Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސައުދީ ޕްރޯ ލީގު

އޮބާމަޔަންގެ ދެ ލަނޑާ އެކު، ޤަދްޞިއްޔާ އިން އަލް ޙިލާލް ބަލިކޮށްފި

މި ނަތީޖާ އާއެކު ވެސް އަލް ޙިލާލް އެއް ވަނައިގައި އޮތީ މިހާތަނަށް އެ ޓީމު ކުޅެފައިވާ 17 މެޗުން 43 ޕޮއިންޓާ އެކު އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 28 ޖެނުއަރީ 2025 | އަންގާރަ 04:39
މެޗުގައި ލަނޑު ޖެހުމަށްފަހު އޮބާމަޔަން އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށްފަހު އޮބާމަޔަން އުފާ ފާޅު ކުރަނީ

ސައުދީ ޕްރޯ ލީގުގައި އަލް ޤަދިޞިއްޔާއާ ދެކޮޅަށް ކުޅުނު މެޗުން ފަހު ވަގުތު އަލް ޙިލާލް ބަލިވެއްޖެ އެވެ.

ހޯމަ ދުވަހުގެ ރޭ ކުޅުނު މެޗުގައި ޤަދްޞިއްޔާ އިން އަލް ޙިލާލްގެ މައްޗަށް ކުރި ހޯދީ 2-1 އިންނެވެ. މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ ވެސް ޤަދްޞިއްޔާ އިންނެވެ. ނަމަވެސް އަލް ޙިލާލް އިން ލަނޑު ޖަހައިގެން ނަތީޖާ ހަމަހަމަ ކޮށްފައި ވަނިކޮށް، މެޗުގެ އެންމެ ފަހު ވަގުތުގައި ލަނޑު ޖަހައިގެން ޤަދްޞިއްޔާ ވަނީ މެޗުން މޮޅުވެފަ އެވެ.

މެޗު ފަށައިގެން ދެ ވަނަ މިނެޓުގައި ޕިއޭ އެމެރިކް އޮބާމަޔަން ވަނީ ލަނޑު ޖަހައި، ޤަދްޞިއްޔާ އަށް ކުރި ހޯދައިދީފަ އެވެ. މެޗުގެ ނަތީޖާ ހަމަހަމަ ކުރުމަށް އަލް ޙިލާލް އިން ކުރި މަސައްކަތް އެ ޓީމަށް ކާމިޔާބު ކުރެވުނީ ދެ ވަނަ ހާފުގަ އެވެ. މެޗުގެ ދެ ވަނަ ހާފު ފަށައިގެން ފަސް ވަނަ މިނެޓުގައި އަލް ޙިލާލަށް ނަތީޖާ ހަމަހަމަ ކޮށްދިނީ މާކޮސް ލިއޮނާޑޯ އެވެ. މެޗު އެއްވަރުވާން ދަނިކޮށް، މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެއްކި ވަގުތުގައި އޮބާމަޔަން ވަނީ ދެ ވަނަ ލަނޑެއް ޖަހައި މެޗުން ޤަދްޞިއްޔާ މޮޅުކޮށްދީފަ އެވެ.

މި ނަތީޖާ އާއެކު ވެސް އަލް ޙިލާލް އެއް ވަނައިގައި އޮތީ މިހާތަނަށް އެ ޓީމު ކުޅެފައިވާ 17 މެޗުން 43 ޕޮއިންޓާ އެކު އެވެ. ހަމަ އެ އަދަަދަށް މެޗު ކުޅެގެން ދެ ވަނައިގައި އަލް އިއްތިފާޤަށް ވެސް ލިބެނީ 43 ޕޮއިންޓެވެ. އަލް ޙިލާލް އަތުން މޮޅުވި އަލް ޤަދްޞިއްޔާ އަށް ތިން ވަނައިގައި ލިބެނީ 37 ޕޮއިންޓެވެ.

ސައުދީ ޕްރޯ ލީގުއަލް ހިލާލްޕިއޭ-އެމެރިކް އޮބާމަޔަން

އިތުރަށް ކިޔާލަން

27 ސެޕްޓެމްބަރު 2025

އަލް އިއްތިހާދު ބަލިކޮށް، އަލް ނަޞްރު އެއް ވަނަ އަށް

27 ސެޕްޓެމްބަރު 2025
އަލް އިއްތިހާދު ބަލިކޮށް، އަލް ނަޞްރު އެއް ވަނަ އަށް
06 އޯގަސްޓު 2025

ނޫނޭޒް ހޯދުމުގައި އަލް ޙިލާލް އިން ލިވަޕޫލާ އެކު އެއްބަސްވުމަކަށް

06 އޯގަސްޓު 2025
ނޫނޭޒް ހޯދުމުގައި އަލް ޙިލާލް އިން ލިވަޕޫލާ އެކު އެއްބަސްވުމަކަށް
09 ޖުލައި 2025

މެސީ ހޯދުމަށް އަލް ޙިލާލް އިން މަސައްކަތް ކުރަނީ

09 ޖުލައި 2025
މެސީ ހޯދުމަށް އަލް ޙިލާލް އިން މަސައްކަތް ކުރަނީ
01 ޖުލައި 2025

އަލް ޙިލާާލް އަތް ދަށުގެ ސިޓީ ކަޓައިފި

01 ޖުލައި 2025
އަލް ޙިލާާލް އަތް ދަށުގެ ސިޓީ ކަޓައިފި
14 އެޕްރީލު 2025

ރޮނާލްޑޯ އަލް ނަޞްރުގައި ދެމިހުންނާނެކަމުގެ ޔަގީންކަން އެބައޮތް: އަލްމާލިކް

14 އެޕްރީލު 2025
ރޮނާލްޑޯ އަލް ނަޞްރުގައި ދެމިހުންނާނެކަމުގެ ޔަގީންކަން އެބައޮތް: އަލްމާލިކް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު