Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ގައުމީ ފުޓްބޯޅަ ޓީމު

ބޭރުން ކޯޗުން ގެނެސްގެން ރަނގަޅު ނަތީޖާއެއް ނުނެރެވޭ: މޯހަން

އެގޮތުން މޯހަން ބުނެފައި ވަނީ، ރާއްޖޭގެ ފުޓުބޯޅައިގެ ޙާލަތު ރަނގަޅުވާއިރަށް އަބަދު ވެސް ބޭރު ކޯޗެއް ގެންނަ ކަމަށެވެ. އެއީ ހިތާމައާ އެކު ފާހަގަ ކުރާ ކަމެއް ކަމަށާއި، ހަގީގަތަކީ ބޭރު ކޯޗުން ގެނެސްގެން ވެސް ރަނގަޅު ނަތީޖާ އަށް ވުރެ، ދަށް ނަތީޖާ ނިކުމެފައިވާ ކަމަށް މޯހަން ބުންޏެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 26 އޮކްޓޯބަރު 2025 | އާދީއްތަ 05:11
ޤައުމީ ޓީމުގެ ކޯޗު މުޙައްމަދު ޝިޔާޒް (މޯހަން)

ޤައުމީ ޓީމުގެ ކޯޗު މުޙައްމަދު ޝިޔާޒް (މޯހަން)

ރާއްޖޭގެ ސީނިއާ ޤައުމީ ފުޓުބޯޅަ ޓީމަށް އިރުޝާދު ދިނުމަށް ބޭރުގެ ކޯޗުން ގެނައި ނަމަވެސް، ގިނަ ފަހަރު އެދިވިގެންވާ ނަތީޖާއެއް ނުނެރެވޭ ކަމަށް ޤައުމީ ޓީމުގެ ކޯޗު މުޙައްމަދު ޝިޔާޒް (މޯހަން) ބުނެފި އެވެ.

މޯހަން މިހެން ބުނެފައި ވަނީ، ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ (ފީފާ)ގެ ރައީސް ޖިއާނީ އިންފަންޓީނޯ ރާއްޖެ އަށް ކުރެއްވި ދަތުރުފުޅާ ދިމާކޮށް، ދައުލަތުގެ މީޑިއާ އިން ގެނެސްދިން ޚާއްސަ ކަވަރޭޖުގައި ވާހަކަ ދައްކަމުންނެވެ.

އެގޮތުން މޯހަން ބުނެފައި ވަނީ، ރާއްޖޭގެ ފުޓުބޯޅައިގެ ޙާލަތު ރަނގަޅުވާއިރަށް އަބަދު ވެސް ބޭރު ކޯޗެއް ގެންނަ ކަމަށެވެ. އެއީ ހިތާމައާ އެކު ފާހަގަ ކުރާ ކަމެއް ކަމަށާއި، ހަގީގަތަކީ ބޭރު ކޯޗުން ގެނެސްގެން ވެސް ރަނގަޅު ނަތީޖާ އަށް ވުރެ، ދަށް ނަތީޖާ ނިކުމެފައިވާ ކަމަށް މޯހަން ބުންޏެވެ.

އެއީ ހަގީގަތެއްކަން ފާހަގަ ކުރަމުން މޯހަން ބުނީ، ރަނގަޅު ކޯޗުން ވެސް އައިސްފައިވާ ކަމަށެވެ. އެގޮތުން ވަރަށް މޮޅެތި ބޭރުގެ ކޯޗުން އައިސްގެން، އެ ކޯޗުންގެ ފަރާތުން ރަނގަޅު ނަތީޖާ ތަކެއް ވެސް ނިކުމެފައިވާ ކަމަަށެވެ. އަދި ޚުދު އޭނާ އަށް ވެސް ދަސްވެފައި ހުރި ގިނަ ކަންކަމަކީ ހައްތަހާ ވެސް ބޭރު ކޯޗުންގެ ފަރާތުން ލިބިފައި ހުރި މައުލޫމާތާއި، އެ މީހުންނާ އެކ އުޅެގެން ދަސްވެފައި ހުރި ކަންކަން ކަމަށް މޯހަން ބުންޏެވެ.

އެގޮތުން ޤައުމީ ޓީމަށް ކޯޗެއް ގެންނަ ނަމަ، އެ ފެންވަރުގެ ކޯޗެއް ގެނައުމަކީ މުހިންމު ކަމެއް ކަމަށް މޯހަން ވަނީ ބުނެފަ އެވެ. މިހާތަނަށް އައިއިރު، މި ފަހުން ޤައުމީ ޓީމަށް އެ ފެންވަރުގެ ކޯޗެއް ގެނެވިފައި ނުވާ ކަމަށް ވެސް މޯހަން ވަނީ ފާހަގަ ކޮށްފަ އެވެ. އެގޮތުން މިހާތަނަށް ގެނެެވުނީ، ބޮޑު ޚަރަދު ތަކެއް ކުރާއިރު ވެސް ނަތީޖާ ނުނެރެވޭ ކޯޗުން ކަމަށް އޭނާ ބުންޏެވެ.

ޤައުމީ ޓީމުގެ ކޯޗަކަށް މޯހަން ހަމަޖައްސާފައި ވަނީ މިއަހަރުގެ އޮގަސްޓު މަހުގެ ތެރޭގަ އެވެ. އެއީ އޭނާގެ ކުރިން އެ މަގާމުގައި ހުރި އަލީ ސުޒޭން ޤައުމީ ޓީމުގެ ކޯޗުކަމުން އިސްތިއުފާ ދިނުމާ އެކު އެވެ. މޯހަންގެ އިރުޝާދުގެ ދަށުން ޤައުމީ ޓީމުން ވަނީ ސްރީ ލަންކާގައި ކުރިއަށް ދިޔަ ސައުތު އޭޝިއަން ސުޕަ ކަޕް ކާމިޔާބު ކޮށްފަ އެވެ. އޭގެ ފަހުން އޭޝިއަން ކަޕް ކޮލިފިކޭޝަންގައި ތަޖަކިސްތާނާ ދެކޮޅަށް ރާއްޖެ އިން ކުޅުނުއިރު، ދެ މެޗުން ވެސް ވަނީ ބަލިވެފަ އެވެ.

އެންމެ ފަހުން ޤައުމީ ޓީމަށް އިރުޝާދު ދިން ބިދޭސީ ކޯޗަކީ ފްރެންޗެސްކޯ މޮރިއޭރޯ އެވެ. ނަމަވެސް، އޭނާގެ އެއްބަސްވުން ހަމަވުމުން، ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ވަނީ އެއްބަސްވުން އައު ނުކުރަން ނިންމައިފަ އެވެ.

ގައުމީ ހޭންޑްބޯލް ޓީމުމުޙައްމަދު ޝިޔާޒް (މޯހަން)

ކޮމެންޓް

އިތުރަށް ކިޔާލަން

ދިވެހި ގައުމީ ހޭންޑްބޯލް ޓީމު އުމްރާވުމަށް މީޤާތު ހައްޖު އެންޑް އުމްރާ ގްރޫޕުން އެހީތެރިވެ ދީފި

ދިވެހި ގައުމީ ހޭންޑްބޯލް ޓީމު އުމްރާވުމަށް މީޤާތު ހައްޖު އެންޑް އުމްރާ ގްރޫޕުން އެހީތެރިވެ ދީފި

24 ނޮވެމްބަރު 2025
ފިލިޕީންސް އަތުންވެސް ބަލިވެ، ރާއްޖެ ސުން ޕޮއިންޓާއެކު ގުރޫޕުގެ ފުލުގައި

ފިލިޕީންސް އަތުންވެސް ބަލިވެ، ރާއްޖެ ސުން ޕޮއިންޓާއެކު ގުރޫޕުގެ ފުލުގައި

18 ނޮވެމްބަރު 2025
އެންމެ މުހިންމީ ކުޅިވަރު ދާއިރާ ހިންގާނެ މީހުން އުފެއްދުން: މޯހަން

އެންމެ މުހިންމީ ކުޅިވަރު ދާއިރާ ހިންގާނެ މީހުން އުފެއްދުން: މޯހަން

27 އޮކްޓޯބަރު 2025
ފީފާ ރޭންކިންގައި ރާއްޖެ އަށް ދެ ދަރަޖައިގެ ވެއްޓުމެއް

ފީފާ ރޭންކިންގައި ރާއްޖެ އަށް ދެ ދަރަޖައިގެ ވެއްޓުމެއް

19 އޮކްޓޯބަރު 2025
"ފޯރީގައި ދަނޑަށް"، ޤައުމީ ޓީމުގެ މެޗަށް ޚާއްސަ ހަރަކާތެއް ބާއްވައިފި

"ފޯރީގައި ދަނޑަށް"، ޤައުމީ ޓީމުގެ މެޗަށް ޚާއްސަ ހަރަކާތެއް ބާއްވައިފި

12 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

27 އެޕްރީލު
ޔުމްނުގެ މައްސަލަ ބަލާ ކޮމިޝަނަށް އައްޔަން ކުރި ހަބީބުއާއި ރައުދު އާއި އާއިލީ ގުޅުން އޮވޭ، އިސްތިއުފާ ދީފި
20251 އަހަރު ކުރިން
ރާއްޖެ

ޔުމްނުގެ މައްސަލަ ބަލާ ކޮމިޝަނަށް އައްޔަން ކުރި ހަބީބުއާއި ރައުދު އާއި އާއިލީ ގުޅުން އޮވޭ، އިސްތިއުފާ ދީފި

އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރާނެކަމަށް ސަރުކާރުން ބުނި ވާހަކައިގެ ރާގު ބަދަލުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރާނެކަމަށް ސަރުކާރުން ބުނި ވާހަކައިގެ ރާގު ބަދަލުވެއްޖެ

ޗާގޯސް "ދެބޯގެރި" ޗޮކުން!
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް "ދެބޯގެރި" ޗޮކުން!

"ލަމްހާއަކީ ގޭންގަކަށް ނިސްބަތްވާ މީހެއް ނޫން، ނުވަތަ ސީރިއަލް ކިލަރ އެއް ނޫން"
20224 އަހަރު ކުރިން
ރާއްޖެ

"ލަމްހާއަކީ ގޭންގަކަށް ނިސްބަތްވާ މީހެއް ނޫން، ނުވަތަ ސީރިއަލް ކިލަރ އެއް ނޫން"

ޝަވަރުމާ ޕިއްޒާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ޝަވަރުމާ ޕިއްޒާ

ލަންކާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިން މާލެ އަންނަނީ
20197 އަހަރު ކުރިން
ރާއްޖެ

ލަންކާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިން މާލެ އަންނަނީ

ލ. ގަމުގައި މައުމޫނުގެ ސަޕޯޓަރުން ރައީސް ޔާމީނާ ދެކޮޅަށް ތެދުވުމުން މާފަތިން މަރުހަބާ ކިޔާއިފި
20188 އަހަރު ކުރިން
ރާއްޖެ

ލ. ގަމުގައި މައުމޫނުގެ ސަޕޯޓަރުން ރައީސް ޔާމީނާ ދެކޮޅަށް ތެދުވުމުން މާފަތިން މަރުހަބާ ކިޔާއިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު