Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޕެންޓަގަން

އެމެރިކާގެ ދިފާއީ ވަޒީރު އެ ގައުމުގެ ސިފައިންގެ އިސް ޖެނެރަލުންނާއެކު ކުއްލި ބައްދަލުވުމަކަށް އަމުރު ކުރައްވައިފި

25 ސެޕްޓެމްބަރު 2025 | ބުރާސްފަތި 18:26

މި ބައްދަލުވުމުގައި ހަނގުރާމަވެރި ސަރަޙައްދުތަކާއި ޔޫރަޕް، މެދުއިރުމަތި އަދި އޭޝިއާ-ފެސިފިކް ސަރަޙައްދުތަކުގައި ތިބި އެމެރިކާގެ އިސް އަސްކަރީ ވެރިން ބައިވެރިވާނެއެވެ.

ރާއްޖެ އެމްވީ | 25 ސެޕްޓެމްބަރު 2025 | ބުރާސްފަތި 18:26
ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތު

ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތު

ޕެންޓަގަންގެ ވެރިޔާ ޕީޓް ހެގްސެތު އަންނަ ހަފްތާގައި ވާޖިނިއާ ގައި ހުންނަ މެރީން ކޯޕްސް ބޭސްއެއް ގައި އެ ގައުމުގެ އިސް ޖެނެރަލުންނާއި އެޑްމިރަލުން ބައްދަލުކުރެއްވުމަށް ބުރާސްފަތި ދުވަހު އަމުރުކުރައްވައިފިއެވެ.

މިކަމާ ގުޅޭ މައުލޫމާތު އެނގޭ ފަރާތްތަކާ ހަވާލާދީ ރިޕޯޓު ކޮށްފައިވާ ގޮތުން، ހެގްސެތު ވަނީ ކޮމާންޑިންގ އޮފިސަރުން ނުވަތަ އެންލިސްޓެޑް އެޑްވައިޒަރުންގެ ގޮތުގައި ތިބި ސަތޭކަޔަށް ވުރެ ގިނަ ޖެނެރަލުންނަށް މި ބައްދަލުވުމުގައި ބައިވެރިވުމަށް އަންގަވާފައެވެ.

މި ބައްދަލުވުމާ ގުޅޭ ރިޕޯޓުކުރި ދަ ވޮޝިންޓަން ޕޯސްޓުން ބުނެފައިވާ ގޮތުގައި، އެމެރިކާގައި އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެ ގައުމުގެ ގާތްގަނޑަކަށް 800 ޖެނެރަލުންނާއި އެޑްމިރަލުން ތިބެއެވެ.

ހެގްސެތު މީގެ ކުރިން ވިދާޅުވެފައިވަނީ އަސްކަރިއްޔާގައި މަތީ ރޭންކުގެ އޮފިސަރުން ގިނަކަމަށާއި، މި އަދަދު މަދު ކުރެވިދާނެ ކަމަށް ވެސް ވަނީ އިޝާރާތް ކުރައްވާފައެވެ.

ޕެންޓަގަންގެ އިސް ތަރުޖަމާނު ޝޯން ޕާނެލް ވަނީ އަންނަ ހަފްތާގައި ހެގްސެތު އެ މަނިކުފާނުގެ އިސް އަސްކަރީ ވެރިންނާ މުޚާތަބު ކުރައްވާނެކަން ދަ ޕޯސްޓަށް ކަށަވަރުކޮށްދީފައެވެ.

މިކަމާ ގުޅޭ ގޮތުން ދަ ވޮޝިންޓަން ޕޯސްޓަށް ބުނެފައި ވަނީ، "ހެގްސެތުގެ ބައްދަލުވުމަށް އަންނާނެ ކަމަށް ބެލެވޭ ފަރާތްތަކުގެ ތެރޭގައި ހަނގުރާމަވެރި ސަރަޙައްދުތަކުގައި ތިބި އިސް ކޮމާންޑަރުންނާއި ޔޫރަޕާއި މެދުއިރުމައްޗާއި އޭޝިއާ-ފެސިފިކް ސަރަޙައްދުގައި ތިބި އިސް އަސްކަރީ ވެރިން ހިމެނެއެވެ."

މަސްދަރު: ދަ ވޮޝިންގޓަން ޕޯސްޓް

ޕީޓް ހެގްސެތުޕެންޓަގަން

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

އިތުރަށް ކިޔާލަން

09 ޑިސެމްބަރު 2025

ހެގްސެތުގެ ދަތުރުފަތުރު ބަޖެޓުގެ 75 އިންސައްތަ ހިފެހެއްޓުމަށް ކޮންގްރެސް އިން ނިންމަނީ

09 ޑިސެމްބަރު 2025
ހެގްސެތުގެ ދަތުރުފަތުރު ބަޖެޓުގެ 75 އިންސައްތަ ހިފެހެއްޓުމަށް ކޮންގްރެސް އިން ނިންމަނީ
02 ނޮވެމްބަރު 2025

ކެރީބިއަންގައި އެމެރިކާ އިން ބޯޓަކަށް ދިން ހަމަލާގައި ތިން މީހަކު މަރުވެއްޖެ

02 ނޮވެމްބަރު 2025
ކެރީބިއަންގައި އެމެރިކާ އިން ބޯޓަކަށް ދިން ހަމަލާގައި ތިން މީހަކު މަރުވެއްޖެ
12 އޮކްޓޯބަރު 2025

އެމެރިކާ ސަރުކާރު ހުއްޓިފައި، ހުރިހާ ފަންޑެއް ބޭނުން ކޮށްގެން ވިޔަސް ސިފައިންނަށް މުސާރަ ދޭން ޓްރަމްޕް އަންގަވައިފި

12 އޮކްޓޯބަރު 2025
އެމެރިކާ ސަރުކާރު ހުއްޓިފައި، ހުރިހާ ފަންޑެއް ބޭނުން ކޮށްގެން ވިޔަސް ސިފައިންނަށް މުސާރަ ދޭން ޓްރަމްޕް އަންގަވައިފި
02 އޮކްޓޯބަރު 2025

ޤަތަރަށް ދޭ ހަމަލާތަކާ ގުޅިގެން، އެމެރިކާ އިން އަސްކަރީ ފިޔަވަޅު އެޅުމުގެ އަމުރެއްގައި ޓްރަމްޕް ސޮއި ކުރައްވައިފި

02 އޮކްޓޯބަރު 2025
ޤަތަރަށް ދޭ ހަމަލާތަކާ ގުޅިގެން، އެމެރިކާ އިން އަސްކަރީ ފިޔަވަޅު އެޅުމުގެ އަމުރެއްގައި ޓްރަމްޕް ސޮއި ކުރައްވައިފި
29 ސެޕްޓެމްބަރު 2025

އެމެރިކާގެ އަސްކަރިއްޔާގެ އިސްވެރިންނާ ޓްރަމްޕް ބައްދަލު ކުރައްވަނީ

29 ސެޕްޓެމްބަރު 2025
އެމެރިކާގެ އަސްކަރިއްޔާގެ އިސްވެރިންނާ ޓްރަމްޕް ބައްދަލު ކުރައްވަނީ
05 ސެޕްޓެމްބަރު 2025

ޕެންޓަގަން ގެ ނަން "ޑިޕާޓްމަންޓް އޮފް ވޯރ" އަށް ބަދަލުކުރުމަށް ޓްރަމްޕް ނިންމަވައިފި

05 ސެޕްޓެމްބަރު 2025
ޕެންޓަގަން ގެ ނަން "ޑިޕާޓްމަންޓް އޮފް ވޯރ" އަށް ބަދަލުކުރުމަށް ޓްރަމްޕް ނިންމަވައިފި
12 ޖުލައި 2025

އެމެރިކާ އިން ލުބުނާން އަށް 100 މިލިއަން ޑޮލަރުގެ އެއާ ކްރާފްޓް ވިއްކަނީ

12 ޖުލައި 2025
އެމެރިކާ އިން ލުބުނާން އަށް 100 މިލިއަން ޑޮލަރުގެ އެއާ ކްރާފްޓް ވިއްކަނީ
30 އެޕްރީލު 2025

މާޗު މަހުން ފެށިގެން ޔަމަންގެ 1000 އަމާޒަށް ހަމަލާ ދީފިން: ޕެންޓަގަން

30 އެޕްރީލު 2025
މާޗު މަހުން ފެށިގެން ޔަމަންގެ 1000 އަމާޒަށް ހަމަލާ ދީފިން: ޕެންޓަގަން
23 ޑިސެމްބަރު 2024

ސޫރިޔާގައި ތިބި ސިފައިންގެ އަދަދު އެމެރިކާއިން އޮޅުވާލައިފި

23 ޑިސެމްބަރު 2024
ސޫރިޔާގައި ތިބި ސިފައިންގެ އަދަދު އެމެރިކާއިން އޮޅުވާލައިފި
02 ނޮވެމްބަރު 2024

އިޒްރޭލު ހިމާޔަތް ކުރަން އެމެރިކާއިން B-52ގެ ބޯޓުތައް ފޮނުވަނީ

02 ނޮވެމްބަރު 2024
އިޒްރޭލު ހިމާޔަތް ކުރަން އެމެރިކާއިން B-52ގެ ބޯޓުތައް ފޮނުވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް