Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސްޕެނިޝް ލީގު

ސޮސިއެޑާޑް ބަލިކޮށް، ބާސެލޯނާ އެއް ވަނަ އަށް

މެޗަށް ފަހު ވާހަކަ ދައްކަމުން ބާސެލޯނާގެ ކޯޗު ހަންސީ ފްލިކް ބުނެފައި ވަނީ، އެ މެޗު ފެށުނީ ވަރަށް އުނދަގޫކޮށް ކަމަށާއި، ބާސެލޯނާ އިން ހޯދީ އުނދަގޫ މޮޅެއް ކަމަށެވެ. ބާާސެލޯނާގެ ކުޅުންތެރިން މެޗުން މޮޅުވުމަށް ވަރަށް މަސައްކަތް ކުރިކަން ފާހަގަކޮށް ފްލިކް ބުނީ، ބާސެލޯނާ އަށް އެ މެޗުން ލިބުނީ ހައްގު މޮޅެއް ކަމަށެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 29 ސެޕްޓެމްބަރު 2025 | ހޯމަ 05:50
މެޗުގައި ލަނޑު ޖެހުމަށް ފަހު ބާސެލޯނާގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށް ފަހު ބާސެލޯނާގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

ސްޕެނިޝް ލީގުގައި ރެއާލް ސޮސިއެޑާޑްއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، އެންމެ ފަހުގެ ޗެމްޕިއަން ބާސެލޯނާ އިން ލީގު ތާވަލްގެ އެއް ވަނަ އަށް ޖެހިލައިފި އެވެ.

އާދީއްތަ ދުވަހުގެ ރޭ ކުޅުނު މެޗަށް ނިކުތްއިރު، އެ މެޗުން މޮޅުވެ އެއް ވަނަ އަށް ޖެހިލުމުގެ ފުރުސަތު ބާސެލޯނާ އަށް އޮތެވެ. އެއީ ވާދަވެރި ރެއާލް މެޑްރިޑް އެންމެ ފަހުން ކުޅުނު މެޗުން އެ ޓީމު ބަލިވެފައި އޮތުމުންނެވެ.

ފުރުސަތުގެ ބޭނުން ހިފައި ބާސެލޯނާ އިން ވަނީ 2-1 ސޮސިއެޑާޑް ބަލިކޮށްފަ އެވެ. މެޗުގައި ސޮސިއެޑާޑް އިން ލަނޑު ޖަހައި ކުރި ހޯދާފައި ވަނިކޮށް، ބާސެލޯނާ އިން ވަނީ ފަހަތުން އަރައި ދެ ލަނޑު ޖަހައިގެން މޮޅުވެފަ އެވެ.

މެޗުގެ ފުރަތަމަ ހާފުގެ 31 ވަނަ މިނެޓުގައި ސޮސިއެޑާޑް އިން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އެ ލަނޑު ސޮސިއެޑާޑް އަށް ޖަހައިދިނީ އަލްވާރޯ އޮޑްރިއޯޒޮލާ އެވެ. އެއީ އަންޑާ ބެރެނެޓްޒިއާ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ޖެހި ލަނޑެކެވެ.

މެޗުގެ ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވާން ދެ މިނެޓަށް ވެފައި ވަނިކޮށް، ބާސެލޯނާ އަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ޖޫލްސް ކޫންޑޭ އެވެ. އެއީ މާކަސް ރަޝްފޯޑު ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ޖެހި ލަނޑެކެވެ.

އޭގެ ފަހުން ދެ ވަނަ ހާފު ފަށައިގެން ކުރީ ކޮޅު ބާސެލޯނާ އިން ވަނީ ދެ ވަނަ ލަނޑެއް ޖަހައި ލީޑު ނަގައިފަ އެވެ. ދެ ވަނަ ހާފު ފަށައިގެން ސާދަ ވަނަ މިނެޓުގައި ބާސެލޯނާ އަށް އެ ލަނޑު ޖަހައިދިނީ ޕޮލެންޑުގެ ފޯވާޑު ރޮބާޓް ލެވަންޑޯސްކީ އެވެ. އެއީ ލަމީން ޔަމާލް ތަނަވަސްކޮށްދިން ފުރުސަތެއްގައި ލެވަންޑޯސްކީ ޖެހި ލަނޑެކެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން ބާސެލޯނާގެ ކޯޗު ހަންސީ ފްލިކް ބުނެފައި ވަނީ، އެ މެޗު ފެށުނީ ވަރަށް އުނދަގޫކޮށް ކަމަށާއި، ބާސެލޯނާ އިން ހޯދީ އުނދަގޫ މޮޅެއް ކަމަށެވެ. ބާާސެލޯނާގެ ކުޅުންތެރިން މެޗުން މޮޅުވުމަށް ވަރަށް މަސައްކަތް ކުރިކަން ފާހަގަކޮށް ފްލިކް ބުނީ، ބާސެލޯނާ އަށް އެ މެޗުން ލިބުނީ ހައްގު މޮޅެއް ކަމަށެވެ.

އެކަން ފާހަގަކޮށް ފްލިކް ބުނީ ބާސެލޯނާ އިން ދައްކަމުން އަންނަ ކުޅުމާ މެދު އޭނާ ވަރަށް ބޮޑަށް ހިތްހަމަ ޖެހޭ ކަމަށާއި، ކުޅުންތެރިންނާ މެދު ފަޚުރުވެރިވާ ކަމަށެވެ. އަދި ބާސެލޯނާ އިން ފުރަތަަމ އެގާރަ އަށް ބަދަލު ގެނެސްގެން ކުޅެން ޖެހުނު ނަމަވެސް، އެކަމުގައި މާ ބޮޑު ކަންބޮޑުވުމެއް ނެތް ކަމަށް ފްލިކް ވަނީ ފާހަގަކޮށްފަ އެވެ.

މޮޅާއެކު ބާސެލޯނާ އެއް ވަނައިގައި އޮތީ، މިހާތަނަށް އެ ޓީމު ކުޅެފައިވާ ހަތް މެޗުން 19 ޕޮއިންޓާ އެކު އެވެ. ހަ މެޗުން ބާސެލޯނާ މޮޅުވެފައިވާއިރު، އެއް މެޗުން ވަނީ އެއްވަރުވެފަ އެވެ. ދެ ވަނައިގައި ރެއާލް އަށް ހަތް މެޗުން ލިބެނީ 18 ޕޮއިންޓެވެ.

ސްޕެނިޝް ލީގުބާސެލޯނާރެއާލް ސޮސިއެޑާޑް

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

10 ޑިސެމްބަރު 2025
ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި
08 ޑިސެމްބަރު 2025

ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި

08 ޑިސެމްބަރު 2025
ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި
07 ޑިސެމްބަރު 2025

ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި

07 ޑިސެމްބަރު 2025
ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި
04 ޑިސެމްބަރު 2025

އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި

04 ޑިސެމްބަރު 2025
އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި
03 ޑިސެމްބަރު 2025

އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި

03 ޑިސެމްބަރު 2025
އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު