Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެެމެރިކާ

އެމެރިކާގެ އަސްކަރިއްޔާގެ އިސްވެރިންނާ ޓްރަމްޕް ބައްދަލު ކުރައްވަނީ

29 ސެޕްޓެމްބަރު 2025 | ހޯމަ 06:29

އެ ބައްދަލުވުމަކީ، އެމެރިކާގެ ސިފައިންގެ އެންމެ އިސްވެރިން، އެއް ވަގުތެއްގައި އެއް ތަނަކުން ބައްދަލުވާ މަދު ފުރުސަތުގެ ތެރެއިން ފުރުސަތެއް ކަަމަށްް ވަނީ ފާހަގަ ކޮށްފަ އެވެ. އެކަމާ ގުޅިގެން އެމެރިކާގެ ރިޔާސީ ގަނޑުވަރު، ވައިޓް ހައުސް އިން ވަކި އެއްޗެއް ބުނެފައި ނުވެ އެވެ. އެ ބައްދަލުވުމުގެ ޚަބަރު އެންމެ ފުރަތަމަ ރިޕޯޓު ކޮށްފަިއ ވަނީ ވޮޝިންޓަން ޕޯސްޓުންނެވެ.

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަޖީނިއާގެ ކުއަންޓިކޯގައި ބޭއްވޭ އެމެރިކާގެ އިސް ސިފައިންގެ ވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާނެ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 29 ސެޕްޓެމްބަރު 2025 | ހޯމަ 06:29
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

އެމެރިކާގެ އަސްކަރިއްޔާގެ އިސް ސިފައިންގެ ވެރިންގެ ބައްދަލުވުމެއްގައި، އެ ޤައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބައިވެރިވެ ވަޑައިަގަންނަވާނެ ކަމަށް އެމެރިކާގެ އިސް އޮފިޝަލަކު ހާމަ ކުރައްވައިފި އެވެ.

އެމެރިކާގެ އިސް އޮފިޝަލަކާ ހަވާލާދީ މީޑިއާ ތަކުގައި ބުނެފައި ވަނީ، އަންގާރަ ދުވަހު ވަޖީނިއާގެ ކުއަންޓިކޯގައި އޮންނަ އެމެރިކާގެ ސިފައިންގެ ވެރިންގެ ބައްދަލުވުމުގައި ޓްރަމްޕް ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށެވެ.

އެ ބައްދަލުވުމަކީ، އެމެރިކާގެ ސިފައިންގެ އެންމެ އިސްވެރިން، އެއް ވަގުތެއްގައި އެއް ތަނަކުން ބައްދަލުވާ މަދު ފުރުސަތުގެ ތެރެއިން ފުރުސަތެއް ކަަމަށްް ވަނީ ފާހަގަ ކޮށްފަ އެވެ. އެކަމާ ގުޅިގެން އެމެރިކާގެ ރިޔާސީ ގަނޑުވަރު، ވައިޓް ހައުސް އިން ވަކި އެއްޗެއް ބުނެފައި ނުވެ އެވެ. އެ ބައްދަލުވުމުގެ ޚަބަރު އެންމެ ފުރަތަމަ ރިޕޯޓު ކޮށްފަިއ ވަނީ ވޮޝިންޓަން ޕޯސްޓުންނެވެ.

ރޮއިޓާސް އަށް މައުލޫމާތު ދެމުން އެމެރިކާގެ އޮފިޝަލު ބުނެފައި ވަނީ، ޓްރަމްޕް ބައިވެރިވެ ވަޑައިގަންނަވާ އެ ބައްދަލުވުން ގާތް ގަނޑަކަަށް އެއް ގަޑިއިރަށް ދެމިގެން ދާނެ ކަމަށެވެ. އެ ބައްދަލުވުމުގައި ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތު ސިފައިންގެ "ވޯރިއާ އީތޯސް" ނުވަތަ، ހަނގުރާމަވެރިންގެ ސިފަތަކާ ބެހެ ގޮތުން ވާހަކަ ދައްކަވާނެ ކަމަށް ވެސް އޮފިޝަލު ވަނީ ހާމަ ކޮށްފަ އެވެ.

ދުނިޔޭގެ އެކި ކަންކޮޅު ތަކުގައި އެމެރިކާގެ އަސްކަރިއްޔާގެ ސިފައިން ޙަރަކާތްތެރިވެ އެވެ. އޭގެ ތެރޭގައި ދެކުނު ކޮރެއާ، ޖަޕާން އަދި މެދުއިރުމަތީގެ ޤައުމުތައް ވެސް ހިމެނެ އެވެ. މި ސަރަހައްދު ތަކުގައި ތިބި ސިފައިންގެ އިސްވެރިންނަކީ، ދެ ތަރި، ތިން ތަރު ނުވަތަ ހަތަރު ތަރީގެ ޖެނަރަލުންނާއި، އެޑްމިރަލުންނެވެ.

ޓްރަމްޕްގެ ރިޔާސީ ދެ ވަނަ ދައުރުގައި ޑިފެންސް ސެކްރެޓަރީގެ މަގާމަށް އައްޔަން ކުރެވި ހެގްސެތު، މަޤާމާ ހަވާލުވެ ވަޑައިގެންނެވުމަށް ފަހު އަންނަނީ ގިނަ ބަދަލު ތަކެއް ގެންނަމުންނެވެ. އޭގެ ތެރޭގައި އިސް ޖެނަރަލުންނާއި، އެޑްމިރަލުން ވަޒީފާ އިން ވަކި ކުރުމާއި، ޓްރަމްޕްގެ ޤައުމީ ސަލާމަތީ އެޖެންޑާ ތަންފީޒު ކުރެއްވުމަށް މަސައްކަތް ކުރެއްވުން ހިމެނެ އެވެ.

މަސްދަރު: ރޮއިޓާސް

ޑޮނަލްޑް ޓްރަމްޕްޕީޓް ހެގްސެތުއެމެރިކާ މިލިޓްރީއެމެރިކާ

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

އިތުރަށް ކިޔާލަން

12 ޑިސެމްބަރު 2025

އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި

12 ޑިސެމްބަރު 2025
އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި
11 ޑިސެމްބަރު 2025

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

11 ޑިސެމްބަރު 2025
ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ
11 ޑިސެމްބަރު 2025

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި
09 ޑިސެމްބަރު 2025

އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

09 ޑިސެމްބަރު 2025
އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ
09 ޑިސެމްބަރު 2025

ހެގްސެތުގެ ދަތުރުފަތުރު ބަޖެޓުގެ 75 އިންސައްތަ ހިފެހެއްޓުމަށް ކޮންގްރެސް އިން ނިންމަނީ

09 ޑިސެމްބަރު 2025
ހެގްސެތުގެ ދަތުރުފަތުރު ބަޖެޓުގެ 75 އިންސައްތަ ހިފެހެއްޓުމަށް ކޮންގްރެސް އިން ނިންމަނީ
09 ޑިސެމްބަރު 2025

އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ

09 ޑިސެމްބަރު 2025
އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ
08 ޑިސެމްބަރު 2025

ފީފާގެ އިނާމު ޓްރަމްޕް އަށް: ވަކި އަތަކަށް ނުޖެހޭ ސިޔާސަތާ މެދު ސުވާލު ތަކެއް

08 ޑިސެމްބަރު 2025
ފީފާގެ އިނާމު ޓްރަމްޕް އަށް: ވަކި އަތަކަށް ނުޖެހޭ ސިޔާސަތާ މެދު ސުވާލު ތަކެއް
08 ޑިސެމްބަރު 2025

ވެނެޒުއޭލާ ގެ އިދިކޮޅު ސިޔާސީ ފަރާތެއް ޖަލުގައި ހުއްޓާ މަރުވުމާއެކު އެމެރިކާ އިން އެކަމަށް ވަރަށް ބޮޑަށް ފާޑު ކިޔައިފި

08 ޑިސެމްބަރު 2025
ވެނެޒުއޭލާ ގެ އިދިކޮޅު ސިޔާސީ ފަރާތެއް ޖަލުގައި ހުއްޓާ މަރުވުމާއެކު އެމެރިކާ އިން އެކަމަށް ވަރަށް ބޮޑަށް ފާޑު ކިޔައިފި
07 ޑިސެމްބަރު 2025

ވިޓްކޮފް އާއެކު މުހިންމު ފޯނު ކޯލެއް ކުރައްވާފައިވާ ކަމަށް ޒެލެންސްކީ ވިދާޅުވެއްޖެ

07 ޑިސެމްބަރު 2025
ވިޓްކޮފް އާއެކު މުހިންމު ފޯނު ކޯލެއް ކުރައްވާފައިވާ ކަމަށް ޒެލެންސްކީ ވިދާޅުވެއްޖެ
07 ޑިސެމްބަރު 2025

ގަވަރުނަރު ނިއުސަމް އިށީނދެގެން އިންނެވި ގޮތުން، މީމްސް ހަދައި ފާޑު ކިޔަނީ

07 ޑިސެމްބަރު 2025
ގަވަރުނަރު ނިއުސަމް އިށީނދެގެން އިންނެވި ގޮތުން، މީމްސް ހަދައި ފާޑު ކިޔަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް