Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސައުތު އޭޝިއަން ސުޕަ ކަޕް

ސައުތު އޭޝިއަން ސުޕަ ކަޕް ކާމިޔާބު ކުރި ޤައުމީ ޓީމަށް ހޫނު މަރުޙަބާއެއް

ސުޕަ ކަޕްގައި ލަންކާއާ ދެކޮޅަށް މިދިޔަ ހޮނިހިރު ދުވަހު ކުޅުނު ފުރަތަމަ މެޗު ރާއްޖެ އިން ކާމިޔާބު ކުރީ 3-0 އިންނެވެ. ދެ ވަނަ މެޗުގައި އަންގާރަ ދުވަހު ރާއްޖެ އާއި ލަންކާ ބައްދަލު ކުރި މެޗު ނިމުނީ 1-1 އިން އެއްވަރު ވެގެންނެވެ. އެހެންކަމުން، 4-1 ގެ އެގްރިގޭޓް ނަތީޖާ އަކުން ރާއްޖެ އިން ވަނީ ސުޕަ ކަޕް ކާމިޔާބު ކޮށްފަ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 11 ސެޕްޓެމްބަރު 2025 | ބުރާސްފަތި 04:49
ޤައުމީ ޓީމުގެ ކުޅުންތެރިންނަށް މަރުޙަބާ ކިޔުމުގެ ތެރެއިން

ޤައުމީ ޓީމުގެ ކުޅުންތެރިންނަށް މަރުޙަބާ ކިޔުމުގެ ތެރެއިން

ސްރީ ލަންކާގައި ކުރިއަށް ދިޔަ ސައުތު އޭޝިއަން ސުޕަ ކަޕް ފުޓުބޯޅަ މުބާރާތް ކާމިޔާބު ކުރި، ރާއްޖޭގެ ސީނިއާ ޤައުމީ ފުޓުބޯޅަ ޓީމަށް ހޫނު މަރުޙަބާއެއް ކިޔައިފި އެވެ.

ސުޕަ ކަޕްގައި ލަންކާއާ ދެކޮޅަށް މިދިޔަ ހޮނިހިރު ދުވަހު ކުޅުނު ފުރަތަމަ މެޗު ރާއްޖެ އިން ކާމިޔާބު ކުރީ 3-0 އިންނެވެ. ދެ ވަނަ މެޗުގައި އަންގާރަ ދުވަހު ރާއްޖެ އާއި ލަންކާ ބައްދަލު ކުރި މެޗު ނިމުނީ 1-1 އިން އެއްވަރު ވެގެންނެވެ. އެހެންކަމުން، 4-1 ގެ އެގްރިގޭޓް ނަތީޖާ އަކުން ރާއްޖެ އިން ވަނީ ސުޕަ ކަޕް ކާމިޔާބު ކޮށްފަ އެވެ.

ސުޕަ ކަޕަށް ފަހު ޤައުމީ ޓީމު ރާއްޖެ އައިސްފައި ވަނީ ބުދަ ދުވަހުގެ މެންދުރު އެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ޓީމަށް މަރުޙަބާ ދެންނެވީ ކޮމިޝަނަރ އޮފް ސްޕޯޓްސް މުޙައްމަދު ޠަލާލް އަދި ކުޅިވަރު ވުޒާރާގެ އިސްވެރިންނެވެ.

ރާއްޖޭގެ ފުޓުބޯޅައިގެ ޙާލަތު ދަށްވެފައި އޮތް ވަގުތެއްގައި، ޤައުމީ ޓީމުން ހޯދި ކާމިޔާބީ ފާހަގަ ކުރުމަށް ބުދަ ދުވަހުގެ ހަވީރު ގަލޮޅު ރަސްމީ ދަނޑުގައި ވަނީ ޚާއްސަ ޙަރަކާތެއް ވެސް ބާއްވައިފަ އެވެ. އެ ޙަރަކާތުގައި ކުޅިވަރު ވަޒީރު ޢަބްދުﷲ ރާފިޢު (ރާއްޕެ) އާއި އެ ވުޒާރާގެ އިސްވެރިން އަދި ފުޓުބޯޅައިގެ އެކި އެކި ފަރާތްތަކުން ވަނީ ބައިވެރިވެފަ އެވެ.

ރާއްޖެ އިން ސުޕަ ކަޕާ ކުރިމަތިލީ ތަޖުރިބާކާރު ކޯޗު މުޙައްމަދު ޝިޔާޒް (މޯހަން)ގެ އިރުޝާދުގެ ދަށުންނެވެ. މުބާރާތުގެ ކުރިން ލިބުނު މަދު ވަގުތު ކޮޅުގައި ޓީމުގެ ފަރިތަކުރުންތައް ކުރިއަށް ގެންގޮސް، މުބާރާތާ ކުރިމަތިލީއިރު ވެސް، ރާއްޖެ އަށް ކާމިޔާބު ހޯދޭނެ ކަމުގެ އުންމީދު މޯހަން ފާހަގަ ކުރި އެވެ.

މީގެ އިތުރުން ދިވެހި ފުޓުބޯޅައިގެ ޙާލަތު ދަށްވެފައިވާ ދަނޑިވަޅެއްގައި، ފުޓުބޯޅައިގެ ޙާލަތު ބަދަލު ކުރުމަށް ސުޕަ ކަޕަކީ މުހިންމު މުބާރާތެއް ކަމަށް ވެސް މޯހަން އޭރު ވަނީ ފާހަގަ ކޮށްފަ އެވެ. މި ކާމިޔާބާ އެކު، އަނެއްކާ ވެސް ރާއްޖޭގެ ފުޓުބޯޅަ އަށް ވަނީ އުންމީދެއް އައިސްފަ އެވެ.

ރާއްޖެ ސުޕަ ކަޕް ކާމިޔާބު ކޮށްފައިވާއިރު، މީގެ ކުރިން ރާއްޖެ އިން ވަނީ ދެ ފަހަރެއްގެ މަތިން ސަރަހައްދީ ފުޓުބޯޅަ މުބާރާތް (ސާފް ޗެމްޕިއަންޝިޕް) ކާމިޔާބު ކޮށްފަ އެވެ. އެންމެ ފުރަތަމަ ރާއްޖެ އިން ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކުރީ 2008 ވަނަ އަހަރު އެވެ. އޭގެ ފަހުން 2018 ވަނަ އަހަރު ވެސް ރާއްޖެ އިން ވަނީ ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކޮށްފަ އެވެ.

ސައުތު އޭޝިއަން ސުޕަރ ކަޕްގައުމީ ހޭންޑްބޯލް ޓީމު

އިތުރަށް ކިޔާލަން

24 ނޮވެމްބަރު 2025

ދިވެހި ގައުމީ ހޭންޑްބޯލް ޓީމު އުމްރާވުމަށް މީޤާތު ހައްޖު އެންޑް އުމްރާ ގްރޫޕުން އެހީތެރިވެ ދީފި

24 ނޮވެމްބަރު 2025
ދިވެހި ގައުމީ ހޭންޑްބޯލް ޓީމު އުމްރާވުމަށް މީޤާތު ހައްޖު އެންޑް އުމްރާ ގްރޫޕުން އެހީތެރިވެ ދީފި
18 ނޮވެމްބަރު 2025

ފިލިޕީންސް އަތުންވެސް ބަލިވެ، ރާއްޖެ ސުން ޕޮއިންޓާއެކު ގުރޫޕުގެ ފުލުގައި

18 ނޮވެމްބަރު 2025
ފިލިޕީންސް އަތުންވެސް ބަލިވެ، ރާއްޖެ ސުން ޕޮއިންޓާއެކު ގުރޫޕުގެ ފުލުގައި
27 އޮކްޓޯބަރު 2025

އެންމެ މުހިންމީ ކުޅިވަރު ދާއިރާ ހިންގާނެ މީހުން އުފެއްދުން: މޯހަން

27 އޮކްޓޯބަރު 2025
އެންމެ މުހިންމީ ކުޅިވަރު ދާއިރާ ހިންގާނެ މީހުން އުފެއްދުން: މޯހަން
26 އޮކްޓޯބަރު 2025

ބޭރުން ކޯޗުން ގެނެސްގެން ރަނގަޅު ނަތީޖާއެއް ނުނެރެވޭ: މޯހަން

26 އޮކްޓޯބަރު 2025
ބޭރުން ކޯޗުން ގެނެސްގެން ރަނގަޅު ނަތީޖާއެއް ނުނެރެވޭ: މޯހަން
19 އޮކްޓޯބަރު 2025

ފީފާ ރޭންކިންގައި ރާއްޖެ އަށް ދެ ދަރަޖައިގެ ވެއްޓުމެއް

19 އޮކްޓޯބަރު 2025
ފީފާ ރޭންކިންގައި ރާއްޖެ އަށް ދެ ދަރަޖައިގެ ވެއްޓުމެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު