Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުލިތުއޭނިއަން އިންޓަނޭޝަނަލް ފެސްޓިވަލް

ލިތުއޭނިއާ މުބާރާތުގައި ލައިބާ އަށް ރަނގަޅު ފެށުމެއް

ލައިބާ ވަނީ ސިންގަލްސްގެ ކުއާޓާ ފައިނަލް އަދި ޑަބަލްސްގެ ސެމީ ފައިނަލް އިން ފުރުސަތު ހޯދައިފަ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 2 ނޮވެމްބަރު 2024 | ހޮނިހިރު 06:22
ލައިބާ އަޙުމަދު މަޚްލޫފް (އެލީ)

ލައިބާ އަޙުމަދު މަޚްލޫފް (އެލީ)

ލިތުއޭނިއާގައި މިހާރު ކުރިއަށްދާ، ލިތުއޭނިއަން އިންޓަނޭޝަނަލް ފެސްޓިވަލްގައި ރާއްޖޭގެ ޒުވާން ކުޅުންތެރިޔާ، ލައިބާ އަޙުމަދު މަޚްލޫފް (އެލީ) ރަނގަޅު ފެށުމެއް ހޯދައިފި އެވެ.

މުބާރާތުގެ ސިންގަލްސް އިވެންޓުގައި ވާދަކޮށް ލައިބާ ވަނީ ކުއާޓާ ފައިނަލްގެ ފުރުސަތު ހޯދައިފަ އެވެ. އެއީ ލައިބާ ހިމެނުނު ގުރޫޕު ޑީގައި ކުޅުނު ތިން މެޗުން ވެސް މޮޅުވެ، ގުރޫޕުގެ އެއް ވަނަ ހޯދައިގެންނެވެ. ފުރަތަމަ މެޗުގައި ލައިބާ ވަނީ ވިކްޓޯރިއާ ސިބުލްސްކާގެ މައްވަށް ސީދާ ދެ ސެޓުން ކުރި ހޯދައިފަ އެވެ. އެއީ 21-17 އަދި 21-16 އިންނެވެ. ދެ ވަނަ މެޗުގައި ބިއާޓްރިސް އުޒޮމެކައިޓްގެ މައްޗަށް ވެސް ކުރި ހޯދީ ސީދާ ދެ ސެޓުންނެވެ. އެއީ 21-13 އަދި 21-10 އިންނެވެ. ފަހު މެޗުގައި ވަކާ އިންތައިޓޭގެ މައްޗަށް ކުރި ހޯދީ، 21-17 އަދި 21-12 އިންނެވެ.

މުބާރާތުގެ ޑަބަލްސް އިވެންޓުގެ ސެމީ ފައިނަލް އިން ވެސް ލައިބާ ވަނީ ފުރުސަތު ހޯދައިފަ އެވެ. ޑަބަލްސް އިވެންޓުގައި ލައިބާގެ ޕެއާ ޕާޓްނަރަކީ ޔޫކްރެއިންގެ އެމާ ކަރަޓަނޯވާ އެވެ. ޑަބަލްސް އިވެންޓުގެ ގުރޫޕް ސްޓޭޖުގައި ލައިބާ އާއި އެމާ ވަނީ ކުޅުނު ތިން މެޗުން ވެސް މޮޅުވެފަ އެވެ. ފުރަތަމަ މެޗާއި، ތިން ވަނަ މެޗު ކާމިޔާބު ކުރީ ސީދާ ދެ ސެޓުންނެވެ. ދެ ވަނަ މެޗުން މޮޅުވީ ދެ ސެޓު އެއް ސެޓުންނެވެ.

މުބާރާތުގެ ސެމީ ފައިނަލް މެޗުތަކާއި. ކުއާޓާ ފައިނަލް މެޗުތައް އަދި މިކްސް ޑަބަލްސްގެ ކުޅުން އޮންނާނީ ހޮނިހިރު ދުވަހު އެވެ.

މި މުބާރާތުގައި ލިތުއޭނިއާގެ އިތުރުން، ލަޓްވިއާ، ޕޮލެންޑު، އެސްޓޯނިއާ އަދި ޔޫކްރެއިންގެ ޓޮޕް ކުޅުންތެރިން ވާދަކުރެ އެވެ. ދެ ދުވަހުގެ މުއްދަތަކަށް ކުރިއަށްދާ މި މުބާރާތަކީ، ބެޑްމިންޓަން ޔޫރަޕުގެ ކަލަންޑަރު މުބާރާތެކެވެ.

ލިތުއޭނިއަން އިންޓަނޭޝަނަލް ފެސްޓިވަލްލައިބާ އަޙުމަދު މަޚްލޫފް

އިތުރަށް ކިޔާލަން

28 ސެޕްޓެމްބަރު 2025

އޭދަފުށީ މުބާރާތުން ލައިބާ އަށް ތިން ރަން މެޑައްޔާއި، އެއް ލޯ މެޑަލް

28 ސެޕްޓެމްބަރު 2025
އޭދަފުށީ މުބާރާތުން ލައިބާ އަށް ތިން ރަން މެޑައްޔާއި، އެއް ލޯ މެޑަލް
23 އޯގަސްޓު 2025

ބަޓޫމީ ކަޕް: މިކްސް ޑަބަލްސްގެ ސެމީ ފައިނަލް، އަދި ސިންގަލްސްގެ ކުއާޓަރ ފައިނަލަށް ލައިބާ

23 އޯގަސްޓު 2025
ބަޓޫމީ ކަޕް: މިކްސް ޑަބަލްސްގެ ސެމީ ފައިނަލް، އަދި ސިންގަލްސްގެ ކުއާޓަރ ފައިނަލަށް ލައިބާ
21 އޯގަސްޓު 2025

ބަޓޫމީ ކަޕް - ޔޫތު އިންޓަނޭޝަނަލް ބެޑްމިންޓަން މުބާރާތުގައި ވާދަކުރުމަށް ލައިބާ ޖޯޖިއާ އަށް

21 އޯގަސްޓު 2025
ބަޓޫމީ ކަޕް - ޔޫތު އިންޓަނޭޝަނަލް ބެޑްމިންޓަން މުބާރާތުގައި ވާދަކުރުމަށް ލައިބާ ޖޯޖިއާ އަށް
08 ޖޫން 2025

އާމޭނިއާ މުބާރާތުގެ ތިން އިވެންޓުގެ ސެމީ ފައިނަލްގައި ލައިބާ

08 ޖޫން 2025
އާމޭނިއާ މުބާރާތުގެ ތިން އިވެންޓުގެ ސެމީ ފައިނަލްގައި ލައިބާ
04 ޖޫން 2025

އާމޭނިއާ މުބާރާތުގައި ލައިބާ ވާދަކުރަނީ

04 ޖޫން 2025
އާމޭނިއާ މުބާރާތުގައި ލައިބާ ވާދަކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު