Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ލައިބާ އަޙުމަދު މަޚްލޫފް

މޮލްޑޯވާ މުބާރާތުން ރިހި އަދި ލޯ މެޑަލް ހޯދައި، ލައިބާ އަށް ރަނގަޅު ފެށުމެއް

މޮލްޑޯވާގެ މުބާރާތުން ހޯދި ދެ މެޑައްޔާއެކު ލައިބާ ވަނީ މިހާތަނަށް 19 ބައިނަލްއަޤުވާމީ މެޑަލް ކާމިޔާބު ކޮށްފަ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 27 ޖެނުއަރީ 2025 | ހޯމަ 05:13
ރާއްޖޭގެ ޒުވާަން ބެޑްމިންޓަން ކުޅުންތެރިޔާ ލައިބާ އަޙުމަދު މަޚްލޫފް (އެލީ)

ރާއްޖޭގެ ޒުވާަން ބެޑްމިންޓަން ކުޅުންތެރިޔާ ލައިބާ އަޙުމަދު މަޚްލޫފް (އެލީ)

މޮލްޑޯވާގައި ކުރިއަށް ދިޔަ ވިންޓަރ ޝިސިނައު 2025 ބެޑްމިންޓަން މުބާރާތުގައި ވާދަކޮށް ދެ މެޑަލް ހޯދައި، ރާއްޖޭގެ ޒުވާން ބެޑްމިންޓަން ކުޅުންތެރިޔާ ލައިބާ އަޙުމަދު މަޚްލޫފް (އެލީ) މިއަހަރުގެ ފެށުން ރަނގަޅު ކޮށްފި އެވެ.

ހުކުރު ދުވަހުން ފެށިގެން ހޮނިހިރު ދުވަހުގެ ނިޔަލަށް ކުރިއަށް ދިޔަ މި މުބާރާތުގައި ވާާދަކޮށް ލައިބާ ވަނީ ރިހި މެޑަލް އަދި ލޯ މެޑަލް ހޯދައިފަ އެވެ. ލައިބާ ރިހި މެޑަލް ހޯދާފައި ވަނީ މިކްސް ޑަބަލްސް އިވެންޓުންނެވެ. މި އިވެންޓުގައި ލައިބާގެ ޕެއާ ޕާޓްނަރަކީ ރޮމޭނިއާގެ ބެންޖަމިން އެވެ. އަދި ލައިބާ ލޯ މެޑަލް ހޯދީ ޑަބަލްސް އިވެންޓުންނެވެ. މި އިވެންޓުގައި ލައިބާގެ ޕެއާ ޕާޓްނަރަކީ މޮލްޑޯވާގެ އިރީނާ އެވެ.

މުބާރާތުގެ މިކްސް ޑަބަލްސް އިވެންޓުގައި ލައިބާ އަދި ބެންޖަމިންގެ ޕެއާ އިން ވަނީ ވާދަވެރި ކުޅުމަކަށްފަހު ކުއާޓާ ފައިނަލް އަދި ސެމީ ފައިނަލްގެ މެޗު ކާމިޔާބު ކޮށްފަ އެވެ. އެ ދެ މެޗު ވެސް ލައިބާ އަދި ބެންޖަމިންގެ ޕެއާ އިން ކާމިޔާބު ކުރީ ދެ ސެޓު އެއް ސެޓުންނެވެ. މި އިވެންޓުގެ ފައިނަލްގައި ލައިބާ އަދި ބެންޖަމިންްގެ ޕެއާ ނިކުމެފައި ވަނީ ރޮމޭނިއާގެ ލުކާ އަދި އިސަބެލާގެ ޕެއާއާ ދެކޮޅަށެވެ. ފައިނަލް މެޗުގައި ލުކާ އަދި އިސަބެލާގެ ޕެއާ އިން ވަނީ ދެ ސެޓުން ލައިބާ އަދި ބެންޖަމިންގެ ޕެއާގެ މައްޗަށް ކުރި ހޯދައިފަ އެވެ.

ޑަބަލްސް އިވެންޓުގައި ލައިބާ އަދި އިރީނާ ވަނީ ސެމީ ފައިނަލްގައި ވާދަކޮށްފަ އެވެ. ވާދަވެރި ކުޅުމަކަށްފަހު ސެމީ ފައިނަލް މެޗުން ބަލިވީ ދެ ސެޓު އެއް ސެޓުންނެވެ. ސެމީ ފައިނަލްގައި މޮލްޑޯވާގެ ޕެޓްރިސިއާ އަދި ޑާރިއާގެ ޕެއާއާ ވާދަކޮށް ލައިބާ އަދި އިރީނާގެ ޕެއާ އިން ވަނީ ފުރަތަމަ ސެޓު ވެސް ކާމިޔާބު ކޮށްފަ އެވެ. ނަމަވެސް ދެން ކުޅުނު ދެ ސެޓު ކާމިޔާބުކޮށް ޕެޓްރިސިއާ އަދި ޑާރިއާ ވަނީ މެޗުން މޮޅުވެފަ އެވެ.

މިއީ މިއަހަރުގެ ތެރޭގައި ލައިބާ ވާދަކުރި ބައިނަލްއަޤުވާމީ ފުރަތަމަ މުބާރާތެވެ. ބެޑްމިންޓަން ޔޫރަޕު ކަލަންޑަރުގެ މުބާރާތްތަކުގައި ވާދަކޮށް 2023 ވަނަ އަހަރު އަދި 2024 ވަނަ އަހަރު ގައި ލައިބާ ވަނީ ޖުމްލަ 17 ބައިނަލްއަގުވާމީ މެޑަލް ހޯދައިފަ އެވެ. އެއީ ހަތަރު ރިހި މެޑަލް އަދި 13 ލޯ މެޑަލް އެވެ. މޮލްޑޯވާގެ މުބާރާތުން ހޯދި ދެ މެޑައްޔާއެކު ލައިބާ ވަނީ މިހާތަނަށް 19 ބައިނަލްއަޤުވާމީ މެޑަލް ކާމިޔާބު ކޮށްފަ އެވެ.

މިދިޔަ އަހަރު ބޭއްވި މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގައި، ޔަންގް އެތުލީޓް އޮފް ދަ އިޔަރ ކެޓެގަރީ އިން ލައިބާ ވަނީ 11 އަހަރުގައި ބްރޯންސް މެޑަލް ހާސިލްކޮށްފަ އެވެ.

ލައިބާ އަޙުމަދު މަޚްލޫފް

ކޮމެންޓް

އިތުރަށް ކިޔާލަން

އޭދަފުށީ މުބާރާތުން ލައިބާ އަށް ތިން ރަން މެޑައްޔާއި، އެއް ލޯ މެޑަލް

އޭދަފުށީ މުބާރާތުން ލައިބާ އަށް ތިން ރަން މެޑައްޔާއި، އެއް ލޯ މެޑަލް

28 ސެޕްޓެމްބަރު 2025
ބަޓޫމީ ކަޕް: މިކްސް ޑަބަލްސްގެ ސެމީ ފައިނަލް، އަދި ސިންގަލްސްގެ ކުއާޓަރ ފައިނަލަށް ލައިބާ

ބަޓޫމީ ކަޕް: މިކްސް ޑަބަލްސްގެ ސެމީ ފައިނަލް، އަދި ސިންގަލްސްގެ ކުއާޓަރ ފައިނަލަށް ލައިބާ

23 އޯގަސްޓު 2025
ބަޓޫމީ ކަޕް - ޔޫތު އިންޓަނޭޝަނަލް ބެޑްމިންޓަން މުބާރާތުގައި ވާދަކުރުމަށް ލައިބާ ޖޯޖިއާ އަށް

ބަޓޫމީ ކަޕް - ޔޫތު އިންޓަނޭޝަނަލް ބެޑްމިންޓަން މުބާރާތުގައި ވާދަކުރުމަށް ލައިބާ ޖޯޖިއާ އަށް

21 އޯގަސްޓު 2025
އާމޭނިއާ މުބާރާތުގެ ތިން އިވެންޓުގެ ސެމީ ފައިނަލްގައި ލައިބާ

އާމޭނިއާ މުބާރާތުގެ ތިން އިވެންޓުގެ ސެމީ ފައިނަލްގައި ލައިބާ

08 ޖޫން 2025
އާމޭނިއާ މުބާރާތުގައި ލައިބާ ވާދަކުރަނީ

އާމޭނިއާ މުބާރާތުގައި ލައިބާ ވާދަކުރަނީ

04 ޖޫން 2025

އަހަރުތަކުން މިއަދު

6 ޖެނުއަރީ
އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް
20251 އަހަރު ކުރިން
ސިއްހަތު

އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި
20233 އަހަރު ކުރިން
ދުނިޔެ

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟
20197 އަހަރު ކުރިން
ސިއްހަތު

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު