Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާ ހަނގުރާމަ

އިސްރާއީލް އަށް ހަތިޔާރު ވިއްކުން ހުއްޓާލުމަށް ސްޕެއިންގެ ޤާނޫނު ހަދާ މަޖިލީހުން ފާސްކޮށްފި

9 އޮކްޓޯބަރު 2025 | ބުރާސްފަތި 07:04

ސްޕެއިންގެ ޤާނޫނު ހަދާ މަޖިލީހުން އެ ހުށަހެޅުން ފާސްކޮށްފައި ވަނީ 178 މެމްބަރުންގެ ވޯޓާ އެކު. އެ ހުށަހެޅުމާ ދެކޮޅަަށް 169 މެމްބަރަކު ވަނީ ވޯޓު ދީފައެވެ. މި ހުށަހެޅުން ފާސް ކުރުމުގައި އެންމެ މުހިންމު ދައުރެއް އަދާ ކޮށްފައި ވަނީ ޤާނޫނު ހަދާ މަޖިލީހުގައި އެންމެ ހަތަރު މެމްބަރުން ތިބި ވާއަތު ފިޔައިގެ ޕާޓީ ޕޮޑެމޮސް އެވެ

178 މެންބަރުންގެ ވޯޓާއެކު އިސްރާއީލަށް ހަތިޔާރު ވިއްކުން މަނާކުރުމުގެ ޤާނޫނު ސްޕެއިން ޕާލަމެންޓުން ފާސްކޮށްފި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 9 އޮކްޓޯބަރު 2025 | ބުރާސްފަތި 07:04
ޤާނޫނު ހަދާ މަޖިލީހުން ހުށަހެޅުން ފާސްވުމާ އެކު، މެމްބަރުން އުފާ ފާޅު ކުރަނީ

ޤާނޫނު ހަދާ މަޖިލީހުން ހުށަހެޅުން ފާސްވުމާ އެކު، މެމްބަރުން އުފާ ފާޅު ކުރަނީ

އިސްރާއީލް އަށް ހަތިޔާރު ވިއްކުން ހުއްޓާލުމަށް ސްޕެއިންގެ ޤާނޫނު ހަދާ މަޖިލީހުން ފާސްކޮށްފި އެވެ.

ސްޕެއިންގެ ޤާނޫނު ހަދާ މަޖިލީހުން މިގޮތަށް ފާސްކޮށްފައި ވަނީ ބުދަ ދުވަހު އެވެ. އެއީ ސްޕެއިންގެ ބޮޑު ވަޒީރު ޕެޑްރޯ ސަންޗޭޒް، އިސްރާއީލް އިން ޣައްޒާގައި ހިންގަމުން އަންނަ ޤަތުލު އާންމު ހުއްޓުވުމަށްޓަަކައި ހުށަހަޅާފައިވާ ހުށަހެޅުމެކެވެ.

ސްޕެއިންގެ ޤާނޫނު ހަދާ މަޖިލީހުން އެ ހުށަހެޅުން ފާސްކޮށްފައި ވަނީ 178 މެމްބަރުންގެ ވޯޓާ އެކު އެވެ. އެ ހުށަހެޅުމާ ދެކޮޅަަށް 169 މެމްބަރަކު ވަނީ ވޯޓު ދީފަ އެވެ. މި ހުށަހެޅުން ފާސް ކުރުމުގައި އެންމެ މުހިންމު ދައުރެއް އަދާ ކޮށްފައި ވަނީ ޤާނޫނު ހަދާ މަޖިލީހުގައި އެންމެ ހަތަރު މެމްބަރުން ތިބި ވާއަތު ފިޔައިގެ ޕާޓީ ޕޮޑެމޮސް އެވެ. އެ ހުށަހެޅުމަށް އެ ޕާޓީގެ ހަތަރު މެމްބަރުން ވެސް ވަނީ ތާއީދު ކޮށްފަ އެވެ.

ސްޕެއިންގެ ސަރުކާރުން ބުނެފައިވާ ގޮތުގައި، 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ހަތް ވަނަ ދުވަހު އިސްރާއީލް އިން ޣައްޒާ އަށް ހަމަލާ ދޭން ފެށުމާ ގުޅިގެން، ސްޕެއިން އިން ވަނީ އިސްރާއީލް އާއެކު ހަތިޔާރުގެ ވިޔަފާރި ހުއްޓާލައިފަ އެވެ. ނަމަވެސް، ބޮޑު ވަޒީރު ސަންޗޭޒް މިދިޔަ މަހު ވަނީ އެ ހުއްޓާލުމަށް ޤާނޫނީ ގޮތުން ބާރުވެރިކަން ހޯދަން ބޭނުންވާ ކަމަށް ވިދާޅުވެފަ އެވެ.

އެ ޤާނޫނުގެ ތައާރަފުގައި ބުނެފައި ވަނީ ހަމާސް ޖަމާއަތުން، 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ހަތް ވަނަ ދުވަހު އިސްރާއީލް އަށް ދިން ނުރައްކާތެރި ހަމަލާގެ ޖަވާބުގައި، އިސްރާއީލް އިން ފަަލަސްޠީނުގެ ރައްޔިތުންނަށް ދެމުން އަންނަނީ ލާއިންސާނީ ހަމަލާތަކެއް ކަަމަށާއި، އެއީ ނަސްލު ނައްތާލުމުގެ ޖަރީމާއެއްގެ ގޮތުގައި މާހިރުން ސިފަ ކުރާ ކަމަށެވެ.

މި ޤާނޫނުގެ ދަށުން އިސްރާއީލް އަށް ދިފާއީ އާލާތްތަކާއި، އުފެއްދުންތަކާއި، ޓެކްނޮލޮޖީ އެކްސްޕޯޓު ކުރުމާއި، އެފަދަ ތަކެތި އިސްރާއީލް އިން އެތެރެ ކުރުން ވެސް މަނާ ކުރެ އެވެ. އަދި ހަނގުރާމައިގައި ބޭނުން ކުރެވިދާނެ ވައިގެ އުޅަނދު ފަހަރުގެ ތެޔޮ އެތެރެ ކުރުމާއި، ޣައްޒާ އާއި ވެސްޓް ބޭންކުގައި ޣައިރު ޤާނޫނީ އާބާދީ ތަކުން އަންނަ އުފެއްދުން ތަކުގެ އިޝްތިހާރު ކުރުން ވެސް މަނާ ކުރެ އެވެ. ސްޕެއިންގެ ޤާނޫނު ހަދާ މަޖިލީހުން ފާސްކޮށްފައިވާ މި ނިންމުމަށް އިސްރާއީލް އިން ވަނީ ފާޑު ކިޔައިފަ އެވެ.

އިސްރާއީލްގެ އަމަލުތަކާ ދެކޮޅަށް އެންމެ ގަދައަށް ވާހަކަ ދައްކާ އެއް ޤައުމަކީ ސްޕެއިން އެވެ. ސްޕެއިން އިން ވަނީ ފަލަަސްޠީނުގެ މިނިވަން ދައުލަތް ވެސް ބަލައި ގަންނަން ނިންމައިފަ އެވެ. އަދި ސްޕެއިންގެ ބޮޑު ވަޒީރު ސަންޗޭޒް ވަނީ، ބައިނަލްއަޤުވާމީ ކުޅިވަރު މައިދާނުން އިސްރާއީލް އެކަހެރި ކުރަން ޖެހޭ ކަމަށް ވެސް ވިދާޅުވެފަ އެވެ.

މަސްދަރު: އޭއެފްޕީ

އިސްރާއީލް-ޣައްޒާޕެޑްރޯ ސަންޗޭޒްސްޕެއިންހަތިޔާރު ވިޔަފާރިޣައްޒާ ހަނގުރާމަ

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

08 ޑިސެމްބަރު 2025

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް
02 ޑިސެމްބަރު 2025

ފޯނުން ގުޅުއްވައި ޓްރަމްޕް އާއި ނަތަންޔާހޫ މަޝްވަރާ ކުރައްވައިފި

02 ޑިސެމްބަރު 2025
ފޯނުން ގުޅުއްވައި ޓްރަމްޕް އާއި ނަތަންޔާހޫ މަޝްވަރާ ކުރައްވައިފި
30 ނޮވެމްބަރު 2025

ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް

30 ނޮވެމްބަރު 2025
ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް
27 ނޮވެމްބަރު 2025

އިސްރާއީލްއާ ގުޅުން ބަދަހި ކުރުމަށް ޓްރަމްޕްގެ ހުށަހެޅުން ސައުދީގެ ވަލީ އަހުދު ބަލައި ނުގަތް

27 ނޮވެމްބަރު 2025
އިސްރާއީލްއާ ގުޅުން ބަދަހި ކުރުމަށް ޓްރަމްޕްގެ ހުށަހެޅުން ސައުދީގެ ވަލީ އަހުދު ބަލައި ނުގަތް
04 ނޮވެމްބަރު 2025

ޣައްޒާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ވަރަށް ބާރު ގަދަ ކަމަށް ވިދާޅުވެ، ޓްރަމްޕްގެ އިންޒާރު ހަމާސް އަށް

04 ނޮވެމްބަރު 2025
ޣައްޒާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ވަރަށް ބާރު ގަދަ ކަމަށް ވިދާޅުވެ، ޓްރަމްޕްގެ އިންޒާރު ހަމާސް އަށް
03 ނޮވެމްބަރު 2025

އިތުރު ތިން ރަހީނުންގެ ހަށިގަނޑު ހަވާލު ކޮށްފައިވާ ކަމަށް އިސްރާއީލް އިން ބުނެފި

03 ނޮވެމްބަރު 2025
އިތުރު ތިން ރަހީނުންގެ ހަށިގަނޑު ހަވާލު ކޮށްފައިވާ ކަމަށް އިސްރާއީލް އިން ބުނެފި
01 ނޮވެމްބަރު 2025

ޣައްޒާ ހަނގުރާމައާ ގުޅޭ ގޮތުން މުސްލިމް ޤައުމު ތަކުގެ ފޮރިން މިނިސްޓަރުން އިސްތަމްބޫލުގައި ބައްދަލު ކުރައްވަނީ

01 ނޮވެމްބަރު 2025
ޣައްޒާ ހަނގުރާމައާ ގުޅޭ ގޮތުން މުސްލިމް ޤައުމު ތަކުގެ ފޮރިން މިނިސްޓަރުން އިސްތަމްބޫލުގައި ބައްދަލު ކުރައްވަނީ
29 އޮކްޓޯބަރު 2025

މަދު މަދުން ހަމަލާ ދިން ނަމަވެސް، ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން އެބަ އޮތް: ވޭންސް

29 އޮކްޓޯބަރު 2025
މަދު މަދުން ހަމަލާ ދިން ނަމަވެސް، ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން އެބަ އޮތް: ވޭންސް
29 އޮކްޓޯބަރު 2025

ހަތިޔާާރާ ގުޅޭ ގޮތުން ހަމާސްގެ ވިސްނުން ސާފުކޮށް ބުނެދޭން ޖެހޭ: ފަލަސްޠީނުގެ ބޮޑު ވަޒީރު

29 އޮކްޓޯބަރު 2025
ހަތިޔާާރާ ގުޅޭ ގޮތުން ހަމާސްގެ ވިސްނުން ސާފުކޮށް ބުނެދޭން ޖެހޭ: ފަލަސްޠީނުގެ ބޮޑު ވަޒީރު
27 އޮކްޓޯބަރު 2025

ހަނގުރާމަ ހުއްޓުނު ނަމަވެސް، ޣައްޒާގެ ސަލާމަތީ ބާރު އޮންނާނީ އިސްރާއީލްގެ ބެލުމުގެ ދަށުގައި ކަމަށް ބުނެފި

27 އޮކްޓޯބަރު 2025
ހަނގުރާމަ ހުއްޓުނު ނަމަވެސް، ޣައްޒާގެ ސަލާމަތީ ބާރު އޮންނާނީ އިސްރާއީލްގެ ބެލުމުގެ ދަށުގައި ކަމަށް ބުނެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް