Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއާމޭނިއާ ޔޫތު އޯޕަން 2025

އާމޭނިއާ މުބާރާތުގައި ލައިބާ ވާދަކުރަނީ

4 ޖޫން 2025 | ބުދަ 07:02

ބައިނަލްއަޤުވާމީ މުބާރާތްތަކުގައި މީގެ ކުރިން ވެސް ވާދަކޮށް ރަނގަޅު ކާމިޔާބީތަކެއް ހޯދާފައިވާ ލައިބާ، މި މުބާރާތުގެ ތިން އިވެންޓެއްގައި ވާދަކުރާނެ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 4 ޖޫން 2025 | ބުދަ 07:02
ލައިބާ އަހުމަދު މަހްލޫފް

ލައިބާ އަހުމަދު މަހްލޫފް

އާމޭނިއާގައި ކުރިއަށްދާ ބެޑްމިންޓަން މުބާރާތެއްގައި ވާދަ ކުރުމަށް، ރާއްޖޭގެ ޒުވާން ބެޑްމިންޓަން ކުޅުންތެރިޔާ ލައިބާ އަޙުމަދު މަޚްލޫފް (އެލީ) އެ ޤައުމަށް ގޮސްފި އެވެ.

އާމޭނިއާގައި މި މުބާރާތް ކުރިއަށް ދާނީ ޖޫން މަހުގެ ހަ ވަނަ ދުވަހުން، އަށް ވަނަ ދުވަހުގެ ނިޔަލަށެވެ. "އާމޭނިއާ ޔޫތު އޯޕަން 2025" ގެ ނަމުގައި ކުރިއަށް ގެންދާ މި މުބާރާތަކީ، ބެޑްމިންޓަން ޔޫރަޕު ކަލަންޑަރުގެ މުބާރާތެކެވެ.

އާމޭނިއާގެ ވެރި ރަށް ޔެރަވަންގައި މި މުބާރާތް ކުރިއަށް ދާއިރު، މުބާރާތުގައި ޖުމުލަ 92 ޤައުމަށް ވުރެ ގިނަ ޤައުމުގެ ކުޅުންތެރިން ވާދަކުރާނެ އެވެ. މި މުބާރާތަކީ އުމުރުން 13 އަހަރާއި 15 އަހަރާ ދެމެދުގެ ކުޅުންތެރިންނަށް ޚާއްސަކޮށްގެން ބާއްވާ މުބާރާތެކެވެ.

ބައިނަލްއަޤުވާމީ މުބާރާތްތަކުގައި މީގެ ކުރިން ވެސް ވާދަކޮށް ރަނގަޅު ކާމިޔާބީތަކެއް ހޯދާފައިވާ ލައިބާ، މި މުބާރާތުގެ ތިން އިވެންޓެއްގައި ވާދަކުރާނެ އެވެ. އެއީ 13 އަހަރުން ދަށުގެ ސިންގަލްސް އިވެންޓުގެ އިތުރުން، 13 އަހަރުން ދަށުގެ ޑަބަލްސް އިވެންޓު އަދި 13 އަހަރުން ދަށުގެ މިކްސް ޑަބަލްސް އިވެންޓުގަ އެވެ.

ލައިބާ އަންނަނީ ރާއްޖޭގައި އޮންނަ ބެޑްމިންޓަން މުބާރާތްތަކުގެ އިތުރުން، ބައިނަލްއަޤުވާމީ ބެޑްމިންޓަން މުބާރާތްތަކުގައި ވާދަކޮށް ރަނގަޅު ކާމިޔާބީތަކެއް ހޯދަމުންނެވެ. އެގޮތުން ބެޑްމިންޓަން ޔޫރަޕު ކަލަންޑަރުގައި ހިމެނޭ މުބާރާތްތަކުގައި ވާދަކޮށް ލައިބާ ވަނީ މިހާތަނަށް 20 މެޑަލް ހޯދައިފަ އެވެ. އެއީ ފަސް ރިހި މެޑަލްގެ އިތުރުން، 15 ލޯ މެޑަލް އެވެ.

މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގެ މިދިޔަ އަހަރުގެ ޔަންގް އެތުލީޓު އޮފް ދަ އިޔާގެ ތިން ވަނަ ލައިބާ ވަނީ ހޯދައިފަ އެވެ.

ލައިބާ އަޙުމަދު މަޚްލޫފް

އެންމެ ހިނގާ

1

ނޭޕާލުގެ މަހުޖަނު ވަރުން ޗައުދަރީއަށް ރާއްޖޭގައި ދިމާވި ނުރައްކާތެރި ހާދިސާ އަކުން ސަލާމަތްވީ އަދާނީގެ ސަބަބުން ކަމަށް ބުނެފި

2

އީރާން އިން ޓެރަރިސްޓް ގުރޫޕަކާ ދެކޮޅަށް ވަރުގަދަ އޮޕަރޭޝަނެއް ހިންގައިފި

3

"އީރާނާ ދެކޮޅަށް ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފާނެ"

4

ބަޔޮލޮޖިކަލް ގޮތުން އެއްވެސް ގުޅުމެއް ނެތް ދެ ކުދިން އޮސްޓްރޭލިއާގައި އަންހެނަކު އެއްމާބަނޑު ކުދިންގެ ގޮތުގައި ވިހައިފި

5

ޑޮަލަރު ނުލިބެނީ ކުރީ ސަރުކާރާ ހެދި. ޕާސްޕޯޓް ނުލިބެނީ ޖަރުމަނުވިލާތާ ހެދި. މި ސަރުކާރުން ޒިންމާ ނަގާނީ ކޮންއިރަކު؟

އިތުރަށް ކިޔާލަން

28 ސެޕްޓެމްބަރު 2025

އޭދަފުށީ މުބާރާތުން ލައިބާ އަށް ތިން ރަން މެޑައްޔާއި، އެއް ލޯ މެޑަލް

28 ސެޕްޓެމްބަރު 2025
އޭދަފުށީ މުބާރާތުން ލައިބާ އަށް ތިން ރަން މެޑައްޔާއި، އެއް ލޯ މެޑަލް
23 އޯގަސްޓު 2025

ބަޓޫމީ ކަޕް: މިކްސް ޑަބަލްސްގެ ސެމީ ފައިނަލް، އަދި ސިންގަލްސްގެ ކުއާޓަރ ފައިނަލަށް ލައިބާ

23 އޯގަސްޓު 2025
ބަޓޫމީ ކަޕް: މިކްސް ޑަބަލްސްގެ ސެމީ ފައިނަލް، އަދި ސިންގަލްސްގެ ކުއާޓަރ ފައިނަލަށް ލައިބާ
21 އޯގަސްޓު 2025

ބަޓޫމީ ކަޕް - ޔޫތު އިންޓަނޭޝަނަލް ބެޑްމިންޓަން މުބާރާތުގައި ވާދަކުރުމަށް ލައިބާ ޖޯޖިއާ އަށް

21 އޯގަސްޓު 2025
ބަޓޫމީ ކަޕް - ޔޫތު އިންޓަނޭޝަނަލް ބެޑްމިންޓަން މުބާރާތުގައި ވާދަކުރުމަށް ލައިބާ ޖޯޖިއާ އަށް
08 ޖޫން 2025

އާމޭނިއާ މުބާރާތުގެ ތިން އިވެންޓުގެ ސެމީ ފައިނަލްގައި ލައިބާ

08 ޖޫން 2025
އާމޭނިއާ މުބާރާތުގެ ތިން އިވެންޓުގެ ސެމީ ފައިނަލްގައި ލައިބާ
27 ޖެނުއަރީ 2025

މޮލްޑޯވާ މުބާރާތުން ރިހި އަދި ލޯ މެޑަލް ހޯދައި، ލައިބާ އަށް ރަނގަޅު ފެށުމެއް

27 ޖެނުއަރީ 2025
މޮލްޑޯވާ މުބާރާތުން ރިހި އަދި ލޯ މެޑަލް ހޯދައި، ލައިބާ އަށް ރަނގަޅު ފެށުމެއް
03 ނޮވެމްބަރު 2024

ލިތުއޭނިއާ މުބާރާތުން ލައިބާ ދެ ލޯ މެޑަލް ހޯދައިފި

03 ނޮވެމްބަރު 2024
ލިތުއޭނިއާ މުބާރާތުން ލައިބާ ދެ ލޯ މެޑަލް ހޯދައިފި
02 ނޮވެމްބަރު 2024

ލިތުއޭނިއާ މުބާރާތުގައި ލައިބާ އަށް ރަނގަޅު ފެށުމެއް

02 ނޮވެމްބަރު 2024
ލިތުއޭނިއާ މުބާރާތުގައި ލައިބާ އަށް ރަނގަޅު ފެށުމެއް
22 ސެޕްޓެމްބަރު 2024

ޖޯޖިއާ މުބާރާތުން ލައިބާ އަށް ރިހި އަދި ލޯ މެޑަލް

22 ސެޕްޓެމްބަރު 2024
ޖޯޖިއާ މުބާރާތުން ލައިބާ އަށް ރިހި އަދި ލޯ މެޑަލް
22 ސެޕްޓެމްބަރު 2024

ޑަބަލްސް އިވެންޓުގެ ސެމީ ފައިނަލްގައި ލައިބާގެ ޕެއާ

22 ސެޕްޓެމްބަރު 2024
ޑަބަލްސް އިވެންޓުގެ ސެމީ ފައިނަލްގައި ލައިބާގެ ޕެއާ
21 ސެޕްޓެމްބަރު 2024

ކުއާޓާ ފައިނަލް ކާމިޔާބުކޮށް، ލައިބާ ސެމީ ފައިނަލަށް

21 ސެޕްޓެމްބަރު 2024
ކުއާޓާ ފައިނަލް ކާމިޔާބުކޮށް، ލައިބާ ސެމީ ފައިނަލަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް