Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އޭދަފުށި ބެޑްމިންޓަން ކަޕް 2025

އޭދަފުށީ މުބާރާތުން ލައިބާ އަށް ތިން ރަން މެޑައްޔާއި، އެއް ލޯ މެޑަލް

މުބާރާތުގައި ވާދަކޮށް ލައިބާ ރަން މެޑަލް ހޯދާފައި ވަނީ ސިންގަލްސްގެ އޯޕަން އިވެންޓުގެ އިތުރުން، 13 އަހަރުން ދަށުގެ ސިންގަލްސް އިވެންޓު އަދި 13 އަހަރުން ދަށުގެ ޑަބަލްސް އިވެންޓުންނެވެ. ޑަބަލްސް އިވެންޓުގައި ލައިބާގެ ޕެއާ ޕާޓްނަރަކީ އަލާޔާ ނަދީމް އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 28 ސެޕްޓެމްބަރު 2025 | އާދީއްތަ 04:26
އޭދަފުށީ މުބާރާތުގައި ލައިބާ ވާދަ ކުރަނީ

އޭދަފުށީ މުބާރާތުގައި ލައިބާ ވާދަ ކުރަނީ

ބ.އޭދަފުށީގައި ކުރިއަށް ދިޔަ، އޭދަފުށި ބެޑްމިންޓަން ކަޕް 2025 ގައި ވާދަކޮށް، ޒުވާން ބެޑްމިންޓަން ކުޅުންތެރިޔާ ލައިބާ އަޙުމަދު މަޚްލޫފް (އެލީ) ތިން ރަން މެޑައްޔާއި، އެއް ލޯ މެޑަލް ހޯދައިފި އެވެ.

އޭދަފުށީގައި ކުރިއަށް ދިޔަ މުބާރާތުގައި ލައިބާ ވާދަކޮށްފައި ވަނީ 13 އަހަރުން ދަށުގެ އުމުރުފުރައިގަ އެވެ. މުބާރާތުގައި ވާދަކޮށް ލައިބާ ރަން މެޑަލް ހޯދާފައި ވަނީ ސިންގަލްސްގެ އޯޕަން އިވެންޓުގެ އިތުރުން، 13 އަހަރުން ދަށުގެ ސިންގަލްސް އިވެންޓު އަދި 13 އަހަރުން ދަށުގެ ޑަބަލްސް އިވެންޓުންނެވެ. ޑަބަލްސް އިވެންޓުގައި ލައިބާގެ ޕެއާ ޕާޓްނަރަކީ އަލާޔާ ނަދީމް އެވެ.

މީގެ އިތުރުން ލައިބާ ލޯ މެޑަލް ހޯދާފައި ވަނީ އޯޕަން ކެޓަގަރީގެ މިކްސް ޑަބަލްސް އިވެންޓުންނެވެ. އެ އިވެންޓުގައި ލައިބާ ލޯ މެޑަލް ހޯދިއިރު، ޕެއާ ޕާޓްނަރަކީ ކަމާލް އޮވައިސް އެވެ.

އޭދަފުށި މުބާރާތުން ލައިބާ ރަނގަޅު ކާމިޔާބެއް ހޯދާފައިވާއިރު، ލައިބާ އަންނަނީ ރާއްޖޭގައި އޮންނަ މުބާރާތްތަކުގެ އިތުރުން، ބައިނަލްއަޤުވާމީ މުބާރާތްތަކުގައި ވެސް ވާދަކޮށް ގިނަ ކާމިޔާބީތަކެއް ހޯދަމުންނެވެ.

މިއަހަރު އާމޭނިއާގައި ކުރިއަށް ދިޔަ މުބާރާތުގައި ވާދަކޮށް ލައިބާ ވަނީ ތިން ރަން މެޑަލް ހޯދައިފަ އެވެ. މިއީ ބެޑްމިންޓަންގައި ލައިބާ ހޯދި ތާރީޚީ ކާމިޔާބެކެވެ. އޭގެ ފަހުން ޖޯޖިއާގައި ކުރިއަށް ދިޔަ ބަޓޫމީ ކަޕްގައި ލައިބާ ވަނީ ރިހި މެޑައްޔަކާއި، ދެ ލޯ މެޑަލް ހޯދައިފަ އެވެ.

މިދިޔަ އަހަރު ވެސް ލައިބާ ވަނީ ބައިނަލްއަޤުވާމީ މުބާރާތްތަކުގައި ވާދަކޮށް ރަނގަޅު ކާމިޔާބީތަކެއް ހޯދައިފަ އެވެ. ޤައުމީ ފެންވަރުގައި ވެސް ލައިބާ ރަނގަޅު ކާމިޔާބީތަކެއް ހޯދާފައިވާއިރު، އެންމެ ފަހުން އޮތް ޤައުމީ ބެޑްމިންޓަން ޓީމަށް ކުޅުންތެރިން ހޮވުމުގެ ސެލެކްޝަންގައި ވާދަކޮށް، ލައިބާ ވަނީ އުމުރުން 12 އަހަރުގައި ޤައުމީ ޓީމުން ޖާގަ ހޯދައިފަ އެވެ.

އޭދަފުށީ މުބާރާތުގެ ފިރިހެން ސިންގަލްސް އިވެންޓު ކާމިޔާބު ކުރީ ނިބާލް އަޙުމަދު އެވެ.

އޭދަފުށި ބެޑްމިންޓަން ކަޕް 2025ލައިބާ އަޙުމަދު މަޚްލޫފް

ކޮމެންޓް

އިތުރަށް ކިޔާލަން

ބަޓޫމީ ކަޕް: މިކްސް ޑަބަލްސްގެ ސެމީ ފައިނަލް، އަދި ސިންގަލްސްގެ ކުއާޓަރ ފައިނަލަށް ލައިބާ

ބަޓޫމީ ކަޕް: މިކްސް ޑަބަލްސްގެ ސެމީ ފައިނަލް، އަދި ސިންގަލްސްގެ ކުއާޓަރ ފައިނަލަށް ލައިބާ

23 އޯގަސްޓު 2025
ބަޓޫމީ ކަޕް - ޔޫތު އިންޓަނޭޝަނަލް ބެޑްމިންޓަން މުބާރާތުގައި ވާދަކުރުމަށް ލައިބާ ޖޯޖިއާ އަށް

ބަޓޫމީ ކަޕް - ޔޫތު އިންޓަނޭޝަނަލް ބެޑްމިންޓަން މުބާރާތުގައި ވާދަކުރުމަށް ލައިބާ ޖޯޖިއާ އަށް

21 އޯގަސްޓު 2025
އާމޭނިއާ މުބާރާތުގެ ތިން އިވެންޓުގެ ސެމީ ފައިނަލްގައި ލައިބާ

އާމޭނިއާ މުބާރާތުގެ ތިން އިވެންޓުގެ ސެމީ ފައިނަލްގައި ލައިބާ

08 ޖޫން 2025
އާމޭނިއާ މުބާރާތުގައި ލައިބާ ވާދަކުރަނީ

އާމޭނިއާ މުބާރާތުގައި ލައިބާ ވާދަކުރަނީ

04 ޖޫން 2025
މޮލްޑޯވާ މުބާރާތުން ރިހި އަދި ލޯ މެޑަލް ހޯދައި، ލައިބާ އަށް ރަނގަޅު ފެށުމެއް

މޮލްޑޯވާ މުބާރާތުން ރިހި އަދި ލޯ މެޑަލް ހޯދައި، ލައިބާ އަށް ރަނގަޅު ފެށުމެއް

27 ޖެނުއަރީ 2025

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު