވެ.

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 25 އޮކްޓޯބަރު 2025 | ހޮނިހިރު 14:33
ރައީސް މުއިއްޒު، ހޯމް މިނިސްޓަރު އިހުސާން، އިބްރާހިމް ދީދީ

ރައީސް މުއިއްޒު، ހޯމް މިނިސްޓަރު އިހުސާން، އިބްރާހިމް ދީދީ

ރިޔާސީ އިންތިޚާބު ކެމްޕެއިންގައި މުއިއްޒު ލައްކަ ވައުދު އައްޑޫ ސިޓީއަށް ވިއެވެ. އެތައް ކަމެއް ކުރައްވާނެ ވާހަކަ ވިދާޅުވިއެވެ. ނަތީޖާއެއްގެ ގޮތުން އައްޑޫގެ ގިނަ ވޯޓާއެކު މުއިއްޒު ވެރިކަމަށް ނެގިތާ ދެއަހަރުވާން ދަނީއެވެ. އެއިން އެއްވެސް ކަމަކަށް އަޅާލި ތަނެއް ފެންނާކަށް ނެތެވެ. އެބުނާ މެގަ ޕްރޮޖެކްޓްތައް ފަށައި އެސިޓީއަށްވި ވައުދުތައް ފުއްދުމުގެ މިސްގާލެއްގެ މިންވަރުވެސް ކުރާތީއެއް ނުފެނެއެވެ. ބައެއް ފަހަރަށް މުިއްޒުގެ ވާހަކަތައް ހުރިގޮތުން އެވައުދުތައް ހަނދާން ނެތިއްޖެހެންވެސް ހީވެއެވެ.

އެކަމަކު އޭގެ ތެރެއިން އެއްވައުދު މުތުލަގަށް މުިއްޒު ހަނދާން އެބަހުއްޓެވެ. އެވައުދު ފުއްދޭތޯ ވަރަށް ބުރަކޮށް މަސައްކަތް ކުރަން ފެށިއެވެ. އެއީ އައްޑޫ ސިޓީގެ ބައެއް ރަށްތަކުން ހުށަހެޅި ކަމަށް ބުނާ އައްޑޫ ސިޓީކައުންސިލް ބައިބައިކޮށް ވަކިވަކި ކައުންސިލަތްކެއް ހެދުމެވެ.

އެކަމަށްޓަކައި ސަރުކާރުން ކުރަންފެށި މަސައްކަތުގެ ތެރެއިން އެކަމަށް އައްޑޫ ރައްޔިތުންގެ މެދުގައި ފެންނަ ނުފެންނަ ވޯޓެއް ނަގަން އުޅުނީ ނަމުން މުއިއްޒު ބޭނުންވެގެނެއް ނޫނެވެ. އައްޑޫގެ ރައްޔިތުން ބޭނުން ވެގެންނެވެ. އެކަން ކޮށްދޭން އެދިފައވާތީ އެވައުދު ފުއްދުމަށެވެ.

ނަމަވެސް އެވޯޓު ނަގާ ވާހަކަ އިއުލާން ކުރީންސުރެ އެއާ މަތިނުވާން ކިތައްމެ ދުރުދުރުން މުއިއްޒު އުޅުއްވިއަސް ބޮލެއް މައްޗަށް ހުރި ކޮންމެ މީހަކަށް އެނގޭ ވަރަށް މުިއްޒު ދިޔައީ އައްޑޫ ބައިބައިކުރަން ބޭނުންވާކަން ހާމަ ކުރަމުންނެވެ. ނިކަން ބޭރު ބޭރުބޭރުންނެވެ. އެގޮތައް ވަކި ރަށްތައް ވަކިވެއްޖެނަމަ ލިބޭނޭ ފައިދާތަކާއި ސަރުކާރުން ދޭނެ ފައިސާގެ ގިނަ ކަމުގެ ވާހަކަ މުިއްޒު އެކިތަންތަނުގައި އެކި މޭރުމުން ދެއްކެވިއެވެ. މިހާރު އޮތްގޮތުން ތަރައްގީ ނުވާނެ ކަމަށް ރައްޔިތުންނަށް ވިސްނައިދެމުން ދިޔައެވެ. އެއިން އެންމެ ފަހަރަކުވެސް މިހާރުވެސް އޮތްގޮތައް އެއްކޮށް އޮވެގެން ކުރާނެ މަންފާއެއް ނުވަތަ ފައިދާއެއްގެ ވާހަކައެއް މުއިއްޒު ނުދައްކަވައެވެ.

ވޯޓު ނަގާ ދުވަސް އިއުލާން ކުރުމާއެކު މުިއްޒު އެކަމުގައި އެންމެބޮޑަށް ބޭނުން ކުރެއްވީ ހޯމް މިނިސްޓަރު އިހްސާންގެ ދެބަފައިންނެވެ. ހޯމް މިނިސްޓަރ އިހުސާނާއި އޭނާގެ ބައްޕަ ފޭދޫ ދާއިރާގެ މެންބަރު އިބްރާހީމް ދީދީ (އައިބީ)އެވެ. އެކަމަށްޓަކައި އިހުސާނާއި އޭނާގެ ބައްޕަ އަދި ސަރުކާރު ތެރެއިން އެމީހުންނަށް ވާގިވެރިވުމަށް ފޮނުވި މީހުންކޮޅު އައްޑޫގައި ބަނޑަހަ ޖެހިއެވެ. އާރާއި ވަރުގަދަ ބާރާއި ފައިސާއާއި އެހެނިހެން ނުފޫޒްތަކާއެކު ވަރުގަދަ ކެންޕޭނެއް ފަށައިގަތެވެ. އައްޑޫ ބައިކޮށް ވަކި ކައުންސިލްތަކެއްގެ ގޮތުގައި އޮތުމަށް ސަރުކާރާއި މުއިއްޒު ބޭނުންވާ ބޭނުން ހަގީގަތަކަށް ހަދައިދިނުމަށެވެ.

ވޯޓު ނަގަން ކުޑަތަންވަމުން އައިއިރު، ދެބަފައިން މަސައްކަތް ކުރީ ތިޔަހެނެއް ނޫނެވެ. ސީދާ ވަތަށް ފައިބައިގެން ކަށިން ހިތްވަރު ނެރެގެންނެވެ. ހޯމް މިނިސްޓަރ ފަދަ ޒިންމާދާރު މަގާމެއްގައި ހުރެގެން ރައްޔިތުން ބައިބައިކުރުމަށް ދައްކާން ނުވާވަރަށް ވާހަކަވެސް ދެއްކެވިއެވެ.

އެމަސައްކަތުގައި ލައްކަ އުކުޅުތައްވެސް ބޭނުން ކުރަން ފެށިއެވެ. އޭގެ ތެރެއިން އެއް ކަމަކީ ފޭދޫއިން ވަކިން ޓޫރިޒަމްގެ ތެރެއަށް ވަނުމެވެ. އައިބީގެ ބައހުންނަމަ ބަނގުރާ ވިއްކޭނޭ ކާމިޔާބު ޓޫރިޒަމެކެވެ.

ފޭދޫގައި ވަކި ކައުންސިލެއް ހަދަން ކުރަމުންދާ ކެމްޕެއިންގެ ތެރެއިން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ އައިބީ ވަނީ ސަވާހިލި ފޭދޫގެ އިހުތިސޯސުން ވަކިކުރުމުގެ ފައިދާތައް ކިޔައިދެއްވާފަ އެވެ.

އައިބީ ވިދާޅުވީ ޔޫރަޕްގެ ފަތުރުވެރިންގެ އުފާވެރި ދިރިއުޅުމަކީ ރާ ބޮއިގެން އެ މީހުން ބޭނުންވާ އެކަހަލަ ވަސީލަތްތައް އެތަނެއްގައި ހުރުން ކަމަށްވާއިރު، ޕްރައިވެޓް ތަނެއް ގޮތުގައި ސަވާހިލި ތަރައްގީކުރުމަކީ ގެންގުޅުއްވާ ވިސްނުމެއް ކަމަށެވެ. އަދި ގާނޫނު ބުނާގޮތުން މީހުން އުޅޭ ތަންތަނުގައި ރަލެއް ނުވިއްކޭނެ ކަމަށާއި ސަވާހިލިއަކީ މި ވަގުތު ވަކިން އޮތް ތަނަކަށްވާތީ އެތަނުގައި އެ އިންތިޒާމު ހަމަޖެއްސޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން އައިބީ ވިދާޅުވީ ސަވާހިލި އާއި އެ ރަށް ކައިރީގައި އޮންނަ ކަފަތަޅާ ގުޅުވާލައިގެން، ބީޗު ހަދައިގެން ރިސޯޓެއް ގޮތުގައި ވެސް ތަރައްގީ ކުރެވިދާނެ ކަމަށެވެ.

މިފަދަ ބޮޑެތި މަޝްރޫއުތަކުން ރައްޔިތުން ވާވައްދައި ފޭދޫ އައްދޫ ސިޓީ ކައުންސިލުން ވަކިވާން ކުރި މަސައްކަތުގައި ސަރުކާރުގެ ބާރާއެކު އެތައް ނުފޫޒެއްވެސް ފޯރުވިއެވެ. އެގޮތުން ވަޒީފާ ދޭންވާނީ ވޯޓު ދޭނެ ބޮޑެތި އާއިލާތަކަށް އެކަނި ކަމަށް ރައީސް މުހައްމަދު މުއިއްޒު އަންގަވާފައިވާ ކަމަށް އައިބީ ވިދާޅުވިއެވެ.

ފޭދޫ ރައްޔިތުންނާ ބައްދަލުކުރައްވައި އައިބީ ވިދާޅުވީ ރަށުން ވަޒީފާއެއް ދޭއިރު މި ވަގުތު ވަކިވަކި މީހުންނަށް ވަޒީފާ ނުދީ އެ މީހުންނަށް އިންތިހާބަށް ފަހު ވަޒީފާތައް ދިނުމަށް މުއިއްޒު އަންގާފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ މި ވަގުތު ވަޒީފާ ދޭން މުއިއްޒު އަންގާފައި ވަނީ ޓީމެއް އޮންނަ އަދި އެ މީހަކު ބުނާ ގޮތަކަށް ކަންތައްތައް ކުރާ ވަރުގަދަ މީހުންނަށް އެކަނި ވަޒީފާ ދިނުމަށް ކަމަށެވެ.

މި ވަގުތު ނުފޫޒު ނުފޯރުވޭވަރުގެ މީހުންނަށް ރަށުން ވަޒީފާ ދިނުމުން އެ މީހަކަށް އިތުރު ވޯޓެއް ވެސް ނުހޯދި، ބޭކާރު ވަޒީފާއަކަށް ވެގެންދާނެ ކަމަށް ވެސް އައިބީ ވިދާޅުވި އެވެ.

މިހާވަރަށް ނުފޫޒާއި ބާރު ފޯރުވައިގެން ބޭއްވި އިންތިޚާބު ހޮނިހިރުދުވަހު ބޭއްވިއިރު އިހުސާން އާއި އޭނާގެ ބައްޕަ ކުރި މަސައްކަތް ދިޔައީ ފަނުފުލުންނެވެ. ފޭދޫ ރައްޔިތުން ބުނީ ވަކިވާކަށް ބޭނުމެއް ނޫނޭއެވެ. އަދިވެސް އޮންނާން ބޭނުމީ ސިޓީ ކައުންސިލްގެ ދަށުގައި ކަމަށެވެ.

އެގޮތުން މިހާތަނަށް ފޭދޫގައި ބެހެއްޓި ފަސް ވޯޓު ފޮށީގެ ނަތީޖާވެސް ލިބިފައިވާއިރު 1131 މީހުން ވޯޓު ދިނީ ވަކިވާން ބޭނުންނުވާނެ ކަމަށެވެ. ފޭދޫގައި ވަކި ކައުންސިލެއް އުފެއްދުމަށް 447 މީހުން ވޯޓު ދިނެވެ. މާލޭގައި ހުރި ވޯޓު ފޮށިތަކުގެ ނަތީޖާއިން ވެސް ބުރަވެވެނީ ފޭދޫ އައްޑޫ ސިޓީގެ ބައެއްގެ ގޮތުގައި ދެމިއޮންނާނެ ކަމަށެވެ.

ފޭދޫއަކީ އާބަދީ ބޮޑު ރަށެކެވެ. އެ ރަށުގައި ރަޖިސްޓާޑް އާބާދީ 5،810 އަށް އަރަ އެވެ. މިއަދު ފެންނަ ނުފެންނަ ވޯޓުގައި އެހީ އެ ރަށް އައްޑޫ ސިޓީ ކައުންސިލުން ވަކިކުރުމަށެވެ. މި ވޯޓުގައި ވޯޓުލުމުގެ ހައްގު 4،368 މީހުންނަށް ލިބުނެވެ.

ކޮންމެއަކަސް ދެބަފައިންނާއި މުއިއްޒަށް މިފަހަރު ކުރިމަތި މިވީ ބޮޑު ނާކާމިޔާބީއަކާއި މުޅި ސަރުކާރާއި ހޯމް މިނިސްޓަރާއި އޭނާގެ ބައްޕަ ކަށިން ހިތްވަރު ނެރެގެން މަސައްކަތް ކުރީ ސިޓީ ކައުންސިލްގެ ދަށުން ފޭދޫ ވަކިކުރާށެވެ. ވަކި ކައުންސިލެއްގެ ގޮތުގައި އޮންނާށެވެ. ބޮޑުތަނުން ނުފޫޒާއި ބާރު ބޭނުންކޮށްގެން އެކަމަށް ހޭވި އެތައް ހަޑިއެއް ފަނުފުލުންގޮސް ކުރިމަތިލާން މިޖެހުނީ ބޮޑު ނާކާމިޔާބީއަކާއެވެ.

ރައީސް މުއިއްޒުއައްްޑޫ ސިޓީއިހްސާން-އައިބީފޭދޫސިޓީ ކައުންސިލްޚިޔާލު ހޯދުމުގެ ވޯޓު

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް މުޢިއްޒު ހުޅުމާލެ ރައްޔިތުންނާއި ބައްދަލު ކުރެއްވުމުގެ ކުރިން، ހުޅުމާލެ މަގުތަކުގައި ހުރި ސްޕީޑު ބްރޭކަރުތައް ނަގައިފި

ރައީސް މުޢިއްޒު ހުޅުމާލެ ރައްޔިތުންނާއި ބައްދަލު ކުރެއްވުމުގެ ކުރިން، ހުޅުމާލެ މަގުތަކުގައި ހުރި ސްޕީޑު ބްރޭކަރުތައް ނަގައިފި

12 ޑިސެމްބަރު 2025
ގޭންގުތައް ނެތް ކަމަށް ސަރުކާރުން އިއުލާނުކުރި ގޮތަށް ޖުވާ ކުޅޭ ތަންތަނާއި މީހުން ނެތް ކަމަށް ވެސް އިއުލާނު ކުރާނެ: ޒިޔާދު

ގޭންގުތައް ނެތް ކަމަށް ސަރުކާރުން އިއުލާނުކުރި ގޮތަށް ޖުވާ ކުޅޭ ތަންތަނާއި މީހުން ނެތް ކަމަށް ވެސް އިއުލާނު ކުރާނެ: ޒިޔާދު

12 ޑިސެމްބަރު 2025
މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
މަސްވެރިން މުޒާހަރާއަށް ނުކުތީ މަސްވެރިންވި ވައުދުތަކެއް ނުފުއްދައިގެން ނޫން، މުޒާހަރާކުރަނީ ރައީސް މުއިއްޒުގެ ވައުދުތައް ނުފުއްދައިގެން: ޒިޔާދު

މަސްވެރިން މުޒާހަރާއަށް ނުކުތީ މަސްވެރިންވި ވައުދުތަކެއް ނުފުއްދައިގެން ނޫން، މުޒާހަރާކުރަނީ ރައީސް މުއިއްޒުގެ ވައުދުތައް ނުފުއްދައިގެން: ޒިޔާދު

11 ޑިސެމްބަރު 2025
ރައީސް މުއިއްޒު މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދުނުތާ މިފްކޯގެ ހާލަތު ވެސް ދިޔައީ ދަށަށް

ރައީސް މުއިއްޒު މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދުނުތާ މިފްކޯގެ ހާލަތު ވެސް ދިޔައީ ދަށަށް

10 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

14 ޖެނުއަރީ
މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން
20251 އަހަރު ކުރިން
ރާއްޖެ

މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް
20242 އަހަރު ކުރިން
ރާއްޖެ

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް

ބަރަބޯ އޮށުގެ ފައިދާ
20233 އަހަރު ކުރިން
ރިޕޯޓު

ބަރަބޯ އޮށުގެ ފައިދާ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟
20197 އަހަރު ކުރިން
ރިޕޯޓު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން
20188 އަހަރު ކުރިން
ރިޕޯޓު

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު