Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ބަޓޫމީ ކަޕް - ޔޫތު އިންޓަނޭޝަނަލް މުބާރާތް

ބަޓޫމީ ކަޕް: މިކްސް ޑަބަލްސްގެ ސެމީ ފައިނަލް، އަދި ސިންގަލްސްގެ ކުއާޓަރ ފައިނަލަށް ލައިބާ

ހުކުރު ދުވަހު ފެށި މި މުބާރާތުގެ ފުރަތަމަ ދުވަހުގެ ކުޅުން ނިމުނުއިރު، ލައިބާ ވަނީ ސިންގަލްސް އިވެންޓުގެ ކުއާޓަރ ފައިނަލް އަދި މިކްސް ޑަބަލްސް އިވެންޓުގެ ސެމީ ފައިނަލް އިން ފުރުސަތު ހޯދައިފަ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 23 އޯގަސްޓު 2025 | ހޮނިހިރު 03:14
ބަޓޫމީ ކަޕް - ޔޫތު އިންޓަނޭޝަނަލް ބެޑްމިންޓަން މުބާރާތުގައި ލައިބާ ކުޅެނީ

ބަޓޫމީ ކަޕް - ޔޫތު އިންޓަނޭޝަނަލް ބެޑްމިންޓަން މުބާރާތުގައި ލައިބާ ކުޅެނީ

ޖޯޖިއާގައި މިހާރު ކުރިއަށްދާ، ބަޓޫމީ ކަޕް - ޔޫތު އިންޓަނޭޝަނަލް ބެޑްމިންޓަން މުބާރާތުގައި ވާދަ ކުރަމުން އަންނަ ރާއްޖޭގެ ޒުވާން ބެޑްމިންޓަން ކުޅުންތެރިޔާ ލައިބާ އަޙުމަދު މަޚްލޫފް (އެލީ) މުބާރާތުގައި ރަނގަޅު ފެށުމެއް ހޯދައިފި އެވެ.

ހުކުރު ދުވަހު ފެށި މި މުބާރާތުގެ ފުރަތަމަ ދުވަހުގެ ކުޅުން ނިމުނުއިރު، ލައިބާ ވަނީ ސިންގަލްސް އިވެންޓުގެ ކުއާޓަރ ފައިނަލް އަދި މިކްސް ޑަބަލްސް އިވެންޓުގެ ސެމީ ފައިނަލް އިން ފުރުސަތު ހޯދައިފަ އެވެ.

ސިންގަލްސް އިވެންޓުގައި ލައިބާ ހިމެނުނު ގުރޫޕުގައި ތިން މެޗު ކުޅެން އޮތްއިރު، ފުރަަތަމަ މެޗު ލައިބާ އަށް ލިބުނީ އިދިކޮޅު ކުޅުންްތެރިޔާ މެޗު ދޫކޮށްލުމުންނެވެ.

ދެ ވަނަ މެޗުގައި ލައިބާ ވަނީ އާމޭނިއާގެ އަސިލްބެކްޔަމް މަރީނާއާ ދެކޮޅަށް ކުޅެ، ސީދާ ދެ ސެޓުން މޮޅުވެފަ އެވެ. މެޗުގެ ސެޓުތައް ލައިބާ ކާމިޔާބު ކޮށްފައި ވަނީ 15-05 އަދި 15-05 އިންނެވެ.

ތިން ވަނަ މެޗުގައި ލައިބާ ވަނީ ތުރުކީގެ ތުގްބާ އޮކްސުޒް އަތުން ވެސް ސީދާ ދެ ސެޓުން މޮޅުވެފަ އެވެ. މެޗުގެ ސެޓުތައް ލައިބާ ކާމިޔާބު ކޮށްފައި ވަނީ 15-05 އަދި 15-09 އިންނެވެ.

މިކްސް ޑަބަލްސް އިވެންޓުގައި ލައިބާގެ ޕެއަރ ޕާޓްނަރަކީ އާމޭނިއާގެ މަނުކްޔަން ނާރެކް އެވެ. ކުއާޓާ ފައިނަލްގައި ލައިބާގެ ޕެއަރ އިން ވަނީ އާމޭނިއާގެ މަރީނާ އަދި ޖޯޖިއާގެ އަންޑްރިއާ ޑަވިޝްވިލްގެ ޕެއަރގެ މައްޗަށް ސީދާ ދެ ސެޓުން ކުރި ހޯދައިފަ އެވެ. ލައިބާގެ ޕެއަރ އިން މެޗުގެ ސެޓުތައް ކާމިޔާބު ކުރީ 15-06 އަދި 15-07 އިންނެވެ.

ޖޯޖިިއާގެ ބަޓޫމީ ސިޓީގައި މި މުބާރާތް ކުރިއަށް ދަނީ އޮގަސްޓު މަހުގެ 22 ވަނަ ދުވަހުން، 24 ވަނަ ދުވަހުގެ ނިޔަލަށެވެ. މި މުބާރާތުގައި ތުރުކީ، ޖޯޖިއާ، ކަޒަކިސްތާން، އާމޭނިއާ، ލެޓްވިއާ، އަޒަރުބައިޖާން އަދި ދިވެހި ރާއްޖެ އިން ވެސް ވާދަ ކުރާނެ އެވެ.

މުބާރާތުގައި ޖުމުލަ 78 ކުޅުންތެރިން ވާދަ ކުރާއިރު، މުބާރާތުގައި 11 އަހަރުން ދަށުގެ އިތުރުން، 13 އަހަރުން ދަށް އަދި 15 އަހަރުން ދަށުގެ އުމުރު ފުރައިގެ ސިންގަލްސް، ޑަބަލްސް އަދި މިކްސް ޑަބަލްސްގެ ކުޅުން ކުރިއަށްދެ އެވެ. މިއީ ޖޯޖިއާގެ ޤައުމީ ބެޑްމިންޓަން ފެޑެރޭޝަން އިން އިންތިޒާމު ކޮށްގެން ބާއްވާ މުބާރާތެކެވެ.

ބައިނަލްއަޤުވާމީ މުބާރާތްތަކުގައި ވާދަކޮށް ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ލައިބާ، މި މުބާރާތުގައި ވާދަ ކުރަނީ 13 އަހަރުން ދަށުގެ އުމުރު ފުރައިގަ އެވެ. އެގޮތުން ސިންގަލްސް އިވެންޓުގެ އިތުރުން، ޑަަބަލްްސް އަދި މިކްސް ޑަބަލްސްގައި ވެސް ލައިބާ ވާދަ ކުރެ އެވެ.

ލައިބާ ވަނީ މިދިޔަ އަހަރު ވެސް މި މުބާރާތުގައި ވާދަކޮށްފަ އެވެ. އެ ފަހަރުގެ މުބާރާތުން ލައިބާ ވަނީ ދެ މެޑަލް ހޯދައިފަ އެވެ. އެއީ ސިންގަލްސް އިވެންޓުގެ ލޯ މެޑަލްގެ އިތުރުންމ ޑަބަލްސް އިވެންޓުގެ ރިހި މެޑަލް އެވެ.

ބަޓޫމީ ކަޕް - ޔޫތު އިންޓަނޭޝަނަލް މުބާރާތްލައިބާ އަޙުމަދު މަޚްލޫފް

ކޮމެންޓް

އިތުރަށް ކިޔާލަން

އޭދަފުށީ މުބާރާތުން ލައިބާ އަށް ތިން ރަން މެޑައްޔާއި، އެއް ލޯ މެޑަލް

އޭދަފުށީ މުބާރާތުން ލައިބާ އަށް ތިން ރަން މެޑައްޔާއި، އެއް ލޯ މެޑަލް

28 ސެޕްޓެމްބަރު 2025
ބަޓޫމީ ކަޕް - ޔޫތު އިންޓަނޭޝަނަލް ބެޑްމިންޓަން މުބާރާތުގައި ވާދަކުރުމަށް ލައިބާ ޖޯޖިއާ އަށް

ބަޓޫމީ ކަޕް - ޔޫތު އިންޓަނޭޝަނަލް ބެޑްމިންޓަން މުބާރާތުގައި ވާދަކުރުމަށް ލައިބާ ޖޯޖިއާ އަށް

21 އޯގަސްޓު 2025
އާމޭނިއާ މުބާރާތުގެ ތިން އިވެންޓުގެ ސެމީ ފައިނަލްގައި ލައިބާ

އާމޭނިއާ މުބާރާތުގެ ތިން އިވެންޓުގެ ސެމީ ފައިނަލްގައި ލައިބާ

08 ޖޫން 2025
އާމޭނިއާ މުބާރާތުގައި ލައިބާ ވާދަކުރަނީ

އާމޭނިއާ މުބާރާތުގައި ލައިބާ ވާދަކުރަނީ

04 ޖޫން 2025
މޮލްޑޯވާ މުބާރާތުން ރިހި އަދި ލޯ މެޑަލް ހޯދައި، ލައިބާ އަށް ރަނގަޅު ފެށުމެއް

މޮލްޑޯވާ މުބާރާތުން ރިހި އަދި ލޯ މެޑަލް ހޯދައި، ލައިބާ އަށް ރަނގަޅު ފެށުމެއް

27 ޖެނުއަރީ 2025

އަހަރުތަކުން މިއަދު

18 ޖެނުއަރީ
ޓްރަމްޕް އާ ދެކޮޅަށް އެތައް ހާސް އެމެރިކާ ރައްޔިތުން މުޒާހަރާ އަށް ނުކުމެއްޖެ
20251 އަހަރު ކުރިން
ދުނިޔެ

ޓްރަމްޕް އާ ދެކޮޅަށް އެތައް ހާސް އެމެރިކާ ރައްޔިތުން މުޒާހަރާ އަށް ނުކުމެއްޖެ

މުދައްރިސުންނާއި އުނގަންނައިދޭ މީހުންނަކީ އީމާންކަމުގެ ފޭރާމުން ޒީނަތްތެރިވާންޖެހޭ ބައެއް - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

މުދައްރިސުންނާއި އުނގަންނައިދޭ މީހުންނަކީ އީމާންކަމުގެ ފޭރާމުން ޒީނަތްތެރިވާންޖެހޭ ބައެއް - ހުތުބާ

ނޭޕާލް ފްލައިޓް: "ފުރާނަ ސަލާމަތްވީ ޕައިލެޓްގެ ސަބަބުން"
20233 އަހަރު ކުރިން
ދުނިޔެ

ނޭޕާލް ފްލައިޓް: "ފުރާނަ ސަލާމަތްވީ ޕައިލެޓްގެ ސަބަބުން"

ޔާމީން ރަޝީދުގެ މަރު: ސިއްރު ހެކިވެރިޔާގެ ކުއްލި ސިޓީ ބަލައިނުގަނެ، ހައިޝަމްއާއި ޒިހާން އުމުރަށް ޖަލަށްލާން ޙުކުމް ކުރި ސަބަބު!
20224 އަހަރު ކުރިން
ރިޕޯޓު

ޔާމީން ރަޝީދުގެ މަރު: ސިއްރު ހެކިވެރިޔާގެ ކުއްލި ސިޓީ ބަލައިނުގަނެ، ހައިޝަމްއާއި ޒިހާން އުމުރަށް ޖަލަށްލާން ޙުކުމް ކުރި ސަބަބު!

ޗައިނާގެ ވާވޭ ކުންފުނީގެ އައު ވާހަކަތަކެއް ފަޅާ އަރުވާލައިފި!
20215 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ ވާވޭ ކުންފުނީގެ އައު ވާހަކަތަކެއް ފަޅާ އަރުވާލައިފި!

ދައުލަތަށް އެންމެ ގިނަ އާމްދަނީ ވައްދައިދޭ މީހުންގެ ހައްގުތައް ގެއްލިފައި!
20197 އަހަރު ކުރިން
ރިޕޯޓު

ދައުލަތަށް އެންމެ ގިނަ އާމްދަނީ ވައްދައިދޭ މީހުންގެ ހައްގުތައް ގެއްލިފައި!

ދިވެހިބަހުގެ އަކުރު
20188 އަހަރު ކުރިން
ދިވެހި ބަސް

ދިވެހިބަހުގެ އަކުރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު