Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިނގިރޭސިވިލާތް

އިނގިރޭސިވިލާތުގައި ބޮޑު ވަޒީރު ސްޓާމާގެ މަޤުބޫލުކަން ދައްވަނީ!

ފަހުގެ ހޯދުން ތަކުން ދައްކާ ގޮތުގައި، ރިފޯމް ޕާޓީގެ މަޤުބޫލުކަން ވަނީ ވަރަށް މައްޗަށް ގޮސްފަ އެވެ. އަދި ކުރިއަށް އޮތް އިންތިޚާބު އެ ޕާޓީ އިން ކާމިޔާބު ކުރުމުގެ ފުރުސަތު އޮތް ކަމަށް ވެސް ބުނެފައިވެ އެވެ. ސަންޑޭ ޓައިމްސްގެ އެމްއާރްޕީ ސާވޭ އިން ދައްކާ ގޮތުގައި ސްޓާމާ އަކީ، އިނގިރޭސިވިލާތުގެ ތާރީޚުގައި އެންމެ މަޤުބޫލުކަން ކުޑަ ބޮޑު ވަޒީރެވެ.

ކީރ ސްޓާމަރގެ ލޭބަރ ޕާޓީގެ މަޤްބޫލުކަން ވަނީ ތާރީޚުގައި ނުދެކޭވަރަށް ދަށަށް ގޮސްފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 1 އޮކްޓޯބަރު 2025 | ބުދަ 11:21
އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ސްޓާމާ

އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ސްޓާމާ

މީގެ އަހަރެއް ކުރިން ތާރީޚީ ކާމިޔާބެއް ހޯދި، އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ކަމަށް ވަޑައިގެންނެވި ކިއާ ސްޓާމާގެ ލޭބާ ޕާޓީ މިހާރު ވަނީ ސިޔާސީ ހަލަބޮލި ކަމެއްގެ ތެރެއަށް ވެއްޓިފަ އެވެ. 2024 ވަނަ އަހަރުގެ ޖުލައި މަހު އޮތް އިންތިޚާބުގައި 411 ގޮނޑީގެ ބޮޑު މެޖޯރިޓީ އެއް ހޯދި ނަމަވެސް، މިހާރު ސްޓާމާގެ މަޤުބޫލުކަން ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ.

ފަހުގެ ހޯދުން ތަކުން ދައްކާ ގޮތުގައި، ރިފޯމް ޕާޓީގެ މަޤުބޫލުކަން ވަނީ ވަރަށް މައްޗަށް ގޮސްފަ އެވެ. އަދި ކުރިއަށް އޮތް އިންތިޚާބު އެ ޕާޓީ އިން ކާމިޔާބު ކުރުމުގެ ފުރުސަތު އޮތް ކަމަށް ވެސް ބުނެފައިވެ އެވެ. ސަންޑޭ ޓައިމްސްގެ އެމްއާރްޕީ ސާވޭ އިން ދައްކާ ގޮތުގައި ސްޓާމާ އަކީ، އިނގިރޭސިވިލާތުގެ ތާރީޚުގައި އެންމެ މަޤުބޫލުކަން ކުޑަ ބޮޑު ވަޒީރެވެ.

މެންޗެސްޓާގެ މޭޔަރު އެންޑީ ބާންހަމް ވަނީ ލޭބާ ޕާޓީގެ ލީޑާޝިޕް އަށް އޭނާ ވާދަ ކުރައްވަފާނެ ކަމުގެ އިޝާރާތެއް ދެއްވައިފަ އެވެ. 2029 ގައި ބާއްވަން ހަމަ ޖެހިފައިވާ އިންތިޚާބުގެ ކުރިން، ސްޓާމާ މަޤާމުން ވަކި ކުރެވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވެސް، މަޝްރަހު ދިރާސާ ކުރާ ފަރާތްތަކުން ވަނީ ބުނެފަ އެވެ.

ޕްރެޝަރު ބޮޑުވެފައިވާ ސްޓާމާގެ މައްސަލަަތައް އޮތީ މައިގަނޑު ތިން ބަޔަކަށެވެ. އެއީ އަމަލީ ގޮންޖެހުންތަކާއި، ނޭދެވޭ މަންޒަރުތައް ސަރުކާރުން ފެނުމާއި، އެތެރޭގެ ސިޔާސީ މައްސަލަ ތަކެވެ. އޭގެ ތެރޭގައި ޓެކްސް ނުދެއްކުމުގެ މައްސަލަ ތަކާއި، ވިޔަފާރި ވެރިންގެ އިތުބާރު ގެއްލުމާއި، ބޭރު މީހުންގެ މައްސަލަ ހައްލު ނުކުރެވުން ހިމެނެ އެވެ.

މީގެ އިތުރުން އޮޕީނިއަމްގެ ޖޭމްސް ކްރައުޗް ބުނާ ގޮތުގައި، ބޮޑު ވަޒީރު ސްޓާމާގެ ސަރުކާރު، ނުވަތަ ވެރިކަން މިހާރު އޮތީ "މަރުވަމުންދާ" ޙާލަތެއްގަ އެވެ. އަދި ސްޓާާމާގެ މަޤުބޫލުކަމް އިންތިހާ އަަށް ދަށްވެފައިވާއިރު، ސްޓާމާ މިހާ ހިސާބަށް އައި ގޮތް އޭނާ އަށް އޮޅިވަޑައިގެންފައިވާ ކަމަށް ވެސް ކްރައުޗް ވަނީ ބުނެފަ އެވެ.

ހަމަ އެހެންމެ، ޓްރަފަލްގާ ސްޓްރެޓެޖީގެ ޖައިލްސް ކެނިންގްހަމް ބުނާ ގޮތުގައި ސްޓާމާ އަށް އެންމެ ބޮޑު ގެއްލުމަކަށް ވާނީ، އޭނާގެ ސިޔާސަތު ތަކުގެ މަޤުސަދު ސާފު ނުވުމެވެ. އެގޮތުން "ސްޓާމަރައިޒް" އަކީ ކޮބައިކަން ސާފު ނުވާ ކަމަށް އޭނާ ވަނީ ފާހަގަ ކޮށްފަ އެވެ.

ނޭޝަނަލް ވެސްޓްމިންސްޓާ ބޭންކުގެ ޗެއާމަން ރިކް ހޭތޯންތުވެއިޓް ފައިނޭންޝަލް ޓައިމްސް އަށް ވިދާޅުވެފައި ވަނީ، މިއީ ކޮންމެ ސިޔާސީ ފިކުރެއްގެ ސިޔާސީ މީހަކަށް ވިޔަސް، އުނދަގޫ ދުވަސް ވަރަަކަށް ވާނެ ކަމަށެވެ. ސިޔާސީ ނިޒާމު ބައިބައިވަމުންދާއިރު، ނައިޖެލް ފަރާޖް ވެރިކަމަށް އައުމަކީ މިހާރު އެކަށީގެންވާ ކަމެއް ކަމަށް ވެސް ކެނިންގްހަމް ވަނީ ފާހަގަ ކުރައްވައިފަ އެވެ.

އައިޕްސޮސްގެ ހޯދުންތަކުން ދައްކާ ގޮތުގައި، 1977 އިން ފެށިގެން މިހާތަނަށް އެންމެ ދަށް އެޕްރޫވަލް ރޭޓިން ލިބިފައި ވަނީ ސްޓާމާ އަށެވެ. ސްޓާމާ އާއި، އޭނާގެ ސަރުކާރުން ކުރަމުން އަންނަ މަސައްކަތާ މެދު ހިތްހަމަ ޖެހޭ ކަމަށް ބުނެފައި ވަނީ އެންމެ 13 އިންސައްތަ މީހުންނެވެ. އެ ހޯދުންތަކުގެ 70 އިންސައްތަ މީހުން ބުނެފައި ވަނީ، ސްޓާމާގެ ސަރުކާރާ މެދު ހިތްހަމަ ނުޖެހޭ ކަމަށެވެ.

އެކަންކަމާ ދެކޮޅަށް ވާހަކަ ދައްކަވަމުން ލޭބާ ޕާޓީގެ ޤައުމީ ކޮންފަރެންސްގައި ސްޓާމާ ވިދާޅުވެފައި ވަނީ، އޭނާގެ ސަރުކާރު ވަޒަން ކުރަން ޖެހޭނީ ތިން ކަމަކުން ކަމަށެވެ. އެގޮތުން ސްޓާމާ ވިދާޅުވީ އޭނާގެ ސަރުކާރު ވަޒަން ކުރަން ޖެހޭނީ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުވުމާއި، ސަރުކާރުގެ ޚިދުމަތްތައް ރަނގަޅުވުމާއި، އަދި ރައްޔިތުންނަށް ރައްކާތެރިކަން ލިބި ދިނުމުން ކަމަށެވެ.

އެންމެ ފަހުން 2024 ވަނަ އަހަރު އޮތް އިނގިރޭސިވިލާތުގެ އިންތިޚާބުގައި ލޭބާ ޕާޓީ އިން ވަނީ ބޮޑު ކާމިޔާބެއް ހޯދައިފަ އެވެ. އެ އިންތިޚާބު ކާމިޔާބުކޮށް، ލޭބާ ޕާޓީ އިން ވަނީ ޤާނޫނު ހަދާ މަޖިލީހުގެ 411 ގޮނޑި ކާމިޔާބު ކޮށްފަ އެވެ. ލޭބާ ޕާޓީއާ ވާދަވެރި ކޮންސަވޭޓިވް ޕާޓީ އަށް ކާމިޔާބު ކުރެވިފައި ވަނީ 121 ގޮނޑި އެވެ.

މަސްދަރު: އަލް ޖަޒީރާ

ކިއަ ސްޓާމާލޭބާ ޕާޓީ - ޔޫކޭއިނގިރޭސިވިލާތްރިފޯމް ޕާޓީ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި
10 ޑިސެމްބަރު 2025

އިސްތިއުފާ ދެއްވި ރޭނާ އެނބުރި ކެބިނެޓަށް އަންނާނެ ކަމަށް ބޮޑު ވަޒީރު ސްޓާމާ ވިދާޅުވެއްޖެ

10 ޑިސެމްބަރު 2025
އިސްތިއުފާ ދެއްވި ރޭނާ އެނބުރި ކެބިނެޓަށް އަންނާނެ ކަމަށް ބޮޑު ވަޒީރު ސްޓާމާ ވިދާޅުވެއްޖެ
07 ޑިސެމްބަރު 2025

ހޯމަ ދުވަހު މެކްރޮން އާއި، ޒެލެންސްކީ، ސްޓާމާ އަދި މާޒް ލަންޑަންގައި ބައްދަލު ކުރައްވަނީ

07 ޑިސެމްބަރު 2025
ހޯމަ ދުވަހު މެކްރޮން އާއި، ޒެލެންސްކީ، ސްޓާމާ އަދި މާޒް ލަންޑަންގައި ބައްދަލު ކުރައްވަނީ
03 ޑިސެމްބަރު 2025

އިނގިރޭސީ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރު ޓިއުލިޕް އަށް ބަންގްލަދޭޝްގެ ކޯޓަކުން ޖަލު ޙުކުމެއް އިއްވައިފި

03 ޑިސެމްބަރު 2025
އިނގިރޭސީ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރު ޓިއުލިޕް އަށް ބަންގްލަދޭޝްގެ ކޯޓަކުން ޖަލު ޙުކުމެއް އިއްވައިފި
30 ނޮވެމްބަރު 2025

އާންމުންނަށް ދޮގު ހެދި ކަމުގެ ތުހުމަތު ރީވްސް އަށް، ބަޖެޓާ ގުޅޭ ގޮތުން ބޮޑު ވަޒީރު ސްޓާމާ ހޯމަ ދުވަހު ވާހަކަ ދައްކަވަނީ

30 ނޮވެމްބަރު 2025
އާންމުންނަށް ދޮގު ހެދި ކަމުގެ ތުހުމަތު ރީވްސް އަށް، ބަޖެޓާ ގުޅޭ ގޮތުން ބޮޑު ވަޒީރު ސްޓާމާ ހޯމަ ދުވަހު ވާހަކަ ދައްކަވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު