Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްޑީޕީ

ލޫޓުވައިފި، ލޫޓުވައިފި އެއްވުމާ ބެހޭ ގޮތުން ފުލުހުން ނެރުނު "ސިޔާސީ" ބަޔާނަށް ގިނަ ބައެއްގެ ސީރިއަސް ފާޑު ކިޔުން އަމާޒުވެއްޖެ

1 އޮކްޓޯބަރު 2025 | ބުދަ 07:56

އެމްޑީޕީ އިން އަންނަ ހުކުރު ދުވަހުގެ ރޭ އާޓިފިޝަލް ބީޗް ގައި އިހްތިޖާޖެއް ބޭއްވުމަށް ތައްޔާރުވަމުންދޭ

ރާއްޖެ އެމްވީ | 1 އޮކްޓޯބަރު 2025 | ބުދަ 07:56
މަގުމަތީގެ އަމާންކަން ގާއިމު ކުރުމާ ބެހޭ ގޮތުން ފުލުހުންގެ ޚިދުމަތުން ބޭއްވި ބައްދަލުވުމެއްގައި ބައިވެރިވި ފުލުހުން

މަގުމަތީގެ އަމާންކަން ގާއިމު ކުރުމާ ބެހޭ ގޮތުން ފުލުހުންގެ ޚިދުމަތުން ބޭއްވި ބައްދަލުވުމެއްގައި ބައިވެރިވި ފުލުހުން

ލޫޓުވައިފި، ލޫޓުވައިފި އެއްވުމާ ބެހޭ ގޮތުން ފުލުހުން ނެރުނު "ސިޔާސީ" ބަޔާނަށް ގިނަ ބައެއްގެ ސީރިއަސް ފާޑު ކިޔުން އަމާޒުވެއްޖެ އެވެ.

ސަރުކާރުން ހިންގާ ކަރަޕްޝަން އާއި ސަރުކާރުން ރައްޔިތުންގެ ހައްގުތަކަށް އަރައިގަނެފައިވާތީ އެކަމަށް އިހުތިޖާޖު ކުރުމުގެ ގޮތުން ރާއްޖޭގެ އެންމެ ބޮޑު އިދިކޮޅު ޕާޓީ - އެމްޑީޕީ އިން އަންނަ ހުކުރު ދުވަހުގެ ރޭ އާޓިފިޝަލް ބީޗް ގައި ބޭއްވުމަށް ތައްޔާރުވަމުންދާ އިހްތިޖާޖު އާ ބެހޭ ގޮތުން ފުލުހުންގެ އިދާރާ އިން ބުދަ ދުވަހު ނެރުނު ބަޔާނަށް ފާޑުކީ ބައެއް ފަރާތްތަކުން ބުނެފައިވަނީ އެއީ ސިޔާސީ ބަޔާނެއް ކަމުގައެވެ.

Advertisement - newsAdvertisement

ފުލުހުންގެ ބަޔާނުގައި ބުނީ ބޮޑު އެއްވުމުގައި ކުށްކުރާ ގުރޫޕުތައް ނެރެ މާލެ ހަލަބޮލި ކުރަން އުޅޭކަމުގެ މައުލޫމާތުތަކެއް ފުލުހުންނަށް ލިބިފައިވާ ކަމަށެވެ. އެހެން ނަމަވެސް އެކަމުގެ ތަފްސީލެއް ހާމަ ކޮށްފައި ނުވުމުގެ އިތުރުން އެފަދަ ކަމެއް ރާވާ ކަމުގެ ތުހުމަތުގައި މިހާތަނަށް އެއްވެސް ބަޔަކު ހައްޔަރު ކޮށްފައެއް ވެސް ނުވެއެވެ.

ބައެއް ފަރާތްތަކުން ބުނެފައި ވަނީ އެއީ "ބިރު ދައްކަން" ނެރުނު ބަޔާނެއް ކަމުގައެވެ.

މާފަންނު އުތުރު ދާއިރާގެ ކުރީގެ މެމްބަރު އިމްތިޔާޒް ފަހުމީ ވިދާޅުވީ، "މިއީ ވަރަށް ބޭ އިންސާފު ތާކުންތާކު ނުޖެހޭ ވާހަކަތަކެއް އޮތް މުސްކުޅި ކޮޕީ ބަޔާނެއް،" ކަމުގައެވެ.

ކުރީގެ ޑިފެންސް މިނިސްޓަރ މާރިޔާ އަހްމަދު ދީދީ ފާހަގަ ކުރެއްވި ގޮތުގައި، ފުލުހުން ނެރުނު ބަޔާނުގައި "ސުލްޙަވެރި ޙަރަކާތެއްގެ ނަމުގައި" މިހެން ލިޔެފައި ވުމުން އެއީ ސިޔާސީ، ޕްރޮފެޝަނަލް ނޫން އަދި ހީއެއްގެ މައްޗަށް ކަންކަން ކަނޑައަޅައިގެން ދައްކާފައިވާ ވާހަކައެއް ކަމުގައެވެ. މާރިޔާ ވަނީ ފުލުހުންގެ ޕްރޮފެޝަނަލިޒަމް ދެމެހެއްޓުމަށާއި، "ސިޔާސީ" ބަޔާންތައް ނެރުމުން ދުރުހެލިވުމަށް ގޮވާލައްވާފައެވެ.

އިތުރަށް މާރިޔާ ވިދާާޅުވީ ފުލުހުން ނެރުނު ބަޔާނުގައި "ސުލްޙަވެރި އެއްވުމެއްގެ ނަމުގައި" ކަމަށް ބުނެފައި ވާއިރު، މިއީ ސުލްޙަވެރި އެއްވުމެކޭ ބުނެ އެނޫން ގޮތަށް ހިނގާ ޙަރަކާތެއް ކަމަށް ދެކޭ ކަމަށް ދޭހަވާ ގޮތަށް ބަޔާނެއް ނެރުނީތީ ހިތާމަ ކުރައްވާ ކަމުގައެވެ.

"އަޅުގަނޑުމެންގެ ޤާނޫނުތަކުގައި އެއްވެސް މީހަކު ކުށެއް ކުރިކަން ސާބިތު ނުވާހައި ހިނދަކު، އެމީހާ ކުށްވެރިއެއް ކަމަށް ނުބެލެވޭނެ،" ކަން ވެސް އެކްސް ގައި މާރިޔާ ކުރެއްވި ޕޯސްޓު ގައި ވިދާޅުވިއެވެ.

އެހެން ކަމާއެކު، ފުލުހުން ވެސް ޕްރޮފެޝަނަލް ވުމަށާއި، މިފަދަ ހީއެއްގެ މައްޗަށް ކަންކަން ކަނޑައަޅައިގެން ދައްކާ ވާހަކަތަކަށް ނުފޫޒު ފޯރުވުމަށް ސިޔާސީ ފަރާތްތަކަށް ފުރުސަތު ނުދިނުމަށް ގޮވާލާ ކަމަށް ވެސް މާރިޔާ ވިދާޅުވިއެވެ.

އެކްސް ގައި ފުލުހުން ޝާއިއު ކުރި މި ބަޔާނަށް އާންމުންގެ ގިނަ ބަޔަކު ވަނީ ނުރުހުން ފާޅު ކޮށްފައެވެ.

ފުލުހުންގެ ބަޔާނާ ހަވާލާދީ އެމްޑީޕީ އިން ނެރުނު ބަޔާނުގައި ވެސް "ލޫޓުވައިފި، ލޫޓުވައިފި" އެއްވުމަށް ހުރަސް ނޭޅުމަށް ފުލުހުންނަށް ގޮވާލާފައިވެއެވެ.

ޕޮލިސްއެމްޑީޕީއިހުތިޖާޖު

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

ފިޝަރީޒް މިނިސްޓަރު އުޅުއްވަނީ ބޮޑު ކަންނެލީގެ މަސްވެރިކަން މުޅިން ނެތި ކޮށްލަން: އިމްރާން

13 ޑިސެމްބަރު 2025
ފިޝަރީޒް މިނިސްޓަރު އުޅުއްވަނީ ބޮޑު ކަންނެލީގެ މަސްވެރިކަން މުޅިން ނެތި ކޮށްލަން: އިމްރާން
11 ޑިސެމްބަރު 2025

މައުރޫފް ހައްޔަރުކުރުމުން ބޭއްވި ކޮމިޓީ ގައި ވޯޓަށް އަހަން ބޭނުންވާ މިންވަރަށް މެމްބަރުން ހަމަ އެއް ނުވި

11 ޑިސެމްބަރު 2025
މައުރޫފް ހައްޔަރުކުރުމުން ބޭއްވި ކޮމިޓީ ގައި ވޯޓަށް އަހަން ބޭނުންވާ މިންވަރަށް މެމްބަރުން ހަމަ އެއް ނުވި
11 ޑިސެމްބަރު 2025

މުޒާހަރާއިން މަސްވެރިން ހައްޔަރުކުރުމަކީ މަސްވެރިން ފެއިލްކޮށް ވެރިކަން ކުރުމުގެ އަހުލާގު މި ސަރުކާރުގައި ނެތްކަން ދައްކައުވައިދޭ ކަމެއް: ޝާހިދު

11 ޑިސެމްބަރު 2025
މުޒާހަރާއިން މަސްވެރިން ހައްޔަރުކުރުމަކީ މަސްވެރިން ފެއިލްކޮށް ވެރިކަން ކުރުމުގެ އަހުލާގު މި ސަރުކާރުގައި ނެތްކަން ދައްކައުވައިދޭ ކަމެއް: ޝާހިދު
11 ޑިސެމްބަރު 2025

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ
11 ޑިސެމްބަރު 2025

މަސްވެރިންގެ މުޒާހަރާގެ ތެރެއިން 2 ދޯންޏާއި 3 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި، މެންބަރ މައުރޫފު ވެސް ހިމެނޭ

11 ޑިސެމްބަރު 2025
މަސްވެރިންގެ މުޒާހަރާގެ ތެރެއިން 2 ދޯންޏާއި 3 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި، މެންބަރ މައުރޫފު ވެސް ހިމެނޭ
11 ޑިސެމްބަރު 2025

ލައިވް ކުރަމުން ދިޔަ މަސްވެރިންގެ މުޒާހަރާ މެދު ކަނޑާލަން ފުލުހުން އަންގައިގެން ރާއްޖެޓީވީގެ ލައިވް މެދުކަނޑާލައިފި

11 ޑިސެމްބަރު 2025
ލައިވް ކުރަމުން ދިޔަ މަސްވެރިންގެ މުޒާހަރާ މެދު ކަނޑާލަން ފުލުހުން އަންގައިގެން ރާއްޖެޓީވީގެ ލައިވް މެދުކަނޑާލައިފި
11 ޑިސެމްބަރު 2025

އިހުތިޖާޖު ކުރަމުންދާ މަސްދޯނި ތަކަށް ފުލުހުން އަރައިފި

11 ޑިސެމްބަރު 2025
އިހުތިޖާޖު ކުރަމުންދާ މަސްދޯނި ތަކަށް ފުލުހުން އަރައިފި
11 ޑިސެމްބަރު 2025

ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރާ މަސްވެރިންނަށް ބިރު ދައްކައިގެން ހުއްޓުވޭނެ ކަމަށް ވިސްނުމަކީ ވަރަށް ބޮޑު ގޯހެއް: މައުރޫފް ޒާކިރު

11 ޑިސެމްބަރު 2025
ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރާ މަސްވެރިންނަށް ބިރު ދައްކައިގެން ހުއްޓުވޭނެ ކަމަށް ވިސްނުމަކީ ވަރަށް ބޮޑު ގޯހެއް: މައުރޫފް ޒާކިރު
10 ޑިސެމްބަރު 2025

ރައީސް މުޢިއްޒު އާއި މިނިސްޓަރު، މަސްވެރިންނާ ބައްދަލުކޮށް ޑިމާންޑް ތަކަށް ހައްލު ހޯދައިދެން ދެން މުޒާހަރާ ކުރިއަށް ގެންދަން ނިންމައިފި

10 ޑިސެމްބަރު 2025
ރައީސް މުޢިއްޒު އާއި މިނިސްޓަރު، މަސްވެރިންނާ ބައްދަލުކޮށް ޑިމާންޑް ތަކަށް ހައްލު ހޯދައިދެން ދެން މުޒާހަރާ ކުރިއަށް ގެންދަން ނިންމައިފި
10 ޑިސެމްބަރު 2025

ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

10 ޑިސެމްބަރު 2025
ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް