Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޢަލީ އިޙުސާން

ސަރުކާރުގެ ރަސްމީ އޮފީހުގެ ތެރޭގައި އަމިއްލަ ޕާޓީ އަށް ފޯމު ފުރުން ކުރިއަށް ގެންދެވި ހޯމް މިނިސްޓަރު އިހުސާނު ކަރަޕްޝަން ހުއްޓުވާނެ ގޮތް ވިދާޅުވެއްޖެ

އެމްޑީޕީން ބުނެފައިވަނީ އެ ޕާޓީގެ މެމްބަރުން ޕީއެންސީ އަށް ބަދަލުކޮށްފައިވާ ކަމަށް ބުނެ 3،000 ޝަކުވާ ލިބިފައިވާ ކަމަށެވެ. އޭގެ އިތުރުން ޑިމޮކްރެޓްސް ޕާޓީން ގާތްގަނޑަކަށް 500 މެމްބަރުން ގެއްލުނު

ރާއްޖެ އެމްވީ | 30 ސެޕްޓެމްބަރު 2025 | އަންގާރަ 15:17
ޑީއެންއާރުތެރޭގައި ޕީއެންސީއަށް މީހުން ވެއްދުމަށް ފޯމް ފުރަނީ

ޑީއެންއާރުތެރޭގައި ޕީއެންސީއަށް މީހުން ވެއްދުމަށް ފޯމް ފުރަނީ

ހޯމް މިނިސްޓަރު އަލީ އިހުސާނު ގެ ބެއްލެވުމުގެ ދަށުން ހިނގަމުން އަންނަ ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން ގެ ތެރޭގައި އޭނާ ވެސް ހުންނަވައިގެން ޕީއެންސީ އަށް ވަގަށް މެމްބަރުން ވެއްދުމުގެ މަސައްކަތް ހިންގާފައިވާކަން ފަޅާ އަރާފައި ވަނިކޮށް ކަރަޕްޝަން ހުއްޓުވޭނެ ގޮތް އޭނާ ވިދާޅުވެ ދެއްވައިފިއެވެ.

ވެރިކަން ހިންގާ ރައީސް މުއިއްޒުގެ ޕާޓީ އަށް މެމްބަރުން އިތުރު ކުރުމަށް ހިންގި ހަރަކާތުގައި ވަގު ސޮއި ކޮށް މީހުންނަށް ނޭނގި އެތައް ބަޔަކު ޕާޓީ އަށް ވެއްދި މައްސަލަ ފެންމަތިވި ދަނޑިވަޅުގައި އިދިކޮޅު އެންމެ ބޮޑު ޕާޓީ އެމްޑީޕީ އިން ވަނީ އިހުސާނުގެ އިސްތިއުފާ އަށް ވެސް ގޮވާލާފައެވެ.

"ކަރަޕްޝަން ހުއްޓުވާނެ ގޮތް ކިޔައިދެއްވަމުން އިހުސާން އެކްސް ގައި ކުރެއްވި ޕޯސްޓު ގައި ވިދާޅުވީ، ކޮރަޕްޝަން ހުއްޓުވުމަށް އެންމެ ރަނގަޅު ގޮތަކީ ޒިންމާދާރު މަޤާމުތަކުގައި ތިބޭ އިރު ކޮރަޕްޝަން ހުއްޓުވުމަށް އަޅަން ޖެހޭ ފިޔަވަޅު އެޅުމާއި ކޮރަޕްޝަންގެ ޢަމަލު ހިންގާ ފަރާތްތަކުގެ މައްޗަށް ޤާނޫނު ތަންފީޛު ކުރުން،" ކަމުގައެވެ.

އާންމުންނަށް ކޮމެންޓް ކުރުން ރެސްޓްރިކްޓް ކޮށް ކޮށްފައިވާ މި ޕޯސްޓުގެ ސްކްރީން އިމޭޖެއް އެޓޭޗް ކުރައްވާ ގާނޫނީ ވަކީލު އައިކް އަހްމަދު އީސާ ވިދާޅުވީ، އިހްސާން އަކީ އެތައް ސަތޭކަ ބައެއްގެ އައިޑެންޓިޓީ ވައްކަމުގައި ސީދާ ބައިވެރިވެފައިވާ ފަރާތެއް ކަމުގައެވެ.

އިހުސާނުގެ ޕޯސްޓުގައި އިތުރަށް ވިދާޅުވީ، އެ ބޭފުޅުން ގެންދަވަނީ ކަރަޕްޝަން ހުއްޓުވުމުގެ މަސައްކަތް ކުރަމުން ކަމަށެވެ.

އައިކް ވިދާޅުވީ، އިހުސާން އަކީ ރައީސުލްޖުމްހޫރިއްޔާ އުފެއްދެވި ކޮމިޝަނެއްގެ ރިޕޯޓެއްގައި ޤާނޫނީ އިމުން ބޭރުވެ، ނުފޫޒާއި ބާރު ނަހަމަ ގޮތުގައި ބޭނުންކުރި ކަމަށް ނަން ހާމަކޮށްފައިވާ މީހެއް ކަމަށެވެ.

އޭގެ އިތުރުން އައިކް ފާހަގަ ކުރައްވާފައި ވަނީ އިހްސާން އަކީ ޖިނާއީ ތަޙުޤީޤުތަކަށް ސީދާ ނުފޫޒު ފޯރުވާފައިވާ އަދި އަމިއްލަ ފައިދާއަށްޓަކައި ސަރުކާރުގެ މުދަލާއި މުވައްޒަފުން ބޭނުންކޮށްފައިވާ ފަރާތެއް ކަމުގައެވެ.

އިހުސާން ވިދާޅުވީ، މަޤާމުތަކުގައި އިދިކޮޅު ފަރާތްތަކުން ތިއްބެވި އިރު ކޮރަޕްޝަން ހުއްޓުވަން ކުރެއްވީ ކޮންކަމެއްތޯ ސުވާލު ކުރަން ޖެހޭ ކަމަށާއި، އެކަމުގައި އެބޭފުންނަށް "ޖަވާބު ދެވޭނެ" ކަމަށެވެ.

ރޭވިގެން ކުރިއަށް ގެންދިޔަ ކަރަޕްޝަންގެ އަމަލެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރުމުން ދިޔަ ވަގު ފޯމު ފުރުމުގެ މަސައްކަތުގައި، ހޯމް މިނިސްޓްރީގެ އޮފިޝަލުން އާންމު މީހުންގެ ފޮޓޯތައް ކްރޮޕްކޮށް އަދި ޕީއެންސީގެ މެމްބަރޝިޕް ފޯމުތައް ފުރަމުންދާ މަންޒަރު ދައްކުވައިދޭ ލީކްވެފައިވާ ފޮޓޯތަކާ ގުޅިގެން ގިނަ ބަޔަކު ވަނީ ނުރުހުން ފާޅު ކޮށްފައެވެ. މި ފޮޓޯތަކުގައި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރ އަލީ އިހުސާން އަދި އެހެނިހެން ސިޔާސީ މަޤާމުތަކުގައި ތިބި ފަރާތްތައް ހިމެނެއެވެ.

15 ޖަނަވަރީގައި ހާމަވި މި ފޮޓޯތައް ނަގާފައިވަނީ ޑީއެންއާރުގެ ކޮޓަރިއެއްގެ ތެރެއިންނެވެ.

ޕީއެންސީ އަށް ދައުލަތުން ދޭ ފައިސާގެ އަދަދު އިތުރުކުރުމަށްޓަކައި މެމްބަރުންގެ އަދަދު އިތުރުކޮށްފައިވާ ކަމުގެ ތުހުމަތު މިކަމުގައި ކުރެވުނެވެ.

އެމްޑީޕީން ބުނެފައިވަނީ އެ ޕާޓީގެ މެމްބަރުން ޕީއެންސީ އަށް ބަދަލުކޮށްފައިވާ ކަމަށް ބުނެ 3،000 ޝަކުވާ ލިބިފައިވާ ކަމަށެވެ. އޭގެ އިތުރުން ޑިމޮކްރެޓްސް ޕާޓީން ގާތްގަނޑަކަށް 500 މެމްބަރުން ގެއްލިފައިވެއެވެ.

އިހުސާނުގެ ޕޯސްޓަށް ރައްދު ދެއްވަމުން ރިޔާޒް މަންސޫރު ވިދާޅުވީ، އިހްސާން އަކީ 6.9 ބިލިއަން ރުފިޔާގެ ކޮންޓްރެކްޓެއް ބޭރުގެ ކުންފުންޏެއް ކަމުގައިވާ ބެސްޓިނެޓަށް ދީފައިވާ ފަރާތެއް ކަމުގައެވެ. މިކަން ކޮށްފައިވަނީ އެއްވެސް ބީލަމެއް ނެތި، އަދި އެއްވެސް ސަބަބެއް ނެތި ކަމަށެވެ. އެއީ ރަނގަޅަށް މަސައްކަތްކުރާ ރާއްޖޭގައި ތައްޔާރު ކުރެވިފައިވާ ސޮފްޓްވެއަރ ލިބެން ހުއްޓާ ކަމަށް ވެސް ރިޔާޒް މަންސޫރު ވިދާޅުވިއެވެ.

ޢަލީ އިޙުސާންކޮރަޕްޝަން

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!

މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!

11 ޑިސެމްބަރު 2025
ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
މި ސަރުކާރު އައުމާއެކު ފެށުނު ކޮރަޕްޝަންގެ މަޝްރޫއު އަކީ ރަސްމާލެ، ނޭނގި ނަމަވެސް އެކަމަށް އިއުތިރާފު ވެސް ވެއްޖެ: ޔާމީން

މި ސަރުކާރު އައުމާއެކު ފެށުނު ކޮރަޕްޝަންގެ މަޝްރޫއު އަކީ ރަސްމާލެ، ނޭނގި ނަމަވެސް އެކަމަށް އިއުތިރާފު ވެސް ވެއްޖެ: ޔާމީން

07 ޑިސެމްބަރު 2025
އިމްރާން ޚާންގެ ޙާލު ކޮޅު ރަނގަޅު، ނަމަވެސް ޖަލުގައި ހުންނެވީ އެކަނިވެރި ކަމުގެ ތެރޭގައި

އިމްރާން ޚާންގެ ޙާލު ކޮޅު ރަނގަޅު، ނަމަވެސް ޖަލުގައި ހުންނެވީ އެކަނިވެރި ކަމުގެ ތެރޭގައި

03 ޑިސެމްބަރު 2025
އިނގިރޭސީ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރު ޓިއުލިޕް އަށް ބަންގްލަދޭޝްގެ ކޯޓަކުން ޖަލު ޙުކުމެއް އިއްވައިފި

އިނގިރޭސީ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރު ޓިއުލިޕް އަށް ބަންގްލަދޭޝްގެ ކޯޓަކުން ޖަލު ޙުކުމެއް އިއްވައިފި

03 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

9 މާރިޗު
ކްރީމީ މެންގޯ ކޮކްޓެއިލް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރީމީ މެންގޯ ކޮކްޓެއިލް

ރޯދަމަސް ފެށެން އެއްދުވަސް، ފެނަކަ ކުންފުނީގައި 8 އަހަރު އުޅުނު މުވައްޒަފަކު ކަނޑާލައިފި
20242 އަހަރު ކުރިން
ރާއްޖެ

ރޯދަމަސް ފެށެން އެއްދުވަސް، ފެނަކަ ކުންފުނީގައި 8 އަހަރު އުޅުނު މުވައްޒަފަކު ކަނޑާލައިފި

ޔުނައިޓެޑް މާމޮޅު، ދެ ވަނަ ގޯލާއެކު މެޗު ނިމިއްޖެ: ޕެލެގްރީނީ
20233 އަހަރު ކުރިން
ކުޅިވަރު

ޔުނައިޓެޑް މާމޮޅު، ދެ ވަނަ ގޯލާއެކު މެޗު ނިމިއްޖެ: ޕެލެގްރީނީ

ރަށް ދެކެ ލޯބިވާ ޑޮކްޓަރު
20224 އަހަރު ކުރިން
މީހުން

ރަށް ދެކެ ލޯބިވާ ޑޮކްޓަރު

ކުރީގެ ރައީސް މައުމޫނު އިދިކޮޅާ ގުޅެން ނިންމެވިކަމުގެ އަޑުތަކެއް!
20215 އަހަރު ކުރިން
ރާއްޖެ

ކުރީގެ ރައީސް މައުމޫނު އިދިކޮޅާ ގުޅެން ނިންމެވިކަމުގެ އަޑުތަކެއް!

ސަރުކާރު ކޯލިޝަން އެބަ އޮތް، އެކަމަކު ތާއިދު ކުރަނީ ޕީޕީއެމް/ޕީއެންސީއަށް: ގާސިމް
20197 އަހަރު ކުރިން
ރާއްޖެ

ސަރުކާރު ކޯލިޝަން އެބަ އޮތް، އެކަމަކު ތާއިދު ކުރަނީ ޕީޕީއެމް/ޕީއެންސީއަށް: ގާސިމް

ޖެނަރަލް ޝިޔާމްގެ ގެކޮޅުގެ އޭސީ ހަދަން ދެކޮޅު ހެދި ދެ އޮފިސަރަކަށް ފިޔަވަޅު އަޅައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖެނަރަލް ޝިޔާމްގެ ގެކޮޅުގެ އޭސީ ހަދަން ދެކޮޅު ހެދި ދެ އޮފިސަރަކަށް ފިޔަވަޅު އަޅައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު