Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިން

ފިލިޕީންސް އަތުންވެސް ބަލިވެ، ރާއްޖެ ސުން ޕޮއިންޓާއެކު ގުރޫޕުގެ ފުލުގައި

ފިލިޕީންސް އިން ދިވެހިރާއްޖެ 2-0 އިން ބަލިކޮށް، ގްރޫޕުގެ އެއްވަނަ ދަމަހައްޓާފައިވާއިރު، ރާއްޖޭގެ ޓީމް އޮތީ ކުޅުނު ހުރިހާ މެޗަކުން ބަލިވެ ފުލުގަ. ދެވަނަ ހާފުގައި ރާއްޖޭން ރަނގަޅު ކުޅުމެއް ދެއްކިނަމަވެސް، ލިބުނު ރަނގަޅު ފުރުސަތުތައް ގޯލަކަށް ބަދަލުކުރެވިފައެއް ނުވޭ.

ފަޒީލް އަބްދުލް ލަތީފް
ފަޒީލް އަބްދުލް ލަތީފް, ރާއްޖެ އެމްވީ | 18 ނޮވެމްބަރު 2025 | އަންގާރަ 18:33
ރާއްޖެ އާއި ފިލިޕީންސް ކުޅުނު މެޗުގައި، ފިލިޕީންސްގެ މެނުއަލް ބޯޅަ ހިފައިގެން ކުރިޔަށް ދަނީ

ރާއްޖެ އާއި ފިލިޕީންސް ކުޅުނު މެޗުގައި، ފިލިޕީންސްގެ މެނުއަލް ބޯޅަ ހިފައިގެން ކުރިޔަށް ދަނީ

އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގައި އަންގާރަ ދުވަހު ހަވީރު ދިވެހިރާއްޖެ އާއި ފިލިޕީންސް ކުޅުނު މެޗު، 2-0 އިން ފިލިޕީންސް ކާމިޔާބުކޮށްފި އެވެ.

މި މޮޅާއެކު ފިލިޕީންސް ގްރޫޕުގެ އެއްވަނަ ދަމަހައްޓާފައި ވާއިރު، ދިވެހިރާއްޖެ އަދިވެސް އޮތީ ކުޅުނު ހުރިހާ މެޗަކުން ބަލިވެ ގްރޫޕުގެ ފުލުގަ އެވެ.

ގަލޮޅު ދަނޑުގައި ކުޅުނު މި މެޗު ފަށައިގެންވެސް ފެނިގެންދިޔައީ ގިނަވަގުތު ބޯޅަ ހިފަހައްޓާ ފިލިޕީންސް ޓީމުން އެޓޭކްތައް ތަނަވަސްކުރެވޭތޯ މަސައްކަތް ކުރަމުންދިޔަ މަންޒަރެވެ. ފިިލިޕީންސް އިން ލީޑުނެގީ މެޗުގެ 25 ވަނަ މިނިޓްގައި އޭރިއާތެރެ އަށް ނެގި ހުރަަހަކުން ޕޯލް ޓަބީނަސް ބޮލުން ޖެހި ގޯލަކުންނެވެ. އަދި، މެޗުގެ 37 ވަނަ މިނިޓްގައި ފިލިޕީންސް އިން ދެ ވަނަ ލަނޑު ޖެހީ އޭރިއާތެރެ އިން ލިބުނު ފުރުސަތެއްގައި، ސަންޑްރޯ ރެޔެސް އެވެ. އޭނާ ވަނީ ގޯލުގެ ދުރު ކަނަށް ބޯޅަ ފޮނުވާލައިފަ އެވެ.

ރާއްޖެ އިން ވަނީ ދެ ވަނަ ހާފުގައި ކުޅުން ވަރަށް ބޮޑަށް ރަނގަޅުކޮށް ގިނަ ފުރުސަތުތަކެއް ހޯދައިފަ އެވެ. އެ ގޮތުން، ރާއްޖެ ޓީމުގެ ފޯވާޑް، ނާއިޒު ހަސަން (ދާދު) އަށް ލިބުނު ފުރުސަތުތަކުގައި ރަނގަޅަށް ބޯޅަ ފޮނުވާލެވޭ ގޮތެއްނުވި އެވެ. އަދި، ބަދަލު ކުޅުންތެރިންގެ ގޮތުގައި ކުޅެން އަރައި، އަލީ ފާސިރު (ސެންޓޭ) މޮޅު ކުޅުމެއް ދެއްކިއިރު، އޭނާ ފޮނުވާލި ބޯޅައެއް ވަނީ ގޯލުގެ ހުރަސްދަނޑިމަތިން ގޮސްފަ އެވެ.

ދެ ވަނަ ހާފުގައި ފިލިޕީންސް އިން ގޯލެއް ޖަހަން ފޮނުވާލި ރަނގަޅު ހަމަލާތަކެއް ރާއްޖޭގެ ކީޕަރު، މުހައްމަދު ފައިސަލް ވަނީ މަތަކޮށްފަ އެވެ.

މިމެޗުން ލިބުނު 3 ޕޮއިންޓާއެކު ފިލިޕީންސް ވަނީ ކުޅުނު 5 މެޗުން 13 ޕޮއިންޓް ހަމަކޮށްފަ އެވެ. އޭޝިއަން ކަޕް ކޮލިފައިންގައި ދިވެހި ޓީމަށް ދެން އޮންނާއި ގްރޫޕްގެ ފަހު މެޗެވެ. އެއީ މިއަންނަ އަހަރުގެ މާޗު ގައި ޓިމޯ ލަސްޓޭ އާއި ބައްދަލުކުރާ މެޗެވެ.

ފިލިޕީންސް އިން މި ވަނީ ރާއްޖެއާ ދެކޮޅަށް ކުޅުނު ހަތް މެޗުގެ ތެރެއިން ފަސް މެޗުން މޮޅުވެފަ އެވެ. ރާއްޖޭން ފިލިޕީންސް އަތުން މޮޅެއް ހޯދީ މި ދެ ޓީމު އެންމެ ފުރަތަމަ ބައްދަލުކުރި މެޗުގައި، 2009 ވަނަ އަހަރު މާލޭގަ އެވެ. އަދި، މި ދެ ޓީމު ވަނީ، ޔޫއޭއީ ގައި ކުޅުނު މެޗަކުން 1-1 އިން އެއްވަރުވެފަ އެވެ.

ގައުމީ ހޭންޑްބޯލް ޓީމުއޭއެފްސީ އޭޝިއަން ކަޕް ކޮލިފިކޭޝަން

ކޮމެންޓް

އިތުރަށް ކިޔާލަން

ދިވެހި ގައުމީ ހޭންޑްބޯލް ޓީމު އުމްރާވުމަށް މީޤާތު ހައްޖު އެންޑް އުމްރާ ގްރޫޕުން އެހީތެރިވެ ދީފި

ދިވެހި ގައުމީ ހޭންޑްބޯލް ޓީމު އުމްރާވުމަށް މީޤާތު ހައްޖު އެންޑް އުމްރާ ގްރޫޕުން އެހީތެރިވެ ދީފި

24 ނޮވެމްބަރު 2025
އެންމެ މުހިންމީ ކުޅިވަރު ދާއިރާ ހިންގާނެ މީހުން އުފެއްދުން: މޯހަން

އެންމެ މުހިންމީ ކުޅިވަރު ދާއިރާ ހިންގާނެ މީހުން އުފެއްދުން: މޯހަން

27 އޮކްޓޯބަރު 2025
ބޭރުން ކޯޗުން ގެނެސްގެން ރަނގަޅު ނަތީޖާއެއް ނުނެރެވޭ: މޯހަން

ބޭރުން ކޯޗުން ގެނެސްގެން ރަނގަޅު ނަތީޖާއެއް ނުނެރެވޭ: މޯހަން

26 އޮކްޓޯބަރު 2025
ފީފާ ރޭންކިންގައި ރާއްޖެ އަށް ދެ ދަރަޖައިގެ ވެއްޓުމެއް

ފީފާ ރޭންކިންގައި ރާއްޖެ އަށް ދެ ދަރަޖައިގެ ވެއްޓުމެއް

19 އޮކްޓޯބަރު 2025
"ފޯރީގައި ދަނޑަށް"، ޤައުމީ ޓީމުގެ މެޗަށް ޚާއްސަ ހަރަކާތެއް ބާއްވައިފި

"ފޯރީގައި ދަނޑަށް"، ޤައުމީ ޓީމުގެ މެޗަށް ޚާއްސަ ހަރަކާތެއް ބާއްވައިފި

12 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު