Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާ

އެމެރިކާ ސަރުކާރު ހުއްޓިފައި، ހުރިހާ ފަންޑެއް ބޭނުން ކޮށްގެން ވިޔަސް ސިފައިންނަށް މުސާރަ ދޭން ޓްރަމްޕް އަންގަވައިފި

12 އޮކްޓޯބަރު 2025 | އާދީއްތަ 05:58

ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ޓްރަމްޕް ވިދާޅުވެފައި ވަނީ، ސިފައިންނަށް ހައްގުވާ މުސާރަ ލިބޭނެކަން ކަަށަވަރު ކުރުމަށް ކޮމާންޑާ އިން ޗީފްގެ ހައިސިއްޔަތުން އޭނާގެ ބާރުތައް ބޭނުން ކުރައްވާނެ ކަމަށް. އެކަމަށް ބޭނުންވާ ފައިސާ ހޯދާފައިވާ ކަމަށާއި، ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތު މެދުވެރިކޮށް ސިފައިންނަށް މުސާރަ ދެވޭނެ ކަމަށް.

ސަރުކާރު ހުއްޓިފައިވާ ހާލަތުގައިވެސް ސިފައިންނަށް މުސާރަ ދިނުމަށްޓަކައި ޕެންޓަގަނަށް ބޭނުންކުރެވެން ހުރި ހުރިހާ ފަންޑެއް ބޭނުންކުރުމަށް ޓްރަމްޕް އަންގައިފި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 12 އޮކްޓޯބަރު 2025 | އާދީއްތަ 05:58
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

އެމެރިކާގެ ސަރުކާރު ހިންގުމަށް ބޭނުންވާ ބަޖެޓު ފާސް ނުކުރެވި ސަރުކާރު ހުއްޓިފައިވާއިރު، ހުރިހާ ފަންޑެއް ބޭނުން ކޮށްގެން ވިޔަސް ސިފައިންނަށް މުސާރަ ދިނުމަށް އެ ޤައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަންގަވައިފި އެވެ.

ޓްރަމްޕް، ޕެންޓަގަން އަށް އަންގަވާފައި ވަނީ ލިބެން ހުރި ހުރިހާ ފަންޑެއް ބޭނުން ކޮށްގެން ވިޔަސް، ސިފައިންނަށް މުސާރަ ދިނުމަށެވެ. މިފަދައިން ޓްރަމްޕް އަންގަވާފައި ވަނީ އޮކްޓޫބަރު 15 ގައި ސިފައިންނަށް ލިބެން ޖެހޭ މުސާރަ ނުލިބި ހިނގައިދާނެ ކަމުގެ ބިރު ބޮޑުވެފައި ވަނިކޮށެވެ.

ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ޓްރަމްޕް ވިދާޅުވެފައި ވަނީ، ސިފައިންނަށް ހައްގުވާ މުސާރަ ލިބޭނެކަން ކަަށަވަރު ކުރުމަށް ކޮމާންޑާ އިން ޗީފްގެ ހައިސިއްޔަތުން އޭނާގެ ބާރުތައް ބޭނުން ކުރައްވާނެ ކަމަށެވެ. އެކަމަށް ބޭނުންވާ ފައިސާ ހޯދާފައިވާ ކަމަށާއި، ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތު މެދުވެރިކޮށް ސިފައިންނަށް މުސާރަ ދެވޭނެ ކަމަށެވެ.

އެމެރިކާގެ ސަރުކާާރު ހިންގުމަށް ބޭނުންވާ ބަޖެޓު ފާސް ނުކުރެވި ސަރުކާރު ހުއްޓުމަކަށް އައިސްފައިވާއިރު، ސަރުކާރު ހުއްޓިފައި އޮންނަތާ 11 ދުވަސް ވެއްޖެ އެވެ. އެއާ ގުޅިގެން ގާތް ގަނޑަކަށް 1.3 މިލިއަން އެކްޓިކް ޑިއުޓީ ސިފައިންނަށް މުސާރަ ނުލިބުމުގެ ނުރައްކާ ވަނީ ކުރިމަތިވެފަ އެވެ. އެ މައްސަލައިގައި އެމެރިކާގެ ކޮންގްރެސްގައި ވެސް ވަނީ ޝަކުވާ އުފެދިފަ އެވެ.

ސިފައިންނަށް މުސާރަ ދޭނެ ކަމުގެ ޔަގީންކަން ޓްރަމްޕް ދެއްވާފައިވާއިރު، އެ ނިންމުމާ އެކު އެ މައްސަލަ ހައްލު ކުރުމަށް އެމެރިކާގެ ކޮންގްރެސް އަށް އޮތް ޕްރެޝަރުގެ ތެރެއިން ޕްރެޝަރެއް ކުޑަ ވާނެ ކަމަށް ބެލެވެ އެވެ. ނަމަވެސް، ސަރުކާރުގެ އެހެން މުވައްޒަފުންނަށް މިފަދަ އެހީތެރިކަން ލިބޭނެ ކަމުގެ އެއްވެސް އިޝާރާތެއް މިހާތަނަށް ލިބިފައި ނުވެ އެވެ.

ސަރުކާރު ހުއްޓުމަކަށް އައިސް ބައެއް މުވައްޒަފުންނަށް މުސާރަ ނުލިބޭނެ ކަމުގެ ބިރުވެރިކަން އޮތްއިރު، އަދި އަނެއްބައި މުވައްޒަފުންގެ ވަޒީފާ ގެއްލޭނެ ކަމުގެ ބިރު ބޮޑުވެ އޮތްއިރު، ހުކުރު ދުވަހު އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓް ހައުސްގެ ބަޖެޓު އޮފީހުން ވަނީ ބައެއް މުވައްޒަފުން ވަޒީފާ އިން ވަކި ކުރަން ފަށައިފަ އެވެ.

ކޮންގްރެޝަނަލް ބަޖެޓު އޮފީހުން ބުނެފައިވާ ގޮތުގައި، އެ ފައިސާ ހޯދުމަށް ޓްރަމްޕްގެ ޓެކްސް އަދި ހޭދަ ކުޑަ ކުރުުގެ ބިލުގެ ދަށުން ޕެންޓަގަން އަށް ލިބިފައިވާ ބިލިއަން ޑޮލަރު ތަކުގެ ތެރެއިން އަދަދެއް ބޭނުން ކުރެވިދާނެ ކަމަށެވެ. އަދި 2025 ރިކޮންސިލިއޭޝަން އެކްޓްގެ ދަށުން ލިބިފައިވާ މެންޑޭޓަރީ ފަންޑިން ވެސް މިކަމަށް ބޭނުން ކުރެވިދާނެ އެވެ.

ރިޔާސީ ގަނޑުވަރު، ވައިޓް ހައުސް އިން އެކަމާ ގުޅޭ ގޮތުން އެއްވެސް އެއްޗެއް ހާމަކޮށްފައި ނުވެ އެވެ.

މަސްދަރު: ދި އެސޯސިއޭޓެޑް ޕްރެސް

ޑޮނަލްޑް ޓްރަމްޕްޕެންޓަގަންވައިޓް ހައުސްސަރުކާރު ބަންދުވުންއެމެރިކާ

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

އިތުރަށް ކިޔާލަން

12 ޑިސެމްބަރު 2025

އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި

12 ޑިސެމްބަރު 2025
އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި
11 ޑިސެމްބަރު 2025

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

11 ޑިސެމްބަރު 2025
ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ
11 ޑިސެމްބަރު 2025

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި
09 ޑިސެމްބަރު 2025

އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

09 ޑިސެމްބަރު 2025
އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ
09 ޑިސެމްބަރު 2025

ހެގްސެތުގެ ދަތުރުފަތުރު ބަޖެޓުގެ 75 އިންސައްތަ ހިފެހެއްޓުމަށް ކޮންގްރެސް އިން ނިންމަނީ

09 ޑިސެމްބަރު 2025
ހެގްސެތުގެ ދަތުރުފަތުރު ބަޖެޓުގެ 75 އިންސައްތަ ހިފެހެއްޓުމަށް ކޮންގްރެސް އިން ނިންމަނީ
09 ޑިސެމްބަރު 2025

އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ

09 ޑިސެމްބަރު 2025
އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ
08 ޑިސެމްބަރު 2025

ފީފާގެ އިނާމު ޓްރަމްޕް އަށް: ވަކި އަތަކަށް ނުޖެހޭ ސިޔާސަތާ މެދު ސުވާލު ތަކެއް

08 ޑިސެމްބަރު 2025
ފީފާގެ އިނާމު ޓްރަމްޕް އަށް: ވަކި އަތަކަށް ނުޖެހޭ ސިޔާސަތާ މެދު ސުވާލު ތަކެއް
08 ޑިސެމްބަރު 2025

ވެނެޒުއޭލާ ގެ އިދިކޮޅު ސިޔާސީ ފަރާތެއް ޖަލުގައި ހުއްޓާ މަރުވުމާއެކު އެމެރިކާ އިން އެކަމަށް ވަރަށް ބޮޑަށް ފާޑު ކިޔައިފި

08 ޑިސެމްބަރު 2025
ވެނެޒުއޭލާ ގެ އިދިކޮޅު ސިޔާސީ ފަރާތެއް ޖަލުގައި ހުއްޓާ މަރުވުމާއެކު އެމެރިކާ އިން އެކަމަށް ވަރަށް ބޮޑަށް ފާޑު ކިޔައިފި
07 ޑިސެމްބަރު 2025

ވިޓްކޮފް އާއެކު މުހިންމު ފޯނު ކޯލެއް ކުރައްވާފައިވާ ކަމަށް ޒެލެންސްކީ ވިދާޅުވެއްޖެ

07 ޑިސެމްބަރު 2025
ވިޓްކޮފް އާއެކު މުހިންމު ފޯނު ކޯލެއް ކުރައްވާފައިވާ ކަމަށް ޒެލެންސްކީ ވިދާޅުވެއްޖެ
07 ޑިސެމްބަރު 2025

ގަވަރުނަރު ނިއުސަމް އިށީނދެގެން އިންނެވި ގޮތުން، މީމްސް ހަދައި ފާޑު ކިޔަނީ

07 ޑިސެމްބަރު 2025
ގަވަރުނަރު ނިއުސަމް އިށީނދެގެން އިންނެވި ގޮތުން، މީމްސް ހަދައި ފާޑު ކިޔަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް