Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމެންބަރުންގެ ގޮނޑި ގެއްލުން

ތިނަދޫ ދެކުނު މެންބަރު އަބްދުﷲ ގެ ގޮނޑި ގެއްލިއްޖެ ކަމަށް އިލެކްޝަނުން ކަނޑައަޅައިފި

5 ސެޕްޓެމްބަރު 2017 | އަންގާރަ 08:52

މެންބަރު އަބްދުﷲގެ ގޮނޑިއާއެކު ޖުމްލަ ހަތް މެންބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު | 5 ސެޕްޓެމްބަރު 2017 | އަންގާރަ 08:52
ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހްމަދު

ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހްމަދު

ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހްމަދުގެ މެންބަރުކަމުގެ ގޮނޑި ގެއްލިއްޖެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅައިފި އެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މެންބަރު އަބްދުﷲ ޕީޕީއެމް އިން ވަކިކޮށް، އިލެކްޝަންސް ކޮމިޝަނުން ބަލަހައްޓާ އެ ޕާޓީގެ ދަފްތަރުން އޭނާގެ ނަން އުނިކޮށް ދިނުމަށް ހުށަހަޅާފައިވަނީ މިދިޔަ ހަފްތާ ތެރޭގަ އެވެ.

Advertisement - newsAdvertisement

ޕީޕީއެމް ޕާލިއަމެންޓްރީ ގްރޫޕްގެ ނައިބު ލީޑަރު އިބްރާހިމް ފަލާހު ވަނީ ރާއްޖެއެމްވީއަށް އެކަން ކަށަވަރުކޮށްދެއްވާފަ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މެންބަރު އަބްދުﷲ ގެ މެންބަރުކަމުގެ ގޮނޑި ހުސްވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމީ އަންގާރަ ދުވަހު އެވެ. އަދި އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ އޭނާގެ މެންބަރުކަމުގެ ގޮނޑި ހުސްވެފައިވާކަން ރައްޔިތުންގެ މަޖިލީހަށް ވެސް އަންގާފަ އެވެ.

އިލެކްޝަންސް ކޮމިޝަނުގެ މެންބަރު އަހުމަދު އަކުރަމް ވިދާޅުވި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭނެ ހާލަތްތައް ބަޔާންކޮށް ސުޕްރީމް ކޯޓުން ކުރު ހުކުމާ އެއްގޮތަށް، އަބްދުﷲ އާ މެދު ވެސް އަމަލުކޮށްފައިވާ ކަމަށެވެ.

މެންބަރު އަބްދުﷲ ގެ ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާއިރު، ޖުލައި މަހުގެ 10 ވަނަ ދުވަހު އޭނާ ވަނީ ޕީޕީއެމް އިން ވަކިވެވަޑައިގެންފަ އެވެ. ޕީޕީއެމުން ވަކިކޮށްދޭން އެދިވަޑައިގެން މެމްބަރު އަބްދުﷲ ފޮނުއްވި ސިޓީގައި ވިދާޅުވީ ޕާޓީން ވަކިވަނީ ދިވެހި ރައްޔިތުންނަށް ޚިދުމަތް ކޮށްދޭން ބޭނުންވާތީ ކަމަށެވެ.

މެންބަރު އަބްދުﷲގެ މެންބަރުކަމުގެ ގޮނޑި ހުސްވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމިއިރު، އިތުރު ހަ މެންބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް ވެސް އެ ކޮމިޝަނުން ވަނީ ނިންމާފަ އެވެ. އެގޮތުން މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތާއި، ދިއްދޫ ދާއިރާގެ މެންބަރު އަބްދުލް ލަތީފް މުހައްމަދާއި، ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސެއިނާއި، ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބްރާހިމާއި، ދަނގެތީ ދާއިރާގެ މެންބަރު އިލްހާމް އަހުމަދުގެ އިތުރުން މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސިނާނުގެ މެންބަރުކަމުގެ ގޮނޑި ގެއްލިފައިވާ ކަމަށް އެ ކޮމިޝަނުން ވަނީ ނިންމާފަ އެވެ.

ސުޕްރީމް ކޯޓުން ޖުލައި 13 ވަނަ ދުވަހު ކޮށްފައިވާ ހުކުމުގައި ބުނެފައިވާ ގޮތުގައި ސިޔާސީ ޕާޓިއެއްގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ކާމިޔާބުކޮށް، އިންތިހާބުވި ޕާޓީ ބަދަލުކޮށްފިނަމަ ނުވަތަ ޕާޓީން ވަކިވެއްޖެނަމަ ނުވަތަ ޕާޓީން ވަކިކޮށްފިނަމަ މެންބަރުކަމުގެ ގޮނޑި ގެއްލޭނެ އެވެ.

އެ ހުކުމަށް ފަހު ޖުލައި 16 ވަނަ ދުވަހު އެ ކޯޓުން ނެރުނު އަމުރުގައި ބުނެފައިވަނީ ހުކުމުގައި ބަޔާންކޮށްފައިވާ ތިން ހާލަތުން ކުރެ ހާލަތަކީ އެ ހުކުމް ކުރި ތާރީޚުގެ ކުރީގައި ވުޖޫދުވެފައިވާ ހާލަތެއް ނަމަ، ނުވަތަ އެއިން ހާލަތަކާ ގުޅޭ އެއްވެސް އިޖުރާއަތެއްގެ މައްޗަށް ބިނާކޮށް އެޅިފައިވާ ނުވަތަ އަޅާ އެއްވެސް ފިޔަވަޅެއް ނަމަ އެފަދަ އެއްވެސް ހާލަތެއްގެ މައްޗަށް ނުވަތަ އެފަދަ އެއްވެސް ހާލަތަކާ ގުޅިފައިވާ އިޖުރާއަތެއް ނުވަތަ ކަމެއްގެ މައްޗަށް އެ ހުކުމުގެ އަސަރު އެއްވެސް ގޮތަކުން މާޒީއަށް ރުޖޫއަވާގޮތަށް ރެޓްރޯސްޕެކްޓިވް ކޮށް ތަތްބީގު ނުވަތަ ތަންފީޒް ކުރުން ހުއްދަކުރެވިފައިވާ ނުވާ ކަން ހުކުމުން އެނގެން އޮންނަ ކަމަށެވެ.

ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި މައްސަލަ ހަތަރު މެންބަރަކު ސުޕްރީމް ކޯޓަށް ހުށަހެޅުއްވި އެވެ. އެ މައްސަލައިގައި ސުޕްރީމް ކޯޓުން މިދިޔަ އޯގަސްޓް މަހުގެ 27 ވަނަ ދުވަހު ނިންމި ނިންމުމުގައި ބުނެފައިވަނީ މެންބަރުންގެ ގޮނޑި ގެއްލޭނެ ހާލަތުތައް ބަޔާންކޮށް ކުރި ޙުކުމަށް ފަހު، ހުށަހެޅިފައިވާ މައްސަލަތަކުގައި ޤާނޫނުއަސާސީގެ 74 ވަނަ މާއްދާގެ ދަށުން ބަލައި އިތުރު ގޮތެއް ކަނޑައަޅަންޖެހޭ ތަނެއް ނެތްކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާގުން ނިންމާފައިވާ ކަމަށެވެ.

ސުޕްރީމް ކޯޓުގެ އެ ނިންމުމާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ހަމަ އެ ދުވަހު ނެރުނު ބަޔާނުގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ހުސްވެފައިވާ ކަމަށް ކަނޑައަޅާފައިވާ ދާއިރާތަކުގެ ބައި-އިލެކްޝަން ބާއްވަން އެ ކޮމިޝަނުން ނިންމާފައިވަނިކޮށް، ސުޕްރީމް ކޯޓަށް މިކަމާ ގުޅޭ ގޮތުން މައްސަލަަތަކެއް ހުށަހަޅާފައިވާތީ އެ ނިންމުންތަކާ މެދު ވަކި ގޮތެއް ނިންމަންދެން އެ ދާއިރާތަކުގެ ބައި-އިލެކްޝަން ބޭއްވުމުގެ މަސައްކަތް މަޑުޖައްސާލާފައި އޮތް ކަމަށާއި އަދި ސުޕްރީމް ކޯޓުގެ ނިންމުމުގައި އިލެކްޝަންސް ކޮމިޝަނުން ކުރިން ނިންމި ނިންމުން ބަދަލުކުރަންޖެހޭނެ ކަމަށް ބަޔާން ކޮށްފައިނުވާ ކަމަށެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

29 ޖެނުއަރީ 2017

މަޖްލިސް މެންބަރުންގެ ބޮލަށް އެއްވެސް ކަމެއް ނުކެނޑޭނެ، ހުރިހާ ގޯހެއް ހަދަނީ ރައްޔިތުން: މުސްތޮފާ

29 ޖެނުއަރީ 2017
މަޖްލިސް މެންބަރުންގެ ބޮލަށް އެއްވެސް ކަމެއް ނުކެނޑޭނެ، ހުރިހާ ގޯހެއް ހަދަނީ ރައްޔިތުން: މުސްތޮފާ
27 ޖެނުއަރީ 2017

ރައީސް ޔާމީނަކީ ޕީޕީއެމްއެއް ނޫން: މެންބަރު އަރީފު

27 ޖެނުއަރީ 2017
 ރައީސް ޔާމީނަކީ ޕީޕީއެމްއެއް ނޫން: މެންބަރު އަރީފު
24 ޖެނުއަރީ 2017

މުޅި ޤައުމުގައި އޮތީ އަބްދުﷲ ޔާމީންގެ ނުފޫޒް: ފައްޔާޒް

24 ޖެނުއަރީ 2017
މުޅި ޤައުމުގައި އޮތީ އަބްދުﷲ ޔާމީންގެ ނުފޫޒް: ފައްޔާޒް
21 ޖެނުއަރީ 2017

ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް

21 ޖެނުއަރީ 2017
ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް
19 ޖެނުއަރީ 2017

ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި

19 ޖެނުއަރީ 2017
ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި
18 ޖެނުއަރީ 2017

ރިޓަޔަރމެންޓް ޕެންޝަން ސްކީމުގައި 80،000 މެންބަރުން ހިމެނޭ: ޕެންޝަން އޮފީސް

18 ޖެނުއަރީ 2017
 ރިޓަޔަރމެންޓް ޕެންޝަން ސްކީމުގައި 80،000 މެންބަރުން ހިމެނޭ: ޕެންޝަން އޮފީސް
17 ޖެނުއަރީ 2017

ހަސަން ލަތީފްގެ ކެމްޕެއިން ޓީމް ގދ އަތޮޅުގައި، މިރޭ ތިނަދޫގައި

17 ޖެނުއަރީ 2017
ހަސަން ލަތީފްގެ ކެމްޕެއިން ޓީމް ގދ އަތޮޅުގައި، މިރޭ ތިނަދޫގައި
12 ޖެނުއަރީ 2017

ސިވިލް ސާވިސް މުވައްޒިފުންނަށް ވެސް އެލަވަންސް ދޭންޖެހޭ:އަބްދުﷲ ރިޔާޒު

12 ޖެނުއަރީ 2017
ސިވިލް ސާވިސް މުވައްޒިފުންނަށް ވެސް އެލަވަންސް ދޭންޖެހޭ:އަބްދުﷲ ރިޔާޒު
11 ޖެނުއަރީ 2017

ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި

11 ޖެނުއަރީ 2017
ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި
07 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ

07 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް