Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ލިތުއޭނިއަން އިންޓަނޭޝަނަލް ފެސްޓިވަލް

ލިތުއޭނިއާ މުބާރާތުން ލައިބާ ދެ ލޯ މެޑަލް ހޯދައިފި

ބެޑްމިންޓަން ޔޫރަޕުގެ ކަލަންޑަރު މުބާރާތްތަކުގައި ވާދަކޮށް، މިއަހަރުގެ ތެރޭގައި ލައިބާ ވަނީ ޖުމުލަ އަށް މެޑަލް ހޯދައިފަ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 3 ނޮވެމްބަރު 2024 | އާދީއްތަ 04:58
މެޑައްޔާއެކު ރާއްޖޭގެ ލައިބާ

މެޑައްޔާއެކު ރާއްޖޭގެ ލައިބާ

ލިތުއޭނިއާގައި ކުރިއަށް ދިޔަ، ލިތުއޭނިއަން އިންޓަނޭޝަނަލް ފެސްޓިވަލްގައި ރާއްޖޭގެ ޒުވާން ކުޅުންތެރިޔާ، ލައިބާ އަޙުމަދު މަޚްލޫފް (އެލީ) ދެ ލޯ މެޑަލް ހޯދައިފި އެވެ.

ނޮވެމްބަރު މަހުގެ އެއް ވަނަ ދުވަހުން ފެށިގެން، ދެ ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ދިޔަ މުބާރާތުގައި ވާދަކޮށް ލައިބާ ލޯ މެޑަލް ހޯދާފައި ވަނީ ޑަބަލްސް އަދި މިކްސް ޑަބަލްސް އިވެންޓުންނެވެ.

ޑަބަލްސް އިވެންޓުގައި ލައިބާގެ ޕެއާ ޕާޓްނަރަކީ ޔޫކްރެއިންގެ އެމާ ކަރަޓަނޯވާ އެވެ. ޑަބަލްސް ސެމީ ފައިނަލް މެޗުގައި ލައިބާ އަދި އެމާގެ ޕެއާ ބަލިވެފައި ވަނީ ދެ ސެޓު އެއް ސެޓުންނެވެ. އެ މެޗުގެ ފުރަތަމަ ސެޓު ލިތުއޭނިއާގެ ޕެއާ އިން ކާމިޔާބު ކުރީ 21-19 އިންނެވެ. ނަމަވެސް ލައިބާާ އަދި އެމާގެ ޕެއާ އިން ވަނީ 11-21 އިން ދެ ވަނަ ސެޓު ކާމިޔާބު ކޮށްފަ އެވެ. ތިން ވަނަ ސެޓުގައި ލިތުއޭނިއާގެ ޕެއާ އިން ވަނީ، 21-15 އިން ލައިބާ އަދި އެމާގެ މައްޗަށް ކުރި ހޯދައިފަ އެވެ.

މިކްސް ޑަބަލްސް އިވެންޓުގައި ލަައިބާގެ ޕެއާ ޕާޓްނަރަކީ އެސްޓޯނިއާގެ އަލްފްރެޑް ޕާވް އެވެ. އެ މެޗުގައި ލައިބާގެ ޕެއާ އިން ވާދަކޮށްފައި ވަނީ ލަޓްވިއާ އަދި ޔޫކްރެއިންގެ ޕެއާ އަކާ އެވެ. އެ މެޗުން ލައިބާ އަދި ޕާވްގެ ޕެއާ ބަލިވެފައި ވަނީ ސީދާ ދެ ސެޓުންނެވެ. އެއީ ފުރަތަމަ ސެޓު 21-07 އަދި ދެ ވަނަ ސެޓު 21-10 އިންނެވެ.

މުބާރާތުގެ ސިންގަލްސް އިވެންޓުގައި ވެސް ލައިބާ ވަނީ ވާދަކޮށްފަ އެވެ. ސިންގަލްސް އިވެންޓުގެ ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން ވެސް މޮޅުވެ، ލައިބާ ވަނީ ކުއާޓާ ފައިނަލް އިން ފުރުސަތު ހޯދައިފަ އެވެ. ނަމަވެސް ކުއާޓާ ފައިނަލްގައި ލައިބާ ބަލިވެފައި ވަނީ ޔޫކްރެއިންގެ އެއް ވަނަ ކުޅުންތެރިޔާ އެމާ އަތުންނެވެ. އެ މެޗު އެމާ ކާމިޔާބު ކުރީ ދެ ސެޓު އެއް ސެޓުންނެވެ.

މި މުބާރާތުގައި ލިތުއޭނިއާގެ އިތުރުން، ލަޓްވިއާ، ޕޮލެންޑު، އެސްޓޯނިއާ އަދި ޔޫކްރެއިންގެ ޓޮޕް ކުޅުންތެރިން ވާދަކުރި އެވެ. ދެ ދުވަހުގެ މުއްދަތަކަށް ކުރިއަށްދާ މި މުބާރާތަކީ، ބެޑްމިންޓަން ޔޫރަޕުގެ ކަލަންޑަރު މުބާރާތެކެވެ. ބެޑްމިންޓަން ޔޫރަޕުގެ ކަލަންޑަރު މުބާރާތްތަކުގައި ވާދަކޮށް، މިއަހަރުގެ ތެރޭގައި ލައިބާ ވަނީ ޖުމުލަ އަށް މެޑަލް ހޯދައިފަ އެވެ.

ލިތުއޭނިއަން އިންޓަނޭޝަނަލް ފެސްޓިވަލްލައިބާ އަޙުމަދު މަޚްލޫފް

ކޮމެންޓް

އިތުރަށް ކިޔާލަން

އޭދަފުށީ މުބާރާތުން ލައިބާ އަށް ތިން ރަން މެޑައްޔާއި، އެއް ލޯ މެޑަލް

އޭދަފުށީ މުބާރާތުން ލައިބާ އަށް ތިން ރަން މެޑައްޔާއި، އެއް ލޯ މެޑަލް

28 ސެޕްޓެމްބަރު 2025
ބަޓޫމީ ކަޕް: މިކްސް ޑަބަލްސްގެ ސެމީ ފައިނަލް، އަދި ސިންގަލްސްގެ ކުއާޓަރ ފައިނަލަށް ލައިބާ

ބަޓޫމީ ކަޕް: މިކްސް ޑަބަލްސްގެ ސެމީ ފައިނަލް، އަދި ސިންގަލްސްގެ ކުއާޓަރ ފައިނަލަށް ލައިބާ

23 އޯގަސްޓު 2025
ބަޓޫމީ ކަޕް - ޔޫތު އިންޓަނޭޝަނަލް ބެޑްމިންޓަން މުބާރާތުގައި ވާދަކުރުމަށް ލައިބާ ޖޯޖިއާ އަށް

ބަޓޫމީ ކަޕް - ޔޫތު އިންޓަނޭޝަނަލް ބެޑްމިންޓަން މުބާރާތުގައި ވާދަކުރުމަށް ލައިބާ ޖޯޖިއާ އަށް

21 އޯގަސްޓު 2025
އާމޭނިއާ މުބާރާތުގެ ތިން އިވެންޓުގެ ސެމީ ފައިނަލްގައި ލައިބާ

އާމޭނިއާ މުބާރާތުގެ ތިން އިވެންޓުގެ ސެމީ ފައިނަލްގައި ލައިބާ

08 ޖޫން 2025
އާމޭނިއާ މުބާރާތުގައި ލައިބާ ވާދަކުރަނީ

އާމޭނިއާ މުބާރާތުގައި ލައިބާ ވާދަކުރަނީ

04 ޖޫން 2025

އަހަރުތަކުން މިއަދު

17 މެއި
ވިލާ ޓްރެވެލްސްގެ ޙިދުމަތްތައް އިތުރަށް ފުޅާކޮށް، ޗާންދަނީ މަގުގައި އައު އޮފީސް ހުޅުވައިފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ވިލާ ޓްރެވެލްސްގެ ޙިދުމަތްތައް އިތުރަށް ފުޅާކޮށް، ޗާންދަނީ މަގުގައި އައު އޮފީސް ހުޅުވައިފި

އެންމެ ނާކާމިޔާބު ކެންޑިޑޭޓު، ފިސާރި ކާމިޔާބު!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

އެންމެ ނާކާމިޔާބު ކެންޑިޑޭޓު، ފިސާރި ކާމިޔާބު!

މުސްކުޅި ބައްޕަގެ ހާލަތު ފެނިފައި އަސަރު ކުރީ ދުރު ހިލޭ މީހަކަށް!
20233 އަހަރު ކުރިން
ރިޕޯޓު

މުސްކުޅި ބައްޕަގެ ހާލަތު ފެނިފައި އަސަރު ކުރީ ދުރު ހިލޭ މީހަކަށް!

ޔޫރަޕްގެ ބަޔެއް ގައުމުތަކުގައި މަންކީ ޕޮކްސް ފެތުރެންފަށައިފި
20224 އަހަރު ކުރިން
ދުނިޔެ

ޔޫރަޕްގެ ބަޔެއް ގައުމުތަކުގައި މަންކީ ޕޮކްސް ފެތުރެންފަށައިފި

ފަތާފައި ސްޕެއިނަށް އެރި ގިނަ އަދަދެއްގެ ބަޔަކު އަނބުރާ ފޮނުވާލައިފި
20215 އަހަރު ކުރިން
ދުނިޔެ

ފަތާފައި ސްޕެއިނަށް އެރި ގިނަ އަދަދެއްގެ ބަޔަކު އަނބުރާ ފޮނުވާލައިފި

މަޖިލިސް ރައީސް ކަމަށް ގެނައުމަށް ރައީސް ޞާލިހް \"ލޮބީ\" ކުރައްވަނީ އަފީފް އަށް!
20197 އަހަރު ކުރިން
ރާއްޖެ

މަޖިލިސް ރައީސް ކަމަށް ގެނައުމަށް ރައީސް ޞާލިހް \"ލޮބީ\" ކުރައްވަނީ އަފީފް އަށް!

ލަފުޒު ވަކިކޮށް ލިޔުމުގެ ގަވާއިދު
20188 އަހަރު ކުރިން
ދިވެހި ބަސް

ލަފުޒު ވަކިކޮށް ލިޔުމުގެ ގަވާއިދު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު